ސޫރަތު އަލް-އަޢްލާ ޢަރަބި އަދި ދިވެހި

ސޫރަތު އަލް-އަޢްލާ ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (19 އާޔަތް — مكية). އަލް-އަޢްލާ އަޑު އަހާ, އަލް-އަޢްލާ ތަރުޖަމާ, އަލް-އަޢްލާ mp3, އަލް-އަޢްލާ pdf.

ސޫރަތު އަލް-އަޢްލާ ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
سَبِّحِ اسْمَ رَبِّكَ الْأَعْلَى ۝١
📖 ތަރުޖަމާ އާޔަތް 1
ކަލޭގެފާނުގެ ވެރި، އެންމެ މަތިވެރި ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ
الَّذِي خَلَقَ فَسَوَّىٰ ۝٢
📖 ތަރުޖަމާ އާޔަތް 2
އެކަލާނގެއީ (އެންމެހާ ތަކެތި) ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ
وَالَّذِي قَدَّرَ فَهَدَىٰ ۝٣
📖 ތަރުޖަމާ އާޔަތް 3
އަދި އެކަލާނގެއީ (އެންމެހާ ތަކެތި) މިންވަރުކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި ރަސްކަލާނގެއެވެ
وَالَّذِي أَخْرَجَ الْمَرْعَىٰ ۝٤
📖 ތަރުޖަމާ އާޔަތް 4
އަދި އެކަލާނގެއީ، ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ
فَجَعَلَهُ غُثَاءً أَحْوَىٰ ۝٥
📖 ތަރުޖަމާ އާޔަތް 5
އަދި އެކަލާނގެ އެތަކެތި، ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ
سَنُقْرِئُكَ فَلَا تَنسَىٰ ۝٦
📖 ތަރުޖަމާ އާޔަތް 6
ތިމަންރަސްކަލާނގެ، ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ قرآن) ހަނދުމަފުޅެއް ނުނެތޭނެތެވެ
إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ ۝٧
📖 ތަރުޖަމާ އާޔަތް 7
(ހަނދުމަފުޅު ނެތުމަށް) اللَّه އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ
وَنُيَسِّرُكَ لِلْيُسْرَىٰ ۝٨
📖 ތަރުޖަމާ އާޔަތް 8
އަދި ފަސޭހަވެގެންވާ މަގަށް، ތިމަންރަސްކަލާނގެ ކަލޭގެފާނަށްޓަކައި މަގު ފަހިކޮށްދެއްވާހުށީމެވެ
فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ ۝٩
📖 ތަރުޖަމާ އާޔަތް 9
ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެއުރެންނަށް) ހަނދުމަކޮށްދެއްވާށެވެ
سَيَذَّكَّرُ مَن يَخْشَىٰ ۝١٠
📖 ތަރުޖަމާ އާޔަތް 10
(اللَّه އަށް) ބިރުވެތިވާ މީހާ، ހަނދުމަކޮށް އުޅޭނެތެވެ
وَيَتَجَنَّبُهَا الْأَشْقَى ۝١١
📖 ތަރުޖަމާ އާޔަތް 11
އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ، އެކަމުން ދުރުހެލިވާނެތެވެ
الَّذِي يَصْلَى النَّارَ الْكُبْرَىٰ ۝١٢
📖 ތަރުޖަމާ އާޔަތް 12
އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ ۝١٣
📖 ތަރުޖަމާ އާޔަތް 13
ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ
قَدْ أَفْلَحَ مَن تَزَكَّىٰ ۝١٤
📖 ތަރުޖަމާ އާޔަތް 14
ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމުހުރި ދިރުމަކުން) ނުވެސް ދިރޭނޭމެއެވެ
وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ ۝١٥
📖 ތަރުޖަމާ އާޔަތް 15
(كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ
بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا ۝١٦
📖 ތަރުޖަމާ އާޔަތް 16
(كافر ކަމުން) طاهر ވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކޮށް، ނަމާދުކުޅަމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ
وَالْآخِرَةُ خَيْرٌ وَأَبْقَىٰ ۝١٧
📖 ތަރުޖަމާ އާޔަތް 17
އަދި ކިއެއްތަ! آخرة ގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ حال ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ
إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ ۝١٨
📖 ތަރުޖަމާ އާޔަތް 18
ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްފުށްތަކުގައިވާކަން ކަށަވަރެވެ
صُحُفِ إِبْرَاهِيمَ وَمُوسَىٰ ۝١٩
📖 ތަރުޖަމާ އާޔަތް 19
إبراهيم ގެފާނާއި، موسى ގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ
→ 86 އަލް-އަޢްލާ (87/114) 88 ←
ކިޔާ ސޫރަތު އަލް-އަޢްލާ ދިވެހި ތަރުޖަމާ – އަޑު އަހާ

87الأعلى Al-A'la 📚 19 އާޔަތް مكية

އާޔަތްތައް – ސޫރަތު އަލް-އަޢްލާ — 19 އާޔަތް




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers