📖 0/604 ކިޔެވި ސަފުހާތައް
📄 526
ސޫރަތު އަން-ނަޖްމު
bismillah
وَٱلنَّجۡمِ إِذَا هَوَىٰ  ۝١ مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ  ۝٢ وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ  ۝٣ إِنۡ هُوَ إِلَّا وَحۡيٌ يُوحَىٰ  ۝٤ عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ  ۝٥ ذُو مِرَّةٍ فَٱسۡتَوَىٰ  ۝٦ وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ  ۝٧ ثُمَّ دَنَا فَتَدَلَّىٰ  ۝٨ فَكَانَ قَابَ قَوۡسَيۡنِ أَوۡ أَدۡنَىٰ  ۝٩ فَأَوۡحَىٰٓ إِلَىٰ عَبۡدِهِۦ مَآ أَوۡحَىٰ  ۝١٠ مَا كَذَبَ ٱلۡفُؤَادُ مَا رَأَىٰٓ  ۝١١ أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ  ۝١٢ وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ  ۝١٣ عِندَ سِدۡرَةِ ٱلۡمُنتَهَىٰ  ۝١٤ عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ  ۝١٥ إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ  ۝١٦ مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ  ۝١٧ لَقَدۡ رَأَىٰ مِنۡ ءَايَٰتِ رَبِّهِ ٱلۡكُبۡرَىٰٓ  ۝١٨ أَفَرَءَيۡتُمُ ٱللَّٰتَ وَٱلۡعُزَّىٰ  ۝١٩ وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ  ۝٢٠ أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ  ۝٢١ تِلۡكَ إِذًا قِسۡمَةٌ ضِيزَىٰٓ  ۝٢٢ إِنۡ هِيَ إِلَّآ أَسۡمَآءٌ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّهِمُ ٱلۡهُدَىٰٓ  ۝٢٣ أَمۡ لِلۡإِنسَٰنِ مَا تَمَنَّىٰ  ۝٢٤ فَلِلَّهِ ٱلۡأٓخِرَةُ وَٱلۡأُولَىٰ  ۝٢٥ ۞ وَكَم مِّن مَّلَكٍ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ  ۝٢٦
ސޫރަތު އަން-ނަޖްމު
bismillah
53:1
وَٱلنَّجۡمِ إِذَا هَوَىٰ  ۝١
އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި وحى ކުރައްވަމެވެ
53:2
مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ  ۝٢
ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) حق ގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقاد އެއް ނުކުރައްވައެވެ
53:3
وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ  ۝٣
އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ
53:4
إِنۡ هُوَ إِلَّا وَحۡيٌ يُوحَىٰ  ۝٤
އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ
53:5
عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ  ۝٥
ބާރުގަދަ ملائكة އަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ
53:6
ذُو مِرَّةٍ فَٱسۡتَوَىٰ  ۝٦
(އެ ملائكة އަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ ملائكة އާ އެކަލޭގެފާނުގެ أصل صورة ގައި قائم ވެވަޑައިގެން ހުންނެވިއެވެ
53:7
وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ  ۝٧
(އެހިނދު) އެ ملائكة އާ ވަނީ، އެންމެމަތީ އުދަރެހުގައެވެ
53:8
ثُمَّ دَنَا فَتَدَلَّىٰ  ۝٨
ދެން އެ ملائكة އާ (رسول އާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ
53:9
فَكَانَ قَابَ قَوۡسَيۡنِ أَوۡ أَدۡنَىٰ  ۝٩
އެ އަރިސްވުންވީ، ދެ قوس ގެ މިންވަރަށެވެ. (އެބަހީ: ދެ ދުނިދަނޑީގެ މިންވަރަށެވެ.) ނުވަތަ އެއަށްވުރެވެސް އަރިހަށެވެ
53:10
فَأَوۡحَىٰٓ إِلَىٰ عَبۡدِهِۦ مَآ أَوۡحَىٰ  ۝١٠
ދެން (اللَّه) އެކަލާނގެ އަޅާއަށް وحى ކުރެއްވި އެއްޗެއް وحى ކުރެއްވިއެވެ. (އެބަހީ: މަތިވެރިވެގެންވާ وحى ބަސްފުޅުތަކެއް އެކަލޭގެފާނަށް އިއްވެވިއެވެ)
53:11
مَا كَذَبَ ٱلۡفُؤَادُ مَا رَأَىٰٓ  ۝١١
އެކަލޭގެފާނު ދެކެވަޑައިގެންނެވި ކަންތަކާމެދު (އެކަލޭގެފާނުންގެ) ހިތްޕުޅު إنكار އެއް ނުކުރައްވަތެވެ
53:12
أَفَتُمَٰرُونَهُۥ عَلَىٰ مَا يَرَىٰ  ۝١٢
އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާމެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލުކުރަނީ ހެއްޔެވެ؟
53:13
وَلَقَدۡ رَءَاهُ نَزۡلَةً أُخۡرَىٰ  ۝١٣
ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) އެހެންފަހަރަކުވެސް އެ ملائكة އާ ދެކެވަޑައިގަތްކަން ކަށަވަރެވެ
53:14
عِندَ سِدۡرَةِ ٱلۡمُنتَهَىٰ  ۝١٤
سدرة المنتهى ގެ ކައިރިންނެވެ
53:15
عِندَهَا جَنَّةُ ٱلۡمَأۡوَىٰٓ  ۝١٥
އެތާނގެ ކައިރީގައި جنة المأوى ވެއެވެ. (އެއީ مؤمن ތަކުންގެ ފުރާނަތަކުގެ مركز އެވެ)
53:16
إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ  ۝١٦
سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ
53:17
مَا زَاغَ ٱلۡبَصَرُ وَمَا طَغَىٰ  ۝١٧
އެކަލޭގެފާނުގެ ލޯފުޅު އެކިފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާތަން ފަހަނަޅައިވެސް ނުމެދޭމެއެވެ
53:18
لَقَدۡ رَأَىٰ مِنۡ ءَايَٰتِ رَبِّهِ ٱلۡكُبۡرَىٰٓ  ۝١٨
ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ
53:19
أَفَرَءَيۡتُمُ ٱللَّٰتَ وَٱلۡعُزَّىٰ  ۝١٩
ފަހެ، لات އާއި، عزّى އާމެދު ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
53:20
وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ  ۝٢٠
އަދި مناة އެވެ ކިއުނު އަނެއް ތިންވަނަ ބުދާ މެދުވެސްމެއެވެ
53:21
أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ  ۝٢١
ތިޔަބައިމީހުންނަށް ފިރިހެންދަރިންވެފައި، އެކަލާނގެއަށް އަންހެންދަރިން ވަނީ ހެއްޔެވެ؟
53:22
تِلۡكَ إِذًا قِسۡمَةٌ ضِيزَىٰٓ  ۝٢٢
(އެހެންވަނީނަމަ) އެއީ حق މަގުން އެއްކިބާވެގެންވާ ބައިކުރުމެކެވެ
53:23
إِنۡ هِيَ إِلَّآ أَسۡمَآءٌ سَمَّيۡتُمُوهَآ أَنتُمۡ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلۡطَٰنٍۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهۡوَى ٱلۡأَنفُسُۖ وَلَقَدۡ جَآءَهُم مِّن رَّبِّهِمُ ٱلۡهُدَىٰٓ  ۝٢٣
އެއީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިން ކިޔައިގެންއުޅޭ ހުސް ނަންތަކެއް ކަމުގައިނޫނީ ނުވެތެވެ. އެތަކެއްޗަށް اللَّه އެއްވެސްބާރެއް ދެއްވައިފައެއް ނުވެތެވެ. ހީއަކަށާއި، هوىنفس ގެ އެދުންތަކަކަށް މެނުވީ އެއުރެން تبع ވާކަމުގައި ނުވެތެވެ. ހަމަކަށަވަރުން، އެއުރެންނާ ހަމަޔަށް އެއުރެންގެ ވެރިރަސްކަލާނގެ حضرة ން ތެދުމަގު އައިސްފައިވާކަން ކަށަވަރެވެ
53:24
أَمۡ لِلۡإِنسَٰنِ مَا تَمَنَّىٰ  ۝٢٤
އަދި ކިއެއްތަ! އިންސާނާއަށް އޭނާ އެދޭހާކަމެއް ލިބޭހެއްޔެވެ؟
53:25
فَلِلَّهِ ٱلۡأٓخِرَةُ وَٱلۡأُولَىٰ  ۝٢٥
ފަހެ، ދުނިޔެއާއި، آخرة ގެ ކަންތައް މިލްކުވެ خاص ވެގެންވަނީ اللَّه އަށެވެ
53:26
۞ وَكَم مِّن مَّلَكٍ فِي ٱلسَّمَٰوَٰتِ لَا تُغۡنِي شَفَٰعَتُهُمۡ شَيۡـًٔا إِلَّا مِنۢ بَعۡدِ أَن يَأۡذَنَ ٱللَّهُ لِمَن يَشَآءُ وَيَرۡضَىٰٓ  ۝٢٦
އަދި اللّه އިރާދަކުރައްވާ މީހަކަށް އެކަލާނގެ إذن ދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެއުރެންގެ شفاعة ން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް ملائكة ން އުޑުތަކުގައި ވޭހެއްޔެވެ؟


📚 27 📄526 / 604



M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
0:00
0:00
-

ކީރިތި ޤުރުއާން


Wednesday, October 14, 2026

Don't forget us in your sincere prayers