📖 0/604 ކިޔެވި ސަފުހާތައް
📄 452
مَا لَكُمۡ كَيۡفَ تَحۡكُمُونَ  ۝١٥٤ أَفَلَا تَذَكَّرُونَ  ۝١٥٥ أَمۡ لَكُمۡ سُلۡطَٰنٌ مُّبِينٌ  ۝١٥٦ فَأۡتُواْ بِكِتَٰبِكُمۡ إِن كُنتُمۡ صَٰدِقِينَ  ۝١٥٧ وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبًاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ  ۝١٥٨ سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ  ۝١٥٩ إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ  ۝١٦٠ فَإِنَّكُمۡ وَمَا تَعۡبُدُونَ  ۝١٦١ مَآ أَنتُمۡ عَلَيۡهِ بِفَٰتِنِينَ  ۝١٦٢ إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ  ۝١٦٣ وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعۡلُومٌ  ۝١٦٤ وَإِنَّا لَنَحۡنُ ٱلصَّآفُّونَ  ۝١٦٥ وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ  ۝١٦٦ وَإِن كَانُواْ لَيَقُولُونَ  ۝١٦٧ لَوۡ أَنَّ عِندَنَا ذِكۡرًا مِّنَ ٱلۡأَوَّلِينَ  ۝١٦٨ لَكُنَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ  ۝١٦٩ فَكَفَرُواْ بِهِۦۖ فَسَوۡفَ يَعۡلَمُونَ  ۝١٧٠ وَلَقَدۡ سَبَقَتۡ كَلِمَتُنَا لِعِبَادِنَا ٱلۡمُرۡسَلِينَ  ۝١٧١ إِنَّهُمۡ لَهُمُ ٱلۡمَنصُورُونَ  ۝١٧٢ وَإِنَّ جُندَنَا لَهُمُ ٱلۡغَٰلِبُونَ  ۝١٧٣ فَتَوَلَّ عَنۡهُمۡ حَتَّىٰ حِينٍ  ۝١٧٤ وَأَبۡصِرۡهُمۡ فَسَوۡفَ يُبۡصِرُونَ  ۝١٧٥ أَفَبِعَذَابِنَا يَسۡتَعۡجِلُونَ  ۝١٧٦ فَإِذَا نَزَلَ بِسَاحَتِهِمۡ فَسَآءَ صَبَاحُ ٱلۡمُنذَرِينَ  ۝١٧٧ وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٍ  ۝١٧٨ وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ  ۝١٧٩ سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ  ۝١٨٠ وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ  ۝١٨١ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ  ۝١٨٢
37:154
مَا لَكُمۡ كَيۡفَ تَحۡكُمُونَ  ۝١٥٤
ތިޔަބައިމީހުން ތިޔަތިބީ ކީއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ حكم ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟
37:155
أَفَلَا تَذَكَّرُونَ  ۝١٥٥
ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ހެއްޔެވެ؟
37:156
أَمۡ لَكُمۡ سُلۡطَٰنٌ مُّبِينٌ  ۝١٥٦
ނުވަތަ ތިޔަބައިމީހުންނަށް بيان ވެގެންވާ دليل އެއް ވަނީހެއްޔެވެ؟
37:157
فَأۡتُواْ بِكِتَٰبِكُمۡ إِن كُنتُمۡ صَٰدِقِينَ  ۝١٥٧
ފަހެ، ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، ތިޔަބައިމީހުންގެ ފޮތް (دليل އަކަށް) ގެނެސްބަލާށެވެ
37:158
وَجَعَلُواْ بَيۡنَهُۥ وَبَيۡنَ ٱلۡجِنَّةِ نَسَبًاۚ وَلَقَدۡ عَلِمَتِ ٱلۡجِنَّةُ إِنَّهُمۡ لَمُحۡضَرُونَ  ۝١٥٨
އަދި އެއުރެން އެކަލާނގެއާ ޖިންނީންނާ ދެމެދު نسب ގެ ގުޅުމެއް ވާކަމަށް ހަދަތެވެ. ހަމަކަށަވަރުން، އެއުރެން (عذاب ގެ ތެރެޔަށް) حاضر ކުރައްވާނެކަން، ޖިންނީން ރަނގަޅަށް ދަނެތެވެ
37:159
سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ  ۝١٥٩
އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهر ވެ ވޮޑިގެންވެއެވެ
37:160
إِلَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ  ۝١٦٠
اللَّه ގެ، خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ
37:161
فَإِنَّكُمۡ وَمَا تَعۡبُدُونَ  ۝١٦١
ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ
37:162
مَآ أَنتُمۡ عَلَيۡهِ بِفَٰتِنِينَ  ۝١٦٢
ފަހެ، ތިޔަބައިމީހުންވަނީ، ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ އެކުގައެވެ
37:163
إِلَّا مَنۡ هُوَ صَالِ ٱلۡجَحِيمِ  ۝١٦٣
ނަރަކަޔަށް ވަންނަހުށި މީހަކު މެނުވީ، ތިޔަބައިމީހުންނަކަށް މަގުފުރައްދައެއް ނުލެވޭނެތެވެ
37:164
وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعۡلُومٌ  ۝١٦٤
(ملائكة ން ވިދާޅުވޫއެވެ.) ތިމަންބޭކަލުންގެ ތެރެއިން ހަމައެކަކަށްވެސް (އަޅުކަން ކުރުމަށް) އެބޭކަލަކަށް ކަނޑައެޅިގެންވާ مقام އެއް ނެތިއެއް ނުވެއެވެ
37:165
وَإِنَّا لَنَحۡنُ ٱلصَّآفُّونَ  ۝١٦٥
އަދި ހަމަކަށަވަރުން، ތިމަންމެންނީ ސަފުސަފަށް އެތުރޭ ملائكة ންނީމުއެވެ
37:166
وَإِنَّا لَنَحۡنُ ٱلۡمُسَبِّحُونَ  ۝١٦٦
އަދި ހަމަކަށަވަރުން، ތިމަންމެންނީ تسبيح ކިޔާ ملائكة ންނީމުއެވެ
37:167
وَإِن كَانُواْ لَيَقُولُونَ  ۝١٦٧
އަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: مكة ގެ مشرك ން) ބުނެއުޅެތެވެ
37:168
لَوۡ أَنَّ عِندَنَا ذِكۡرًا مِّنَ ٱلۡأَوَّلِينَ  ۝١٦٨
އަދި ހަމަކަށަވަރުން، އެއުރެން (އެބަހީ: مكة ގެ مشرك ން) ބުނެއުޅެތެވެ
37:169
لَكُنَّا عِبَادَ ٱللَّهِ ٱلۡمُخۡلَصِينَ  ۝١٦٩
ތިމަންމެންގެ ގާތުގައި، އިހުގެ أمّة ތަކަށް ބާވައިލެއްވި ފޮތްތަކުގެ ތެރެއިން ފޮތެއްވާނަމަ، اللَّه ގެ، خيار ކުރައްވާފައިވާ އަޅުންކަމުގައި ތިމަންމެންވެސް ވީމުހެވެ
37:170
فَكَفَرُواْ بِهِۦۖ فَسَوۡفَ يَعۡلَمُونَ  ۝١٧٠
ފަހެ (އެ قرآن އެއުރެންގެ ގާތަށް އައުމުން) އެއުރެން އެއަށް كافر ވޫއެވެ. ފަހެ، އެއުރެންނަށް (އެކަމުގެ ނަތީޖާ) ނިކަންހުރެ އެނގޭހުށްޓެވެ
37:171
وَلَقَدۡ سَبَقَتۡ كَلِمَتُنَا لِعِبَادِنَا ٱلۡمُرۡسَلِينَ  ۝١٧١
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ رسول ންނަށް ތިމަންރަސްކަލާނގެ (نصر ދެއްވާނެކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ
37:172
إِنَّهُمۡ لَهُمُ ٱلۡمَنصُورُونَ  ۝١٧٢
ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ نصر ލިބިގެންވާ ބޭކަލުންނެވެ
37:173
وَإِنَّ جُندَنَا لَهُمُ ٱلۡغَٰلِبُونَ  ۝١٧٣
އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ لشكر ކަން ކަށަވަރެވެ
37:174
فَتَوَلَّ عَنۡهُمۡ حَتَّىٰ حِينٍ  ۝١٧٤
ފަހެ، ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ
37:175
وَأَبۡصِرۡهُمۡ فَسَوۡفَ يُبۡصِرُونَ  ۝١٧٥
އަދި ކަލޭގެފާނު އެއުރެން (ނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނެމެއެވެ
37:176
أَفَبِعَذَابِنَا يَسۡتَعۡجِلُونَ  ۝١٧٦
ފަހެ، އެއުރެން އަވަސްވުން އެދެނީ، ތިމަންރަސްކަލާނގެ عذاب އަށް ހެއްޔެވެ؟
37:177
فَإِذَا نَزَلَ بِسَاحَتِهِمۡ فَسَآءَ صَبَاحُ ٱلۡمُنذَرِينَ  ۝١٧٧
ފަހެ، އެއުރެން ތިބޭތަނަށް އެ عذاب އަތުވެއްޖެނަމަ، އެ إنذار ވެވުނު މީހުންގެ ހެނދުނުގެ ހުރި ނުބައިކަމާއެވެ
37:178
وَتَوَلَّ عَنۡهُمۡ حَتَّىٰ حِينٍ  ۝١٧٨
އަދި ކަނޑައެޅިގެންވާ މުއްދަތަކަށް ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ
37:179
وَأَبۡصِرۡ فَسَوۡفَ يُبۡصِرُونَ  ۝١٧٩
އަދި ކަލޭގެފާނު (އެއުރެންނަށްވާގޮތް) ދެކެވަޑައިގަންނަވާށެވެ! ފަހެ، ނިކަންހުރެ އެއުރެން ދެކޭނޭމެއެވެ
37:180
سُبۡحَٰنَ رَبِّكَ رَبِّ ٱلۡعِزَّةِ عَمَّا يَصِفُونَ  ۝١٨٠
އެއުރެން ސިފަކުރާ ކަންތަކުން ކަލޭގެފާނުގެ ވެރި، عزّة ގެ ވެރިރަސްކަލާނގެ ހުސްطاهر ވެ ވޮޑިގެންވެއެވެ
37:181
وَسَلَٰمٌ عَلَى ٱلۡمُرۡسَلِينَ  ۝١٨١
އަދި (އެންމެހާ) رسول ންގެ މައްޗަށް سلام ހުށްޓެވެ
37:182
وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ  ۝١٨٢
އަދި حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ


📚Juz 23 📄452 / 604



Mishary Rashid Alafasy
Mahmoud Khalil Al-Husary
Abdurrahman As-Sudais
Mohamed Siddiq Al-Minshawi
Abdul Basit Abdul Samad
Ali Al-Hudhaify
Ahmed ibn Ali al-Ajamy
Abu Bakr Ash-Shaatree
Muhammad Ayyoub
Abdullah Basfar
Abdullah Al-Juhani
Maher Al Muaiqly
0:00
0:00
-

ކީރިތި ޤުރުއާން


Friday, August 28, 2026

Don't forget us in your sincere prayers