ސޫރަތު އައް-ޟުޙާ ޢަރަބި އަދި ދިވެހި

ސޫރަތު އައް-ޟުޙާ ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (11 އާޔަތް — مكية). އައް-ޟުޙާ އަޑު އަހާ, އައް-ޟުޙާ ތަރުޖަމާ, އައް-ޟުޙާ mp3, އައް-ޟުޙާ pdf.

ސޫރަތު އައް-ޟުޙާ ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy ✓
M Mahmoud Khalil Al-Husary ✓
A Abdurrahman As-Sudais ✓
M Mohamed Siddiq Al-Minshawi ✓
A Abdul Basit Abdul Samad ✓
A Ali Al-Hudhaify ✓
A Ahmed ibn Ali al-Ajamy ✓
A Abu Bakr Ash-Shaatree ✓
M Muhammad Ayyoub ✓
A Abdullah Basfar ✓
A Abdullah Al-Juhani ✓
M Maher Al Muaiqly ✓
—
x1
bismillah
وَالضُّحَىٰ ۝١
📖 ތަރުޖަމާ އާޔަތް 1
ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ
وَاللَّيْلِ إِذَا سَجَىٰ ۝٢
📖 ތަރުޖަމާ އާޔަތް 2
އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ ۝٣
📖 ތަރުޖަމާ އާޔަތް 3
ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ
وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ۝٤
📖 ތަރުޖަމާ އާޔަތް 4
އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰ ۝٥
📖 ތަރުޖަމާ އާޔަތް 5
އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ
أَلَمْ يَجِدْكَ يَتِيمًا فَآوَىٰ ۝٦
📖 ތަރުޖަމާ އާޔަތް 6
ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ
وَوَجَدَكَ ضَالًّا فَهَدَىٰ ۝٧
📖 ތަރުޖަމާ އާޔަތް 7
އަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ
وَوَجَدَكَ عَائِلًا فَأَغْنَىٰ ۝٨
📖 ތަރުޖަމާ އާޔަތް 8
އަދި فقير އަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ
فَأَمَّا الْيَتِيمَ فَلَا تَقْهَرْ ۝٩
📖 ތަރުޖަމާ އާޔަތް 9
ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ
وَأَمَّا السَّائِلَ فَلَا تَنْهَرْ ۝١٠
📖 ތަރުޖަމާ އާޔަތް 10
އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ
وَأَمَّا بِنِعْمَةِ رَبِّكَ فَحَدِّثْ ۝١١
📖 ތަރުޖަމާ އާޔަތް 11
އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ
→ 92 އައް-ޟުޙާ (93/114) 94 ←
ކިޔާ ސޫރަތު އައް-ޟުޙާ ދިވެހި ތަރުޖަމާ – އަޑު އަހާ

93الضحى Ad-Duha 📚 11 އާޔަތް مكية



ކީރިތި ޤުރުއާން


Monday, September 28, 2026

Don't forget us in your sincere prayers