📖 0/604 ކިޔެވި ސަފުހާތައް
📄 14
އަލް-ބަޤަރާ

އަލް-ބަޤަރާ

2:89
وَلَمَّا جَآءَهُمۡ كِتَٰبٌ مِّنۡ عِندِ ٱللَّهِ مُصَدِّقٌ لِّمَا مَعَهُمۡ وَكَانُواْ مِن قَبۡلُ يَسۡتَفۡتِحُونَ عَلَى ٱلَّذِينَ كَفَرُواْ فَلَمَّا جَآءَهُم مَّا عَرَفُواْ كَفَرُواْ بِهِۦۚ فَلَعۡنَةُ ٱللَّهِ عَلَى ٱلۡكَٰفِرِينَ ٨٩
އަދި އެއުރެންނާ އެކުގައިވާ ފޮތްތައް (އެބަހީ: توراة އާއި إنجيل) ގަބޫލުކޮށް ތެދުކުރާގޮތުގައި اللَّه ގެ حضرة ން އެއުރެންނާހަމަޔަށް ފޮތެއް (އެބަހީ: قرآن) އައިހިނދު (އެފޮތް އެއުރެން ދޮގުކުރޫއެވެ.) އޭގެ ކުރިން، އެއުރެން، كافر ވެގަތް މީސްތަކުންގެ މައްޗަށް نصر އެދޭކަމުގައި ވޫއެވެ. ދެން އެއުރެންނަށް އެނގިފައިވާ حق ގޮތް އެއުރެންނާހަމަޔަށް އައިހިނދު އެއަށް އެއުރެން كافر ވޫއެވެ. ފަހެ، كافر ންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ
2:90
بِئۡسَمَا ٱشۡتَرَوۡاْ بِهِۦٓ أَنفُسَهُمۡ أَن يَكۡفُرُواْ بِمَآ أَنزَلَ ٱللَّهُ بَغۡيًا أَن يُنَزِّلَ ٱللَّهُ مِن فَضۡلِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦۖ فَبَآءُو بِغَضَبٍ عَلَىٰ غَضَبٍۚ وَلِلۡكَٰفِرِينَ عَذَابٌ مُّهِينٌ ٩٠
އެއުރެންގެ نفس ތައް އެކަމަކަށް ވިއްކައިލި ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއީ، اللَّه ބާވައިލެއްވި ތަކެއްޗަށް (އެބަހީ: قرآن އަށް) އެއުރެން كافر ވުމެވެ. (އެއުރެން އެ كافر ވީ) اللَّه ގެ فضل ވަންތަކަމުން އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވި ބަޔަކުގެ މައްޗަށް ބާވައިލެއްވި ބާވައިލެއްވުމަށް حسد ވެރިވުމުގެ ގޮތުންނެވެ. ދެން ކޯފާގެ މައްޗަށް ކޯފާ އާއިގެން އެއުރެން އެނބުރި އަތުވެއްޖައޫއެވެ. އަދި كافر ންނަށް ހުރީ އިހާނަތްތެރިކަން ދެނިވި عذاب އެވެ
2:91
وَإِذَا قِيلَ لَهُمۡ ءَامِنُواْ بِمَآ أَنزَلَ ٱللَّهُ قَالُواْ نُؤۡمِنُ بِمَآ أُنزِلَ عَلَيۡنَا وَيَكۡفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلۡحَقُّ مُصَدِّقًا لِّمَا مَعَهُمۡۗ قُلۡ فَلِمَ تَقۡتُلُونَ أَنۢبِيَآءَ ٱللَّهِ مِن قَبۡلُ إِن كُنتُم مُّؤۡمِنِينَ ٩١
އަދި اللَّه ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެން ބުނެތެވެ. ތިމަންމެން إيمان ވާނީ، ތިމަންމެންގެ މައްޗަށް ބާވައިލެއްވި ފޮތަށެވެ. އޭގެފަހުން ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) އެއުރެން كافر ވަނީ، އެއުރެންނާ އެކުގައިވާފޮތް (އެބަހީ: توراة) ތެދުކުރާ حق ފޮތްކަމުގައި، އެ قرآن ވާ حال ގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން مؤمن ން ކަމުގައިވަނީނަމަ، މީގެކުރީގައި ތިޔަބައިމީހުން اللَّه ގެ ނަބިއްޔުން قتل ކޮށް އުޅުނީ ފަހެ، ކީއްވެގެންހެއްޔެވެ؟
2:92
۞ وَلَقَدۡ جَآءَكُم مُّوسَىٰ بِٱلۡبَيِّنَٰتِ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ ٩٢
އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ معجزات ތަކާއިގެން موسى ގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު ދުރަށްވަޑައިގަތުމަށްފަހު، ތިޔަބައިމީހުން، ގެރިއަކީ إله އަކު ކަމުގައި ބަލައިގެން އުޅުނީމުއެވެ. (އެއީ) އަނިޔާވެރި ބަޔަކުކަމުގައި ތިޔަބައިމީހުންވާ حال ގައެވެ
2:93
وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٍ وَٱسۡمَعُواْۖ قَالُواْ سَمِعۡنَا وَعَصَيۡنَا وَأُشۡرِبُواْ فِي قُلُوبِهِمُ ٱلۡعِجۡلَ بِكُفۡرِهِمۡۚ قُلۡ بِئۡسَمَا يَأۡمُرُكُم بِهِۦٓ إِيمَٰنُكُمۡ إِن كُنتُم مُّؤۡمِنِينَ ٩٣
އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، އަދި ތިޔަބައިމީހުންގެ މައްޗަށް طور ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި، (އެބަހީ: ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި (ތިޔަބައިމީހުންނަށް ކުރެވޭ أمر ތައް) ތިޔަބައިމީހުން އަހާށެވެ! އެއުރެން ދެންނެވޫއެވެ. ތިމަންމެން (ތިޔަ ބަސްފުޅު) އަހައި (ތިޔަ أمر ފުޅަށް) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ. އަދި އެއުރެންގެ كافر ކަމުގެ ސަބަބުން، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަބުނާހެން) ތިޔަބައިމީހުންނީ، إيمان ވާ ބަޔަކުކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ إيمان ކަން، އެކަމަކަށް ތިޔަބައިމީހުންނަށް أمر ކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ
العربيةEnglishBahasa IndonesiaTürkçeРусскийفارسیFrançaisاردوবাংলাDeutschEspañol中文हिन्दीPortuguêsItalianoภาษาไทยPolskiNederlandsShqipKiswahiliO'zbekதமிழ்MelayuBosanskiSoomaaliAzərbaycanکوردی한국어日本語SvenskaDanskNorskپښتوമലയാളംසිංහලTamazightHausaአማርኛБългарскиТоҷикӣҚазақшаFilipinoسنڌيYorùbáFulfuldeТатарчаئۇيغۇرچەКыргызчаਪੰਜਾਬੀJawaతెలుగుမြန်မာગુજરાતીOromoमराठीTiếng ViệtMalagasyНохчийнWolofދިވެހިಕನ್ನಡУкраїнськаΕλληνικάქართულიខ្មែរدریQafar afMaranaoनेपाली
ކީރިތި ޤުރުއާން
Wednesday, August 19, 2026
Don't forget us in your sincere prayers







