PDF —
26 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަލް-ޣާޝިޔާ pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-ޣާޝިޔާ pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-ޣާޝިޔާ ތަރުޖަމާ. ސޫރަތު އަލް-ޣާޝިޔާ (Meccan) 26 އާޔަތް.

→ އަލް-އަޢްލާސޫރަތު އަލް-ޣާޝިޔާ އަލް-ފަޖްރު ←


26 އާޔަތް · Meccan · ދިވެހި
bismillah
ﭽﭾﭿﮀﮁ
88:1 (ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟)
ﮂﮃﮄﮅ
88:2 އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ
ﮆﮇﮈ
88:3 މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ
ﮉﮊﮋﮌ
88:4 ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ
ﮍﮎﮏﮐﮑ
88:5 ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ
ﮒﮓﮔﮕﮖﮗﮘ
88:6 ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ
ﮙﮚﮛﮜﮝﮞﮟ
88:7 އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ)
ﮠﮡﮢﮣ
88:8 އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ
ﮤﮥﮦ
88:9 ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ
ﮧﮨﮩﮪ
88:10 މަތިވެރިވެގެންވާ ސުވަރުގޭގައެވެ
ﮫﮬﮭﮮﮯ
88:11 ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ)
ﮰﮱﯓﯔ
88:12 ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ
ﯕﯖﯗﯘ
88:13 އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ
ﯙﯚﯛ
88:14 އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ
ﯜﯝﯞ
88:15 އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ
ﯟﯠﯡ
88:16 އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ
ﯢﯣﯤﯥﯦﯧﯨ
88:17 ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ
ﯩﯪﯫﯬﯭ
88:18 އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟
ﯮﯯﯰﯱﯲ
88:19 އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެެވެ؟
ﯳﯴﯵﯶﯷ
88:20 އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟
ﯸﯹﯺﯻﯼ
88:21 (ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ)
ﯽﯾﯿﰀ
88:22 އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ
ﭑﭒﭓﭔﭕ
88:23 ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ
ﭖﭗﭘﭙﭚ
88:24 ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ
ﭛﭜﭝﭞ
88:25 ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ
ﭟﭠﭡﭢﭣ
88:26 ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers