ސޫރަތު އައް-ދުޚާން pdf — ޑައުންލޯޑް (ދިވެހި)
ސޫރަތު އައް-ދުޚާން pdf ދިވެހި — ޑައުންލޯޑް ސޫރަތު އައް-ދުޚާން ތަރުޖަމާ. ސޫރަތު އައް-ދުޚާން (Meccan) 59 އާޔަތް.
Related
- ސޫރަތު އައް-ދުޚާން ތަރުޖަމާދިވެހި
- ސޫރަތު އައް-ދުޚާން mp3އަޑު އަހާ
- Quran Index ދިވެހި114
More ސޫރަތު PDF
އަލް-ބަޤަރާ
އާލު-ޢިމްރާން
އަން-ނިސާއް
އަލް-މާއިދާ
ޔޫސުފް
އިބްރާހިމް
އަލް-ޙިޖްރު
އަލް-ކަހްފު
މަރްޔަމް
އަލް-ޙައްޖު
އަލް-ޤަސަޞް
އަލް-ޢަންކަބޫތް
އަސް-ސަޖްދާ
ޔާސީން
އައް-ދުޚާން
އަލް-ފަތްޙު
އަލް-ޙުޖުރާތް
ޤާފް
އަން-ނަޖްމު
އަރް-ރަޙްމާން
އަލް-ވާޤިޢާ
އަލް-ޙަޝްރު
އަލް-މުލްކު
އަލް-ޙާއްޤާ
އަލް-އިންޝިޤާޤް
އަލް-އަޢްލާ
އަލް-ޣާޝިޔާ
ސޫރަތު އައް-ދުޚާން

ﭑﭒ
44:1
ح م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ)
ﭓﭔﭕ
44:2
بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ
ﭖﭗﭘﭙﭚﭛﭜﭝﭞﭟ
44:3
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ
ﭠﭡﭢﭣﭤﭥ
44:4
އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ
ﭦﭧﭨﭩﭪﭫﭬﭭ
44:5
(އެއީ) ތިމަންރަސްކަލާނގެ حضرة ން އައި أمر އެއް ކަމުގައެވެ. ހަމަކަށަވަރުން، رسول ން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ
ﭮﭯﭰﭱﭲﭳﭴﭵﭶ
44:6
(އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވާ رحمة އެއް ކަމުގައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ﭷﭸﭹﭺﭻﭼﭽﭾﭿﮀ
44:7
(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެއްޗެއްގެ ވެރިރަސްކަލާނގެއެވެ. ތިޔަބައިމީހުން يقين ކުރާ ބަޔަކު ކަމުގައިވާނަމައެވެ
ﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌ
44:8
އެކަލާނގެ މެނުވީ އެހެން إله އަކުނުވެއެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެކަލާނގެއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ
ﮍﮎﮏﮐﮑﮒ
44:9
އަދި ކިއެއްތަ! އެއުރެން شك ކަމެއްގައި ކުޅެކުޅެ ތިބެތެވެ
ﮓﮔﮕﮖﮗﮘﮙ
44:10
ފަހެ، ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް انتظار ކުރާށެވެ
ﮚﮛﮜﮝﮞﮟﮠ
44:11
އެ، ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި عذاب އެކެވެ
ﮡﮢﮣﮤﮥﮦﮧ
44:12
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން عذاب ފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން إيمان ވާހުށީމުއެވެ
ﮨﮩﮪﮫﮬﮭﮮﮯ
44:13
އެއުރެން نصيحة ލިބިގަންނާނީ ކޮންފަދައަކުން ހެއްޔެވެ؟ އެއުރެންގެ ގާތަށް ބަޔާންވެގެންވާ رسول އަކު ވަނީ ވަޑައިގެންފައެވެ
ﮰﮱﯓﯔﯕﯖﯗ
44:14
ދެން އެއުރެން އެކަލޭގެފާނަށް ފުރަގަސްދިނޫއެވެ. އަދި އެއުރެން ބުނޫއެވެ. އެކަލޭގެފާނީ، އުނގަންނައިދެވިފައިވާ މޮޔައެކެވެ
ﯘﯙﯚﯛﯜﯝﯞﯟ
44:15
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޑަހިނދުކޮޅަކަށް عذاب ފިއްލަވާހުށީމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ، (كافر ކަމަށް) އެނބުރި އަންނާނޭ ބަޔެކެވެ
ﯠﯡﯢﯣﯤﯥﯦ
44:16
ބޮޑުވެގެންވާ، ގަދަފަދަ ހިއްޕެވުމަކުން ތިމަންރަސްކަލާނގެ ހިއްޕަވާ ދުވަސް ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (އެއުރެންގެ ކިބައިން އެދުވަހުން) ބަދަލުހިއްޕަވާހުށީމެވެ
ﯧﯨﯩﯪﯫﯬﯭﯮﯯﯰ
44:17
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންގެ ކުރިން فرعون ގެ قوم ގެމީހުން امتحان ކުރެއްވީމެވެ. އަދި އެއުރެންގެގާތަށް މާތްވެގެންވާ رسول އަކު ވަޑައިގަތެވެ
ﯱﯲﯳﯴﯵﯶﯷﯸﯹﯺﯻ
44:18
(ވިދާޅުވަމުންނެވެ.) އޭ اللَّه ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނަށް تَبع ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި އަމާނާތްތެރި رسول އަކީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
44:19
އަދި (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން اللَّه ގެ މައްޗަށް ބޮޑާވެނުގަންނަހުށިކަމެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ބަޔާންވެގެންވާ دليل އެއް ގެންނަވާހުށީމެވެ
ﭜﭝﭞﭟﭠﭡﭢ
44:20
ތިޔަބައިމީހުން ތިމަންކަލޭގެފާނު رجم ކުރުމުން ސަލާމަތްކުރެއްވުންއެދި ތިމަންގެ ވެރި، އަދި ތިޔަބައިމީހުންގެވެސް ވެރިރަސްކަލާނގެ حضرة ން، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ރައްކާތެރިކަން ލިބިގަންނަމެވެ
ﭣﭤﭥﭦﭧﭨ
44:21
އަދި ތިޔަބައިމީހުން ތިމަންކަލޭގެފާނަށް إيمان ނުވިނަމަ، ފަހެ، ތިޔަބައިމީހުން ތިމަންކަލޭގެފާނާ ވަކިވާށެވެ
ﭩﭪﭫﭬﭭﭮﭯ
44:22
ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު دعاء ކުރައްވައި ވިދާޅުވިއެވެ. މިބައިމީހުންނީ ކުށްވެރިވެގެންވާ ބަޔެކެވެ
ﭰﭱﭲﭳﭴﭵ
44:23
(އެކަލާނގެ وحى ކުރެއްވިއެވެ.) ފަހެ، ތިމަންރަސްކަލާނގެ އަޅުތަކުންނާއިގެން ރޭގަނޑެއްގައި ކަލޭގެފާނު ހިންގަވައި ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ފަހަތުން (فرعون އާއި، އޭނާގެ لشكر) އަންނާނެތެވެ
ﭶﭷﭸﭹﭺﭻﭼﭽ
44:24
އަދި ކަނޑު އެއޮތްގޮތަށް (އެބަހީ: އެ ކަނޑު އިރުއްވެވިގޮތަށް) ހިމޭންކަމާއެކު ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން، އެއުރެންނީ غرق ކުރައްވާނޭ لشكر އެކެވެ
ﭾﭿﮀﮁﮂﮃ
44:25
ކިތައްކިތައް ބަގީޗާއާއި، ކިތައްކިތައް އާރު، އެއުރެން ދޫކުރިހެއްޔެވެ؟
ﮄﮅﮆﮇ
44:26
އަދި ދަނޑުތަކާއި، ރީތި ގޭގެވެސްމެއެވެ
ﮈﮉﮊﮋﮌ
44:27
އަދި އުފަލުގައި އެއުރެން ދިރިއުޅުނުކަމުގައިވި نعمة ގެ ތަނަވަސް ދިރިއުޅުމެވެ
ﮍﮎﮏﮐﮑﮒ
44:28
(ކަންތައްހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެތަކެތި އެހެންބަޔަކަށް ވާރުތަކުރެއްވީމެވެ
ﮓﮔﮕﮖﮗﮘﮙﮚﮛ
44:29
ފަހެ، އެއުރެންގެ މައްޗަކަށް އުޑެއްވެސް، އަދި ބިމެއްވެސް (ހިތާމަކޮށް) ނުރޮއެވެ. އަދި އެއުރެންނީ مهلة ދެއްވާފައިވާ ބަޔަކުކަމުގައި ނުވެތެވެ
ﮜﮝﮞﮟﮠﮡﮢﮣ
44:30
ހަމަކަށަވަރުން، ނިކަމެތިކަންދެނިވި عذاب ން، ތިމަންރަސްކަލާނގެ إسـرآءيـل ގެދަރިން މިންޖުކުރެއްވީމެވެ
ﮤﮥﮦﮧﮨﮩﮪﮫﮬ
44:31
(އެއީ) فرعون ގެ ކިބައިންނެވެ. ހަމަކަށަވަރުން (ފުރެދުމުގައި) ހައްދުފަހަނަޅައިފައިވާ މީހުންގެ ތެރެއިން ކިބުރުވެރިޔަކު ކަމުގައި އޭނާ ވިއެވެ
ﮭﮮﮯﮰﮱﯓﯔ
44:32
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުމުގެމަތިން عالم ތަކުގެ މައްޗަށް އެއުރެން خيار ކުރެއްވީމެވެ
ﯕﯖﯗﯘﯙﯚﯛﯜ
44:33
އަދި ބަޔާންވެގެންވާ امتحان އެއް އޭގައި އެކުލެވިގެންވާ ހެކިތައް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ
ﯝﯞﯟﯠ
44:34
ހަމަކަށަވަރުން، މިބައިމީހުން ބުނާކަން ކަށަވަރެވެ
ﯡﯢﯣﯤﯥﯦﯧﯨﯩ
44:35
އެއީ ތިމަންމެންގެ ފުރަތަމަ މަރުކަމުގައިމެނުވީ ނުވެތެވެ. އަދި ތިމަންމެންނީ، އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ނުވަމުއެވެ
ﯪﯫﯬﯭﯮﯯ
44:36
ފަހެ، ތިޔަބައިމީހުން ތެދުވެރިންކަމުގައިވަނީނަމަ، ތިމަންމެންގެ ކާބަފައިން (ދިރުވައި) ގެނެސްބަލާށެވެ
ﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽ
44:37
ރަނގަޅީ އެއުރެން ހެއްޔެވެ؟ ނުވަތަ تُبّع ގެ قوم ގެމީހުންނާއި، އެއުރެންގެ ކުރިންއުޅުނު މީހުން ހެއްޔެވެ؟ ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ކުށްވެރިން ކަމުގައެވެ
ﯾﯿﰀﰁﰂﰃﰄﰅ
44:38
ތިމަންރަސްކަލާނގެ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ
ﰆﰇﰈﰉﰊﰋﰌﰍﰎ
44:39
حق ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ
ﭑﭒﭓﭔﭕﭖ
44:40
ހަމަކަށަވަރުން، ނިޔާކުރެއްވުމުގެ ދުވަހަކީ، އެއުރެން އެންމެންނަށް ކަނޑައަޅުއްވާފައިވާ ميعاد އެވެ
ﭗﭘﭙﭚﭛﭜﭝﭞﭟﭠﭡ
44:41
(އެއީ) އެއްވެސް އެހީތެރިޔަކަށް، އަނެއް އެހީތެރިޔެއްގެ ކިބައިން އެއްވެސްކަމެއް ފުއްދައިނުދެވޭނޭ ދުވަހެވެ. އަދި نصر ލިބޭނޭ ބަޔަކުކަމުގައިވެސް އެއުރެން ނުވެތެވެ
ﭢﭣﭤﭥﭦﭧﭨﭩﭪ
44:42
اللَّه رحمة ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ
ﭫﭬﭭﭮ
44:43
اللَّه رحمة ލެއްވި މީހުން މެނުވީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ
ﭯﭰﭱ
44:44
ހަމަކަށަވަރުން، زقّوم ގަހަކީ (ނަރަކައިގައި) ފާފަވެރިޔާގެ ކާނާއެވެ
ﭲﭳﭴﭵﭶ
44:45
ތެޔޮކުނޑިފަދައިން ބަނޑުތަކުގައި އެ ކެކޭނެތެވެ
ﭷﭸﭹ
44:46
ކެކިކެކިހުންނަ ފެން ކެކޭފަދައިންނެވެ
ﭺﭻﭼﭽﭾﭿ
44:47
(زبانية ملائكة ންނަށް އަންގަވާނެތެވެ.) ގަދަފަދަކަމާއެކު އެމީހާ ނަރަކައިގެ މެދަށް ދަމައި ގެންދާށެވެ
ﮀﮁﮂﮃﮄﮅﮆﮇ
44:48
ދެން އޭނާގެ ބޮލަށް، ކެކި އުތުރިއަރާ ހޫނުފެނުގެ عذاب އޮއްސާށެވެ
ﮈﮉﮊﮋﮌﮍ
44:49
(އަދި އޭނާޔަށް އަންގަވާނެތެވެ.) ކަލޭ (عذاب ގެ) ރަހަ ދެކޭށެވެ! ކަލެޔަކީ ހަމަ، ބާރުގަދަ މާތް މީހަކީމުއެވެ
ﮎﮏﮐﮑﮒﮓﮔ
44:50
ހަމަކަށަވަރުން، މިއީ ތިޔަބައިމީހުން އެކަންތަކާމެދު شك ކޮށްއުޅުނު ކަންތަކެވެ
ﮕﮖﮗﮘﮙﮚ
44:51
ހަމަކަށަވަރުން، تقوى ވެރިން ތިބޭހުށީ އަމާންކަން ލިބިގެންވާ ތަނެއްގައެވެ
ﮛﮜﮝﮞ
44:52
ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ
ﮟﮠﮡﮢﮣﮤ
44:53
އެއުރެން ލައިއުޅޭހުށީ، سُندس އާއި، إستبرق ފޭރާމެވެ. ތިބޭހުށީ އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލައިގެންނެވެ
ﮥﮦﮧﮨﮩ
44:54
(ކަންހުރީ) އެފަދައިންނެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން حورالعين ންނާ ކާވެނިކޮށްދެއްވާހުށީމެވެ
ﮪﮫﮬﮭﮮﮯ
44:55
އެތާނގައި އަމާންކަންމަތީގައި ތިބޭ حال، ހުރިހާ ބާވަތެއްގެ މޭވާ ގެނައުމަށް އެއުރެން އެދޭނެތެވެ
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜ
44:56
ފުރަތަމަފަހަރު މަރުވި މަރުވުން ފިޔަވައި، އެތާނގައި އެއުރެން މަރުގެ ރަހައެއް ނުދެކޭނެތެވެ. އަދި ނަރަކައިގެ عذاب ން، އެކަލާނގެ އެއުރެން ސަލާމަތްކުރައްވާނެތެވެ
ﯝﯞﯟﯠﯡﯢﯣﯤﯥ
44:57
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި فضل ވަންތަވެރިކަމެއްގެ ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމައެއީއެވެ
ﯦﯧﯨﯩﯪﯫ
44:58
ފަހެ، ތިމަންރަސްކަލާނގެ، އެފޮތް ކަލޭގެފާނުގެ ބަހުން ފަސޭހަކޮށްދެއްވިކަން ކަށަވަރީ، އެއުރެން ހަނދުމަކުރުމަށްޓަކައެވެ
ﯬﯭﯮﯯ
44:59
ފަހެ، ކަލޭގެފާނު ބަލަބަލައި ހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެންވެސް ބަލަބަލައި ތިބޭނެތެވެ
ކީރިތި ޤުރުއާން
Wednesday, September 9, 2026
Don't forget us in your sincere prayers







