📖 0/604 ކިޔެވި ސަފުހާތައް
📄 447
مَا لَكُمۡ لَا تَنَاصَرُونَ  ۝٢٥ بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ  ۝٢٦ وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٍ يَتَسَآءَلُونَ  ۝٢٧ قَالُوٓاْ إِنَّكُمۡ كُنتُمۡ تَأۡتُونَنَا عَنِ ٱلۡيَمِينِ  ۝٢٨ قَالُواْ بَل لَّمۡ تَكُونُواْ مُؤۡمِنِينَ  ۝٢٩ وَمَا كَانَ لَنَا عَلَيۡكُم مِّن سُلۡطَٰنِۭۖ بَلۡ كُنتُمۡ قَوۡمًا طَٰغِينَ  ۝٣٠ فَحَقَّ عَلَيۡنَا قَوۡلُ رَبِّنَآۖ إِنَّا لَذَآئِقُونَ  ۝٣١ فَأَغۡوَيۡنَٰكُمۡ إِنَّا كُنَّا غَٰوِينَ  ۝٣٢ فَإِنَّهُمۡ يَوۡمَئِذٍ فِي ٱلۡعَذَابِ مُشۡتَرِكُونَ  ۝٣٣ إِنَّا كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ  ۝٣٤ إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ  ۝٣٥ وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٍ مَّجۡنُونِۭ  ۝٣٦ بَلۡ جَآءَ بِٱلۡحَقِّ وَصَدَّقَ ٱلۡمُرۡسَلِينَ  ۝٣٧ إِنَّكُمۡ لَذَآئِقُواْ ٱلۡعَذَابِ ٱلۡأَلِيمِ  ۝٣٨ وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ  ۝٣٩ إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ  ۝٤٠ أُوْلَٰٓئِكَ لَهُمۡ رِزۡقٌ مَّعۡلُومٌ  ۝٤١ فَوَٰكِهُ وَهُم مُّكۡرَمُونَ  ۝٤٢ فِي جَنَّٰتِ ٱلنَّعِيمِ  ۝٤٣ عَلَىٰ سُرُرٍ مُّتَقَٰبِلِينَ  ۝٤٤ يُطَافُ عَلَيۡهِم بِكَأۡسٍ مِّن مَّعِينِۭ  ۝٤٥ بَيۡضَآءَ لَذَّةٍ لِّلشَّٰرِبِينَ  ۝٤٦ لَا فِيهَا غَوۡلٌ وَلَا هُمۡ عَنۡهَا يُنزَفُونَ  ۝٤٧ وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ عِينٌ  ۝٤٨ كَأَنَّهُنَّ بَيۡضٌ مَّكۡنُونٌ  ۝٤٩ فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٍ يَتَسَآءَلُونَ  ۝٥٠ قَالَ قَآئِلٌ مِّنۡهُمۡ إِنِّي كَانَ لِي قَرِينٌ  ۝٥١
37:25
مَا لَكُمۡ لَا تَنَاصَرُونَ  ۝٢٥
(މިއަދު) ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ؟
37:26
بَلۡ هُمُ ٱلۡيَوۡمَ مُسۡتَسۡلِمُونَ  ۝٢٦
އަދި ކިއެއްތަ! އެއުރެން މިއަދު ތިބީ ކިޔަމަންވެ ބޯލަނބައިގެންނެވެ
37:27
وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٍ يَتَسَآءَلُونَ  ۝٢٧
އަދި އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކުގެ ގާތަށް ކުރިމަތިލައި އަންނާނެތެވެ
37:28
قَالُوٓاْ إِنَّكُمۡ كُنتُمۡ تَأۡتُونَنَا عَنِ ٱلۡيَمِينِ  ۝٢٨
(މަގުފުރެއްދި މީހުންނަށް) އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކައިރިޔަށް ތިޔަބައިމީހުން ކަނާތްފަރާތުން އަންނަކަމުގައިވީމުއެވެ
37:29
قَالُواْ بَل لَّمۡ تَكُونُواْ مُؤۡمِنِينَ  ۝٢٩
އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން مؤمن ން ކަމުގައި ނުވަމުއެވެ
37:30
وَمَا كَانَ لَنَا عَلَيۡكُم مِّن سُلۡطَٰنِۭۖ بَلۡ كُنتُمۡ قَوۡمًا طَٰغِينَ  ۝٣٠
އަދި ތިޔަބައިމީހުންގެ މައްޗަކަށް ތިމަންމެންނަކަށް ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ކިއެއްތަ! ތިޔަބަައިމީހުންވީ (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ
37:31
فَحَقَّ عَلَيۡنَا قَوۡلُ رَبِّنَآۖ إِنَّا لَذَآئِقُونَ  ۝٣١
ފަހެ، ތިމަންމެންގެ މައްޗަށް، ތިމަންމެންގެ ވެރިރަސްކަލާނގެ عذاب ގެ ބަސްފުޅު حق ވެއްޖެއެވެ. ހަމަކަށަވަރުން، ތިމަންމެންނީ عذاب ގެ ރަހަ ދެކޭނޭ ބަޔެއްކަން ކަށަވަރެވެ
37:32
فَأَغۡوَيۡنَٰكُمۡ إِنَّا كُنَّا غَٰوِينَ  ۝٣٢
ފަހެ، ތިމަންމެން ތިޔަބައިމީހުން މަގުފުރެއްދީމުއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންވީ، މަގުފުރެދިގެންވާ ބަޔަކު ކަމުގައެވެ
37:33
فَإِنَّهُمۡ يَوۡمَئِذٍ فِي ٱلۡعَذَابِ مُشۡتَرِكُونَ  ۝٣٣
ފަހެ، ހަމަކަށަވަރުން، އެއުރެންނީ އެދުވަހުން عذاب ގައި ބައިވެރިވެގެންވާ މީހުންނެވެ
37:34
إِنَّا كَذَٰلِكَ نَفۡعَلُ بِٱلۡمُجۡرِمِينَ  ۝٣٤
ހަމަކަށަވަރުން، ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައްކުރައްވަނީ އެފަދައިންނެވެ
37:35
إِنَّهُمۡ كَانُوٓاْ إِذَا قِيلَ لَهُمۡ لَآ إِلَٰهَ إِلَّا ٱللَّهُ يَسۡتَكۡبِرُونَ  ۝٣٥
ހަމަކަށަވަރުން، اللَّه މެނުވީ إله އަކު ނުވާކަމަށް އެއުރެންނަށް ބުނެފިހިނދަކު އެއުރެން ބޮޑާވެގަންނަކަމުގައިވޫއެވެ
37:36
وَيَقُولُونَ أَئِنَّا لَتَارِكُوٓاْ ءَالِهَتِنَا لِشَاعِرٍ مَّجۡنُونِۭ  ۝٣٦
އަދި އެއުރެން ބުނެތެވެ. ހަމަކަށަވަރުން، މޮޔަވެފައިވާ ޅެންވެރިޔެއްގެ ބަހަށް، ތިމަންމެންގެ إله ންތައް ތިމަންމެން ދޫކޮށްލާނެ ހެއްޔެވެ؟
37:37
بَلۡ جَآءَ بِٱلۡحَقِّ وَصَدَّقَ ٱلۡمُرۡسَلِينَ  ۝٣٧
އަދި ކިއެއްތަ! އެކަލޭގެފާނު ވަޑައިގަތީ، حق دين އާއިގެންނެވެ. އަދި އެކަލޭގެފާނު (ކުރީގެ) رسول ން ތެދުކުރެއްވިއެވެ
37:38
إِنَّكُمۡ لَذَآئِقُواْ ٱلۡعَذَابِ ٱلۡأَلِيمِ  ۝٣٨
ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ވޭންދެނިވި عذاب ގެ ރަހަ ދެކޭނޭ ބަޔަކުކަން ކަށަވަރެވެ
37:39
وَمَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ  ۝٣٩
އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަކަށްމެނުވީ، ތިޔަބައިމީހުންނަކަށް ޖަޒާއެއް ނުދެއްވާނެތެވެ
37:40
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ  ۝٤٠
خيار ކުރައްވާފައިވާ، اللَّه ގެ އަޅުން މެނުވީއެވެ
37:41
أُوْلَٰٓئِكَ لَهُمۡ رِزۡقٌ مَّعۡلُومٌ  ۝٤١
އެއުރެންނަށްޓަކައި އެނގިގެންވާ رزق ވެއެވެ
37:42
فَوَٰكِهُ وَهُم مُّكۡرَمُونَ  ۝٤٢
(އެއީ) މޭވާތަކެވެ. އަދި އެއުރެންނީ މާތްކުރައްވާފައިވާ ބަޔެކެވެ
37:43
فِي جَنَّٰتِ ٱلنَّعِيمِ  ۝٤٣
نعمة ގެ ސުވަރުގެތަކުގައެވެ
37:44
عَلَىٰ سُرُرٍ مُّتَقَٰبِلِينَ  ۝٤٤
ދާންތަކެއްގެ މަތީގައެވެ. އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ
37:45
يُطَافُ عَلَيۡهِم بِكَأۡسٍ مِّن مَّعِينِۭ  ۝٤٥
ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ބުއިމެއްގެ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ
37:46
بَيۡضَآءَ لَذَّةٍ لِّلشَّٰرِبِينَ  ۝٤٦
ބޯމީހުންނަށް މީރު، ހުދުކުލައިގެ ބުއިމެކެވެ
37:47
لَا فِيهَا غَوۡلٌ وَلَا هُمۡ عَنۡهَا يُنزَفُونَ  ۝٤٧
އެ ބުއިމުގައި ބޯއެނބުރުމެއްނެތެވެ. އަދި އޭގެސަބަބުން، މަސްތުވެގެންދާނޭ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ
37:48
وَعِندَهُمۡ قَٰصِرَٰتُ ٱلطَّرۡفِ عِينٌ  ۝٤٨
އަދި ކަޅިރަވަ ތޫނު، عفة ތެރި حورالعين ން އެއުރެންގެ ގާތުގައިވެއެވެ
37:49
كَأَنَّهُنَّ بَيۡضٌ مَّكۡنُونٌ  ۝٤٩
ރައްކާތެރި ކުރައްވާފައިވާ (މާދޫނި) ބިސްފަދައިން އެކަނބަލުންވެއެވެ
37:50
فَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٍ يَتَسَآءَلُونَ  ۝٥٠
ފަހެ، އެކަކު އަނެކަކާ سؤال ކުރަމުން އެއުރެންގެ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައި އަންނާނެތެވެ
37:51
قَالَ قَآئِلٌ مِّنۡهُمۡ إِنِّي كَانَ لِي قَرِينٌ  ۝٥١
އެއުރެންގެ ތެރެއިން ބުނާމީހަކު ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންނާއަށް އެކުވެރިޔަކު ވިއެވެ


📚Juz 23 📄447 / 604



Mishary Rashid Alafasy
Mahmoud Khalil Al-Husary
Abdurrahman As-Sudais
Mohamed Siddiq Al-Minshawi
Abdul Basit Abdul Samad
Ali Al-Hudhaify
Ahmed ibn Ali al-Ajamy
Abu Bakr Ash-Shaatree
Muhammad Ayyoub
Abdullah Basfar
Abdullah Al-Juhani
Maher Al Muaiqly
0:00
0:00
-

ކީރިތި ޤުރުއާން


Friday, August 28, 2026

Don't forget us in your sincere prayers