ސޫރަތު އަރް-ރަޢްދު
PDF —
43 އާޔަތް Medinan PDF
Built right in your browser — download starts automatically

ސޫރަތު އަރް-ރަޢްދު pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަރް-ރަޢްދު pdf ދިވެހި — ޑައުންލޯޑް ސޫރަތު އަރް-ރަޢްދު ތަރުޖަމާ. އަރް-ރަޢްދު (Medinan) 43 އާޔަތް.



ސޫރަތު އަރް-ރަޢްދު
43 އާޔަތް · Medinan · ދިވެހި
bismillah
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢ
ا ل م ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ފޮތުގެ آية ތަކެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި حق ތެދެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ފޮތަކަށް) إيمان އެއް ނުވެތެވެ
ﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁ
اللَّه އީ، ތިޔަބައިމީހުންނަށް ފެންނަ ތަނބުތަކަކާ ނުލައި، އުޑުތައް އުފުއްލެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެވޮޑިގަތެވެ. އަދި އިރާއި، ހަނދު خدمة ތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. ހުރިހާ ކަމެއް އެކަލާނގެ تدبير ކުރައްވަތެވެ. آية ތައް تفصيل ކޮށްދެއްވަތެވެ. (އެއީ) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭކަން، ތިޔަބައިމީހުން يقين ކުރުމަށްޓަކައެވެ
ﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝ
އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. އަދި އެއީ، ހުރިހާ ބާވަތެއްގެ މޭވާތައް، ޖޯޑުޖޯޑަށް (ދެވައްތަރުން ދެވައްތަރުން) ލެއްވި ރަސްކަލާނގެއެވެ. (އަދި) އެކަލާނގެ ރޭގަނޑުން ދުވާލު ނިވައިކުރައްވަތެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި ފިކުރުކުރާ ބަޔަކަށް، ހެކިތަކެއް ވާކަން ކަށަވަރެވެ
ﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛ
އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ
ﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺ
ކަލޭގެފާނު ކަމަކާމެދު عجائب ވެވަޑައިގަންނަވާނަމަ، އެއުރެން އެބުނާ ބަހުގެ މައްޗަށް عجائب ވެވަޑައިގަންނަވާށެވެ! ތިމަންމެން (މަރުވެ) ވެއްޔަށްވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެން އަލުން އުފެދިދާނެހެއްޔެވެ؟ އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވީ މީހުންނެވެ. އަދި އެއުރެންނަކީ އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅިގެންވާ މީހުންނެވެ. އަދި އެއުރެންނަކީ، ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧ
އަދި ރަނގަޅު ކަންތަކުގެ ކުރިން، ނުބައިކަންތައް އަވަސްވުމަށް، ކަލޭގެފާނުގެ ކިބައިން އެއުރެން އެދެތެވެ. އަދި އެއުރެންގެ ކުރިން عبرة ލިބެނިވި عقاب އިސްވެގޮސްފައިވާކަން ކަށަވަރެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، މީސްތަކުން އަނިޔާވެރިވުމާއެކުވެސް، އެއުރެންނަށް ފާފަފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، عقاب ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ
ﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹ
އަދި كافر ވިމީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ހެތްކެއް (އެބަހީ: معجزة އެއް) އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ ކީއްވެގެން ބާވައެވެ! ކަލޭގެފާނު ވާކަންކަަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ކޮންމެ قوم އަކަށްމެ ތެދުމަގު ދައްކަވާ رسول އަކު ވެއެވެ
ﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊ
ކޮންމެ އަންހެނަކުގެ މައިބަނޑުގައި ގަރުބަގަންނަ އެއްޗަކާއި، رحم ތައް އުނިކުރާ އެއްޗަކާއި، އިތުރުކުރާ އެއްޗެއް، اللَّه ދެނެވޮޑިގެންވެތެވެ. އަދި ކޮންމެ އެއްޗެއް އެކަލާނގެ حضرة ގައި ވަނީ މިންވަރު ކުރައްވާފައެވެ
ﮋﮌﮍﮎﮏﮐ
(އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ބޮޑުވެގެންވާ މަތިވެރިވަންތަ ރަސްކަލާނގެއެވެ
ﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟ
ތިޔަބައިމީހުންކުރެ ބުނާ ބަސް ސިއްރުކުރާ މީހާއާއި، އެ ބަސް ފާޅުކުރާ މީހާއާއި، ރޭގަނޑު (އަނދިރީގައި) ފޮރުވިގެންވާ މީހާއާއި، ދުވާލު އެތަންމިތަނަށް ހިނގާމީހާ (އެކަލާނގެ ދެނެވޮޑިގަތުމުގައި) ހަމަހަމަވެގެންވެތެވެ
ﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧ
އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ ملائكة ން ވެއެވެ. اللَّه ގެ أمر ފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ. ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ
ﯨﯩﯪﯫﯬﯭﯮﯯﯰﯱ
އެކަލާނގެއީ، ތިޔަބައިމީހުންނަށް ބިރުވެރިކަމާއި، اميد ލިބެނިވިގޮތުގައި ވިދުވަރު ދައްކަވާ އަދި (ފެނުން) ބަރުވެފައިވާ ވިލާ އުފައްދަވާ ރަސްކަލާނގެއެވެ
ﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅ
އަދި ގުގުރިވެސް އެކަލާނގެއަށް حمد އާއެކު تسبيح ކިޔަތެވެ. އަދި ملائكة ން ވެސް އެކަލާނގެއަށް ބިރުވެތިކަމާއެކު تسبيح ކިޔަތެވެ. އަދި ހޮނުއަޅުއްވައި، އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ޖައްސަވަތެވެ. އަދި އެއުރެން اللَّه އާމެދު ޖަދަލުކޮށް ހަދަތެވެ. އަދި އެކަލާނގެއީ، ހިއްޕެވުން ގަދަފަދަވެގެންވާ ރަސްކަލާނގެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮ
حق ވެގެންވާ دعاء ކުރުންވަނީ، ހަމައެކަނި އެކަލާނގެއަށެވެ. އަދި އެކަލާނގެ ފިޔަވައި، އެހެން ފަރާތްފަރާތަށް دعاء ކުރާ މީހުންނަކަށް އެފަރާތްތަކަކުން އެއްވެސް ކަމަަކަށް އިޖާބައެއް ނުދޭނެތެވެ. ފެންގަނޑަކާދިމާޔަށް އެއިން ފެންފޮދެއް އަނގަޔަށް އެޅުމަށް (ދުރުގައި ހުރެގެން) ދެއަތްތިލަ ފަތުރާމީހެއްގެ مثال ގައި މެނުވީއެވެ. އޭނާޔަކަށް އެއިން ފެންފޮދެއް އަނގަޔަކަށް ނޭޅޭނެތެވެ. كافر ވީ މީހުންގެ دعاء، ގެއްލުމެއްގައި މެނުވީ ނުވެތެވެ
ﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻ
އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އެއުރެންގެ ހިޔަނިތައްވެސް، ރުހުމުގައްޔާއި، ނުރުހުމުގައި، ހެނދުނާއި ހަވީރު، اللَّه އަށް (ކިޔަމަންވެ) سجدة ކުރެތެވެ
ﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
ކަލޭގެފާނު ވިދާޅުވާށެވެ! އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއަކީ ކާކުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ތަކެތީގެ އަމިއްލަ نفس ތަކަށް މަންފާއެއް، ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު ލިބިގެންނުވާ ތަކެތި، އެކަލާނގެ ފިޔަވައި އެހީތެރިންކަމުގައި ތިޔަބައިމީހުން ހިފަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ލޯކަނުމީހާއާއި، ލޮލަށް ފެންނަ މީހާއާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އަނދިރިކަމާއި، އަލިކަމާ ހަމަހަމަވާނޭ ހެއްޔެވެ؟ ނުވަތަ އެއުރެން اللَّه އަށް ބައިވެރިންތަކެއްލައި، އެ ބައިވެރިންތައް އެކަލާނގެ ހައްދަވާފައިވާކަހަލަ އެއްވެސް އެއްޗެއް ހަދައި، އެ (ދެފަރާތުގެ) مخلوق ން އެއުރެންނަށް އެއްގޮތްވެ، އޮޅިގެން އުޅެންޖެހުނުހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އީ، ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، އެއްކައުވަންތަ، ބާރުވެރިވަންތަ ރަސްކަލާނގެއެވެ
ﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾ
އެކަލާނގެ އުޑުން ފެން ބާވައިލެއްވިއެވެ. ދެން ވާދީތަކުގައި ފެންބޮޑުވެ، އެއަށް ކަނޑައެޅިގެންވާ މިންވަރުގެމަތިން އޮހޮރިގެންދިޔައެވެ. ފަހެ، އެފެނުގެ މައްޗަށް އަރާ ފޮނުތައް، އެއާއެކު އުފުލައިގެން ގެންދިޔައެވެ. އަދި ގަހަނާއެއް ނުވަތަ ހިފައިގެންގުޅޭ އެއްޗެއް ހެދުމަށް އެއުރެން އަލިފާނަށްލައި ވިރުވާ معدن ގެ މައްޗަށްވެސް އެފަދަ ދަގުއިއަރައެވެ. އެފަދައިން، اللَّه، حق އާއި باطل ގެ مثال ޖައްސަވަތެވެ. ފަހެ، މައްޗަށްއަރާ ފޮނު ދަންނާށެވެ! ބޭނުންނެތް ގޮތުގައި، އެ އުކައިލެވި، ގެއްލިދަނީއެވެ. އަދި މީސްތަކުންނަށް ފައިދާހުރި ކަންތައް ދަންނާށެވެ! ފަހެ، ބިމުގައި އެ، ހަރުލައި ހުންނާނެތެވެ. އެފަދައިން اللَّه مثال ޖައްސަވަތެވެ
ﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒﰓﰔﰕﰖﰗﰘﰙﰚﰛﰜﰝ
އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދިން މީހުންނަށް، ހުރީ، އެންމެ ހެޔޮ ދަރުމައެވެ. އަދި އެކަލާނގެއަށް އިޖާބަ ނުދިން މީހުންނަށް މުޅި ބިމުގައި ވާހައި ތަކެއްޗެއް އޭގެ ދެގުނަޔަށް ލިބުނުކަމުގައިވިޔަސް، އެ ހުރިހާ އެއްޗަކުން އެއުރެން فدية ދިނީހެވެ. އެއުރެންނަށްހުރީ، ނުބައިކަންހުރި حساب ބެއްލެވުމެކެވެ. އަދި އެއުރެން ތިބެނިވި ތަނަކީ، ނަރަކައެވެ. އަދި އެ ތަންމަތީގެހުރި ނުބައިކަމާއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢ
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވީ، حق ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ
ﭣﭤﭥﭦﭧﭨﭩﭪ
އެއުރެންނަކީ، اللَّه އަށް ވެފައިވާ وعد ފުއްދާ، އަދި ކަށަވަރުވެގެންވާ عهد އުވައިނުލާ މީހުންނެވެ
ﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸ
އަދި އެއުރެންނަކީ، ގުޅިފައިވުމަށް اللَّه أمر ކުރައްވާފައިވާ ކަންތައްތައް ގުޅުވާ، އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާ، އަދި حساب ބެއްލެވުމުގެ ނުބައި ނަތީޖާއަކަށް ބިރުގަންނަ މީހުންނެވެ
ﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌ
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ وجه ފުޅު އަދައިގެން ކެތްތެރިވެ، ނަމާދު قائم ކޮށް، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން، ސިއްރާއި ފާޅުގައި ހޭދަކޮށް، އަދި ހެޔޮކަންތަކުން ނުބައިކަންތައް ދުރުކުރާ މީހުންނެވެ. އެއުރެންނަށް آخرة ގައި އުފާވެރި ގޮވަތި ހުށްޓެވެ
ﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝ
(އެއީ) عَدْنُ އޭ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެންނާއި، އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބިންނާއި، އެއުރެންގެ ދަރިންކުރެ صالح ވި މީހުން ވަންނާނެތެވެ. އަދި އެތާނގެ ހުރިހާ ދޮރަކުން، ملائكة ން އެއުރެންގެ ގާތަށް ވެދެވަޑައިގަންނަވާނެތެވެ
ﮞﮟﮠﮡﮢﮣﮤﮥﮦ
(އެބޭކަލުން ވިދާޅުވާނެތެވެ.) ތިޔަބައިމީހުން ކެތްތެރިވިކަމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ފަހެ، آخرة ގެ އުފާވެރި ގޮވަތީގެ މޮޅުކަމާއެވެ
ﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟ
އަދި اللَّه އަށް عهد ކަށަވަރުކުރުމަށްފަހު، އެ عهد އުވާލައި، އަދި ގުޅިފައިވުމަށް اللَّه أمر ކުރައްވާފައިވާ ގުޅުންތައް ކަނޑާލައި، އަދި ބިމުގައި ފަސާދަކުރާ މީހުންނާމެދު (ދަންނާށެވެ!) އެއުރެންނަށް لعنة ހުށްޓެވެ. އަދި آخرة ދުވަހުން އެއުރެންނަށް ނުބައިވެގެންވާ ގޮވަތި ހުށްޓެވެ
ﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱ
اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق ތަނަވަސްކޮށްދެއްވައި، އަދި (އެކަލާނގެ އިރާދަކުރައްވާ މީހަކަށް رزق) ދަތިކުރައްވަތެވެ. އަދި ދުނިޔޭގެ ދިރިއުޅުމާމެދު އެއުރެން އުފާކުރޫއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ، آخرة ގެ ދިރިއުޅުމާ އަޅައިބަލާއިރު، ވަގުތީ އުފަލެއްކަމުގައި މެނުވީ ނުވެތެވެ
ﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆ
كافر ވި މީހުން ބުނެތެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ހެތްކެއް އެކަލޭގެފާނުގެ މައްޗަށް ބާވައިނުލެއްވީ، ކީއްވެގެން ބާވައެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ حضرة އަށް އެނބުރި އަންނަ މީހަކަށް ތެދުމަގު ދައްކަވަތެވެ
ﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒﰓ
އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟
ﭑﭒﭓﭔﭕﭖﭗﭘﭙ
އެއުރެންނީ، إيمان ވެ، صالح عمل ތައްކުޅަ މީހުންނެވެ. އެއުރެންނަށް އުފާވެރިކަމާއި، އަދި އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ
ﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷ
އެފަދައިން ތިމަންރަސްކަލާނގެ ކަލޭގެފާނު أمّة އެއްގެތެރެއަށް ފޮނުއްވީމެވެ. އެ أمّة ގެ ކުރީގައި، އެތައް أمّة ތަކެއް ނިމިގޮސްފައިވެއެވެ. (އެއީ) ތިމަންރަސްކަލާނގެ ކަލޭގެފާނަށް އިއްވެވި وحى އެއުރެންނަށް ކަލޭގެފާނު ކިޔައިދެއްވުމަށްޓަކައެވެ. (ނަމަވެސް) އެއުރެން رحمن ވަންތަ ރަސްކަލާނގެއަށް كافر ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެ ފިޔަވައި، އެހެން إله އަކު ނުވެއެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރި ދިއުންވަނީ އެކަލާނގެ حضرة އަށެވެ
ﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯ
قرآن އަކުން ފަރުބަދަތައް ލުހެލެވި، ފުނޑުފުނޑުކޮށްލެވޭނެނަމަ، ނުވަތަ ބިންގަނޑު ކުދިކުދި ކޮށްލެވޭނެނަމަ، ނުވަތަ މަރުވެފައިވާ މީހުންނާ ވާހަކަ ދެއްކޭނެނަމަ (އެ قرآن އަކީ މިއީއެވެ.) އަދި ކިއެއްތަ! ހުރިހާ أمر އެއް ކުރެއްވުންވަނީ، اللَّه އަށެވެ. ފަހެ، اللَّه އިރާދަކުރައްވާނަމަ، އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވައިފާނެކަން، إيمان ވިމީހުންނަށް ނޭނގޭހެއްޔެވެ؟ كافر ވިމީހުންނަށް އެއުރެންކުރި ކަންތައްތަކުން، آفات ތައްޖެހި، ނުވަތަ އެ آفات ތައް، އެއުރެންގެ ގޮވަތިގެދޮރާ ކައިރިއަށް އައުން ފިލައިނުދެއެވެ. اللَّه ގެ وعد ފުޅު އަތުވެއްޖައުމަށް ދާނދެނެވެ. ހަމަކަށަވަރުން، اللَّه، وعد އާ خلاف ވެވޮޑިއެއް ނުގަންނަވަތެވެ
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟ
އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް، رسول ންނަށް ފުރައްސާރަ ކުރިއެވެ. ފަހެ، كافر ވި މީހުންނަށް ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ عقوبات ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
ﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋ
ފަހެ، ކޮންމެ نفس އަކާއި، އެ نفس އެއް ހޯދައިގަތް عمل ތަކުގެ މައްޗަށް قائم ވެ ބައްލަވާވޮޑިގެންވާ ރަސްކަލާނގެ (އެނޫން ފަރާތަކާ އެއްފަދަވާނޭ ހެއްޔެވެ؟) އަދި އެއުރެން، اللَّه އަށް شريك ންތަކެއް ލޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އެ ތަކެއްޗަށް ނަންދީ ބަލާށެވެ! ނުވަތަ ބިމުގައި އެކަލާނގެ ދެނެވޮޑިގެންނުވާ ކަމެއްގެ خبر، ތިޔަބައިމީހުން އެކަލާނގެއަށް ދެނީހެއްޔެވެ؟ ނުވަތަ ބޭރުފުށުން ދައްކާ ވާހަކައަކީ ހެއްޔެވެ؟ އަދި ކީއްހެއްޔެވެ؟ كافر ވި މީހުންނަށް، އެއުރެންގެ މަކަރުވެރި ރޭވުންތައް ޒީނަތްތެރިކުރެއްވިއެވެ. އަދި އެއުރެން މަގުން އެއްކިބާކުރައްވާފައިވެއެވެ. اللَّه މަގުފުރައްދަވާ މީހަކަށް ތެދުމަގު ދައްކާނޭ އެކަކުވެސް ނުވެތެވެ
ﰌﰍﰎﰏﰐﰑﰒﰓﰔﰕﰖﰗﰘﰙﰚﰛﰜ
އެއުރެންނަށް ދުނިޔޭގެ حياة ގައިވެސް عذاب ހުށްޓެވެ. އަދި ހަމަކަށަވަރުން، آخرة ގެ عذاب މާގަދައެވެ. އަދި اللَّه ގެ عذاب ން ރައްކާތެރިކޮށްދޭނެ އެކަކުވެސް އެއުރެންނަކަށް ނުވެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩ
تقوى ވެރިންނަށް وعد ކުރައްވާފައިވާ ސުވަރުގޭގެ مثال (ކިޔައިދެއްވަމެވެ.) އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުރެތެވެ. އެތާނގެ މޭވާތައް އަބަދަށް ދެމިހުރެތެވެ. އަދި އެތާނގެ ހިޔާވެސް އެފަދައެވެ. އެއީ تقوى ވެރިވި މީހުންގެ ނިމުމެވެ. އަދި كافر ވި މީހުންގެ ނިމުމަކީ ނަރަކައެވެ
ﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆ
ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުން، ކަލޭގެފާނަށް ބާވައިލެއްވި ތަކެއްޗާމެދު އުފާކުރެތެވެ. އަދި އޭގެ ބައެއް ތަކެއްޗާމެދު إنكار ކުރާ ބަޔަކު أحزاب ގެ ތެރެއިން (އެބަހީ: مشرك ންނާއި، ފޮތުގެ أهل ވެރިންކުރެ إيمان ނުވާ މީހުންގެ ތެރެއިން) ވެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް أمر ކުރައްވާފައިވާކަން ކަށަވަރީ، اللَّه އަށް އަޅުކަން ކުޅައުމަށެވެ. އަދި އެކަލާނގެއަށް شريك ނުކުރުމަށެވެ. ތިމަންކަލޭގެފާނު ގޮވައިލައްވަނީ، އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި ތިމަންކަލޭގެފާނު އެނބުރިދިއުންވަނީ އެކަލާނގެ حضرة އަށެވެ
ﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛ
އެފަދައިން عرب ބަހުންވާ حكم އެއްގެ ގޮތުގައި، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ކަލޭގެފާނާ ހަމައަށް އައި علم އަށްފަހު، އެއުރެންގެ އަމިއްލަ އެދުމަށް ކަލޭގެފާނު تبع ވެވަޑައިގެންފިނަމަަ، اللَّه އާ ދެކޮޅަށް نصر ދޭނެ މީހަކުވެސް، އަދި عذاب ން ރައްކާތެރިކުރާނޭ މީހަކުވެސް ކަލޭގެފާނަކަށް ނުވެތެވެ
ﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسول ން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. އަދި اللَّه ގެ إذن ފުޅާ ލައިގެންމެނުވީ، އެއްވެސް معجزة އެއް ގެންނެވުމަކީ، އެއްވެސް رسول އަކަށް އޮތްކަމެއް ނޫނެވެ. ކޮންމެ މުއްދަތަކަށްމެ ކަނޑައެޅި، ލިޔެވިގެންވާ ފޮތެއްވެއެވެ
ﯕﯖﯗﯘﯙﯚﯛﯜﯝﯞ
اللَّه، އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމެއް ފުހެލައްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ކޮންމެކަމެއް ސާބިތުކުރައްވަތެވެ. އަދި އެކަލާނގެ حضرة ގައި، މައިފޮތް (އެބަހީ: اللوح المحفوظ) ވެއެވެ
ﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬ
ތިމަންރަސްކަލާނގެ އެއުރެންނަށް وعد ކުރައްވާ ބައެއް ކަންތައް ކަލޭގެފާނަށް ދައްކަވާނަމަ، ނުވަތަ (އޭގެކުރިން) ކަލޭގެފާނުގެ ފުރާނަ ހިއްޕަވާނަމަ، ފަހެ، ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حساب ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ
ﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿ
އަދި ތިމަންރަސްކަލާނގެ، ބިމާމެދު އިރާދަކުރައްވައި، އެ ބިމުގެ ކަންކޮޅުތަކުން އުނިކުރައްވާކަން، އެއުރެންނަށް ނޭނގޭހެއްޔެވެ؟ اللًّه، حكم ކުރައްވަތެވެ. އެކަލާނގެ حكم އަށް ބަދަލެއްގެންނާނޭ އެއްވެސް ފަރާތެއް ނުވެތެވެ. އަދި އެކަލާނގެއީ، حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ
ﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒﰓﰔ
ހަމަކަށަވަރުން، އެއުރެންގެ ކުރީގައި އުޅުނު މީހުންވެސް، މަކަރުވެރި ރޭވުންތައް ރާވައި އުޅުނޫއެވެ. ފަހެ، ހުރިހާ ރޭވުމެއްވަނީ، اللَّه އަށެވެ. ކޮންމެ نفس އެއް ހޯދައިގަންނަކަމެއް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި آخرة ގެ نعمة ގެ ގޮވަތި ވަނީ، ކޮންބަޔަކަށްކަން، كافر ތަކުންނަށް އެނގޭހުށްޓެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡ
كافر ވި މީހުން ބުނެތެވެ. ކަލޭގެފާނީ، ފޮނުއްވާފައިވާ ބޭކަލެއްނޫނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދުގައި ހެތްކެއްކަމަށް اللَّه ފުދެތެވެ. އަދި ފޮތުގެعلم ލިބިގެންވާ މީހުންވެސްމެއެވެ

ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers