ސޫރަތު މުޙައްމަދު ޢަރަބި އަދި ދިވެހި
ސޫރަތު މުޙައްމަދު ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (38 އާޔަތް — مدنية). މުޙައްމަދު އަޑު އަހާ, މުޙައްމަދު ތަރުޖަމާ, މުޙައްމަދު mp3, މުޙައްމަދު pdf.ސޫރަތު މުޙައްމަދު ކިޔާ އަޑު އަހާ
🎧 އާޔަތް
M
Mishary Rashid Alafasy
✓
Mishary Rashid Alafasy
✓
M
Mahmoud Khalil Al-Husary
✓
Mahmoud Khalil Al-Husary
✓
A
Abdurrahman As-Sudais
✓
Abdurrahman As-Sudais
✓
M
Mohamed Siddiq Al-Minshawi
✓
Mohamed Siddiq Al-Minshawi
✓
A
Abdul Basit Abdul Samad
✓
Abdul Basit Abdul Samad
✓
A
Ali Al-Hudhaify
✓
Ali Al-Hudhaify
✓
A
Ahmed ibn Ali al-Ajamy
✓
Ahmed ibn Ali al-Ajamy
✓
A
Abu Bakr Ash-Shaatree
✓
Abu Bakr Ash-Shaatree
✓
M
Muhammad Ayyoub
✓
Muhammad Ayyoub
✓
A
Abdullah Basfar
✓
Abdullah Basfar
✓
A
Abdullah Al-Juhani
✓
Abdullah Al-Juhani
✓
M
Maher Al Muaiqly
✓
Maher Al Muaiqly
✓
—
x1
الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ ١
📖 ތަރުޖަމާ
އާޔަތް 1
(اللَّه އަށާއި، އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެމަގުން (އެހެންމީހުން) އެއްކިބާކުރި މީހުންގެ عمل ތައް އެކަލާނގެ باطل ކުރެއްވިއެވެ
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ الْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ ٢
📖 ތަރުޖަމާ
އާޔަތް 2
އަދި إيمان ވެ، صالح عمل ތައްކޮށް، އަދި محمد ގެފާނުގެ މައްޗަށް ބާވައިލެއްވި ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަމަށް إيمان ވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ حال ތައް إصلاح ކުރެއްވިއެވެ
ذَٰلِكَ بِأَنَّ الَّذِينَ كَفَرُوا اتَّبَعُوا الْبَاطِلَ وَأَنَّ الَّذِينَ آمَنُوا اتَّبَعُوا الْحَقَّ مِن رَّبِّهِمْ ۚ كَذَٰلِكَ يَضْرِبُ اللَّهُ لِلنَّاسِ أَمْثَالَهُمْ ٣
📖 ތަރުޖަމާ
އާޔަތް 3
އެއީ كافر ވިމީހުން، باطل އަށް تبع ވީކަމުގެ ސަބަބުންނެވެ. އަދި إيمان ވިމީހުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ންއައި حق ބަސްފުޅަށް تبع ވުމުގެ ސަބަބުންނެވެ. މީސްތަކުންނަށް އެއުރެންގެ مثال ތައް اللَّه ޖައްސަވަނީ އެފަދައިންނެވެ
فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ حَتَّىٰ إِذَا أَثْخَنتُمُوهُمْ فَشُدُّوا الْوَثَاقَ فَإِمَّا مَنًّا بَعْدُ وَإِمَّا فِدَاءً حَتَّىٰ تَضَعَ الْحَرْبُ أَوْزَارَهَا ۚ ذَٰلِكَ وَلَوْ يَشَاءُ اللَّهُ لَانتَصَرَ مِنْهُمْ وَلَٰكِن لِّيَبْلُوَ بَعْضَكُم بِبَعْضٍ ۗ وَالَّذِينَ قُتِلُوا فِي سَبِيلِ اللَّهِ فَلَن يُضِلَّ أَعْمَالَهُمْ ٤
📖 ތަރުޖަމާ
އާޔަތް 4
ފަހެ، (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން كافر ންނާ ބައްދަލުވާހިނދު، އެއުރެންގެ ކަނދުރާތަކުގައި ޖަހައި قتل ކުރާށެވެ! (ތިޔަބައިމީހުންގެ ބާރު ގަދަކޮށް) އެއުރެން قتل ކުރުން ގިނަކޮށްފުމަށްދާނދެނެވެ. ފަހެ، (އެހިނދު އެއުރެން) ވަރުގަދަޔަށް ބަނދެ ހައްޔަރުކުރާށެވެ! ދެން އެޔަށްފަހު (އެބަހީ: ހަނގުރާމަ ނިމުމަށްފަހު) އޮތީ ތިޔަބައިމީހުން އެއުރެން ދޫކޮށްލުމެވެ. ނުވަތަ އެއުރެންގެ އަތުން فدية ނެގުމެވެ. (ތިޔަބައިމީހުން މިގޮތުގައި ދެމިތިބޭހުށީ) ހަނގުރާމައިގެ ހަތިޔާރުތައް ބަހައްޓައިފުމަށްދާނދެނެވެ. އެއުރެންނާމެދު ކަންތައް އޮތްގޮތީ އެއީއެވެ. އަދި، اللَّه އިރާދަކުރައްވާނަމަ (ހަނގުރާމަކުރުމަކާ ނުލައި) އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބުނީސްކަން ކަށަވަރެވެ. އެހެނެއްކަމަކު (جهاد شرع ކުރެއްވީ) ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު امتحان ކުރެއްވުމަށްޓަކައެވެ. އަދި، اللَّه ގެ މަގުގައި قتل ވީ މީހުން ފަހެ، އެއުރެންގެ عمل ތައް އެކަލާނގެ ގެއްލެނި ނުކުރައްވާނެތެވެ
سَيَهْدِيهِمْ وَيُصْلِحُ بَالَهُمْ ٥
📖 ތަރުޖަމާ
އާޔަތް 5
އެކަލާނގެ އެއުރެންނަށް (ރަނގަޅު ކަންތަކަށް) މަގުދައްކަވާނެތެވެ. އަދި އެކަލާނގެ އެއުރެންގެ އެންމެހާ حال ތައް، إصلاح ކުރައްވާނެތެވެ
وَيُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ ٦
📖 ތަރުޖަމާ
އާޔަތް 6
އަދި ސުވަރުގެޔަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެ ސުވަރުގެ ވަނީ، އެއުރެންނަށް އަންގަވައި ބަޔާންކޮށްދެއްވާފައެވެ
يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ ٧
📖 ތަރުޖަމާ
އާޔަތް 7
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) نصر ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ
وَالَّذِينَ كَفَرُوا فَتَعْسًا لَّهُمْ وَأَضَلَّ أَعْمَالَهُمْ ٨
📖 ތަރުޖަމާ
އާޔަތް 8
كافر ވިމީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް ހަލާކާއި، އަބާއްޖަވެރިކަންހުށްޓެވެ. އަދި، އެކަލާނގެ އެއުރެންގެ عمل ތައް ގެއްލެނިކުރެއްވިއެވެ
ذَٰلِكَ بِأَنَّهُمْ كَرِهُوا مَا أَنزَلَ اللَّهُ فَأَحْبَطَ أَعْمَالَهُمْ ٩
📖 ތަރުޖަމާ
އާޔަތް 9
އެއީ އެއުރެން، اللَّه ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ
۞ أَفَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِن قَبْلِهِمْ ۚ دَمَّرَ اللَّهُ عَلَيْهِمْ ۖ وَلِلْكَافِرِينَ أَمْثَالُهَا ١٠
📖 ތަރުޖަމާ
އާޔަތް 10
ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް އެއުރެންގެ ކުރިން އުޅުނުމީހުންގެ ނިމުންވީ ކޮންފަދައަކުންކަން، ފަހެ، އެއުރެން ނުބަލަނީހެއްޔެެވެ؟ އެއުރެންގެ މައްޗަށް اللَّه ހަލާކުފޮނުއްވައި ނެތިކުރެއްވިއެވެ. އަދި، كافر ވި މީހުންނަށްހުރީ އެފަދަ عقوبات ތަކެވެ
ذَٰلِكَ بِأَنَّ اللَّهَ مَوْلَى الَّذِينَ آمَنُوا وَأَنَّ الْكَافِرِينَ لَا مَوْلَىٰ لَهُمْ ١١
📖 ތަރުޖަމާ
އާޔަތް 11
އެއީ إيمان ވި މީހުންނަށް އެހީތެރިވެ، نصر ދެއްވާ ފަރާތެއްކަމުގައި اللَّه ވޮޑިގެންވާކަމުންނެވެ. އަދި، كافر ވި މީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނުވެއެވެ
إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۖ وَالَّذِينَ كَفَرُوا يَتَمَتَّعُونَ وَيَأْكُلُونَ كَمَا تَأْكُلُ الْأَنْعَامُ وَالنَّارُ مَثْوًى لَّهُمْ ١٢
📖 ތަރުޖަމާ
އާޔަތް 12
ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުޅަ މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް اللَّه (އެއުރެން) ވައްދަވާނެތެވެ. އަދި كافر ވިމީހުން (ދުނިޔޭގެ ދިރުއުޅުމުގައި) އެއުރެން ފަސޭހަކަމާއި އަރާމު ލިބިގަނެ، نعم ސޫފި ކައިއުޅޭފަދައިން އެއުރެން ކައިއުޅެތެވެ. އަދި އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ
وَكَأَيِّن مِّن قَرْيَةٍ هِيَ أَشَدُّ قُوَّةً مِّن قَرْيَتِكَ الَّتِي أَخْرَجَتْكَ أَهْلَكْنَاهُمْ فَلَا نَاصِرَ لَهُمْ ١٣
📖 ތަރުޖަމާ
އާޔަތް 13
ކަލޭގެފާނު އެ ރަށަކުން ބޭރުކޮށް ނެރެލި، ކަލޭގެފާނުގެ ރަށަށްވުރެ ބާރުގަދަ ކިތައްކިތައް ރަށުގެ أهل ވެރިން، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރައްވައި ނެތިކުރެއްވިންހެއްޔެވެ! ފަހެ، އެއުރެންނަށް نصر ދޭނޭ އެއްވެސް މީހަކު ނުވެއެވެ
أَفَمَن كَانَ عَلَىٰ بَيِّنَةٍ مِّن رَّبِّهِ كَمَن زُيِّنَ لَهُ سُوءُ عَمَلِهِ وَاتَّبَعُوا أَهْوَاءَهُم ١٤
📖 ތަރުޖަމާ
އާޔަތް 14
ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرة ން އައި ސާފު ހެތްކެއްގެ މަތީގައިވާ މީހަކު، އެމީހެއްގެ ނުބައި عمل އެމީހަކަށް زينة ތެރިކުރައްވާފައިވާ މީހަކާއި، އެއުރެންގެ هوىنفس ގެ އެދުންތަކަށް تبع ވެގެންވާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟
مَّثَلُ الْجَنَّةِ الَّتِي وُعِدَ الْمُتَّقُونَ ۖ فِيهَا أَنْهَارٌ مِّن مَّاءٍ غَيْرِ آسِنٍ وَأَنْهَارٌ مِّن لَّبَنٍ لَّمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِّنْ خَمْرٍ لَّذَّةٍ لِّلشَّارِبِينَ وَأَنْهَارٌ مِّنْ عَسَلٍ مُّصَفًّى ۖ وَلَهُمْ فِيهَا مِن كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِّن رَّبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ ١٥
📖 ތަރުޖަމާ
އާޔަތް 15
تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال އަކީ އެތާނގައި تغيّر ކަމެއްނުވާ، ސާފު ފެނުގެ ކޯރުތަކާއި، އޭގެ ރަހަ ތަފާތުނުވާ ކިރުގެ ކޯރުތަކާއި، ބޯމީހުންނަށް މީރުރަހަ ލިބެނިވި، ރާގެ ކޯރުތަކާއި، ސާފު މާމުއިގެ ކޯރުތައްވާ ސުވަރުގެއެވެ. އަދި އެތާނގައި އެއުރެންނަށްޓަކައި ހުރިހާ ބާވަތެއްގެ މޭވާތަކާއި، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުންހުށްޓެވެ. (މި ހުރިހާ نعمة ތައް ލިބިގެންވާ މީހުންނާއި) އެމީހަކު ނަރަކައިގައި ދެމިހުރެ، އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟
وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّىٰ إِذَا خَرَجُوا مِنْ عِندِكَ قَالُوا لِلَّذِينَ أُوتُوا الْعِلْمَ مَاذَا قَالَ آنِفًا ۚ أُولَٰئِكَ الَّذِينَ طَبَعَ اللَّهُ عَلَىٰ قُلُوبِهِمْ وَاتَّبَعُوا أَهْوَاءَهُمْ ١٦
📖 ތަރުޖަމާ
އާޔަތް 16
އެއުރެންގެ ތެރެއިން (އެބަހީ: كافر ންގެ ތެރެއިން) ބަޔަކު، ކަލޭގެފާނު ވިދާޅުވާ ވިދާޅުވުމަށް އަހައިއުޅެތެވެ. ކަލޭގެފާނުގެ އަރިހުން އެއުރެން ނުކުންނަހިނދު، علم ލިބިގެންވާ މީހުންނަށް އެއުރެން ބުނެތެވެ. އެކަލޭގެފާނު ދެންމެއަކު ވިދާޅުވީ ކީކޭހެއްޔެވެ؟ އެއުރެންނީ، اللَّه އެއުރެންގެ ހިތްތަކުގައި ސިއްކަގައްސަވައި، ބަންދުކުރައްވާފައިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ هوىنفس ގެ އެދުންތަކަށް تبع ވެގެންވާ މީހުންނެވެ
وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْوَاهُمْ ١٧
📖 ތަރުޖަމާ
އާޔަތް 17
ތެދުމަގު ލިބިގެންވާ މީހުންނަށް، އެކަލާނގެ ތެދުމަގު އިތުރުކުރެއްވިއެވެ. އަދި އެއުރެން تقوى ވެރިވެ، ރައްކާތެރިވުމުގެ މަގު އެކަލާނގެ އެއުރެންނަށް ފަހިކޮށްދެއްވިއެވެ
فَهَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَاءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ ١٨
📖 ތަރުޖަމާ
އާޔަތް 18
ފަހެ، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިޔަކަށް قيامة ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ علامات ތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާ ހަމަޔަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟
فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ ١٩
📖 ތަރުޖަމާ
އާޔަތް 19
ފަހެ، اللَّه މެނުވީ إله އަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށާއި، مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! ތިޔަބައިމީހުން ހިނގާބިނގާއުޅޭ ތަނާއި، އަރާމުކުރަންތިބޭ ތަން اللَّه ދެނެވޮޑިގެންވެތެވެ
وَيَقُولُ الَّذِينَ آمَنُوا لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَا أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا الْقِتَالُ ۙ رَأَيْتَ الَّذِينَ فِي قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِ ۖ فَأَوْلَىٰ لَهُمْ ٢٠
📖 ތަރުޖަމާ
އާޔަތް 20
إيمان ވި މީހުން ބުނެތެވެ. سورة އެއް ބާވައިނުލެއްވީ ކީއްވެބާވައެވެ؟ އަދި صريح حكم ކަނޑައަޅުއްވާފައިވާ سورة އެއް ބާވައިލައްވާފައި އަދި ހަނގުރާމައިގެ ވާހަކަ އެ سورة ގައި ބަޔާންކުރައްވައިފިހިނދު، މަރަށް ހޭނެތިފައިވާ މީހަކު ބަލާފަދައިން އެއުރެންގެ ހިތްތަކުގައި (نفاق ގެ) ބަލިމަޑުކަމެއްވާ މީހުން ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. ފަހެ، އެއުރެންނަށް ހަލާކުހުށްޓެވެ
طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ الْأَمْرُ فَلَوْ صَدَقُوا اللَّهَ لَكَانَ خَيْرًا لَّهُمْ ٢١
📖 ތަރުޖަމާ
އާޔަތް 21
ކިޔަމަންވުމަކާއި، ރީތި ބަހެއް ބުނުން (ހެޔޮކަން ބޮޑުވެގެން) ވެއެވެ. ފަހެ، ހަނގުރާމަކުރުމުގެ أمر ފުޅު ކަނޑައެޅިއްޖެހިނދު، اللَّه އަށް އެއުރެން ތެދުވެރިވީނަމަ، އެކަން އެއުރެންނަށް ހެޔޮކަންބޮޑުވީސްކަން ކަށަވަރެވެ
فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ ٢٢
📖 ތަރުޖަމާ
އާޔަތް 22
ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި فساد ކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟
أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ فَأَصَمَّهُمْ وَأَعْمَىٰ أَبْصَارَهُمْ ٢٣
📖 ތަރުޖަމާ
އާޔަތް 23
އެއުރެންނީ، އެއުރެންނަށް اللَّه لعنة ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ
أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا ٢٤
📖 ތަރުޖަމާ
އާޔަތް 24
ފަހެ، قرآن އާމެދު އެއުރެން ވިސްނައި فكر ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟
إِنَّ الَّذِينَ ارْتَدُّوا عَلَىٰ أَدْبَارِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى ۙ الشَّيْطَانُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ ٢٥
📖 ތަރުޖަމާ
އާޔަތް 25
ހަމަކަށަވަރުން، އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، އެއުރެންގެ ފުރަގަހަށް އެނބުރިދިޔަ މީހުންނަށް شيطان އާ އެކަން زينة ތެރިކޮށްދެއްކިއެވެ. އަދި أجل ތައް ދިގުވާނެކަމުގެ އެދުން އެއުރެންނަށް ލައިދިނެވެ
ذَٰلِكَ بِأَنَّهُمْ قَالُوا لِلَّذِينَ كَرِهُوا مَا نَزَّلَ اللَّهُ سَنُطِيعُكُمْ فِي بَعْضِ الْأَمْرِ ۖ وَاللَّهُ يَعْلَمُ إِسْرَارَهُمْ ٢٦
📖 ތަރުޖަމާ
އާޔަތް 26
އެއީ، اللَّه ބާވައިލެއްވި ފޮތަށް ނުރުހުންވި މީހުންނަށް، އެއުރެން ބުނިކަމަށްޓަކައެވެ. ބައެއްކަންތަކުގައި ތިމަންމެން ތިޔަބައިމީހުންނަށް ކިޔަމަންވާނޫއެވެ. އަދި އެއުރެން ސިއްރުކޮށްފައިވާ ގޮތް اللَّه ދެނެވޮޑިގެންވެތެވެ
فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ ٢٧
📖 ތަރުޖަމާ
އާޔަތް 27
އެއުރެންގެ މޫނުތަކާއި، ބުރިކަށިތަކުގައި ތަޅުއްވަމުން ملائكة ން އެއުރެންގެ މަރުހިއްޕަވާހިނދު، އެއުރެންގެ حال ވާނީ ކޮންފަދައަކުން ހެއްޔެވެ؟
ذَٰلِكَ بِأَنَّهُمُ اتَّبَعُوا مَا أَسْخَطَ اللَّهَ وَكَرِهُوا رِضْوَانَهُ فَأَحْبَطَ أَعْمَالَهُمْ ٢٨
📖 ތަރުޖަމާ
އާޔަތް 28
އެއީ، اللّه ކޯފާވެވޮޑިގެންވާމަގަށް އެއުރެން تبع ވީކަމަށްޓަކައެވެ. އަދި އެކަލާނގެ ރުއްސެވުމަށް އެއުރެން ނުރުހުންވީކަމަށްޓަކައެވެ. ފަހެ، އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރެއްވިއެވެ
أَمْ حَسِبَ الَّذِينَ فِي قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ اللَّهُ أَضْغَانَهُمْ ٢٩
📖 ތަރުޖަމާ
އާޔަތް 29
ނުވަތަ އެއުރެންގެ ހިތްތަކުގައި (نفاق ގެ) ބަލިމަޑުކަމެއްވާ މީހުން، އެއުރެންގެ ރުޅިވެރިކަމާއި، حسد ވެރިކަން اللَّه ފާޅުނުކުރައްވާނެކަމަށް އެއުރެން ހީކުރީހެއްޔެވެ؟
وَلَوْ نَشَاءُ لَأَرَيْنَاكَهُمْ فَلَعَرَفْتَهُم بِسِيمَاهُمْ ۚ وَلَتَعْرِفَنَّهُمْ فِي لَحْنِ الْقَوْلِ ۚ وَاللَّهُ يَعْلَمُ أَعْمَالَكُمْ ٣٠
📖 ތަރުޖަމާ
އާޔަތް 30
އަދި، ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެއުރެން ދައްކަވައިފީމުސްކަން ކަށަވަރެވެ. ފަހެ، އެއުރެންގެ نشان ތަކުން ކަލޭގެފާނަށް އެއުރެން އެނގިވަޑައިގަތީސްކަން ކަށަވަރެވެ. އަދި ބަސްބުނުމުގެ ރާގުން ކަލޭގެފާނަށް އެއުރެން އެނގިވަޑައިގަންނަވާނެކަން ކަށަވަރެވެ. އަދި اللَّه ތިޔަބައިމީހުންގެ عمل ތައް ދެނެވޮޑިގެންވެތެވެ
وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ ٣١
📖 ތަރުޖަމާ
އާޔަތް 31
އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبر ތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ
إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ وَشَاقُّوا الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَىٰ لَن يَضُرُّوا اللَّهَ شَيْئًا وَسَيُحْبِطُ أَعْمَالَهُمْ ٣٢
📖 ތަރުޖަމާ
އާޔަތް 32
ހަމަކަށަވަރުން، كافر ވެ، އަދި اللَّه ގެ މަގުން (އެހެންމީހުން) އެއްކިބާކޮށް، އަދި އެއުރެންނަށް ތެދުމަގު އެނގި ބަޔާންވުމަށްފަހު، رسول އާއާ ދެކޮޅުވެރިވާ މީހުންނަކަށް، އެއްވެސް ކަމަކުން اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. އަދި އެކަލާނގެ އެއުރެންގެ عمل ތައް باطل ކުރައްވާނެތެވެ
۞ يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَلَا تُبْطِلُوا أَعْمَالَكُمْ ٣٣
📖 ތަރުޖަމާ
އާޔަތް 33
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި رسول އާއަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުންގެ عمل ތައް ތިޔަބައިމީހުން باطل ނުކުރާހުށިކަމެވެ
إِنَّ الَّذِينَ كَفَرُوا وَصَدُّوا عَن سَبِيلِ اللَّهِ ثُمَّ مَاتُوا وَهُمْ كُفَّارٌ فَلَن يَغْفِرَ اللَّهُ لَهُمْ ٣٤
📖 ތަރުޖަމާ
އާޔަތް 34
ހަމަކަށަވަރުން، كافر ވެ اللَّه ގެމަގުން (އެހެންމީހުން) އެއްކިބާކޮށް، ދެން كافر ންކަމުގައި ވެގެންތިބެ މަރުވި މީހުން (ދަންނާށެވެ!) ފަހެ، اللَّه، އެއުރެންނަކަށް ފާފައެއް ނުފުއްސަވާނެތެވެ
فَلَا تَهِنُوا وَتَدْعُوا إِلَى السَّلْمِ وَأَنتُمُ الْأَعْلَوْنَ وَاللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَالَكُمْ ٣٥
📖 ތަރުޖަމާ
އާޔަތް 35
ފަހެ، ތިޔަބައިމީހުން ނިކަމެތިވެގަނެ، كافر ންނާ صلح ވުމަށް ގޮވައިނޫޅޭށެވެ! ގަދަވެ، މަތިވެރިވާނޭ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި، اللَّه ވޮޑިގެންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. އަދި ތިޔަބައިމީހުންގެ عمل ތައް އެކަލާނގެ އުނިނުކުރައްވާހުށްޓެވެ
إِنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا وَتَتَّقُوا يُؤْتِكُمْ أُجُورَكُمْ وَلَا يَسْأَلْكُمْ أَمْوَالَكُمْ ٣٦
📖 ތަރުޖަމާ
އާޔަތް 36
ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ، ކުޅިވަރެއްކަމުގައްޔާއި، މަޖަލެއްކަމުގައެވެ. އަދި ތިޔަބައިމީހުން إيمان ވެ، تقوى ވެރިވާނަމަ، އެކަލާނގެ ތިޔަބައިމީހުންގެ ދަރުމަ، ތިޔަބައިމީހުންނަށް ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މުދާތަކަކަށް އެދިވޮޑިއެއް ނުގަންނަވަތެވެ
إِن يَسْأَلْكُمُوهَا فَيُحْفِكُمْ تَبْخَلُوا وَيُخْرِجْ أَضْغَانَكُمْ ٣٧
📖 ތަރުޖަމާ
އާޔަތް 37
ތިޔަބައިމީހުންގެ ކިބައިން އެކަލާނގެ އެތަކެއްޗަށް އެދިވޮޑިގަންނަވައި، އެކަމަށް ބާރުއަޅުއްވާނަމަ، ތިޔަބައިމީހުން ދަހިވެތިވާނޫއެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ރުޅިވެރިކަމާއި، حسد ވެރިކަން ފާޅުކުރައްވާނެތެވެ
هَا أَنتُمْ هَٰؤُلَاءِ تُدْعَوْنَ لِتُنفِقُوا فِي سَبِيلِ اللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِ ۚ وَاللَّهُ الْغَنِيُّ وَأَنتُمُ الْفُقَرَاءُ ۚ وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُم ٣٨
📖 ތަރުޖަމާ
އާޔަތް 38
އޭ މިތިބަމީހުންނޭވެ! ތިޔަބައިމީހުން ތިޔަތިބީއެވެ. اللَّه ގެ މަގުގައި ހޭދަކުރުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވަތެވެ. އެހިނދު، ދަހިވެތިވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި، ދަހިވެތިވާ މީހާ (ދަންނާށެވެ!) ފަހެ، އޭނާ ދަހިވެތިވާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس ގެ ފަރާތުންނެވެ. اللَّه އީ، ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި فقير ންނަކީ ތިޔަބައިމީހުންނެވެ. އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ، ތިޔަބައިމީހުންގެ ބަދަލުގައި ތިޔަބައިމީހުން ނޫންބަޔަކު، އެކަލާނގެ ގެންނަވާހުށްޓެވެ. ދެން، ތިޔަބައިމީހުންފަދަ ބަޔަކު ކަމުގައި އެއުރެން ނުވާނެތެވެ
ކިޔާ ސޫރަތު މުޙައްމަދު ދިވެހި ތަރުޖަމާ – އަޑު އަހާ
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers

