ސޫރަތު އަލް-ޤިޔާމާ ޢަރަބި އަދި ދިވެހި
ސޫރަތު އަލް-ޤިޔާމާ ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (40 އާޔަތް — مكية). އަލް-ޤިޔާމާ އަޑު އަހާ, އަލް-ޤިޔާމާ ތަރުޖަމާ, އަލް-ޤިޔާމާ mp3, އަލް-ޤިޔާމާ pdf.ސޫރަތު އަލް-ޤިޔާމާ ކިޔާ އަޑު އަހާ
🎧 އާޔަތް
M
Mishary Rashid Alafasy
✓
Mishary Rashid Alafasy
✓
M
Mahmoud Khalil Al-Husary
✓
Mahmoud Khalil Al-Husary
✓
A
Abdurrahman As-Sudais
✓
Abdurrahman As-Sudais
✓
M
Mohamed Siddiq Al-Minshawi
✓
Mohamed Siddiq Al-Minshawi
✓
A
Abdul Basit Abdul Samad
✓
Abdul Basit Abdul Samad
✓
A
Ali Al-Hudhaify
✓
Ali Al-Hudhaify
✓
A
Ahmed ibn Ali al-Ajamy
✓
Ahmed ibn Ali al-Ajamy
✓
A
Abu Bakr Ash-Shaatree
✓
Abu Bakr Ash-Shaatree
✓
M
Muhammad Ayyoub
✓
Muhammad Ayyoub
✓
A
Abdullah Basfar
✓
Abdullah Basfar
✓
A
Abdullah Al-Juhani
✓
Abdullah Al-Juhani
✓
M
Maher Al Muaiqly
✓
Maher Al Muaiqly
✓
—
x1
لَا أُقْسِمُ بِيَوْمِ الْقِيَامَةِ ١
📖 ތަރުޖަމާ
އާޔަތް 1
قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ
وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ ٢
📖 ތަރުޖަމާ
އާޔަތް 2
އަދި النفس اللّوّامة ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (ނޯޓު: النفس اللّوّامة އަކީ، ނުބައިކަންތައް ކުރާކަމުގެ މައްޗަށާއި، ހެޔޮކަންތައް ނުކުރާކަމުގެ މައްޗަށް، އަމިއްލަ نفس އަށް މަލާމާތް ރައްދުކޮށްކޮށް ހުންނަ نفس އެކެވެ)
أَيَحْسَبُ الْإِنسَانُ أَلَّن نَّجْمَعَ عِظَامَهُ ٣
📖 ތަރުޖަމާ
އާޔަތް 3
އިންސާނާ ހީކުރަނީ، ތިމަންރަސްކަލާނގެ އޭނާގެ ކަށިތައް އެއްނުކުރައްވާނެ ކަމަށްހެއްޔެވެ؟
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ ٤
📖 ތަރުޖަމާ
އާޔަތް 4
އެހެންނަކުން ނޫނެވެ. އެ އިންސާނާގެ އިނގިލިތަކުގެ ކުރިތައް ހަމަކުރެއްވުމަށްވެސް، ތިމަންރަސްކަލާނގެ ކުޅަދުންވަންތައެވެ
بَلْ يُرِيدُ الْإِنسَانُ لِيَفْجُرَ أَمَامَهُ ٥
📖 ތަރުޖަމާ
އާޔަތް 5
އަދި ކިއެއްތަ! އިންސާނާ އެދެނީ، އޭނާގެ ކުރިޔަށް އޮތްތާނގައިވެސް ފާފަތައް ކޮށްއުޅުމަށެވެ
يَسْأَلُ أَيَّانَ يَوْمُ الْقِيَامَةِ ٦
📖 ތަރުޖަމާ
އާޔަތް 6
އޭނާ سؤال ކުރާނެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
يَقُولُ الْإِنسَانُ يَوْمَئِذٍ أَيْنَ الْمَفَرُّ ١٠
📖 ތަރުޖަމާ
އާޔަތް 10
އެދުވަހުން އިންސާނާ ބުނާނެތެވެ. ފިލަންދާނީ ކޮންތާކަށް ހެއްޔެވެ؟
كَلَّا لَا وَزَرَ ١١
📖 ތަރުޖަމާ
އާޔަތް 11
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ރައްކާވެ ތިބެންދާނެ ތަނެއްނެތެވެ
إِلَىٰ رَبِّكَ يَوْمَئِذٍ الْمُسْتَقَرُّ ١٢
📖 ތަރުޖަމާ
އާޔަތް 12
އެދުވަހުންގޮސް ހަމަޖެހުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ
يُنَبَّأُ الْإِنسَانُ يَوْمَئِذٍ بِمَا قَدَّمَ وَأَخَّرَ ١٣
📖 ތަރުޖަމާ
އާޔަތް 13
އިންސާނާ އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއްގެ ވާހަކައިން އެ އިންސާނާއަށް އެދުވަހުން خبر ދެއްވާނެތެވެ
بَلِ الْإِنسَانُ عَلَىٰ نَفْسِهِ بَصِيرَةٌ ١٤
📖 ތަރުޖަމާ
އާޔަތް 14
އަދި ކިއެއްތަ! އެ އިންސާނާވަނީ އޭނާގެ އަމިއްލަ نفس ގެ މައްޗަށްވާ ހެތްކެއް ކަމުގައެވެ
وَلَوْ أَلْقَىٰ مَعَاذِيرَهُ ١٥
📖 ތަރުޖަމާ
އާޔަތް 15
އެ އިންސާނާ، އޭނާގެ عذر ތައް ކުރިމަތިކުޅަނަމަވެސް މެއެވެ
لَا تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ ١٦
📖 ތަރުޖަމާ
އާޔަތް 16
އެ قرآن ލިބިވަޑައިގަތުން އަވަސްކުރެއްވުމަށް ކަލޭގެފާނުގެ ދޫފުޅު، އެ قرآن އާއިގެން حركات ތެރި ނުކުރައްވާށެވެ
إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ ١٧
📖 ތަރުޖަމާ
އާޔަތް 17
ހަމަކަށަވަރުން، އެ قرآن (ކަލޭގެފާނުގެ ހިތްޕުޅަށް) جمع ކުރެއްވުމާއި، އަދި އެ قرآن ކިޔަވައިވިދާޅުވުމުގެ ކުޅަދާނަކަން ދެއްވުމަކީ، ތިމަންރަސްކަލާނގެއަށް އޮތްކަމެކެވެ
فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ ١٨
📖 ތަރުޖަމާ
އާޔަތް 18
ފަހެ، ތިމަންރަސްކަލާނގެ (جبريل ގެފާނު މެދުވެރިކުރައްވައި) އެ قرآن ކިޔަވައިދެއްވާހިނދު، ފަހެ، ކަލޭގެފާނު އެ ކިޔަވައިދެއްވުމާ تبع ވެވަޑައިގަންނަވާށެވެ
ثُمَّ إِنَّ عَلَيْنَا بَيَانَهُ ١٩
📖 ތަރުޖަމާ
އާޔަތް 19
ދެން ހަމަކަށަވަރުން، އެ قرآن ބަޔާންކޮށްދެއްވުން ވަނީވެސް ތިމަންރަސްކަލާނގެއަށެވެ
كَلَّا بَلْ تُحِبُّونَ الْعَاجِلَةَ ٢٠
📖 ތަރުޖަމާ
އާޔަތް 20
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ
وُجُوهٌ يَوْمَئِذٍ نَّاضِرَةٌ ٢٢
📖 ތަރުޖަމާ
އާޔަތް 22
އެދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ
إِلَىٰ رَبِّهَا نَاظِرَةٌ ٢٣
📖 ތަރުޖަމާ
އާޔަތް 23
އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ
وَوُجُوهٌ يَوْمَئِذٍ بَاسِرَةٌ ٢٤
📖 ތަރުޖަމާ
އާޔަތް 24
އަދި އެދުވަހުން މޫނުތަކެއް ހުތުރުވެ، މޮޅިވެގެންވެއެވެ
تَظُنُّ أَن يُفْعَلَ بِهَا فَاقِرَةٌ ٢٥
📖 ތަރުޖަމާ
އާޔަތް 25
މައިކަށީގެ ބަދަތައް ބިނދޭވަރުގެކަމެއް ކުރެވޭނެކަމަށް (އެ މޫނުތަކުގެ ވެރިން) ހީކުރެތެވެ
كَلَّا إِذَا بَلَغَتِ التَّرَاقِيَ ٢٦
📖 ތަރުޖަމާ
އާޔަތް 26
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ވައިނޮޅިކަށިގަނޑާ ހަމަޔަށް ފުރާނަ ފޯރައްޖެހިނދެވެ
وَقِيلَ مَنْ ۜ رَاقٍ ٢٧
📖 ތަރުޖަމާ
އާޔަތް 27
އަދި އަންގަވާހިނދެވެ. ފަންޑިތައެއް ހަދައި، ފަރުވާއެއް ކުރާނީ ކާކުހެއްޔެވެ؟
وَالْتَفَّتِ السَّاقُ بِالسَّاقِ ٢٩
📖 ތަރުޖަމާ
އާޔަތް 29
އަދި (މަރުގެ ސަކަރާތުގައި) އެއްފައި އަނެއްފަޔާ އޮޅައިލެވޭހިނދެވެ
إِلَىٰ رَبِّكَ يَوْمَئِذٍ الْمَسَاقُ ٣٠
📖 ތަރުޖަމާ
އާޔަތް 30
އެދުވަހުން އެމީހަކު ގެންދެވުންވަނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށެވެ
فَلَا صَدَّقَ وَلَا صَلَّىٰ ٣١
📖 ތަރުޖަމާ
އާޔަތް 31
ފަހެ، އޭނާ (اللَّه ގެ ފޮތް) ތެދެއްވެސް ނުކުރެތެވެ. އަދި ނަމާދެއްވެސް ނުކުރެތެވެ
وَلَٰكِن كَذَّبَ وَتَوَلَّىٰ ٣٢
📖 ތަރުޖަމާ
އާޔަތް 32
އެހެނެއްކަމަކު އޭނާ ދޮގުކުރިއެވެ. އަދި އޭނާ ފުރަގަސްދީ އެނބުރިދިޔައެވެ
ثُمَّ ذَهَبَ إِلَىٰ أَهْلِهِ يَتَمَطَّىٰ ٣٣
📖 ތަރުޖަމާ
އާޔަތް 33
ދެން އޭނާގެ أهل ވެރިންގެ ގާތަށް ބޮޑާކަންމަތީ ހިނގަމުންދިޔައެވެ
أَوْلَىٰ لَكَ فَأَوْلَىٰ ٣٤
📖 ތަރުޖަމާ
އާޔަތް 34
ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ
ثُمَّ أَوْلَىٰ لَكَ فَأَوْلَىٰ ٣٥
📖 ތަރުޖަމާ
އާޔަތް 35
ދެންވެސް ކަލެޔަށް ހަލާކު ހުށްޓެވެ. ފަހެ، (ކަލެޔަށް) ހަލާކު ހުށްޓެވެ
أَيَحْسَبُ الْإِنسَانُ أَن يُتْرَكَ سُدًى ٣٦
📖 ތަރުޖަމާ
އާޔަތް 36
ބޭކާރުގޮތުގައި އޭނާ ދޫކޮށްލައްވާނެކަމަށް އިންސާނާ ހީކުރަނީ ހެއްޔެވެ؟
أَلَمْ يَكُ نُطْفَةً مِّن مَّنِيٍّ يُمْنَىٰ ٣٧
📖 ތަރުޖަމާ
އާޔަތް 37
އޮހޮރައިލެވޭ މަނީގެ ތިއްކެއް ކަމުގައި އޭނާ ނުވޭހެއްޔެވެ؟
ثُمَّ كَانَ عَلَقَةً فَخَلَقَ فَسَوَّىٰ ٣٨
📖 ތަރުޖަމާ
އާޔަތް 38
ދެން ގަނޑުލޭކޮޅެއް ކަމުގައި އޭނާ ވިއެވެ. ފަހެ، އެކަލާނގެ އެ އިންސާނާ ހައްދަވައި، ފުރިހަމަކުރެއްވިއެވެ
فَجَعَلَ مِنْهُ الزَّوْجَيْنِ الذَّكَرَ وَالْأُنثَىٰ ٣٩
📖 ތަރުޖަމާ
އާޔަތް 39
ފަހެ، އޭނާގެ ކިބައިން، ފިރިހެން އަންހެން ދެބާވަތް އުފެއްދެވިއެވެ
أَلَيْسَ ذَٰلِكَ بِقَادِرٍ عَلَىٰ أَن يُحْيِيَ الْمَوْتَىٰ ٤٠
📖 ތަރުޖަމާ
އާޔަތް 40
އެކަން އެގޮތަށް ކުރެއްވި ރަސްކަލާނގެ، މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންވަންތަވެވޮޑިގެން ނުވޭހެއްޔެވެ؟
ކިޔާ ސޫރަތު އަލް-ޤިޔާމާ ދިވެހި ތަރުޖަމާ – އަޑު އަހާ
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers

