ސޫރަތު އަން-ނިސާއް pdf — ޑައުންލޯޑް (ދިވެހި)
ސޫރަތު އަން-ނިސާއް pdf ދިވެހި — ޑައުންލޯޑް ސޫރަތު އަން-ނިސާއް ތަރުޖަމާ. އަން-ނިސާއް (Medinan) 176 އާޔަތް.
Related
- އަން-ނިސާއް ތަރުޖަމާދިވެހި
- އަން-ނިސާއް mp3އަޑު އަހާ
- Quran Index ދިވެހި114
More ސޫރަތު PDF
އަލް-ބަޤަރާ
އާލު-ޢިމްރާން
އަން-ނިސާއް
އަލް-މާއިދާ
ޔޫސުފް
އިބްރާހިމް
އަލް-ޙިޖްރު
އަލް-ކަހްފު
މަރްޔަމް
އަލް-ޙައްޖު
އަލް-ޤަސަޞް
އަލް-ޢަންކަބޫތް
އަސް-ސަޖްދާ
ޔާސީން
އައް-ދުޚާން
އަލް-ފަތްޙު
އަލް-ޙުޖުރާތް
ޤާފް
އަން-ނަޖްމު
އަރް-ރަޙްމާން
އަލް-ވާޤިޢާ
އަލް-ޙަޝްރު
އަލް-މުލްކު
އަލް-ޙާއްޤާ
އަލް-އިންޝިޤާޤް
އަލް-އަޢްލާ
އަލް-ޣާޝިޔާ
ސޫރަތު އަން-ނިސާއް

ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯ
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ
ﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃ
يتيم ންނަށް (އެކުދިން تصرّف ފުދިއްޖެނަމަ) އެކުދިންގެ މުދާތައް ތިޔަބައިމީހުން ދޭށެވެ! އަދި، އޭގެތެރެއިން މޮޅުތަކެއްޗަށް ދެރަތަކެތި ބަދަލުކޮށް ނަހަދާށެވެ! އަދި، އެކުދިންގެ މުދާތައް، ތިޔަބައިމީހުންގެ މުދަލާއެކު ބޭނުންކޮށް، ކައި ނޫޅޭށެވެ! ހަމަކަށަވަރުން، ބޮޑުވެގެންވާ ފާފައެއް ކަމުގައި އެކަންތައްވިއެވެ
ﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
يتيم ންނާމެދު، عدل ވެރި ނުވެވޭނެކަމަށް ތިޔަބައިމީހުންނަށް ހީވެ، ބިރުގެންފިނަމަ (އެބަހީ: ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ يتيم އަންހެން ކުދިންނާ ކާވެނިކުރުމުގައި، عدل ވެރި ނުވެވޭނެކަމަށް ހީވާނަމަ، އެނޫން) އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدل ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓ
އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެތެރެއިން އެއްޗެއް އެކަނބަލުން ހިތުންރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، حلال ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ
ﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤ
އަދި، ދޯދިޔާ މީހުންނަށް، (އެބަހީ: ވިޔާނުދާ خرد ކޮށް، إسراف ކޮށް އުޅޭމީހުންގެ އަތަށް) ތިޔަބައިމީހުންގެ އަތުގައިވާ އެއުރެންގެ މުދާތައް ނުދޭށެވެ! އެ މުދަލަކީ، ދިރިއުޅުން ހިފަހައްޓައިދެނިވި ބާރެއްކަމުގައި اللَّه ތިޔަބައިމީހުންނަށް ލައްވާފައިވާ އެއްޗެކެވެ. އަދި، ތިޔަބައިމީހުން އެއިން، އެއުރެންނަށް ކާންދޭށެވެ! އަދި އެއުރެންނަށް އަންނައުނު ދޭށެވެ! އަދި، ތިޔަބައިމީހުން، އެއުރެންނަށް ހެޔޮބަސް ބުނާށެވެ
ﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏ
އަދި، ތިޔަބައިމީހުން يتيم ކުދިންގެ ގޮތް ބަލާށެވެ! އެކުދިން ކާވެނި ފުރާވަރަށް ދާނދެނެވެ. ފަހެ، (މުދަލާމެދުގައި) ބުއްދި ފުރިހަމަކަން އެއުރެންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ! އަދި، إسراف ގެ ގޮތުންނާއި، އެކުދިން ބޮޑެތި ވެދާނެތީ (ބިރުން) އަވަސްވެގަނެގެން، ތިޔަބައިމީހުން އެ މުދާ ނުކާށެވެ! މުއްސަންޖަކު ކަމުގައި ވެއްޖެމީހާ، عفة ތެރި ވާހުށިކަމެވެ! (އެބަހީ: އެ މުދަލުގައި ނުޖެހޭ ހުށިކަމެވެ!) އަދި، فقير އަކުކަމުގައި ވެއްޖެމީހާ، ހެޔޮ ރަނގަޅު ގޮތުގައި (އެ މުދަލުން) ކާހުށިކަމެވެ! ފަހެ، އެއުރެންގެ މުދާތައް، ތިޔަބައިމީހުން އެއުރެންނަށް ދޭހިނދު، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ހެކިކުރާށެވެ! حساب ބައްލަވަނިވި ކަލަކު ކަމުގައި اللَّه ފުދެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥ
މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ
ﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
(ތަރިކަ މުދާ) ބަހާތަނަށް (އެ މުދަލުން ނުވާ) ގާތްތިމާގެ މީހުންނާއި، يتيم ންނާއި، مسكين ން حاضر ވެއްޖެނަމަ، (އެ މުދާ ބެހުމުގެ ކުރިން) އެއުރެންނަށް އެއިން އެތިކޮޅެއް ދޭށެވެ! އަދި، އެއުރެންނަށް ހެޔޮބަސް ބުނާށެވެ
ﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃ
ނިކަމެތި ދަރިންކޮޅެއް އެއުރެންގެ ފަހަތަށް ދޫކުޅަނަމަ، އެކުދިންގެ މައްޗަށް ބިރުވެތިވާ ފަދައިން، އެއުރެން (اللَّه އަށް) ބިރުވެތި ވާހުށިކަމެވެ! އަދި، އެއުރެން اللَّه އަށް تقوى ވެރިވާހުށިކަމެވެ! އަދި، إنصاف ވެރި ސީދާ ބުނުމެއް އެއުރެން ބުނާހުށިކަމެވެ
ﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒ
ހަމަކަށަވަރުން، އަނިޔާވެރިކަމުގެގޮތުން يتيم ންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!) އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ. އަދި، އަނދަ އަނދާާ ހުންނަ ނަރަކަޔަކަށް އެއުރެން ނިކަންހުރެ ވަންނާނެތެވެ
ﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅ
ތިޔަބައިމީހުންގެ ދަރިންނާމެދު، اللَّه ތިޔަބައިމީހުންނަށް އަންގަވަތެވެ. އަންހެން ދެ ދަރިންގެ ބަޔާ އެއްފަދަ ބަޔެއް ފިރިހެން ދަރިޔަކަށް ވެއެވެ. އެ ދަރިންނަކީ ދޭކަށްވުރެ މަތީ عدد އެއްގެ އަންހެނުން ކަމުގައިވާނަމަ، މަރުވި މީހާ ދޫކުރި މުދަލުގެ ތިންބައިކުޅަ ދެބައި އެކަނބަލުންނަށެވެ. އަދި، އެއީ އެންމެ އަންހެން ދަރިޔަކު ކަމުގައި ވެއްޖެނަމަ، ފަހެ، އެކަނބުލޭގެޔަށް ދެބައިކުޅަ އެއްބަޔެވެ. އަދި، މަރުވިމީހާގެ ދަރިޔަކު ހުރިނަމަ، އޭނާގެ މަންމަޔާއި، ބައްޕަޔާއި، ދެމީހުންކުރެ ކޮންމެ މީހަކަށްމެ، އެ މަރުވި މީހާ ދޫކުޅަ މުދަލުގެ ހަބައިކުޅަ އެއްބަޔެވެ. ފަހެ، އޭނާޔަށް ދަރިޔަކު ނުވާނަމަ، އަދި، (ހަމައެކަނި) އޭނާގެ މަންމަޔާއި ބައްޕަޔަށް ވާރުތައަރާނަމަ، ފަހެ، އޭނާގެ މަންމަޔަށް ތިންބައިކުޅަ އެއްބަޔެވެ. (ދެންހުރި އެއްޗެއް ބައްޕަޔަށެވެ.) ފަހެ، އެ މަރުވި މީހާޔަށް أخ ންނާއި، أخت ން (އެކަކަށްވުރެ ގިނައިން) ތިބިނަމަ، ފަހެ، އޭނާގެ މަންމަޔަށް ހަބައިކުޅަ އެއްބަޔެވެެ. ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހުގައެވެ. ނުވަތަ، ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށް ފަހުގައެވެ. ތިޔަބައިމީހުންގެ މައިންބަފައިންނާއި، ތިޔަބައިމީހުންގެ ދަރިންކުރެ މަންފާކުރުމުގެ ގޮތުން ތިޔަބައިމީހުންނާ ގާތްކަންބޮޑީ ކޮންބަޔެއްކަން ތިޔަބައިމީހުންނަކަށް ނޭނގެއެވެ. (بيان ވެ ދިޔަގޮތަށް މުދާ ބެހުންއޮތީ) اللَّه ގެ حضرة ން ކަނޑައަޅުއްވައި އަންގަވާފައިވާ فرض އެއްގެ ގޮތުގައެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕ
ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ. ފަހެ، އެކަނބަލުންނަށް ދަރިޔަކުވާނަމަ، އެކަނބަލުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުން ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ ދަރަންޏެއް ވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. އަދި، ތިޔަބައިމީހުންނަށް ދަރިޔަކު ނުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ ހަތަރުބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. ފަހެ، ތިޔަބައިމީހުންނަށް ދަރިޔަކުވާނަމަ، ތިޔަބައިމީހުން ދޫކުޅަ މުދަލެއްގެ އަށްބައިކުޅަ އެއްބައި އެކަނބަލުންނަށެވެ. އެއީ، ތިޔަބައިމީހުންކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. كلالة ގެ ގޮތުން (އެބަހީ: أصل އެއް فرع އެއްނެތި) ފިރިހެނަކު ނުވަތަ އަންހެނަކު (ކިބައިން) ވާރުތަކުރެވޭނަމަ، އަދި، އޭނާޔަށް أخ އަކު ނުވަތަ أخت އަކު ހުރިނަމަ، ފަހެ، އެއިން ކޮންމެ މީހަކަށް ހަބައިކުޅަ އެއްބަޔެވެ. ފަހެ، އެ أخ ންނާއި أخت ން އެއަށްވުރެ ގިނަނަމަ، އެއުރެންވަނީ ތިންބައިކުޅަ އެއްބައިގައި (ހަމަހަމަޔަށް) ބައިވެރިވެގެންނެވެ. އެއީ، (ވާރުތަވެރިންނަށް) ގެއްލުން ނުދޭގޮތުގައި ކުރާ وصية އެއްވާނަމަ، އެ وصية އެއް تنفيذ ކުރުމަށްފަހު، ނުވަތަ، ދަރަންޏެއްވާނަމަ، އެ ދަރަންޏެއް އަދާކުރުމަށްފަހުގައެވެ. اللَّه ގެ حضرة ން އަންގަވާފައިވާ އެންގެވުމެއްގެ ގޮތުގައެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حليم ވަންތަ ރަސްކަލާނގެއެވެ
ﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪ
އެއީ، اللَّه ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންތެރިވާ މީހާ، އެތާނގެ ދަށުން ފެންއާރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވާނެތެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ
ﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸ
އަދި، اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
ތިޔަބައިމީހުންގެ އަންހެނުންކުރެ ހުތުރުކަން ބޮޑުވެގެންވާ ފާފަ ގެނެސްގަންނަ މީހުންނާމެދު، (އެބަހީ: ޒިނޭކުރާ މީހުންނާމެދު) ތިޔަބައިމީހުންގެ ތެރެއިން ހަތަރު ހެކިން، އެކަނބަލުންގެ މައްޗަށް ހެކިކުރާށެވެ! ފަހެ، އެއުރެން ހެކިދީފިނަމަ، މަރު، އެކަނބަލުން އަތުލައިފުމަށް ދާނދެން (އެބަހީ: މަރުވެއްޖައުމަށް ދާނދެން) ނުވަތަ، އެކަނބަލުންނަށް اللَّه މަގެއް ދައްކަވައިފުމަށް ދާނދެން، ގޭގޭގައި އެކަނބަލުން ބަންދުކުރާށެވެ! (އިތުރު ބަޔާނެއް: މަގެއް ދެއްކެވުމޭ އޮތްބަސްފުޅުގެ مراد އަކީ، އެކަނބަލުންނަށް ދޭނެ عقوبات އެއް ކަނޑައަޅުއްވައި އެންގެވުމެވެ. އެކަންއޮތީ سورة النور ގެ ދެވަނަ آية ން އަންގަވާފައެވެ)
ﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹ
އަދި، ތިޔަބައިމީހުންގެ ތެރެއިން فاحش ކަންތައް ގެނެސްގަންނަ ދެމީހުންނަށް ތިޔަބައިމީހުން އަދަބުދޭށެވެ! ފަހެ، އެދެމީހުން توبة ވެ، އަދި، އެއުރެންގެ عمل إصلاح ކޮށްފިނަމަ، އެ ދެމީހުންގެ ކިބައިން ދުރުވެގަންނާށެވެ! (އެބަހީ: އަދަބުދިނުން ހުއްޓައިލާށެވެ!) ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ
ﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏ
توبة ލެއްވުން اللَّه ގެ حضرة ން އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި (ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، اللَّه، އެއުރެންގެ މައްޗަށް توبة ލައްވަތެވެ. އަދި، މޮޅަށް ދެނެވޮޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩ
އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް حاضر ވެއްޖެނަމަ، އެހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، كافر ން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة ލެއްވުމެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ
ﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް حلال ވެގެންވާ ކަމެއްނޫނެވެ. އަދި، ފާޅުވެގެންހުރި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްގަންނަ ކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން ބަޔެއް އަތުލައިގަތުމަށްޓަކައި އެކަނބަލުންނަށް ދަތިނުކުރާށެވެ! އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣ
ތިޔަބައިމީހުން އެއް އަނތްބެއްގެ ޖާގަޔަށް އެހެން އަނތްބަކު ބަދަލުކުރަން އެދޭނަމަ، (އެބަހީ: އެކަކު ވަރިކޮށްފައި އަނެކަކާ އިންނަން قصد ކޮށްފިނަމަ) އަދި، އެ އަނތްބަށް (ރަނުގެ ގޮތުން) ކިތަންމެ ގިނަ މުދާތަކެއް ދީފައިވިޔަސް އޭގެތެރެއިން އެއްޗެއް ތިޔަބައިމީހުން އަތުނުލާ ހުށިކަމެވެ. باطل ގޮތުގައި، އަދި، ފާޅުވެގެންވާ ފާފައެއް ކުރުމުގެ ގޮތުގައި، ތިޔަބައިމީހުން އެތަކެތި އަތުލަނީހެއްޔެވެ؟
ﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯ
ތިޔަބައިމީހުން އެތަކެތި އަތުލަނީ ކޮންފަދަޔަކުން ހެއްޔެވެ؟ ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކުވަނީ އަނެއްބަޔަކާއެކު އެއްދާންކޮށްފައެވެ. އަދި، އެކަނބަލުންވަނީ، ތިޔަބައިމީހުންގެ ކިބައިން ގަދަވެގެންވާ عهد ހިފާފައެވެ
ﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂ
އަންހެނުންގެ ތެރެއިން ތިޔަބައިމީހުންގެ ބަފައިން ކާވެނިކުޅަ އަންހެނަކާ، ތިޔަބައިމީހުން ކާވެނި ނުކުރާހުށިކަމެވެ! އިސްވެދިޔަތާނގައި މެނުވީއެވެ. (އެބަހީ: ޖާހިލީ ޒަމާނުގައި ހިނގާދިޔަ ކަންތައްވަނީ عفو ކުރައްވާފައެވެ.) ހަމަކަށަވަރުން، އެކަމަކީ، ހުތުރުކަންބޮޑު ފާފައެއް ކަމުގައްޔާއި، އަދި، ނުރުއްސަވާ ކަމެއްކަމުގައިވިއެވެ. އަދި އެއީ، ހާދަހާ ނުބައިވެގެންވާ މަގެކެވެ
ﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛ
ތިޔަބައިމީހުންގެ މައިންނާއި، އަންހެން ދަރިންނާއި، أخت ންނާއި، ބަފައިފުށުގެ ބޮޑުދައިތައިންނާއި، މައިފުށުގެ ބޮޑުދައިތައިންނާއި، أخ ގެ އަންހެން ދަރިންނާއި، أخت ގެ އަންހެން ދަރިންނާއި، ތިޔަބައިމީހުންނަށް ކިރުދިން މައިންނާއި، ކިރުބުއިމުގެ ގޮތުން ތިޔަބައިމީހުންގެ أخت ންނާއި، ތިޔަބައިމީހުންގެ އަނބިންގެ މައިންނާއި، ތިޔަބައިމީހުން އެކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ، (އެބަހީ: ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި، (މިމީސްމީހުންނާ) ކާވެނިކުރުން حرام ކުރެއްވިއެވެ. އެކަނބަލުންގެ ގާތުގައި ތިޔަބައިމީހުން ރޭކޮށްފައިނުވާ އަނބިންގެ އަންހެންދަރިންނާ ކާވެނިކުރުމަކުން، ފަހެ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުންގެ ބުރިކަށިތަކުން އުފެދިފައިވާ ތިޔަބައިމީހުންގެ އުފަންދަރިން އިން މީހުންވެސް حرام ކުރެއްވިއެވެ. އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ أخت ން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ أخت ންނާ އިނުން) ވެސް حرام ކުރެއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁ
ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުން ފިޔަވައި، އަންހެނުންގެ ތެރެއިން ކާވެނީގެ ރައްކާތެރިކަން ލިބި (މީހުންނާ އިނދެގެން) ތިބި އަންހެނުންވެސް ތިޔަބައިމީހުންގެ މައްޗަށް حرام ކުރެއްވިއެވެ. (އެއީ) اللَّه ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވާ ގޮތެވެ. ކާވެނީގެ ރައްކާތެރިކަން ލިބޭގޮތުގައި، އަދި، ޒިނޭނުކުރާ ގޮތުގައި، ތިޔަބައިމީހުންގެ މުދަލުން ކާވެނީގެ ރަން ދީގެން، އެނޫން އަންހެނުންނާ އިނުން، ތިޔަބައިމީހުންނަށް ހުއްދަކުރެއްވިއެވެ. ފަހެ، އެކަނބަލުންގެ ތެރެއިން ތިޔަބައިމީހުން ކާވެނިކޮށް އެކަމުގެ އުފާ ތިޔަބައިމީހުން އެބަޔެއްގެ ކިބައިން ލިބިގަތް ބަޔަކަށް ރަނުގެ ގޮތުގައި އެކަނބަލުންނަށް ކަނޑައަޅުއްވާފައިވާ އުޖޫރަ ތިޔަބައިމީހުން އެކަނބަލުންނަށް ދޭށެވެ! ރަން ކަނޑައެޅުމަށްފަހު، ތިޔަބައިމީހުންގެ ދެފަރާތް ރުހި އެއްބަސްވީ ގޮތަކާމެދު، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
ﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤ
إيمان ވެގެންތިބި މިނިވަން އަންހެނުންނާ ކާވެނިކުރުމަށް، ތިޔަބައިމީހުންގެ ތެރެއިން އަތްމަތި ތަނަވަސްކަމުގެ ގޮތުން ކުޅަދާނަނުވި މީހާ، ތިޔަބައިމީހުންގެ إيمان ވެގެންތިބި އަންހެންކުދިންކުރެ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންގެ ތެރެއިން މީހުންނާ، ކާވެނިކުރުން ހުށްޓެވެ. ތިޔަބައިމީހުންގެ إيمان ކަން ހުރިގޮތް اللَّه ދެނެވޮޑިގަތުން ބޮޑެވެ. ތިޔަބައިމީހުންގެ އެއްބަޔަކުވަނީ އަނެއްބަޔެއްގެ ތެރެއިންނެވެ. (އެބަހީ: دين ގެ ގޮތުން ތިޔަބައިމީހުންނެކޭ، އެ އަޅުއަންހެނުންނެކޭ އެއްގޮތެވެ.) ފަހެ، އެކަނބަލުންގެ ސާހިބުންގެ إذن އާއެކު، އެކަނބަލުންނާ ތިޔަބައިމީހުން ކާވެނިކުރާށެވެ! އަދި، އެކަނބަލުންގެ ރަން، ހިތްހެޔޮކަމާއެކު ހެޔޮގޮތުގައި އެކަނބަލުންނަށް ދޭށެވެ! ކާވެނީގެ ރައްކާތެރިކަންލިބި، އެކަނބަލުން عفة ތެރިވެގެންވާ ގޮތުގައެވެ. ޒިނޭކުރާ ގޮތުގައެއް ނޫނެވެ. އަދި، ވަންހަނާގޮތުގައި ޒިނޭކުރާ އެކުވެރިން ގެންގުޅޭ ގޮތުގައެއްވެސް ނޫނެވެ. ފަހެ، އެކަނބަލުން ކާވެނިކުރުމަށްފަހު، ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް ގެނެސްގެންފިނަމަ، (އެބަހީ: ޒިނޭކޮށްފިނަމަ) މިނިވަން އަންހެނުންގެ މައްޗަށް އޮތް އަދަބުގެ ދެބައިކުޅަ އެއްބައި އެކަނބަލުންގެ މައްޗަށް ހުށްޓެވެ. އެކަން، (އެބަހީ: އަޅުއަންހެނުންނާ ކާވެނިކުރުން) އޮތީ ތިޔަބައިމީހުންގެ ތެރެއިން ޒިނޭކުރެވިދާނެކަމަށް ބިރުގެންފި މީހަކަށެވެ. ތިޔަބައިމީހުން ކެތްތެރިވުން، ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ
ﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴ
اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް (مصلحة ހުރިގޮތް) بيان ކޮށްދެއްވުމަށެވެ. އަދި، ތިޔަބައިމީހުންގެ ކުރިން އުޅުނު (ރަނގަޅު) މީހުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞ
އަދި، اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް تبع ވާ މީހުން އެދެނީ (حق ގެ މަގު ފިޔަވައި باطل ގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ
ﭟﭠﭡﭢﭣﭤﭥﭦﭧﭨ
اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށް ދެއްވުމަށެވެ. އަދި، އިންސާނާ ހައްދަވާފައިވަނީ، (އެދުންތަކުގެ ކުރިމަތީގައި) ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ
ﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑ
ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ގޮތުން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކު ނަރަކަޔަށް ވައްދަވާހުށީމެވެ. އަދި، އެކަންތައް އެއީ، اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ
ﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞ
ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންރަސްކަލާނގެ، ތިޔަބައިމީހުން ވައްދަވާހުށީމެވެ
ﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟ
ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު މާތްކުރައްވައި، މޮޅުކުރެއްވި ކަންތަކަށް ތިޔަބައިމީހުން ނޭދޭށެވެ! ފިރިހެނުންނަށްވެސް، އެއުރެން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، އަންހެނުންނަށްވެސް، އެކަނބަލުން ހޯދި ކަމެއްގެ ޖަޒާ ވެއެވެ. އަދި، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، (ދެއްވުމަށް) ތިޔަބައިމީހުން އެދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއްމެެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައިވެއެވެ
ﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵ
މަައިންބަފައިންނާއި، ގާތްތިމާގެ މީހުން ދޫކޮށްފައިވާ މުދަލުން ވާރުތަވެގެން ލިބޭނެ ބަޔަކު، ކޮންމެ މީހަކަށްމެ ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި، މުދަލުން ވާރުތަވުމަށް ތިޔަބައިމީހުން عهد ވެ، އެއްބަސްވެފައިވާ މީހުންނަށް އެއުރެންގެ ބައި، ތިޔަބައިމީހުން ދޭށެވެ! ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ހެކިވެ ވޮޑިގެންވާ ރަސްކަލާނގެ ކަމުގައިވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽ
ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް اللَّه އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް نصيحة ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ
ﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕ
އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ أهل ވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ أهل ވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! صلح ކުރުމަށް އެދެމީހުން قصد ކުރާނަމަ، اللَّه، އެ ދެމީހުން صلح ކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ خبير ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
ﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚ
ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ
ﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫ
އެއުރެންނީ، ދަހިވެތިވާ މީހުންނެވެ. އަދި، ދަހިވެތިވުމަށް މީސްތަކުންނަށް أمر ކުރާ މީހުންނެވެ. އަދި، اللَّه، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން އެބަޔަކަށް ދެއްވާފައިވާ ތަކެއްޗާއި ކަންތައް ވަންހަނާކުރާ މީހުންނެވެ. كافر ންނަށްޓަކައި، އިހާނަތްތެރި عذاب ތިމަންރަސްކަލާނގެ ތައްޔާރު ކުރެއްވީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤ
އަދި، އެއުރެންނަކީ، މީސްތަކުންނަށް ދެއްކުމަށްޓަކައި އެއުރެންގެ މުދާތައް ހޭދަކޮށް އުޅޭމީހުންނެވެ. އަދި، اللَّه އަށާއި، آخرة ދުވަހަށް إيمان ނުވާ މީހުންނެވެ. شيطان އާ، އެމީހެއްގެ އެކުވެރިޔަކު ކަމުގައިވާ މީހާ، (ދަންނާށެވެ!) ފަހެ، އެކަލޭގެއީ، ހާދަހާ ނުބައިވެގެންވާ އެކުވެރިއެކެވެ
ﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵ
އެއުރެން اللَّه އަށާއި، آخرة ދުވަހަށް إيمان ވެ، އެއުރެންނަށް اللَّه ދެއްވި ތަކެތިން އެއުރެން ހޭދަކޮށްއުޅުނުނަމަ، އެއުރެންގެ މައްޗަށް އޮތީ ކޮންކަމެއްހެއްޔެވެ؟ އެއުރެންގެ ކަންތައް، މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆ
اللَّه، (އެއްވެސް މީހަކަށް) ذر އެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ. އެއީ، ހެޔޮކަމެއް ކަމުގައިވާނަމަ، އެކަންތައް (އެބަހީ: އޭގެ ثواب) ގިނަގުނަ ކުރައްވަތެވެ. އަދި، އެކަލާނގެ حضرة ން ބޮޑުވެގެންވާ ދަރުމަ ދެއްވަތެވެ
ﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓ
ފަހެ، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިޔަކު، (އެބަހީ: އެއުރެންގެ މައްޗަށް ހެކިވުމަށްޓަކައި އެ أمّة އެއްގެ ނަބިއްޔަކު) ގެންނަވައި، އަދި، މިބައިމީހުންގެ މައްޗަށް ހެކިވެރިޔެއްގެ ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ގެންނަވާހިނދު، (كافر ންގެ حال) ކޮންފަދަތޯއެވެ؟
ﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
كافر ވެ، رسول އާއަށް ނުކިޔަމަންތެރިވި މީހުން އެއުރެން ބިމާ ހަމަހަމަވެގެން ދާނެނަމައޭ ހީކޮށް، އެގޮތްވުމަށް އެދުވަހު އެދޭނެތެވެ. އަދި، (އެދުވަހުން) އެއުރެންނަކަށް اللَّه އަށް އެއްވެސް ކަމެއް ވަންހަނާއެއް ނުކުރެވޭނެތެވެ
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ! އަދި، މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރިން މެނުވީ، جنب ވެރިވެގެންވާ حال ވެސް، ތިޔަބައިމީހުން ހިނައިގެންފުމަށް ދާނދެން، (ނަމާދާ ގާތްނުވާށެވެ!) އަދި، ބަލިމީހުން ކަމުގައި ތިޔަބައިމީހުން ވާނަމަ، ނުވަތަ، ދަތުރެއްގެ މަތީގައިވާނަމަ، ނުވަތަ، ތިޔަބަައިމީހުންކުރެ މީހަކު ހަނޑަހުން އައިނަމަ، (އެބަހީ: ކުޑަކަމު ނުވަތަ ބޮޑުކަމު ހިނގައްޖެނަމަ) ނުވަތަ، އަންހެނުންގައި ތިޔަބައިމީހުން ބީހިއްޖެނަމަ، ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، طاهر ވެލިން ތިޔަބައިމީހުން تيمم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި، (އެ ވެލިން) ފުހޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ
ﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅ
ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން މަގުފުރެދުން ގަނެތެވެ. އަދި، ތިޔަބައިމީހުން މަގުފުރެދުމަށްވެސް އެއުރެން އެދެތެެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
اللَّه ތިޔަބައިމީހުންގެ عداوة ތެރިން ދެނެވޮޑިގަތުން ބޮޑެވެ. އަދި، އެހީތެރިޔަކުކަމުގައި اللَّه ފުދެއެވެ. އަދި، نصر ވެރިޔަކު ކަމުގައިވެސް اللَّه ފުދެއެވެ
ﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃ
ބަސްތައް ހުންނަންވީ ތަންތަނުން ބަދަލުކޮށް، އޮޅުވާމީހުން يهودى ންގެ ތެރެއިންވެއެވެ. އަދި، ތިމަންމެން އަހައިފީމުއޭ، އަދި، ތިމަންމެން އުރެދިއްޖައީމުއޭ، އަދި، ނީވޭމީހެއްގެ ގޮތުގައި އައްސަވާށޭ، އަދި، ތިމަންމެންނަށް ބައްލަވާށޭ، އެއުރެން ބުނެތެވެ. (އެއުރެން އެފަދަ ބަސްތައް ބުނަނީ) އެއުރެންގެ ދޫތަކުން ބަސްތައް އޮޅުވާލުމުގެ ގޮތުންނެވެ. އަދި، دين އާ މެދުގައި ނިކަމެތި ބަސްބުނުމުގެ ގޮތުންނެވެ. ތިމަންމެން އަހައިފީމުއޭ، އަދި، ކިޔަމަން ވެއްޖައީމުއޭ، އަދި، އައްސަވާށޭ، އަދި، ތިމަންމެންނަށްޓަކައި ލަސްކޮށްލައްވާ انتظار ކުރައްވާށޭ (މިހެން) އެއުރެން ބުނިނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ސީދާކަންވެސް މާބޮޑުވީހެވެ. އެހެނެއްކަމަކު، އެއުރެން كافر ވުމުގެ ސަބަބުން اللَّه، އެއުރެންނަށް لعنة ލެއްވިއެވެ. ފަހެ، (އޭގެތެރެއިން) މަދުބަޔަކުމެނުވީ إيمان އެއް ނުވެތެވެ
ﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡ
އޭ ފޮތް ލިބުނު މީހުންނޭވެ! ތިޔަބައިމީހުންނާ އެކުގައިވާ ފޮތް ތެދުކުރާގޮތުގައި، ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތަށް (އެބަހީ: قرآن އަށް) ތިޔަބައިމީހުން إيمان ވާށެވެ! (އެއީ) މޫނުތަކެއް ބަދަލުކުރައްވައި، ތިމަންރަސްކަލާނގެ އެ މޫނުތައް ފުރަގަހަށް ރައްދުކުރެއްވުމުގެ ކުރިންނެވެ. (އެބަހީ: އެއުރެންގެ މައްޗަށް عذاب އެއް ފޮނުއްވުމުގެ ކުރިންނެވެ.) ނުވަތަ، ހޮނިހިރުގެ أهل ވެރިންނަށް، ތިމަންރަސްކަލާނގެ لعنة ލެއްވިފަދައިން، އެއުރެންނަށް لعنة ލެއްވުމުގެ ކުރިންނެވެ. اللَّه ގެ أمر ފުޅު އެއީ، ހިނގަނިވިކަމެއް ކަމުގައިވެއެވެ
ﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘ
ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ
ﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨ
ތިމާމެންގެ އަމިއްލަ نفس ތަކަށް ތާރީފުކުރާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި ކިއެއްތަ! اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް ތާރީފުކުރައްވަތެވެ. އަދި، ކިތަންމެކުޑަ މިންވަރަކުން ވިޔަސް، އެއުރެންނަށް ބޭއިންސާފެއް ނުކުރައްވާނެއެވެ
ﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴ
اللَّه އާމެދު، އެއުރެން ދޮގު ހަދާގޮތް ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! بيان ވެގެންވާ ފާފައެއްކަމުގައި އެކަންތައް ފުދެއެވެ
ﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉ
ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން ބުދަށާއި، شيطان އާޔަށް إيمان ވެއެވެ. އަދި، كافر ވި މީހުންނަށް، އެއުރެން ބުނެތެވެ. إيمان ވެގެން ތިބި މީހުންނަށްވުރެން، މިބައިމީހުންނަށް ތެދުމަގު ލިބުން ބޮޑެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞ
އެއުރެންނަކީ، ހަމަ اللَّه، لعنة ލައްވާފައިވާ މީހުންނެވެ. اللَّه، لعنة ލައްވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް نصر ވެރިވާނޭ މީހަކު ތިބާޔަކަށް ނުފެންނާނެތެވެ
ﭟﭠﭡﭢﭣﭤﭥﭦﭧﭨﭩ
ނުވަތަ، ވެރިކަމުގެ ތެރެއިން ބައެއް އެއުރެންނަށް ލިބިގެންވަނީހެއްޔެވެ؟ ފަހެ، އެހެންވެއްޖިއްޔާ އެއުރެން މީސްތަކުންނަށް ކިތަންމެ ކުޑަމިންވަރެއްވިޔަސް ނުދޭނެތެވެ
ﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽ
ނުވަތަ، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: يهودى ން) މީސްތަކުންނަށް حسد ވެރި ވަނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، إبراهيم ގެފާނުންގެ آل ވެރިންނަށް، ފޮތާއި حكمة، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، ބޮޑުވެގެންވާ ވެރިކަމެއް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ
ﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊ
ފަހެ، އެކަލޭގެފާނަށް (އެބަހީ: محمد ގެފާނަށް) إيمان ވި މީހުން އެއުރެންގެ ތެރެއިންވެއެވެ. އަދި، އެކަލޭގެފާނަށް ފުރަގަސްދިން މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. (އެއުރެންނަށްޓަކައި) އަނދައަނދާ ހުންނަ އަލިފާންގަނޑެއް ކަމުގައި جهنم ފުދެއެވެ
ﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކަށް كافر ވި މީހުން ނިކަންހުރެ ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއުރެންގެ ހަންތައް ރޯފިލައްޖެ ކޮންމެހިނދަކު، އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރައްވަމެވެ. އެއީ، އެއުރެން عذاب ގެ ރަހަ ލިބިގަތުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ
ﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘ
އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެ ސުވަރުގެތަކުގައި، އެއުރެން، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެތާނގައި އެއުރެންނަށް طاهر ކުރައްވާފައިވާ އަނބިންތަކެއް ވެއެވެ. އަދި، ހިޔާދެނިވި ހިޔަލަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ
ﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵ
ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ
ﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒﰓﰔ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، اللَّه އަށާއި، رسول އާއަށް އެކަމެއް ރައްދުކުރާށެވެ! (އެބަހީ: އެކަމާމެދު اللَّه އާއި، އެކަލާނގެ رسول އާގެ حكم އޮތްގޮތެއް ބަލައި އެގޮތަށް عمل ކުރާށެވެ!) ތިޔަބައިމީހުން، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰ
ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، إيمان ވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން حكم ލިބިގަންނާން، އުރެދުންތެރިކަން ބޮޑުފަރާތަށް ދިއުމަށް އެއުރެން އެދެތެވެ. ހަމަކަށަވަރުން، އެފަރާތަށް كافر ވުމަށް އެއުރެންނަށް أمر ކުރައްވާފައިވާ حال ގައެވެ. އަދި، شيطان އާ އެދެނީ، (حق މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެއުރެން މަގުފުރެއްދުމަށެވެ
ﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀ
އަދި، اللَّه ބާވައިލައްވާފައިވާ ފޮތަށާއި، رسول އާ އަންގަވާ ގޮތަށް تبع ވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، منافق ން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނޫއެވެ
ﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑ
އަދި، އެއުރެންގެ އަތްތަކުން އިސްކުޅަ عمل ތަކެއްގެ ސަބަބުން އެއުރެންނަށް مصيبة އެއް ޖެހިއްޖިއްޔާ ކޮންފަދަތޯއެވެ؟ ދެން، އެއުރެން إحسان ތެރިވުމާއި، އެކުވެރިކުރުން މެނުވީ ތިމަންމެން قصد އެއް ނުކުރަމުއޭ ދަންނަވައި، اللَّه ގަންދީ ހުވާކުރަމުން ކަލޭގެފާނުންގެ އަރިހަށް އާދެއެވެ
ﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
އެއުރެންނަކީ، އެއުރެންގެ ހިތްތަކުގައިވާ ގޮތްތައް، اللَّه ދެނެވޮޑިގެންވާ މީހުންނެެވެ. ފަހެ، (ކަލޭގެފާނު އެއުރެންނާ عقوبات ދެއްވުން ފިޔަވައި) ކަލޭގެފާނު ދުރުހެލިވެވަޑައި ގަންނަވާށެވެ! އަދި، އެއުރެންނަށް وعظ އާއި نصيحة އިއްވަވާށެވެ! އަދި، އެއުރެންގެ نفس ތަކާމެދު އަސަރުކުރާފަދަ بلاغة ތެރި ބަސްފުޅަކުން އެއުރެންނާ ވާހަކަފުޅު ދައްކަވާށެވެ
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜ
اللَّه ގެ إذن ފުޅާއެކު، ކިޔަމަންވުމަށްޓަކައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް رسول އަކު ނުފޮނުއްވަމެވެ. އަދި، އެއުރެން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާވެރިވީހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް اللَّه ގެ حضرة އަށް ދަންނަވައި އެދުނުނަމަ، އަދި، رسول އާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން دعاء ކުރެއްވިނަމަ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ކަލަކު ކަމުގައި އެއުރެން اللَّه ދެކޭނެކަން ކަށަވަރެވެ
ﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު حكم ވެރި ކޮށްފުމަށް ދާނދެން، އެއުރެން إيمان އެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭ
އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް قتل ކުރާށޭ ނުވަތަ ތިޔަބައިމީހުންގެ ގޯތިގެދޮރުން ނުކުންނާށޭ އަންގަވައި، އެކަން އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ فرض ކުރެއްވިނަމަ، އޭގެތެރެއިން މަދުބަޔަކު މެނުވީ އެކަންތަކެއް ނުކުޅައީހެވެ. އަދި، އެއުރެންނަށް އެކަމާމެދު وعظ އިއްވަވާ ކަންތައް އެއުރެން ކުޅަނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. އަދި، ثابت ވެ ތިބުމުގައި ގަދަފަދަކަން ބޮޑުވީސްމެއެވެ
ﭮﭯﭰﭱﭲﭳﭴ
އަދި، އެހެންވީނަމަ، ތިމަންރަސްކަލާނގެ حضرة ން އެއުރެންނަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވީމުހެެވެ
ﭵﭶﭷﭸ
އަދި، ސީދާވެގެންވާ ތެދުމަގަކަށް އެއުރެންނަށް މަގު ދެއްކެވީމުހެވެ
ﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌ
اللَّه އަށާއި، رسول އާއަށް ކިޔަމަންވާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންވަނީ، اللَّه އެބަޔެއްގެ މައްޗަށް نعمة ދެއްވި މީހުންކަމުގައިވާ ނަބިއްޔުންނާއި، صدّيق ންނާއި، شهيد ންނާއި، صالح ންނާ އެކުގައެވެ. އެބޭކަލުންނީ އެކުވެރިން ކަމުގައިވުމަށް ހާދަ ރަނގަޅު ބަޔެކެވެ
ﮍﮎﮏﮐﮑﮒﮓﮔﮕ
އެ فضل ވަންތަކަން ވަނީ، اللَّه ގެ حضرة ންނެވެ. މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ފުދެއެވެ
ﮖﮗﮘﮙﮚﮛﮜﮝﮞﮟﮠ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (عدوّ ންނާ ހަނގުރާމަ ކުރުމުގައި) ރައްކާތެރި ކަމުގައި ހިފާށެވެ! އަދި، ބައިބަޔަށް ތިޔަބައިމީހުން ހަނގުރާމަޔަށް ނުކުންނާށެވެ! ނުވަތަ، އެންމެން އެކުގައި ތިޔަބައިމީހުން ހަނގުރާމަޔަށް ނުކުންނާށެވެ
ﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓ
ހަމަކަށަވަރުން، ހަނގުރާމަޔަށް ނުކުތުމުގައި ފަސްޖެހި، އަދި އެހެން މީހުން ފަސްޖެހުމަށް ބާރުއަޅާ މީހަކު، ތިޔަބައިމީހުންގެ ތެރެއިން ވާކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުންނަށް مصيبة އެއް ޖެހިއްޖެނަމަ، އެމީހަކު ބުނެތެވެ. ހަމަކަށަވަރުން، اللَّه ތިމަންނާޔަށްވަނީ نعمة ދެއްވާފައެވެ. އެހެނީ، ތިމަން އެއުރެންނާއެކު ހަނގުރާމަޔަށް حاضر ވީ މީހަކު ކަމުގައި ނުވަމެވެ
ﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦ
އަދި، اللَّه ގެ حضرة ން، ތިޔަބައިމީހުންނަށް فضل ވަންތަކަމެއް ލިބިއްޖެނަމަ، ހަމަކަށަވަރުން، އެމީހަކު ބުނާނެތެވެ. އޭ ސަހަރޯއެވެ! އެއުރެންނާ އެކުގައި ތިމަންވެސް ހަނގުރާމައިގައި ވީނަމަ ކިހާރަނގަޅުވީސް ހެއްޔެވެ؟ ފަހެ، އޭރުން ބޮޑުވެގެންވާ نصيب އަކުން ތިމަންނާއަށް نصيب ލިބޭނެއެވެ. (މިފަދައިން ބުނާއިރު) އެމީހަކާ ތިޔަބައިމީހުންނާ ދެމެދުގައި އެކުވެރިކަމެއް ރައްޓެހި ކަމެއްވެސް ނުވާާކަހަލައެވެ
ﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾ
آخرة އަށް ދުނިޔޭގެ ދިރިއުޅުން ދޫކޮށްލާ މީހުން، اللَّه ގެ މަގުގައި ހަނގުރާމަކުރާ ހުށިކަމެވެ! اللَّه ގެ މަގުގައި ހަނގުރާމަކޮށް، قتل ވާމީހާ، ނުވަތަ دشمن ން ބަލިކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰ
އަދި، اللَّه ގެ މަގުގައްޔާއި، އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ ތެރެއިން، ނިކަމެތި ވެގެންވާ މީހުން ސަލާމަތްކުރުމުގެ މަގުގައި، ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟ އެއުރެންނަކީ، (މިފަދައިން) دعاء ކުރާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އެރަށުގެ أهل ވެރިން އަނިޔާވެރިވެގެންވާ މި ރަށުން އަޅަމެން ނެރުއްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން ވާގިވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ! އަދި، އިބަރަސްކަލާނގެ حضرة ން نصر ވެރިޔަކު އަޅަމެންނަށް ލައްވައިފާނދޭވެ
ﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇ
إيمان ވި މީހުން اللَّه ގެ މަގުގައި ހަނގުރާމަކުރެތެވެ. އަދި، كافر ވި މީހުން شيطان އާގެ މަގުގައި ހަނގުރާމަކުރެތެވެ. ފަހެ، ތިޔަބައިމީހުން شيطان އާގެ ވާގިވެރިންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، شيطان އާގެ ކެހިވެރިކަންވަނީ ނިކަމެތިވެގެންނެވެ
ﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛ
ތިޔަބައިމީހުންގެ އަތްތައް (ހަނގުރާމައިން) އެއްކިބާކުރާށޭ، އަދި، ތިޔަބައިމީހުން ނަމާދު قائم ކޮށް، زكاة ދީ، އުޅޭށޭ އަންގަވާފައިވާ މީހުން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ދެންފަހެ، ހަނގުރާމަކުރުން އެއުރެންގެ މައްޗަށް فرض ކުރެއްވި ހިނދު، އެހާރުން އޭގެތެރެއިން ބަޔަކު اللَّه އަށް ބިރުވެތިވާފަދައިން، ނުވަތަ، އެއަަށްވުރެވެސް ގަދަ ބިރުވެތިވުމަކުން، މީސްތަކުންދެކެ ބިރުވެތިވެތެވެ. އަދި، އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އަޅަމެންގެ މައްޗަށް ހަނގުރާމަކުރުން فرض ކުރެއްވީ ކީއްވެގެންތޯއެވެ؟ ކައިރި مدة އަކަށް އަޅަމެންނަށް ފަސްކޮށްދެއްވިނަމަ، ކޮންފަދަތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ އުފަލަކީ ކުޑަވަގުތުކޮޅެއްގެ ކަމެކެވެ. އަދި، تقوى ވެރިވި މީހަކަށް آخرة ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުންނަށް ކިތަންމެ ކުޑަމިންވަރަކުންވެސް ބޭއިންސާފެއް ނުކުރައްވާހުށްޓެެވެ
ﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄ
އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، اللَّه ގެ حضرة ން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަަމަކީވެސް، اللَّه ގެ حضرة ން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟
ﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒﰓﰔﰕﰖﰗﰘﰙﰚ
ތިބާޔަށް ލިބިއްޖެ ހެޔޮކަމަކީ، ފަހެ، اللَّه ގެ حضرة ން އައިކަމެކެވެ. އަދި، ތިބާޔަށް ލިބިއްޖެ ދެރަކަމަކީ، ފަހެ، ތިބާގެ އަމިއްލަ نفس ގެ ފަރާތުން އައިކަމެކެވެ. ތިމަންރަސްކަލާނގެ ކަލޭގެފާނު މީސްތަކުންގެ ގާތަށް ފޮނުއްވާފައިވަނީ، رسول އަކު ކަމުގައެވެ. ހެކިވެރިޔަކު ކަމުގައި اللَّه ފުދެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞ
رسول އާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ
ﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺ
އެއުރެން ބުނެތެވެ. ތިމަންމެން ކިޔަމަންވަމުއެވެ. ފަހެ، އެއުރެން ކަލޭގެފާނުގެ އަރިހުން ނުކުމެއްޖެނަމަ، އޭގެތެރެއިން ބަޔަކު ކަލޭގެފާނު ވިދާޅުވާގޮތް ނޫންގޮތަކަށް ރާވައެވެ. އެއުރެން ރާވާގޮތް اللَّه ލިޔުއްވަތެވެ. ފަހެ، ކަލޭގެފާނު އެއުރެންނާ ދުރުހެލިވެ ވަޑައިގަންނަވާށެވެ! އަދި، اللَّه އަށް وكيل ކުރައްވާށެވެ! وكيل އަކު ކަމުގައި اللَّه ފުދެއެވެ
ﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉ
ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ
ﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪ
އަދި، އެއުރެންގެ ގާތަށް أمان ކަމުގެ ތެރެއިން، ނުވަތަ ބިރުވެރިކަމުގެ ތެރެއިން ކަމެއް އަތުވެއްޖެނަމަ (އެބަހީ: ހަނގުރާމައިގައި نصر ލިބުން ނުވަތަ ބަލިވުން ފަދަ خبر އެއް އެއުރެންނަށް ލިބިއްޖެނަމަ) އެކަމެއް (އެންމެންގެ ތެރެޔަށް) ފަތުރާލައެވެ. އަދި، رسول އާގެ އަރިހަށާއި އެއުރެންގެ ތެރެއިން أمر ވެރިންގެ ގާތަށް އެކަމެއް ރައްދުކުޅަނަމަ، އޭގެތެރެއިން، އެފަދަ ކަންތަކުގެ حقيقة ތައް ހޯދައިގަންނަ މީހުންނަށް، އެކަމެއް އެނގުނީސްކަން ކަށަވަރެވެ. اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ شيطان އާއަށް تبع ވެއްޖައީހެވެ
ﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥ
ފަހެ، اللَّه ގެ މަގުގައި ކަލޭގެފާނު ހަނގުރާމަ ކުރައްވާށެވެ! ކަލޭގެފާނުންގެ އަމިއްލަ نفس އަށް މެނުވީ ކަލޭގެފާނަކަށް تكليف އެއް ނުޖައްސަވާހުށްޓެވެ. އަދި، (ހަނގުރާމަކުރުމުގެ މައްޗަށް) مؤمن ންނަށް ކަލޭގެފާނު ހިތްވަރު ދެއްވާށެވެ! كافر ވި މީހުންގެ ބާރު، اللَّه ނެތިކުރެއްވުން ގާތެވެ. އަދި، ބާރުވެރިކަމުގެ ގޮތުން اللَّه ގަދަފަދަ ވަންތަކަން ބޮޑެވެ. އަދި، عذاب ދެއްވުމުގައިވެސް ގަދަފަދަވަންތަކަން ބޮޑުމެއެވެ
ﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾ
ހެޔޮ شفاعة އަކުން شفاعة ތެރިވާ މީހާޔަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި، ނުބައި شفاعة އަކުން شفاعة ތެރިވާ މީހާޔަށް އޭގެ (ފާފައިން) ބައެއްވެއެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏ
ތިޔަބައިމީހުންނަށް އެއްވެސްކަހަލަ سلام އަކުން سلام ކޮށްފިނަމަ، އެއަށްވުރެ ރިވެތި سلام އަކުން ތިޔަބައިމީހުން سلام ކުރާށެވެ! ނުވަތަ އެ سلام ރައްދުކުރާށެވެ! ހަމަކަށަވަރުން، ކޮންމެ ކަމެއްގެ حساب ބައްލަވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤ
اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކުނުވާ ރަސްކަލާނގެއެވެ. قيامة ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ. އެކަމާމެދަކު شك އެއް ނެތެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟
ﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾ
ފަހެ، منافق ންނާމެދުގައި، ތިޔަބައިމީހުން ދެބަޔަކަށް ބެހިގެންދާންވީ ކީއްވެގެންހެއްޔެވެ؟ އެއުރެންކުޅަ عمل ތަކުގެ ސަބަބުން، اللَّه އެއުރެން كافر ކަމުގެ ތެރެޔަށް ރައްދުކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާފައިވާ މީހަކަށް ތެދުމަގު ދައްކަން ތިޔަބައިމީހުން އެދެނީހެއްޔެވެ؟ اللَّه މަގުފުރައްދަވާ މީހާ، (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގު ދައްކަވާނެ މަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ
ﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞ
އެއުރެން كافر ވި ފަދައިން، ތިޔަބައިމީހުންވެސް كافر ވާނެ ނަމައޭ ހިތައި އެކަމަށް އެއުރެން އެދުނޫއެވެ. އޭރުން ތިޔަބައިމީހުން (އެއުރެންނާ) ހަމަހަމަވެދާނެތެވެ. ފަހެ، އެއުރެންގެ ތެރެއިން އެހީތެރިން ތިޔަބައިމީހުން ނުހިފާށެވެ! (އެއީ) އެއުރެން اللَّه ގެ މަގުގައި هجرة ކޮށްފުމަށް ދާނދެނެވެ. ފަހެ، އެއުރެން ފުރަގަސްދީފިނަމަ، ތިޔަބައިމީހުންނަށް އެއުރެން ފެނުނު ކޮންމެ ތަނަކުން އެއުރެން އަތުލާށެވެ! އަދި، އެއުރެން قتل ކުރާށެވެ! އަދި، އެއުރެންގެ ތެރެއިން އެހީތެރިޔަކުވެސް އަދި، نصر ވެރިޔަކުވެސް ތިޔަބައިމީހުން ނުހިފާށެވެ
ﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦ
ތިޔަބައިމީހުންނާ އެބަޔަކާ މެދުގައި عهد އެއް އޮތް ބަޔެއްގެ ގާތަށް حماية ތެރިކަން އެދި ދާބަޔަކު މެނުވީއެވެ. ނުވަތަ، ތިޔަބައިމީހުންނާ ހަނގުރާމަކުރުމަށް ނުވަތަ އެއުރެންގެ قوم ގެމީހުންނާ ހަނގުރާމަކުރުމަށް އެއުރެންގެ ހިތްތައް ދަތިވެގެން ތިޔަބައިމީހުންގެ ގާތަށް އައިބަޔަކު މެނުވީއެވެ. اللَّه އިރާދަކުރެއްވިނަމަ، އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެއުރެން ފާކުރައްވައިފީސްކަން ކަށަވަރެވެ. އަދި، ތިޔަބައިމީހުންނާ ހަނގުރާމަކުރީސްކަން ކަށަވަރެވެ. ފަހެ، އެއުރެން ތިޔަބައިމީހުންނާ ވަކިވެ، ތިޔަބައިމީހުންނާ ހަނގުރާމަނުކޮށް އަދި، ތިޔަބައިމީހުންނަށް އެއުރެން تسليم ކޮށްފިނަމަ، ފަހެ، އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަކަށް اللَّه މަގެއް ލައްވާފައެއް ނުވެއެވެ
ﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉ
ތިޔަބައިމީހުންގެ ކިބައިން أمان ކަން ލިބިގަތުމަށާއި، އެއުރެންގެ قوم ގެމީހުންގެ ކިބައިން أمان ކަން ލިބިގަތުމަށް އެދޭ އެހެންބަޔަކު ތިޔަބައިމީހުންނަށް ފެންނާނެތެވެ. އެއުރެން فتنة ވެރިކަމާއި، شرك ގެ ތެރެޔަށް އެނބުރިދިޔުމަށް ގޮވާލައިފި ކޮންމެ ހިނދެއްގައި އެއުރެން އެކަމުގެ ތެރެޔަށް ވެއްޓިގަނެއެވެ. ފަހެ އެއުރެން ތިޔަބައިމީހުންނާ އެއްކިބާ ނުވިނަމަ، އަދި، ތިޔަބައިމީހުންނަށް تسليم ނުކުރިނަމަ، އަދި، އެއުރެންގެ އަތްތައް ހަނގުރާމައިން އެއްކިބާ ނުކުރިނަމަ، ދެން އެއުރެން ފެނުނު ކޮންމެތާކުން އަތުލައި قتل ކުރާށެވެ! އަދި، بيان ވެގެންވާ ބާރުވެރިކަމެއް އެއުރެންގެ މައްޗަށް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ލެއްވީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒ
ކުށަކުން، އޮޅިގެންމެނުވީ مؤمن އަކު މެރުމަކީ، مؤمن އަކަށް އޮތްކަމެއްނޫނެވެ. އަދި، ކުށަކުން އޮޅިގެން مؤمن އަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށްހުރީ، مؤمن އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ. އެއީ، އެއުރެން (މާފުކުރުމަކުން) އެއިން صدقات ކުރިއްޔާ މެނުވީއެވެ. އަދި، މަރުވި މީހާއީ مؤمن އަކުކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ عداوة ތެރި قوم އެއްގެ މީހަކު ކަމުގައިވާނަމަ ފަހެ، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. އަދި، އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި عهد އެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ، އެމީހެއްގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި މަރުގެދިޔަ ދިނުމާއި، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. ފަހެ، (މިނިވަންކުރާނެ އަޅަކު) ނުލިބުނުމީހާ ފަހެ، ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން ހުށްޓެވެ. (އެއީ) اللَّه ގެ حضرة ން توبة ލިބިގަތުމެއްގެ ގޮތުގައެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣ
އަދި، قصد ގައި مؤمن އަކު މަރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ޖަޒާއަކީ ނަރަކަޔެވެ. އެތާނގައި ދެމިހުންނަނިވި ގޮތުގައެވެ. އަދި، اللَّه، އެމީހާގެ މައްޗަށް ކޯފާލައްވައި لعنة ލެއްވިއެވެ. އަދި، ބޮޑުވެގެންވާ عذاب އެމީހާއަށް ތައްޔާރު ކުރެއްވިއެވެ
ﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ މަގުގައި ދަތުރުފަތުރުުކޮށް އުޅޭހިނދު، ފަހެ (ކަންކަމުގެ) حقيقة ބަލައި އޮޅުންފިލުވާށެވެ! އަދި، ދުނިޔޭގެ ދިރިއުޅުމުގައި ލިބޭ ފައިދާއާއި، މުދަލަށް ތިޔަބައިމީހުން އެދޭ حال ގައި (إسلام دين ގެ سلام ން) ތިޔަބައިމީހުންނަށް سلام ކޮށްފިމީހަކަށް ތިބާއަކީ مؤمن އެއް ނޫނޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! ފަހެ، ގިނަވެގެންވާ ފައިދާތައް ވަނީ اللَّه ގެ حضرة ގައެވެ. ތިޔަބައިމީހުން މީގެކުރިން ތިބިފަދައިންނެވެ. ދެން اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގަތެވެ. ފަހެ، ތިޔަބައިމީހުން (ކަންކަމުގެ) حقيقة ބަލައި އޮޅުންފިލުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵ
مؤمن ންގެ ތެރެއިން (جهاد ނުކުރެވޭފަދަ) عذر ތަކުގެ ވެރިން ފިޔަވައި، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުން اللَّه ގެ މަގުގައި އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރާ މީހުންނާ ހަމަހަމަ ވެގެނެއްނުވެތެވެ. އެއުރެންގެ މުދާތަކާއި، نفس ތަކުން جهاد ކުރާ މީހުން، ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން ދަރަޖައިގެގޮތުން اللَّه މާތްކުރައްވާފައިވެއެވެ. އެއިން ކޮންމެ ބަޔަކަށްމެ، ހެޔޮދަރުމަ ދެއްވުމަށް اللَّه وعد ވެވޮޑިގެންފައިވެއެވެ. ހަނގުރާމަޔަށް ނުގޮސްތިބޭ މީހުންނަށްވުރެން جهاد ކުރާ މީހުން ބޮޑުވެގެންވާ ދަރުމަ ދެއްވުމަށް اللَّه މާތްކުރެއްވިއެވެ
ﭶﭷﭸﭹﭺﭻﭼﭽﭾﭿ
(އެއީ) އެކަލާނގެ حضرة ން ލިބޭ ދަރަޖަތަކެކެވެ. އަދި، ފާފަ ފުއްސެވުމެކެވެ. އަދި، رحمة އެކެވެ. އަދި، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟ
ހަމަކަށަވަރުން އެއުރެންގެ نفس ތަކަށް އަނިޔާވެރިވެގެން ތިބޭ حال ގައި، ملائكة ން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި هجرة ކުރުމަށް اللَّه ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (قيامة ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ
ﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬ
(هجرة ކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، (هجرة ޔަށް) ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ
ﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙ
އެއުރެންގެ ކިބައިން اللَّه، عفو ކުރެއްވުން ގާތްވެގެންވެއެވެ. ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
ﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼ
اللَّه ގެ މަގުގައި هجرة ކުރާ މީހަކަށް، ބިމުގައި هجرة ކޮށްއުޅޭނެ ގިނަތަންތަނާއި، ތަނަވަސްކަން ފެންނާނެތެވެ. އަދި، اللَّه އާއި، އެކަލާނގެ رسول އާއަށްޓަކައި هجرة ކުރާ حال، އެމީހެއްގެ ގެއިން ނުކުންނަމީހާ، ދެން މަރުއައިސް އެމީހަކު އަތުލާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހެއްގެ ދަރުމަ اللَّه ގެ حضرة ގައި ثابت ވެއްޖެއެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒﰓﰔﰕ
ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، كافر ވި މީހުން ތިޔަބައިމީހުންނަށް ގެއްލުމެއް ދީފާނެކަމަށް ބިރުގެންފިނަމަ، ނަމާދު قصر ކުރުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ފާޅުވެގެންވާ عداوة ތެރިން ކަމުގައި كافر ން ވިއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔ
އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު قائم ކުރައްވައިފިނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް قائم ވާހުށިކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެއުރެން سجدة ކޮށްފިނަމަ (އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ! އަދި، އެއުރެން ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށިކަމެވެ! ތިޔަބައިމީހުން ގެންގުޅޭ ތަކެއްޗާއި، ހަތިޔާރުތަކާމެދު، ތިޔަބައިމީހުން غافل ވާނެނަމައޭ ހިތައި، كافر ވި މީހުން (އެކަމަށް) އެދުނެވެ. އޭރުން، އެއްފަހަރާ ލެނބިގަންނަ ލެނބިގަތުމަކުން ތިޔަބައިމީހުންގެ މައްޗަށް އެއުރެން ލެނބިގެންފާނެތެވެ. (އެބަހީ: އެއްފަހަރާ އައިސް حملة ދީފާނެތެވެ.) ވާރެއިން ތިޔަބައިމީހުންނަށް އުނދަގުލެއް ލިބިފައިވާނަމަ، ނުވަތަ، ތިޔަބައިމީހުން ބަލިވެއުޅޭ ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުންގެ ހަތިޔާރުތައް (ނާޅައި) ބެހެއްޓުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި، ތިޔަބައިމީހުން ރައްކާތެރިކަމުގައި ހިފާށެވެ! ހަމަކަށަވަރުން، ކާފިރުންނަށް، إهانة ތެރި عذاب، اللَّه ތައްޔާރުކުރެއްވިއެވެ
ﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫ
އަދި، ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން اللَّه ހަނދުމަކޮށް އުޅޭށެވެ! ކޮޅަށްތިބޭ حال ގައްޔާއި، އިށީނދެތިބޭ حال ގައްޔާއި، އޮށޯވެތިބޭ حال ގައެވެ. އަދި، ތިޔަބައިމީހުންނަށް أمان ކަން ލިބިއްޖެ ހިނދަކު، ނަމާދު (ފުރިހަމަކޮށް) قائم ކުރާށެވެ! ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ
ﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦ
ތިޔަބައިމީހުން دشمن ން އަތުލައިގަތުމުގައި ފިނޑިވެ ނިކަމެތިނުވާހުށިކަމެވެ! ތިޔަބައިމީހުންނަށް (ލިބިފައިވާ ހާނީއްކައިގެ ސަބަބުން) ވޭންލިބޭ ކަމުގައިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ވޭންލިބޭފަދައިން، ހަމަކަށަވަރުން، އެއުރެންނަށްވެސް ވޭންލިބޭނެތެވެ. އެއުރެން ނޭދޭކަންތައް اللَّه ގެ حضرة ން ތިޔަބައިމީހުން އެދެމުއެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
ﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷ
ހަމަކަށަވަރުން، حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ. خيانة ތެރިންގެ دفاع ގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ
ﭑﭒﭓﭔﭕﭖﭗﭘﭙ
އަދި، ފާފަފުއްސެވުން އެދި، اللَّه ގެ حضرة އަށް ކަލޭގެފާނު ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩ
އެއުރެންގެ އަމިއްލަ نفس ތަކަށް خيانة ތެރިވާ މީހުންގެ ފަރާތުން، ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކު ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ
ﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀ
އެއުރެން މީސްތަކުންނަށް ވަންހަނާވެގަނެތެވެ. އެކަމަކު، اللَّه ގެ حضرة އަށް އެއުރެންނަކަށް ވަންހަނާވެއެއް ނުގަނެވެތެވެ. އެކަލާނގެ ރުހިވޮޑިގެންނުވާ ބަސްތައް، އެއުރެން ވަންހަނާގައި تدبير ކޮށް އުޅޭހިނދު، އެއުރެންނާ އެކުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއުރެން ކުރާ عمل ތައް، ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
ﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓ
ދުނިޔޭގެ حياة ގައި އެއުރެންގެ ފަރާތުން، ތިޔަބައިމީހުން ތިޔަ ޖަދަލު ކުރީއެވެ. قيامة ދުވަހުން އެއުރެންގެ ފަރާތުން اللَّه އާ جدل ކުރާނީ ފަހެ ކާކުހެއްޔެވެ؟ ނުވަތަ، އެއުރެންގެ ކަންތަކާ حوال ވެ دفاع ކުރާނޭ وكيل އަކަށްވާނީ ފަހެ ކާކުހެއްޔެވެ؟
ﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡ
ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ نفس އަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި اللَّه ގެ حضرة އަށް ދަންނަވާމީހާ (ދަންނާށެވެ!) اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ
ﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮ
އަދި، ފާފައެއް ލިބިގަންނަމީހާ، އެކަން އެ ލިބިގަންނަނީ، ހަމަ އެމީހާގެ އަމިއްލަ نفس ގެ މައްޗަށްކަން ކަށަވަރެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
ﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞ
އަދި، ކުށެއް ނުވަތަ ފާފައެއްކޮށް (އެކަމުގެ) ކުށެއްނެތް މީހެއްގައި އެކަން އަޅުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ދޮގަކާއި، ފާޅުވެގެންވާ ފާފައެއް އުފުލައިފިކަން ކަށަވަރެވެ
ﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃ
ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ނުވާނަމަ، ކަލޭގެފާނަށް އޮޅުވައިލުމަށް އެއުރެންގެ ތެރެއިން ބަޔަކު އުޅެފީހެވެ. ނަމަވެސް އެއުރެންގެ އަމިއްލަ نفس ތަކަށްމެނުވީ، އެއުރެންނަށް އޮޅުވަޔެއް ނުލެވެތެވެ. އަދި، އެއްވެސް ކަމަކުން އެއުރެންނަށް ކަލޭގެފާނަކަށް ގެއްލުމެއް ނުދެވޭނެތެވެ. ކަލޭގެފާނަށް اللَّه، حكمة އާއި، ފޮތް ބާވައިލައްވާފައި ވެއެވެ. އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. އަދި، ކަލޭގެފާނުގެ މައްޗަށް اللَّه ގެ فضل ވަންތަކަން ބޮޑުވެގެންވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭ
صدقات އެއްކުރުމަށް، ނުވަތަ ހެޔޮކަމެއް ކުރުމަށް، ނުވަތަ މީސްތަކުންގެ މެދުގައި صلح އެއް އުފެއްދުމަށް أمر ކޮށްފި މީހަކު (ސިއްރުގޮތުގައި ދައްކާ ވާހަކަ) މެނުވީ، އެއުރެން ސިއްރުގޮތުގައި ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނެތެވެ. އަދި، اللَّه ރުހިވޮޑިގަތުން އެދިގެން އެކަންތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، ތިމަންރަސްކަލާނގެ އެމީހަކަށް ބޮޑުވެގެންވާ ދަރުމައެއް ދެއްވާހުށީމެވެ
ﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃ
އަދި، އެމީހަކަށް ތެދުމަގު بيان ވުމަށްފަހު، رسول އާއާ ދެކޮޅުވެރިވެ، مؤمن ންގެ މަގު ނޫން މަގަކަށް تبع ވާމީހާ (ދަންނާށެވެ!) އެމީހާ اختيار ކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ
ﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙ
ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ
ﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥ
އެކަލާނގެ ފިޔަވައި އަންހެން (ނަންތަކެއް ކިއިގެންވާ) ބުދުތަކަކަށް މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި، ނުބައިކަމާއި ނުކިޔަމަންތެރިކަން ބޮޑުވެގެންވާ شيطان އާއަށް މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ
ﮦﮧﮨﮩﮪﮫﮬﮭﮮﮯ
اللَّه، އެ شيطان އާއަށް لعنة ލައްވާފައިވެއެވެ. އެ شيطان އާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން، ތިމަން ހިފާހުށީމެވެ
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧ
އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެން ލައްވައި، حقيقة އެއްނެތް އުންމީދު ތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި، ބަކަރި، جمل ގެ ކަންފަތްތައް ކެނޑުމަށްވެސް އެއުރެންނަށް ތިމަން أمر ކުރާހުށީމެވެ. އަދި، اللَّه ގެ دين ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން أمر ކުރާހުށީމެވެ. اللَّه ފިޔަވައި شيطان އާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، بيان ވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ
ﯨﯩﯪﯫﯬﯭﯮﯯﯰ
شيطان އާ އެއުރެންނަށް وعد ކުރެތެވެ. އަދި، އެއުރެންލައްވައި باطل އުންމީދު ކުރުވަތެވެ. އަދި، ހެއްލުންތެރިކަން މެނުވީ شيطان އާ އެއުރެންނަކަށް وعد އެއް ނުކުރެތެވެ
ﯱﯲﯳﯴﯵﯶﯷﯸ
އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އަދި، އެތަނުން އެއުރެން ފިލައިގެން ދާނެތަނެއް ނުމެފެންނާނޭމެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
އަދި، إيمان ވެ، صالح عمل ކުޅަމީހުން، އެ ސުވަރުގެތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ތިމަންރަސްކަލާނގެ އެއުރެން ވައްދަވާހުށީމެވެ. އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. اللَّه، وعد ކުރައްވާފައިވަނީ حق ތެދެވެ. ބަސްބުނުމުގައި اللَّه އަށްވުރެ ތެދުވެރިކަންބޮޑީ ކާކުހެއްޔެވެ؟
ﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾ
(އެކަން ލިބުންވަނީ) ތިޔަބައިމީހުންގެ އެދުންތަކަކުން ނޫނެވެ. އަދި، ފޮތުގެ أهل ވެރިންގެ އެދުންތަކަކުންވެސް ނޫނެވެ. ނުބައިކަމެއް ކުރާމީހާޔަށް އެކަމުގެ ޖަޒާ ލިބޭނެތެވެ. އަދި، اللَّه ފިޔަވައި އެހީތެރިޔަކުވެސް އަދި، نصر ވެރިޔަކުވެސް އެމީހަކަށް ނުފެންނާނެތެވެ
ﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏ
އަދި، مؤمن އަކު ކަމުގައި ވެގެންހުރެ، ފިރިހެނުންނާއި، އަންހެނުންގެ ތެރެއިން ހެޔޮ عمل ކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން ސުވަރުގެޔަށް ވަންނާނެތެވެ. އަދި، ކިތަންމެ ކުޑަ މިންވަރަކުންވިޔަސް އެއުރެންނަށް އަނިޔާއެއް ނުކުރައްވާހުށްޓެވެ
ﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
ހެޔޮކަންތައްކުރާ މީހަކުކަމުގައިވާ حال، އެމީހެއްގެ އެންމެހައި ކަންތައް اللَّه އަށް ކިޔަމަންކޮށް، އަދި باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ إبراهيم ގެފާނުގެ دين އަށް تبع ވި މީހަކަށްވުރެ، دين ގެ ގޮތުން ހެޔޮކަންބޮޑީ ކާކުހެއްޔެވެ؟ اللَّه، މިތުރަކު ކަމުގައި إبراهيم ގެފާނު ހިއްޕެވިއެވެ
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰ
އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. އަދި، ކޮންމެ އެއްޗަކާއި، ކޮންމެކަމެއްމެ، ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼ
އަންހެނުންނާމެދު، ކަލޭގެފާނުގެ އަރިހުން އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ތިޔަބައިމީހުންނަށް އެކަނބަލުންނާމެދު بيان ކޮށް ދެއްވަތެވެ. އަދި، ފޮތުން ތިޔަބައިމީހުންނަށް ކިޔަވައިދެއްވާ آية ތައްވެސް بيان ކޮށް ދެއްވަތެވެ. އެކަނބަލުންނަށްޓަކައި ކަނޑައަޅުއްވާފައިވާ ރަން، ތިޔަބައިމީހުން އެކަނބަލުންނަށް ނުދޭ، އަދި އެކަނބަލުންނާ ކާވެނިވުމަށް ތިޔަބައިމީހުން އެދޭ يتيم އަންހެނުންނާ މެދުގައެވެ. އަދި، ކުޑަކުދިންގެ ތެރެއިން ނިކަމެތިވެފައިވާ ކުދިންނާ މެދުގައެވެ. އަދި، يتيم ންނާމެދު عدل إنصاف ގެ ގޮތުގައި ކަންތައް ކުރުމަށެވެ. ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކަންތައް، ފަހެ ހަމަަކަށަވަރުން، އެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱ
ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ صلح ވުމަކުން صلح ވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. صلح ވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން إحسان ތެރިވެ އަދި تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
ﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊ
ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި (ލޯބީގެގޮތުން) عدل ވެރިވުމަކަށް ތިޔަބައިމީހުންނަކަަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވާފައިވާ މީހެއް ފަަދައިން އެކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، صلح ވުމެއްވެސްނެތި އިނދެގެންމެ، ނީނދެ އުޅޭގޮތަށް އެއް އަނތްބަކާ އަޅައިނުލައި، އަނެއް އަނތްބެއްގެ ފަރާތަށް މުޅިން ލެނބިގެން ނުދާށެވެ!) އަދި، ތިޔަބައިމީހުން (އެކަން) إصلاح ކޮށް تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗ
އަދި، އެ ދެމީހުން ވަކިވާނަމަ، اللَّه ގެ ތަނަވަސްކަމުގެ ތެރެއިން، އެ ދެމީހުންކުރެ ކޮންމެ މީހަކަށްމެ، ފުއްދަވައި ދެއްވާނެތެވެ. ތަނަވަސްވަންތަ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜ
އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި، ހަމަކަށަވަރުން، اللَّه އަށް تقوى ވެރިވުމަށް ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންނަށާއި، ތިޔަބައިމީހުންނަށް، ތިމަންރަސްކަލާނގެ وصية ކުރައްވައި އެންގެވީމެވެ. ތިޔަބައިމީހުން كافر ވާނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، އުޑުތަކުގައި ވާހައި ތަކެއްޗާއި، ބިމުގައި ވާހައި ތަކެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. ފުދިވޮޑިގެންވާ حمد ލިބިވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨ
އަދި، އުޑުތަކާއި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. وكيل އަކުކަމުގައި اللَّه ފުދެއެވެ
ﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶ
އޭ މީސްތަކުންނޭވެ! އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކުރައްވައިފީހެވެ. އަދި (ތިޔަބައިމީހުންގެ ބަދަލުގައި) އެހެންބަޔަކު އުފައްދަވައިފީހެވެ. އެކަމުގެ މައްޗަށް ކުޅަދުންވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆ
ދުނިޔޭގެ ثواب އެދޭކަމުގައިވާ މީހާ (ދަންނާށެވެ!) ފަހެ، ދުނިޔެއާއި آخرة ގެ ثواب ވަނީ، اللَّه ގެ حضرة ގައެވެ. މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائم ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ فقير އަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولى ކަން ބޮޑެވެ. ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ رسول އާއަށާއި، އެކަލާނގެ رسول އާއަށް ބާވައިލެއްވި ފޮތަށާއި، އަދި، ކުރިން ބާވައިލެއްވި ފޮތަށް إيمان ވުންމަތީ ތިޔަބައިމީހުން ދެމިތިބޭށެވެ! އަދި، اللَّه އަށާއި، އެކަލާނގެ ملائكة ންނަށާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި، އެކަލާނގެ (ފޮނުއްވި) رسول ންނަށާއި، آخرة ދުވަހަށް كافر ވާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ
ﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
ހަމަކަށަވަރުން، إيمان ވެފައި، ދެން كافر ވެފައި، ދެން إيمان ވެފައި، ދެން كافر ވެފައި، ދެން كافر ކަން އިތުރުވެއްޖެ މީހުންނީ، اللَّه އެއުރެންގެ ފާފަފުއްސަވާނޭ ބަޔެއް ނޫނެވެ. އަދި، އެއުރެންނަކީ ތެދުމަގު ދައްކަވާނޭ ބަޔެއްވެސް ނުމެނޫންމެއެވެ
ﮮﮯﮰﮱﯓﯔﯕ
ހަމަކަށަވަރުން، منافق ންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ
ﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥ
އެއުރެންނީ، مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ كافر ންގެ ގާތުން عزّة ލިބިގަތުމަށް އެއުރެން އެދެނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން އެންމެހައި عزّة މިލްކުވެގެންވަނީ اللَّه އަށެވެ
ﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈ
ހަމަކަށަވަރުން، ފޮތުގައި ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވެއެވެ. اللَّه ގެ آية ތަކަށް كافر ވެ، އެ آية ތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، އެއުރެން އެހެން ވާހަކަޔެއް ދައްކަން ފަށައިފުމަށް ދާންދެން، އެއުރެންނާއެކު، ތިޔަބައިމީހުން ނުތިބޭށެވެ! އެހެން ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް އެއުރެންފަދަ ބަޔެކެވެ. ހަމަކަށަވަރުން، اللَّه، منافق ންނާއި كافر ންގެ އެންމެން ނަރަކަޔަށް އެއްކުރައްވާނެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷ
އެއުރެންނީ، ތިޔަބައިމީހުންނާމެދު، ބަލަބަލައި ތިބޭ މީހުންނެވެ. ފަހެ، اللَّه ގެ حضرة ން، ތިޔަބައިމީހުންނަށް فتح އެއް ލިބިއްޖެނަމަ، އެއުރެން ބުނެތެވެ. ތިމަންމެން ތިޔަބައިމީހުންނާ އެކުގައި ނުވަންހޭ؟ އަދި، كافر ންނަށް نصيب އެއް ލިބިއްޖެނަމަ އެއުރެން ބުނެތެވެ. ތިޔަބައިމީހުންގެ މައްޗަށް ތިމަންމެން ގަދަވެ ނުގަންނަންހޭ؟ އަދި، مؤمن ންގެ ކިބައިން ތިޔަބައިމީހުން ރައްކާތެރިކޮށް ނުދެންހޭ؟ قيامة ދުވަހުން ތިޔަބައިމީހުންގެ މެދުގައި حكم ކުރައްވާހުށީ اللَّه އެވެ. އަދި، مؤمن ންގެ މައްޗަށް كافر ންނަކަށް އެއްވެސް މަގެއް اللَّه ނުލައްވާނެތެވެ
ﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋ
ހަމަކަށަވަރުން، منافق ން، اللَّه އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل ތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ
ﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝ
އެދެމެދުގައި (އެބަހީ: إيمان ކަމާއި كافر ކަމާ ދެމެދުގައި) ދެއަތަށް ކިރިކިރިތިބޭ حال ގައެވެ. މިބަޔަކަށްވެސް ނޫނެވެ. އަދި، އެބަޔަކަށްވެސް ނޫނެވެ. (އެބަހީ: مؤمن ންގެ جماعة އަކަށްވެސް، އަދި، كافر ންގެ جماعة އަކަށްވެސް އެއުރެން ނިސްބަތެއް ނުވެއެވެ.) اللَّه، މަގުފުރައްދަވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެއްވެސްމަގެއް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ
ﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰ
އޭإيمان ވެއްޖެ މީސްތަކުންނޭވެ! مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! (ފަހެ) بيان ވެގެންވާ حجّة އެއް ތިޔަބައިމީހުންނާ ދެކޮޅަށް، ތިޔަބައިމީހުން اللَّه ގެ حضرة އަށް ހުށަހެޅުމަށް އެދެނީހެއްޔެވެ؟
ﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝ
ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نصر ވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ
ﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱ
އެއުރެން توبة ވެ، އަދި عمل ތައް إصلاح ކޮށް، އަދި اللَّه ގެ دين ގައި ގަދަޔަށް ހިފަހައްޓައި، އެއުރެންގެ دين، اللَّه އަށް خلاص ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންވަނީ مؤمن ންގެ ތެރެއިންނެވެ. އަދި، مؤمن ންނަށް ބޮޑުވެގެންވާ ދަރުމަ، اللَّه ދެއްވާނެތެވެ
ﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾ
ތިޔަބައިމީހުން شكر ކޮށް، إيمان ވީނަމަ، ތިޔަބައިމީހުންނަށް عذاب ދެއްވުމުން اللَّه ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް اللَّه عذاب ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) شكر قبول ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡ
އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰ
ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން عفو ކުރާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
ﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇ
ތިޔަބައިމީހުން ހެޔޮކަމެއް ފާޅުކުރާނަމަ، ނުވަތަ ހެޔޮކަމެއް ވަންހަނާކުރާނަމަ، ނުވަތަ ނުބައިކަމަކުން عفو ކުރާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން عفو ކުރައްވާ ކުޅަދުންވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ
ﮈﮉﮊﮋﮌﮍﮎﮏﮐﮑ
ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول ންނަށް كافر ވާ މީހުންނާއި، اللَّه އާއި އެކަލާނގެ رسول ންނާ ދެމެދު (إيمان ވުމުގައި) ތަފާތުކުރަން އެދޭމީހުންނާއި، ތިމަންމެން އެއްބަޔަކަށް إيمان ވަމުއޭ އަދި އަނެއްބަޔަކަށް كافر ވަމުއޭ ބުނެ، އެދެމެދުން މަގެއް ހިފުމަށް އެދޭމީހުން، (ދަންނާށެވެ!) އެއުރެންނަކީ، ކަނޑައެޅިގެން އެނގޭގޮތުގައި ތިބި كافر ންނެވެ. كافر ންނަށް އިހާނެތި عذاب، ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ
ﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤ
އަދި، اللَّه އާއި، އެކަލާނގެ رسول ންނަށް إيمان ވެ، އެ رسول ންކުރެ އެކަކާާމެދުވެސް ތަފާތުނުކޮށް އުޅުނުމީހުން (ދަންނާށެވެ!) އެއުރެންނަށް އެކަލާނގެ އެއުރެންގެ ދަރުމަ ނިކަންހުރެ ދެއްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮ
ފޮތުގެ أهل ވެރިން (އެބަހީ: يهودى ން) އެއުރެންގެ މައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ބާވައިލައްވައި ދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދި ދަންނަވަތެވެ. ފަހެ، ހަމަކަށަވަރުން، އެއަށްވުރެ ބޮޑުކަމަކަށް موسى ގެފާނުންގެ އަރިހުން އެއުރެން އެދި ދަންނަވާފައިވެއެވެ. ފަހެ، އެއުރެން ދެންނެވޫއެވެ. ތިމަންމެންނަށް، ފާޅުގައި اللَّه ދައްކަވާށެވެ! ދެން، އެއުރެންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ހޮނުގުގުރި އެއުރެންގައި ހިފިއެވެ. ދެން، އެއަށްފަހު، بيان ވެގެންވާ ހެކިތައް އެއުރެންގެ ގާތަށް އައުމަށްފަހު، (އަޅުކަންކުރުމަށް إله އެއްގެ ގޮތުގައި) އެއުރެން ގެރި ބޭނުންކުޅައޫއެވެ. ދެންވެސް، ތިމަންރަސްކަލާނގެ އެކަމުގެ ކުށް عفو ކުރެއްވީމެވެ. އަދި، بيان ވެގެންވާ ބާރު، موسى ގެފާނަށް ތިމަންރަސްކަލާނގެ ދެއްވީމެވެ
ﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂ
އަދި، ތިމަންރަސްކަލާނގެ، އެއުރެންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވީމެވެ. (އެއީ) އެއުރެންގެ ކަށަވަރުވެގެންވާ عهد ގެ ސަބަބުންނެވެ. (އެބަހީ: توراة ގެ حكم ތަކަށް عمل ކުރަން، އެއުރެން ވެފައިވާ عهد އުވައިލުމުގެ ސަބަބުންނެވެ.) އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ކިޔަމަންތެރިވެގެން ތިބެ (ރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ހޮނިހިރު ދުވަހާމެދު، ދެކޮޅުވެރިވެ ނުކިޔަމަންތެރި ވުމުގައި ހައްދުފަހަނަޅައި ނުދާށެވެ! އަދި، ގަދަވެގެންވާ ميثاق، އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ ހިއްޕެވީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
ފަހެ، އެއުރެންގެ عهد އުވާލައި، އަދި އެއުރެން اللَّه ގެ آية ތަކަށް كافر ވެ، އަދި حق އަކާނުލައި ނަބީބޭކަލުން قتل ކޮށް، އަދި ތިމަންމެންގެ ހިތްތަކަކީ ބަންދުވެފައިވާ ހިތްތަކެކޭ ބުނެ އުޅުމުގެ ސަަބަބުން، (ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ.) އަދި ކިއެއްތަ! އެއުރެން كافر ވުމުގެ ސަބަބުން އެ ހިތްތަކުގައި اللَّه ސިއްކަގައްސަވާފައިވެއެވެ. ފަހެ، އެއުރެންކުރެ މަދުބަޔަކު މެނުވީ إيمان އެއް ނުވާނެތެވެ
ﭩﭪﭫﭬﭭﭮﭯ
އަދި، އެއުރެން كافر ވުމުގެ ސަބަބުންނާއި، އަދި އެއުރެން مريم ގެފާނުގެ މައްޗަށް ބޮޑުވެގެންވާ بهتان ދޮގެއް ބުނުމުގެ ސަބަބުންމެއެވެ
ﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕ
އަދި، ހަމަކަށަވަރުން، ތިމަންމެން اللَّه ގެ رسول، مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު، قتل ކޮށްފީމުއޭ އެއުރެން ބުނުމުގެ ސަބަބުންމެއެވެ. އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ. އަދި، އެއުރެން އެކަލޭގެފާނު صليب އަކަށްވެސް ނާރުވައެވެ. އެހެނެއްކަމަކު (އެއުރެން قتل ކޮށް صليب އަށް އެރުވީ އެހެންމީހެކެވެ.) އެމީހާ، އެކަލޭގެފާނާ އެއްސިފަ ޖައްސަވާފައިވާތީ، އެއުރެންނަށް ފެނުނީއެވެ. ހަމަކަށަވަރުން، އެކަލޭގެފާނާމެދު خلاف ވީ މީހުންވަނީ، އެކަމާމެދު شك އެއްގައިކަން ކަށަވަރެވެ. ހީޔަކަށް تبع ވުން މެނުވީ، އެކަމާމެދު އެއުރެންނަކަށް އެނގުމެއްނެތެވެ. އަދި ހަމަ يقين ން، އެއުރެން އެކަލޭގެފާނު قتل އެއް ނުކުރެއެވެ
ﮖﮗﮘﮙﮚﮛﮜﮝﮞﮟ
އަދި ކިއެއްތަ! اللَّه، އެކަލާނގެ حضرة އަށް އެކަލޭގެފާނު އުފުއްލެވީއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯ
އެމީހަކު މަރުވުމުގެކުރިން (ނުވަތަ އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން) އެކަލޭގެފާނަށް ހަމަކަށަވަރުންވެސް إيمان ވާނެ މީހަކުކަމުގައި މެނުވީ، ފޮތުގެ أهل ވެރިންގެ ތެރެއިން އެކަކުވެސް ނުވެތެވެ. އަދި، قيامة ދުވަހުން އެއުރެންގެ މައްޗަށް ހެކިވަނިވި ބޭކަލަކު ކަމުގައި އެކަލޭގެފާނު ވާނެތެވެ
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟ
يهودى ން ކަމުގައިވީ މީހުންނަށް حلال ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ حرام ކުރެއްވީ، އެއުރެން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި، އެއުރެން اللَّه ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ
ﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯ
އަދި، އެއުރެންނަށް އެކަންތައް ނަހީކުރައްވާފައިވާ حال ގައި، އެއުރެން رِبا ހިިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް باطل ގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ. އެއުރެންގެ ތެރެއިން كافر ކަމުގައި ދެމިތިބިމީހުންނަށް، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ
ﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌ
އެހެނެއްކަމަކު އެއުރެންގެތެރެއިން علم ވެރިކަމުގައި ސާބިތުވެ ހަރުލައިތިބި މީހުންނާއި، مؤمن ން ކަލޭގެފާނަށް ބާވައިލެއްވި ފޮތަށާއި، ކަލޭގެފާނުގެ ކުރިން ބާވައިލެއްވި ފޮތްތަކަށް إيمان ވެެއެވެ. (އެއުރެންނާއި) އަދި خاص ކޮށް ނަމާދު قائم ކުރާ މީހުންނާއި، زكاة ދޭ މީހުންނާއި، اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުން (ދަންނާށެވެ!) އެއުރެންނަށް ތިމަންރަސްކަލާނގެ ބޮޑުވެގެންވާ ދަރުމަ ދެއްވާހުށީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭ
نوح ގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންރަސްކަލާނގެ وحى އިއްވެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށްވެސް وحى އިއްވެވީމެވެ. އަދި، إبراهيم ގެފާނަށާއި، إسماعيل ގެފާނަށާއި، إسحاق ގެފާނަށާއި، يعقوب ގެފާނަށާއި، އެކަލޭގެފާނުންގެ أسباط ންނަށާއި، عيسى ގެފާނަށާއި، أيّوب ގެފާނަށާއި، يونس ގެފާނަށާއި، هارون ގެފާނަށާއި، سليمان ގެފާނަށްވެސް، ތިމަންރަސްކަލާނގެ وحى އިއްވެވީމެވެ. އަދި، داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ
ﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽ
ކުރިން އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ رسول ންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ رسول ން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. މެދުވެރިއެއްނެތި موسى ގެފާނަށް اللَّه ބަސް وحى ކުރެއްވިއެވެ
ﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎ
އުފާވެރިކަމުގެ خبر ދެއްވާ، އަދި إنذار ކުރައްވާ رسول ބޭކަލުންތަކެއް ފޮނުއްވީމެވެ. (އެއީ) رسول ން ފޮނުއްވުމަށްފަހު، اللَّه ގެ މައްޗަށް މީސްތަކުން ދައްކާނޭ حجّة އެއް ލިބިގެން ނުވުމަށްޓަކައެވެ. عزيز ވަންތަ حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟ
އެހެނެއްކަމަކު ކަލޭގެފާނަށް، اللَّه ބާވައިލެއްވި ފޮތާމެދު اللَّه ހެކިވެވޮޑިގެންވެއެވެ. އެ ފޮތް ބާވައިލެއްވީ، އެކަލާނގެ ދެނެވޮޑިގަތުމާއެކުގައެވެ. އަދި ملائكة ންވެސް (އެކަމަށް) ހެކިވެވަޑައިގަންނަވަތެވެ. ހެކިވެރިޔަކު ކަމުގައި اللَّه ފުދެއެވެ
ﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫ
ހަމަކަށަވަރުން، كافر ވެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުޅަ މީހުން (حق ގެ މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ
ﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙ
ހަމަކަށަވަރުން، كافر ވެ އަދި އަނިޔާވެރިވި މީހުންނަށް، اللَّه ފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެކަލާނގެ މަގެއް ނުދައްކަވާނެތެވެ
ﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦ
ނަރަކައިގެ މަގަށް މެނުވީއެވެ. އެއުރެން އެތާނގައި އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެކަންތައް اللَّه އަށް ދާދި ފަސޭހަކަމެއް ކަމުގައިވެއެވެ
ﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀ
އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން حق دين އާއިގެން رسول އާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ފަހެ، ތިޔަބައިމީހުން إيمان ވާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި، ތިޔަބައިމީހުން كافر ވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހައި ތަކެއްޗެއް މިލްކުވެގެންވަނީ اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎ
އޭ ފޮތުގެ أهل ވެރިންނޭވެ! ތިޔަބައިމީހުންގެ دين އާމެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު حق ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! مريم ގެފާނުންގެ ދަރިކަލުން المسيح عيسى ގެފާނު ވާކަން ކަށަވަރީ، اللَّه ގެ رسول އާ ކަމުގައެވެ. އަދި، އެކަލާނގެ كلمة ފުޅު ކަމުގައެވެ. އެ كلمة ފުޅު އެކަލާނގެ، مريم ގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ حضرة ން ލެއްވި روح ފުޅެކެވެ. ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ! އަދި، (إله ން) ތިނެކޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! އެ ބުނުން ތިޔަބައިމީހުން ހުއްޓައިލާށެވެ! އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه ވާކަން ކަށަވަރީ އެއްކައުވަންތަ ކަލާނގެ ކަމުގައެވެ. އެކަލާނގެއަށް ދަރިކަލަކުވުމުން އެކަލާނގެ ހުސް طاهر ވަންތައެވެ. އުޑުތަކުގައިވާހައި ތަކެއްޗާއި ބިމުގައި ވާހައި ތަކެތި، އެކަލާނގެއަށް މިލްކުވެގެންވެއެވެ. އަދި، وكيل އަކު ކަމުގައި اللَّه ފުދެއެވެ
ﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
اللَّه ގެ އަޅަކަށް ވުމާމެދު عيسى ގެފާނު ބޮޑާވެވަޑައެއް ނުގަނެއެވެ. އަދި، ކުއްތަން ކުރައްވާފައިވާ ملائكة ންވެސް اللَّه ގެ އަޅުންނަށް ވުމާމެދު، ބޮޑާވެވަޑައެއް ނުގަނެއެވެ. އެކަލާނގެއަށް އަޅުކަން ކުރުމުން މަނާވެގަނެ، ކިބުރުވެރިވާ އެންމެން އެކުގައި، އެކަލާނގެ حضرة އަށް قيامة ދުވަހުން އެއްކުރައްވާނެތެވެ
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟ
ފަހެ، إيمان ވެ، صالح عمل ކުޅަމީހުން ދަންނާށެވެ! ފަހެ، އެއުރެންގެ އުޖޫރަ އެއުރެންނަށް ހަމަޔަށް އެކަލާނގެ ފުއްދަވައި ދެއްވާނެތެވެ. އަދި، އެކަލާނގެ فضل ވަންތަކަމުގެ ތެރެއިން، އެއުރެންނަށް އިތުރުކޮށްދެއްވާނެތެވެ. އަދި، ކިބުރުވެރިވެ، ބޮޑާވެގަތްމީހުން ދަންނާށެވެ! ފަހެ، ވޭންދެނިވި عذاب ން އެކަލާނގެ އެއުރެންނަށް عذاب ދެއްވާނެތެވެ. އަދި، اللَّه ފިޔަވައި އެހީތެރިޔަކުވެސް، އަދި نصر ވެރިޔަކުވެސް، އެއުރެންނަކަށް ނުފެންނާނެތެވެ
ﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫ
އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން حجّة އެއް، ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް އަތުވެއްޖެއެވެ. އަދި، ފާޅުވެ بيان ވެގެންވާ نور އެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބާވައިލެއްވީމެވެ
ﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻ
ފަހެ، اللَّه އަށް إيمان ވެ، އެކަލާނގެ ރައްކާތެރި ކަމުގައި ހިފަހައްޓައިގެން ތިބިމީހުން ދަންނާށެވެ! ފަހެ، އެކަލާނގެ رحمة އާއި فضل ވަންތަކަމުގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. އަދި، އެ މަގަށް ދިއުމަށް ސީދާވެގެންވާ ތެދުމަގެއް އެއުރެންނަށް އެކަލާނގެ ދައްކަވާނެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊ
(كلالة އާމެދު) ކަލޭގެފާނުގެ އަރިހުން، އެއުރެން فتوى އަށް އެދި ދަންނަވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! كلالة އާމެދު (އެބަހީ: أصل އެއް فرع އެއް ނެތި މަރުވާމީހާގެ ތަރިކަޔާމެދު) اللَّه ތިޔަބައިމީހުންނަށް بيان ކޮށް ދެއްވަތެވެ. އެމީހަކަށް ދަރިޔަކު (ނުވަތަ ބަފަޔަކު) ނެތި، އަދި އެމީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) أخت އަކުވާ حال، މީހަކު މަރުވެއްޖެނަމަ، ފަހެ، އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅައެއްބައި، އެ أخت އަށެވެ. އަދި، އެ أخت އަށް ދަރިޔަކު ނުވާނަމަ، އެމީހާ އެ أخت ވާރުތަކުރާނެއެވެ. (މަރުވިމީހާގެ وارث ންނަށް ތިބި) ދެ أخت ން ކަމުގައިވާނަމަ، ފަހެ، އެ ދެ أخت ންނަށް (އެ أخ) ދޫކުޅަ މުދަލުގެ ތިންބައިކުޅަ ދެބަޔެވެ. (وارث ންނަށް ތިބީ) އަންހެން ފިރިހެން، އެއްބަނޑު އެއްބަފާ ބަޔަކު ކަމުގައިވާނަމަ، ދެ އަންހެނުންގެ ބައިފަދަ ބަޔެއް ފިރިހެނަކަށެވެ. ތިޔަބައިމީހުންނަށް މަގު އޮޅިދާނެކަމަށްޓަކައި، ތިޔަބައިމީހުންނަށް اللَّه، بيان ކޮށް ދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިވެގެންވާ ރަސްކަލާނގެއެވެ
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers







