📖 0/604 ކިޔެވި ސަފުހާތައް
📄 443
وَءَايَةٌ لَّهُمۡ أَنَّا حَمَلۡنَا ذُرِّيَّتَهُمۡ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ ٤١ وَخَلَقۡنَا لَهُم مِّن مِّثۡلِهِۦ مَا يَرۡكَبُونَ ٤٢ وَإِن نَّشَأۡ نُغۡرِقۡهُمۡ فَلَا صَرِيخَ لَهُمۡ وَلَا هُمۡ يُنقَذُونَ ٤٣ إِلَّا رَحۡمَةً مِّنَّا وَمَتَٰعًا إِلَىٰ حِينٍ ٤٤ وَإِذَا قِيلَ لَهُمُ ٱتَّقُواْ مَا بَيۡنَ أَيۡدِيكُمۡ وَمَا خَلۡفَكُمۡ لَعَلَّكُمۡ تُرۡحَمُونَ ٤٥ وَمَا تَأۡتِيهِم مِّنۡ ءَايَةٍ مِّنۡ ءَايَٰتِ رَبِّهِمۡ إِلَّا كَانُواْ عَنۡهَا مُعۡرِضِينَ ٤٦ وَإِذَا قِيلَ لَهُمۡ أَنفِقُواْ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَنُطۡعِمُ مَن لَّوۡ يَشَآءُ ٱللَّهُ أَطۡعَمَهُۥٓ إِنۡ أَنتُمۡ إِلَّا فِي ضَلَٰلٍ مُّبِينٍ ٤٧ وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ٤٨ مَا يَنظُرُونَ إِلَّا صَيۡحَةً وَٰحِدَةً تَأۡخُذُهُمۡ وَهُمۡ يَخِصِّمُونَ ٤٩ فَلَا يَسۡتَطِيعُونَ تَوۡصِيَةً وَلَآ إِلَىٰٓ أَهۡلِهِمۡ يَرۡجِعُونَ ٥٠ وَنُفِخَ فِي ٱلصُّورِ فَإِذَا هُم مِّنَ ٱلۡأَجۡدَاثِ إِلَىٰ رَبِّهِمۡ يَنسِلُونَ ٥١ قَالُواْ يَٰوَيۡلَنَا مَنۢ بَعَثَنَا مِن مَّرۡقَدِنَاۜۗ هَٰذَا مَا وَعَدَ ٱلرَّحۡمَٰنُ وَصَدَقَ ٱلۡمُرۡسَلُونَ ٥٢ إِن كَانَتۡ إِلَّا صَيۡحَةً وَٰحِدَةً فَإِذَا هُمۡ جَمِيعٌ لَّدَيۡنَا مُحۡضَرُونَ ٥٣ فَٱلۡيَوۡمَ لَا تُظۡلَمُ نَفۡسٌ شَيۡـًٔا وَلَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ ٥٤
36:41
وَءَايَةٌ لَّهُمۡ أَنَّا حَمَلۡنَا ذُرِّيَّتَهُمۡ فِي ٱلۡفُلۡكِ ٱلۡمَشۡحُونِ ٤١
އެއުރެންނަށް ހެތްކެއްވެއެވެ. އެއީ ހަމަކަށަވަރުން، ބަރާވެގެންވާ ނަވުގައި ތިމަންރަސްކަލާނގެ އެއުރެންގެ ދަރިފަސްކޮޅު އުފުއްލަވައިދެއްވިކަމެވެ
36:42
وَخَلَقۡنَا لَهُم مِّن مِّثۡلِهِۦ مَا يَرۡكَبُونَ ٤٢
އަދި އެފަދަ ތަކެތިން، އެއުރެން އަރައިގެން ދުއްވާނެ ތަކެތި އެއުރެންނަށްޓަކައި ތިމަންރަސްކަލާނގެ ހައްދަވައިދެއްވީމެވެ
36:43
وَإِن نَّشَأۡ نُغۡرِقۡهُمۡ فَلَا صَرِيخَ لَهُمۡ وَلَا هُمۡ يُنقَذُونَ ٤٣
އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއުރެން غرق ކުރައްވައިފާހުށީމެވެ. ފަހެ، އެހިނދު، އެއުރެންނަށް އެހީވާނެ ފަރާތެއް ނުވެއެވެ. އަދި ސަލާމަތްކުރައްވާނޭ ބަޔަކުކަމުގައި އެއުރެން ނުމެވޭމެއެވެ
36:44
إِلَّا رَحۡمَةً مِّنَّا وَمَتَٰعًا إِلَىٰ حِينٍ ٤٤
ތިމަންރަސްކަލާނގެ حضرة ން އައި رحمة އެއްގެ ގޮތުގައްޔާއި، ކަނޑައަޅުއްވާފައިވާ مدة އަކާ ޖެހެންދެން، ދެއްވާ، ދުނިޔޭގެ ވަގުތީ އުފަލެއްގެ ގޮތުގައި މެނުވީއެވެ
36:45
وَإِذَا قِيلَ لَهُمُ ٱتَّقُواْ مَا بَيۡنَ أَيۡدِيكُمۡ وَمَا خَلۡفَكُمۡ لَعَلَّكُمۡ تُرۡحَمُونَ ٤٥
އަދި ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައި، ތިޔަބައިމީހުންގެ ކުރިމަތީގައިވާ ތަނާއި، ތިޔަބައިމީހުންގެ ފަހަަތުގައިވާ ތަނަށް ބިރުވެތިވެ ރައްކާތެރިވާށޭ އެއުރެންނަށް އަންގަވައިފިނަމަ، އެއުރެން ފުރަގަސްދީ އެނބުރިދެތެވެ
36:46
وَمَا تَأۡتِيهِم مِّنۡ ءَايَةٍ مِّنۡ ءَايَٰتِ رَبِّهِمۡ إِلَّا كَانُواْ عَنۡهَا مُعۡرِضِينَ ٤٦
އަދި އެ آية ތަކަށް އެއުރެން ފުރަގަސްދޭކަމުގައިވި آية އެއް މެނުވީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކުގެ ތެރެއިން އެއްވެސް آية އެއް އެއުރެންގެ ގާތަކަށް ނާދެތެވެ
36:47
وَإِذَا قِيلَ لَهُمۡ أَنفِقُواْ مِمَّا رَزَقَكُمُ ٱللَّهُ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَنُطۡعِمُ مَن لَّوۡ يَشَآءُ ٱللَّهُ أَطۡعَمَهُۥٓ إِنۡ أَنتُمۡ إِلَّا فِي ضَلَٰلٍ مُّبِينٍ ٤٧
އަދި ތިޔަބައިމީހުންނަށް اللَّه ދެއްވާފައިވާ ތަކެތިން ހޭދަކޮށްއުޅޭށޭ އެއުރެންނަށް އަންގަވައިފިނަމަ، كافر ވި މީހުން، إيمان ވި މީހުންނަށް ބުނެތެވެ. اللَّه އިރާދަކުރައްވާނަމަ، އެމީހަކަށް ކާންދެއްވާނެ މީހަކަށް، ތިމަންމެން ކާންދޭންވީހެއްޔެވެ؟ ފާޅުވެގެންވާ މަގުފުރެދުމެއްގައި މެނުވީ ތިޔަބައިމީހުން ނުވަމުއެވެ
36:48
وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ ٤٨
އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
36:49
مَا يَنظُرُونَ إِلَّا صَيۡحَةً وَٰحِدَةً تَأۡخُذُهُمۡ وَهُمۡ يَخِصِّمُونَ ٤٩
ބިރުވެރި އެންމެ އަޑަކަށް މެނުވީ، އެއުރެން انتظار އެއް ނުކުރެތެވެ. އެއުރެން އެކަކު އަނެކަކާ ދެކޮޅުވެރިވޭވެ ތިއްބައި، އެ އަޑު (އައިސް) އެއުރެން ގެންދާނެތެވެ
36:50
فَلَا يَسۡتَطِيعُونَ تَوۡصِيَةً وَلَآ إِلَىٰٓ أَهۡلِهِمۡ يَرۡجِعُونَ ٥٠
ފަހެ (އެހިނދު) އެއްވެސް وصية އެއް ކުރާކަށް އެއުރެންނަކަށް ކުޅަދާނައެއް ނުވާނެތެވެ. އަދި އެއުރެންގެ أهل ވެރިންގެ ގާތަކަށް އެއުރެން އެނބުރި ނުމެއަންނާނޭމެއެވެ
36:51
وَنُفِخَ فِي ٱلصُّورِ فَإِذَا هُم مِّنَ ٱلۡأَجۡدَاثِ إِلَىٰ رَبِّهِمۡ يَنسِلُونَ ٥١
އަދި ތާޅަފިލި ފުމެލައްވާހުއްޓެވެ. ފަހެ، އެހާރުން އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ކަށްވަޅުތަކުން އަވަސްއަވަހަށް ނުކުމެގެންދާނެތެވެ
36:52
قَالُواْ يَٰوَيۡلَنَا مَنۢ بَعَثَنَا مِن مَّرۡقَدِنَاۜۗ هَٰذَا مَا وَعَدَ ٱلرَّحۡمَٰنُ وَصَدَقَ ٱلۡمُرۡسَلُونَ ٥٢
އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ތިމަންމެން ނިދަންތިބިތަނުން، އަލުން ދިރުމަކަށް ފޮނުއްވީ ކާކުހެއްޔެވެ؟ މިއީ رحمن ވަންތަ ރަސްކަލާނގެ وعد ކުރެއްވި ކަންތަކެވެ. އަދި رسول ން ވިދާޅުވި ތެދުބަސްފުޅެވެ
36:53
إِن كَانَتۡ إِلَّا صَيۡحَةً وَٰحِدَةً فَإِذَا هُمۡ جَمِيعٌ لَّدَيۡنَا مُحۡضَرُونَ ٥٣
ބިރުވެރި އެންމެ އަޑެއްކަމުގައި މެނުވީ އެކަންތައް ނުވެއެވެ. ފަހެ، އެހާރުން އެއުރެން އެންމެންވާހުށީ ތިމަންރަސްކަލާނގެ حضرة އަށް حاضر ކުރައްވާފައެވެ
36:54
فَٱلۡيَوۡمَ لَا تُظۡلَمُ نَفۡسٌ شَيۡـًٔا وَلَا تُجۡزَوۡنَ إِلَّا مَا كُنتُمۡ تَعۡمَلُونَ ٥٤
ފަހެ، މިއަދު އެއްވެސް نفس އަކަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާނެތެވެ. އަދި ތިޔަބައިމީހުން ކޮށްއުޅުނު عمل އަށް މެނުވީ ތިޔަބައިމީހުންނަށް ޖަޒާއެއް ނުދެއްވާނެތެވެ
العربيةEnglishBahasa IndonesiaTürkçeРусскийفارسیFrançaisاردوবাংলাDeutschEspañol中文हिन्दीPortuguêsItalianoภาษาไทยPolskiNederlandsShqipKiswahiliO'zbekதமிழ்MelayuBosanskiSoomaaliAzərbaycanکوردی한국어日本語SvenskaDanskNorskپښتوമലയാളംසිංහලTamazightHausaአማርኛБългарскиТоҷикӣҚазақшаFilipinoسنڌيYorùbáFulfuldeТатарчаئۇيغۇرچەКыргызчаਪੰਜਾਬੀJawaతెలుగుမြန်မာગુજરાતીOromoमराठीTiếng ViệtMalagasyНохчийнWolofދިވެހިಕನ್ನಡУкраїнськаΕλληνικάქართულიខ្មែរدریQafar afMaranaoनेपाली
ކީރިތި ޤުރުއާން
Friday, August 28, 2026
Don't forget us in your sincere prayers







