ސޫރަތު އަލް-އިންޝިޤާޤް pdf — ޑައުންލޯޑް (ދިވެހި)
ސޫރަތު އަލް-އިންޝިޤާޤް pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-އިންޝިޤާޤް ތަރުޖަމާ. ސޫރަތު އަލް-އިންޝިޤާޤް (Meccan) 25 އާޔަތް.
Related
- ސޫރަތު އަލް-އިންޝިޤާޤް ތަރުޖަމާދިވެހި
- ސޫރަތު އަލް-އިންޝިޤާޤް mp3އަޑު އަހާ
- Quran Index ދިވެހި114
More ސޫރަތު PDF
އަލް-ބަޤަރާ
އާލު-ޢިމްރާން
އަން-ނިސާއް
އަލް-މާއިދާ
ޔޫސުފް
އިބްރާހިމް
އަލް-ޙިޖްރު
އަލް-ކަހްފު
މަރްޔަމް
އަލް-ޙައްޖު
އަލް-ޤަސަޞް
އަލް-ޢަންކަބޫތް
އަސް-ސަޖްދާ
ޔާސީން
އައް-ދުޚާން
އަލް-ފަތްޙު
އަލް-ޙުޖުރާތް
ޤާފް
އަން-ނަޖްމު
އަރް-ރަޙްމާން
އަލް-ވާޤިޢާ
އަލް-ޙަޝްރު
އަލް-މުލްކު
އަލް-ޙާއްޤާ
އަލް-އިންޝިޤާޤް
އަލް-އަޢްލާ
އަލް-ޣާޝިޔާ
ސޫރަތު އަލް-އިންޝިޤާޤް

ﭣﭤﭥﭦ
84:1
އުޑުފަޅަފަޅައިގެންދާ ހިނދެވެ
ﭧﭨﭩﭪ
84:2
އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ
ﭫﭬﭭﭮ
84:3
އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ
ﭯﭰﭱﭲﭳ
84:4
އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ
ﭴﭵﭶﭷ
84:5
އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حق ވެގެންވެއެވެ
ﭸﭹﭺﭻﭼﭽﭾﭿﮀ
84:6
އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ
ﮁﮂﮃﮄﮅﮆ
84:7
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ
ﮇﮈﮉﮊﮋ
84:8
ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ
ﮌﮍﮎﮏﮐ
84:9
އަދި އުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ
ﮑﮒﮓﮔﮕﮖﮗ
84:10
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ
ﮘﮙﮚﮛ
84:11
ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ
ﮜﮝﮞ
84:12
އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ
ﮟﮠﮡﮢﮣﮤ
84:13
ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ
ﮥﮦﮧﮨﮩﮪ
84:14
ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ
ﮫﮬﮭﮮﮯﮰﮱﯓ
84:15
އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ
ﯔﯕﯖﯗ
84:16
ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ
ﯘﯙﯚﯛ
84:17
އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ
ﯜﯝﯞﯟ
84:18
އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ
ﯠﯡﯢﯣﯤ
84:19
ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ
ﯥﯦﯧﯨﯩ
84:20
އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟
ﯪﯫﯬﯭﯮﯯﯰﯱ
84:21
އަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ
ﯲﯳﯴﯵﯶ
84:22
އަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ
ﯷﯸﯹﯺﯻ
84:23
އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ
ﯼﯽﯾﯿ
84:24
ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبر ދެއްވާށެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚ
84:25
إيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ
ކީރިތި ޤުރުއާން
Wednesday, September 9, 2026
Don't forget us in your sincere prayers







