📖 0/604 ކިޔެވި ސަފުހާތައް
📄 535
يَطُوفُ عَلَيۡهِمۡ وِلۡدَٰنٌ مُّخَلَّدُونَ ١٧ بِأَكۡوَابٍ وَأَبَارِيقَ وَكَأۡسٍ مِّن مَّعِينٍ ١٨ لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ ١٩ وَفَٰكِهَةٍ مِّمَّا يَتَخَيَّرُونَ ٢٠ وَلَحۡمِ طَيۡرٍ مِّمَّا يَشۡتَهُونَ ٢١ وَحُورٌ عِينٌ ٢٢ كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ ٢٣ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ ٢٤ لَا يَسۡمَعُونَ فِيهَا لَغۡوًا وَلَا تَأۡثِيمًا ٢٥ إِلَّا قِيلًا سَلَٰمًا سَلَٰمًا ٢٦ وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ ٢٧ فِي سِدۡرٍ مَّخۡضُودٍ ٢٨ وَطَلۡحٍ مَّنضُودٍ ٢٩ وَظِلٍّ مَّمۡدُودٍ ٣٠ وَمَآءٍ مَّسۡكُوبٍ ٣١ وَفَٰكِهَةٍ كَثِيرَةٍ ٣٢ لَّا مَقۡطُوعَةٍ وَلَا مَمۡنُوعَةٍ ٣٣ وَفُرُشٍ مَّرۡفُوعَةٍ ٣٤ إِنَّآ أَنشَأۡنَٰهُنَّ إِنشَآءً ٣٥ فَجَعَلۡنَٰهُنَّ أَبۡكَارًا ٣٦ عُرُبًا أَتۡرَابًا ٣٧ لِّأَصۡحَٰبِ ٱلۡيَمِينِ ٣٨ ثُلَّةٌ مِّنَ ٱلۡأَوَّلِينَ ٣٩ وَثُلَّةٌ مِّنَ ٱلۡأٓخِرِينَ ٤٠ وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ ٤١ فِي سَمُومٍ وَحَمِيمٍ ٤٢ وَظِلٍّ مِّن يَحۡمُومٍ ٤٣ لَّا بَارِدٍ وَلَا كَرِيمٍ ٤٤ إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ ٤٥ وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ ٤٦ وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ ٤٧ أَوَءَابَآؤُنَا ٱلۡأَوَّلُونَ ٤٨ قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ ٤٩ لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٍ مَّعۡلُومٍ ٥٠
56:17
يَطُوفُ عَلَيۡهِمۡ وِلۡدَٰنٌ مُّخَلَّدُونَ ١٧
ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ
56:18
بِأَكۡوَابٍ وَأَبَارِيقَ وَكَأۡسٍ مِّن مَّعِينٍ ١٨
ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ
56:19
لَّا يُصَدَّعُونَ عَنۡهَا وَلَا يُنزِفُونَ ١٩
އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ
56:20
وَفَٰكِهَةٍ مِّمَّا يَتَخَيَّرُونَ ٢٠
އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ
56:21
وَلَحۡمِ طَيۡرٍ مِّمَّا يَشۡتَهُونَ ٢١
އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ
56:23
كَأَمۡثَٰلِ ٱللُّؤۡلُوِٕ ٱلۡمَكۡنُونِ ٢٣
(އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ
56:24
جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ ٢٤
(އެއީ) އެއުރެން ކޮށްއުޅުނު عمل ތަކަށް ޖަޒާއެއް ކަމުގައެވެ
56:25
لَا يَسۡمَعُونَ فِيهَا لَغۡوًا وَلَا تَأۡثِيمًا ٢٥
ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ
56:26
إِلَّا قِيلًا سَلَٰمًا سَلَٰمًا ٢٦
އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) سلام ހުށްޓޭ، سلام ހުށްޓޭ، ބުނެވޭ އަޑެވެ
56:27
وَأَصۡحَٰبُ ٱلۡيَمِينِ مَآ أَصۡحَٰبُ ٱلۡيَمِينِ ٢٧
ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
56:35
إِنَّآ أَنشَأۡنَٰهُنَّ إِنشَآءً ٣٥
ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ
56:36
فَجَعَلۡنَٰهُنَّ أَبۡكَارًا ٣٦
ފަހެ، بِكر ވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ
56:39
ثُلَّةٌ مِّنَ ٱلۡأَوَّلِينَ ٣٩
އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ
56:40
وَثُلَّةٌ مِّنَ ٱلۡأٓخِرِينَ ٤٠
އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ
56:41
وَأَصۡحَٰبُ ٱلشِّمَالِ مَآ أَصۡحَٰبُ ٱلشِّمَالِ ٤١
ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
56:42
فِي سَمُومٍ وَحَمِيمٍ ٤٢
(އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ
56:45
إِنَّهُمۡ كَانُواْ قَبۡلَ ذَٰلِكَ مُتۡرَفِينَ ٤٥
ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ
56:46
وَكَانُواْ يُصِرُّونَ عَلَى ٱلۡحِنثِ ٱلۡعَظِيمِ ٤٦
އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ
56:47
وَكَانُواْ يَقُولُونَ أَئِذَا مِتۡنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبۡعُوثُونَ ٤٧
އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟
56:49
قُلۡ إِنَّ ٱلۡأَوَّلِينَ وَٱلۡأٓخِرِينَ ٤٩
އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
56:50
لَمَجۡمُوعُونَ إِلَىٰ مِيقَٰتِ يَوۡمٍ مَّعۡلُومٍ ٥٠
ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ
العربيةEnglishBahasa IndonesiaTürkçeРусскийفارسیFrançaisاردوবাংলাDeutschEspañol中文हिन्दीPortuguêsItalianoภาษาไทยPolskiNederlandsShqipKiswahiliO'zbekதமிழ்MelayuBosanskiSoomaaliAzərbaycanکوردی한국어日本語SvenskaDanskNorskپښتوമലയാളംසිංහලTamazightHausaአማርኛБългарскиТоҷикӣҚазақшаFilipinoسنڌيYorùbáFulfuldeТатарчаئۇيغۇرچەКыргызчаਪੰਜਾਬੀJawaతెలుగుမြန်မာગુજરાતીOromoमराठीTiếng ViệtMalagasyНохчийнWolofދިވެހިಕನ್ನಡУкраїнськаΕλληνικάქართულიខ្មែរدریQafar afMaranaoनेपाली
ކީރިތި ޤުރުއާން
Monday, August 31, 2026
Don't forget us in your sincere prayers







