PDF —
52 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަލް-ޙާއްޤާ pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-ޙާއްޤާ pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-ޙާއްޤާ ތަރުޖަމާ. ސޫރަތު އަލް-ޙާއްޤާ (Meccan) 52 އާޔަތް.

→ އަލް-ޤަލަމްސޫރަތު އަލް-ޙާއްޤާ އަލް-މަޢާރިޖް ←


52 އާޔަތް · Meccan · ދިވެހި
bismillah
ﮯﮰ
69:1 ކަށަވަރުވެގެންވާ قيامة ދުވަހެވެ
ﮱﯓﯔ
69:2 ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟
ﯕﯖﯗﯘﯙ
69:3 ކަށަވަރުވެގެންވާ قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ﯚﯛﯜﯝﯞ
69:4 ثمود ބާގައިމީހުންނާއި، عاد ބާގައިމީހުން قيامة ދުވަސް ދޮގުކުރޫއެވެ
ﯟﯠﯡﯢﯣ
69:5 ފަހެ، ثمود ބާގައިމީހުން ދަންނާށެވެ! ފަހެ، ބިރުވެރި، ގަދަފަދަ އަޑުން އެއުރެން ހަލާކު ކުރެއްވިއެވެ
ﯤﯥﯦﯧﯨﯩﯪ
69:6 އަދި عاد ބާގައިމީހުން ދަންނާށެވެ! ފަހެ، ގަދަފަދަ ފިނިވަޔަކުން އެއުރެން ހަލާކު ކުރެއްވިއެވެ
ﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻ
69:7 އެކަލާނގެ އެއުރެންގެ މައްޗަށް ހަތްރެޔާއި، އަށްދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ قوم ގެމީހުން ހޭނެތިގެން ވެއްޓިފައިވާތީ ތިބާ ދެކޭނޫއެވެ. އެއުރެންނެކޭ، ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ
ﯼﯽﯾﯿﰀﰁ
69:8 ފަހެ، އެއުރެންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭހެއްޔެެވެ؟
ﭑﭒﭓﭔﭕﭖﭗ
69:9 އަދި فرعون އާއި، އޭނާގެ ކުރީގެ މީހުންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ މީހުން ފާފަކުރޫއެވެ
ﭘﭙﭚﭛﭜﭝﭞ
69:10 ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އާއަށް އެއުރެން އުރެދުނޫއެވެ. ފަހެ، އެކަލާނގެ ގަދަފަދަވެގެންވާ عذاب ގެ ހިއްޕެވުމަކުން އެއުރެން ހިއްޕެވިއެވެ
ﭟﭠﭡﭢﭣﭤﭥﭦ
69:11 ފެންގަނޑު ހައްދުފަހަނަޅައި އެރިހިނދު، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ނައުކޮޅުގައި ތިޔަބައިމީހުން އުފުއްލެވީމެވެ
ﭧﭨﭩﭪﭫﭬﭭ
69:12 އެއީ ތިމަންރަސްކަލާނގެ އެކަންތައްތައް ތިޔަބައިމީހުންނަށް ހަނދާންކޮށްދެއްވުމެއް ކަމުގައި ލެއްވުމަށްޓަކައެވެ. އަދި ކަނުލައި އަހާ ކަންފަތްތަކެއް އެވާހަކަ ކަނުލައި އެހުމަށްޓަކައެވެ
ﭮﭯﭰﭱﭲﭳﭴ
69:13 ފަހެ، ތާޅަފިލި އެއްފަހަރު ފުމެލައްވާ ހިނދެވެ
ﭵﭶﭷﭸﭹﭺﭻ
69:14 އަދި ބިމާއި، ފަރުބަދަތައް (އެ ތަކެތި ހުރިތަނުން) އުފުލި އެއްފަހަރުން ޖެހި، ކުނޑި ކުނޑި ވެގެންދާ ހިނދެވެ
ﭼﭽﭾﭿ
69:15 ފަހެ، އެދުވަހުން قيامة ވާ ހުށްޓެވެ
ﮀﮁﮂﮃﮄﮅ
69:16 އަދި އުޑު ފަޅަފަޅައިގެންދާނެތެވެ. ފަހެ، އެދުވަހުން އެ އުޑުވާހުށީ، ބަލިކަށިވެގެންނެވެ
ﮆﮇﮈﮉﮊﮋﮌﮍﮎﮏﮐ
69:17 އަދި ملائكة ން، އެ އުޑުގެ ކަންކޮޅުތަކުގައި ތިއްބަވާނެތެވެ. އެދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ
ﮑﮒﮓﮔﮕﮖﮗ
69:18 އެދުވަހުން (حساب ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސްކަމެއް ވަންހަނާއެއް ނުވާނެތެވެ
ﮘﮙﮚﮛﮜﮝﮞﮟﮠﮡ
69:19 ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މިއޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ
ﮢﮣﮤﮥﮦﮧ
69:20 ހަމަކަށަވަރުން، ތިމަންގެ حساب ކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقين ވިއެވެ
ﮨﮩﮪﮫﮬ
69:21 ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ
ﮭﮮﮯﮰ
69:22 މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ
ﮱﯓﯔ
69:23 އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ
ﯕﯖﯗﯘﯙﯚﯛﯜﯝ
69:24 (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ عمل ތަކުގެ ޖަޒާއެއްގެ ގޮތުންނެވެ
ﯞﯟﯠﯡﯢﯣﯤﯥﯦﯧﯨ
69:25 އަދި އެމީހެއްގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވެވިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟
ﯩﯪﯫﯬﯭ
69:26 އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ
ﯮﯯﯰﯱ
69:27 އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީނަމަ، ކޮންފަދަހެއްޔެވެ
ﯲﯳﯴﯵﯶﯷ
69:28 ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ
ﯸﯹﯺﯻ
69:29 ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ
ﯼﯽﯾ
69:30 (زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ
ﯿﰀﰁﰂ
69:31 ދެން އޭނާ ނަރަކަޔަށް ވައްދާށެވެ
ﰃﰄﰅﰆﰇﰈﰉﰊ
69:32 ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާ ޖަހާށެވެ
ﰋﰌﰍﰎﰏﰐﰑ
69:33 ހަމަކަށަވަރުން، އޭނާ މާތް اللَّه އަށް إيمان ވާކަމުގައެއް ނުވެއެވެ
ﰒﰓﰔﰕﰖﰗ
69:34 އަދި مسكين ންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ
ﰘﰙﰚﰛﰜﰝ
69:35 ފަހެ، މިއަދު މިތާކު އޭނާއަކަށް رحمة ތެރިޔަކު ނުވެއެވެ
ﭑﭒﭓﭔﭕﭖ
69:36 އަދި غسلين މެނުވީ (އެބަހީ: ނަރަކައިގެ أهل ވެރިންގެ ގައިން އޮހޮރޭ ފާ ދިޔަ މެނުވީ) އޭނާޔަކަށް ކާއެއްޗެއް ނުވެއެވެ
ﭗﭘﭙﭚﭛ
69:37 ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ
ﭜﭝﭞﭟﭠ
69:38 ކުށްވެރިން މެނުވީ އެ އެއް ނުކާނެތެވެ
ﭡﭢﭣﭤ
69:39 ފަހެ، ތިޔަބައިމީހުންނަށް ފެންނަ ތަކެއްޗާއި، ތިޔަބައިމީހުންނަށް ނުފެންނަ ތަކެތި ގަންދެއްވައި وحى ކުރައްވަމެވެ
ﭥﭦﭧﭨﭩ
69:40 ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު اللَّه ގެ حضرة ން) ގެންނެވި ބަސްފުޅެއްކަން ކަށަވަރެވެ
ﭪﭫﭬﭭﭮﭯﭰﭱﭲ
69:41 އެއީ ޅެންވެރިޔެއްގެ ބަހެއްނޫނެވެ. ތިޔަބައިމީހުން إيمان ވަނީ ވަރަށްވެސް ކުޑަކޮށެވެ
ﭳﭴﭵﭶﭷﭸﭹﭺ
69:42 އަދި އެއީ كاهن އެއްގެ ބަހެއްވެސްނޫނެވެ. ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ
ﭻﭼﭽﭾﭿ
69:43 (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ
ﮀﮁﮂﮃﮄﮅ
69:44 (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ
ﮆﮇﮈﮉ
69:45 އަދި އެކަލޭގެފާނު ތިމަންރަސްކަލާނގެއަށް ނިސްބަތްކޮށް ހަދައިގެން ބައެއް ވާހަކަ ދައްކަވައިފިނަމަ، ތިމަންރަސްކަލާނގެ ބާރުވެރިކަމުން އެކަލޭގެފާނު (ކިބައިން انتقام) ހިއްޕެވީމުހެވެ
ﮊﮋﮌﮍﮎ
69:46 ދެން ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ހިތްޕުޅުގެ ނާރު ކަނޑުއްވައިފީމުހެވެ
ﮏﮐﮑﮒﮓﮔﮕ
69:47 ފަހެ، ތިޔަބައިމީހުންކުރެ އެކަކަށްވެސް އެކަލޭގެފާނު ތިމަންރަސްކަލާނގެ عذاب ން ދުރެއްނުކުރެވޭނެތެވެ
ﮖﮗﮘﮙ
69:48 ހަމަކަށަވަރުން، އެ قرآن އަކީ، تقوى ވެރިންނަށް އޮތް ހަނދާންކޮށްދިނުމެއްކަން ކަށަވަރެވެ
ﮚﮛﮜﮝﮞﮟ
69:49 އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ދޮގުކުރާ ބަޔަކުވާކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ
ﮠﮡﮢﮣﮤ
69:50 އަދި ހަމަކަށަވަރުން، އެ قرآن އަކީ، ކާފިރުންގެ މައްޗަށްހުރި ހިތާމައެއްކަން ކަށަވަރެވެ
ﮥﮦﮧﮨ
69:51 އަދި ހަމަކަށަވަރުން، އެ قرآن އަކީ، يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ
ﮩﮪﮫﮬﮭ
69:52 ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers