މުޙައްމަދު · 20/38
ތަރުޖަމާ ކިޔެވުން — މުޙައްމަދު
وَيَقُولُ الَّذِينَ آمَنُوا لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَا أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا الْقِتَالُ ۙ رَأَيْتَ الَّذِينَ فِي قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِ ۖ فَأَوْلَىٰ لَهُمْ ۝٢٠
Wa yaqoolul lazeena aamanoo law laa nuzzilat Sooratun fa izaaa unzilat Sooratum Muhkamatunw wa zukira feehal qitaalu ra aytal lazeena fee quloobihim maraduny yanzuroona ilaika nazaral maghshiyyi `alaihi minal mawti fa`awlaa lahum
📖 ދިވެހި މާނަ
إيمان ވި މީހުން ބުނެތެވެ. سورة އެއް ބާވައިނުލެއްވީ ކީއްވެބާވައެވެ؟ އަދި صريح حكم ކަނޑައަޅުއްވާފައިވާ سورة އެއް ބާވައިލައްވާފައި އަދި ހަނގުރާމައިގެ ވާހަކަ އެ سورة ގައި ބަޔާންކުރައްވައިފިހިނދު، މަރަށް ހޭނެތިފައިވާ މީހަކު ބަލާފަދައިން އެއުރެންގެ ހިތްތަކުގައި (نفاق ގެ) ބަލިމަޑުކަމެއްވާ މީހުން ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. ފަހެ، އެއުރެންނަށް ހަލާކުހުށްޓެވެ
🎧 އަޑު އަހާ

📜 އާޔަތް 18-22 — މުޙައްމަދު

18فَهَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً ۖ فَقَدْ جَاءَ أَشْرَاطُهَا ۚ فَأَنَّىٰ لَهُمْ إِذَا جَاءَتْهُمْ ذِكْرَاهُمْ
ފަހެ، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިޔަކަށް قيامة ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން انتظار ކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ علامات ތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާ ހަމަޔަށް އަތުވެއްޖެހިނދު، އެއުރެންގެ ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟
19فَاعْلَمْ أَنَّهُ لَا إِلَٰهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ ۗ وَاللَّهُ يَعْلَمُ مُتَقَلَّبَكُمْ وَمَثْوَاكُمْ
ފަހެ، اللَّه މެނުވީ إله އަކު ނުވާކަން ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! އަދި ކަލޭގެފާނުގެ ކުށަށާއި، مؤمن ފިރިހެނުންނަށާއި، مؤمن އަންހެނުންނަށް ކަލޭގެފާނު ފާފަފުއްސެވުމަށް އެދިވަޑައިގަންނަވާށެވެ! ތިޔަބައިމީހުން ހިނގާބިނގާއުޅޭ ތަނާއި، އަރާމުކުރަންތިބޭ ތަން اللَّه ދެނެވޮޑިގެންވެތެވެ
20وَيَقُولُ الَّذِينَ آمَنُوا لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَا أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا الْقِتَالُ ۙ رَأَيْتَ الَّذِينَ فِي قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ الْمَغْشِيِّ عَلَيْهِ مِنَ الْمَوْتِ ۖ فَأَوْلَىٰ لَهُمْ
إيمان ވި މީހުން ބުނެތެވެ. سورة އެއް ބާވައިނުލެއްވީ ކީއްވެބާވައެވެ؟ އަދި صريح حكم ކަނޑައަޅުއްވާފައިވާ سورة އެއް ބާވައިލައްވާފައި އަދި ހަނގުރާމައިގެ ވާހަކަ އެ سورة ގައި ބަޔާންކުރައްވައިފިހިނދު، މަރަށް ހޭނެތިފައިވާ މީހަކު ބަލާފަދައިން އެއުރެންގެ ހިތްތަކުގައި (نفاق ގެ) ބަލިމަޑުކަމެއްވާ މީހުން ކަލޭގެފާނަށް ބަލާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. ފަހެ، އެއުރެންނަށް ހަލާކުހުށްޓެވެ
21طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ الْأَمْرُ فَلَوْ صَدَقُوا اللَّهَ لَكَانَ خَيْرًا لَّهُمْ
ކިޔަމަންވުމަކާއި، ރީތި ބަހެއް ބުނުން (ހެޔޮކަން ބޮޑުވެގެން) ވެއެވެ. ފަހެ، ހަނގުރާމަކުރުމުގެ أمر ފުޅު ކަނޑައެޅިއްޖެހިނދު، اللَّه އަށް އެއުރެން ތެދުވެރިވީނަމަ، އެކަން އެއުރެންނަށް ހެޔޮކަންބޮޑުވީސްކަން ކަށަވަރެވެ
22فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ
ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި فساد ކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟
މުޙައްމަދުޤުރުއާން ފިހުރިސްތު
38އާޔަތް
MedinanRevelation
20އާޔަތް

ތަރުޖަމާ — މުޙައްމަދު 20

ސޫރަތު މުޙައްމަދު އާޔަތް 20 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : إيمان ވި މީހުން ބުނެތެވެ. سورة އެއް ބާވައިނުލެއްވީ ކީއްވެބާވައެވެ؟ އަދި صريح…

ސޫރަތު އާޔަތް 20/38 — މުޙައްމަދު محمد (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: މުޙައްމަދު އަޑު އަހާ, މުޙައްމަދު ތަރުޖަމާ, މުޙައްމަދު mp3, މުޙައްމަދު pdf. އާޔަތް 18–22. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers