PDF —
123 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު ހޫދު pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު ހޫދު pdf ދިވެހި — ޑައުންލޯޑް ސޫރަތު ހޫދު ތަރުޖަމާ. ހޫދު (Meccan) 123 އާޔަތް.

Related



123 އާޔަތް · Meccan · ދިވެހި
bismillah
ﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟ
ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތުގެ آية ތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ نظام އަކުން تنظيم ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ تفصيل ކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ حضرة ންނެވެ
ﮠﮡﮢﮣﮤﮥﮦﮧﮨﮩﮪ
(އެއީ) ތިޔަބައިމީހުން اللَّه އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބިރުވެރިކަމުގެ خبر ދެއްވާ، އަދި އުފާވެރިކަމުގެ خبر ދެއްވާ رسول އަކީމެވެ
ﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦ
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން توبة ވާށެވެ! އޭރުން ކަނޑައެޅިގެންވާ أجل ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި عمل އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި عمل އެއްގެ ޖަޒާ (قيامة ދުވަހުން) އެކަލާނގެ ދެއްވާނެތެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އާމެދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ
ﯧﯨﯩﯪﯫﯬﯭﯮﯯﯰ
ތިޔަބައިމީހުން އެނބުރި ދިއުންވަނީ، اللَّه ގެ حضرة އަށެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
ﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆ
ދަންނާށެވެ! ހަމަކަށަވަރުން، އެއުރެން، އެއުރެންގެ މޭތައް އަނެއްފަރާތަށް އަނބުރާލަތެވެ. (އެއީ) އެކަލާނގެއަށް ވަންހަނާވެގަތުމަށެވެ. ދަންނާށެވެ! އެއުރެންގެ ފޭރާމުން އެއުރެން ފޮރުވިގެން ތިބޭއިރުވެސް، އެއުރެން ސިއްރުކުރާ ކަންތަކާއި، ފާޅުކުރާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣ
ބިމުގައި ހިނގާބިނގާ އުޅޭ ދިރޭ އެއްޗެހީގެ ތެރެއިން، އެ އެއްޗަކަށް اللَّه رزق ނުދެއްވާ އެއްވެސް އެއްޗެއް ނުވެތެވެ. އެ ތަކެތި ބިމުގައިއުޅޭ ތަނާއި، މަރުވެގެން ވަޅުލާތަނެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. މި ހުރިހާ ކަމެއްވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔުއްވާފައެވެ
ﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄ
އަދި އެކަލާނގެއީ، ހަ ދުވަހުގެ ތެރޭގައި އުޑުތަކާއި ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ عرش (އޭރު) ވަނީ ފެން މަތީގައެވެ. (އެއީ) ތިޔަބައިމީހުންގެ ތެރެއިން، އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށެވެ. އަދި މަރުވުމަށްފަހު، ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި، محشر އަށް ފޮނުއްވާނެޔޭ ކަލޭގެފާނު ވިދާޅުވެއްޖެނަމަ، ހަމަކަށަވަރުން، كافر ވި މީހުން ބުނާނެތެވެ. މިއީ، ބަޔާންވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ
ﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜ
އަދި عدد ކުރައްވާފައިވާ ވަގުތުކޮޅަކަށް، ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން عذاب ފަސްކުރައްވައިފިނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އެ عذاب އަޔަނުދީ ބަންދުކުރަނީ، ކޮންއެއްޗެއްހެއްޔެވެ؟ ދަންނާށެވެ! އެއުރެންނަށް عذاب އަންނަ ދުވަހު އެއުރެންގެ ކިބައިން އެ عذاب ދުރުނުކުރައްވާ ހުށްޓެވެ. އަދި އެއުރެން އެއަށް ފުރައްސާރަކޮށް އުޅުނު عذاب، އެއުރެން ވަށައިލާ ހުށްޓެވެ
ﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨ
އަދި ތިމަންރަސްކަލާނގެ އިންސާނާާއަށް رحمة އެއް ލައްވައި، ދެން އޭނާގެ ކިބައިން ތިމަންރަސްކަލާނގެ އެ رحمة ނިގުޅައިގަންނަވައިފިނަމަ، ހަމަކަށަވަރުން، އޭނާ ވަނީ، ތިމަންރަސްކަލާނގެ رحمة ން އުންމީދުކަނޑައި، نعمة އަށް ދެކޮޅުހަދާ كافر އަކަށެވެ
ﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘ
އަދި، އެ އިންސާނާއަށް ޖެހުނު مصيبة އަކަށްފަހު، ތިމަންރަސްކަލާނގެ އޭނާއަށް نعمة ދެއްވައިފިނަމަ، އޭނާ ބުނާނެކަން ކަށަވަރެވެ. ތިމަންގެ ކިބައިން ހުރިހާ مصيبة އެއް ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، އޭނާ ވަނީ (އެ ލިބުނު ކަންތަކަށް) އުފާވެ فخر ވެރިވެފައެވެ
ﯙﯚﯛﯜﯝﯞﯟﯠﯡﯢﯣ
ކެތްތެރިވެ، صالح عمل ތައްކުރި މީހުން މެނުވީއެވެ. އެއުރެންނަށް، ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަހުށްޓެވެ
ﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁ
ފަހެ، އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ ކީއްވެހޭ، ނުވަތަ އެކަލޭގެފާނުގެ އަރިހުގައި ملائكة އަކު ވަޑައިނުގަތީކީއްވެހޭ، އެއުރެން ބުނެފާނެކަމަށްޓަކައި، ކަލޭގެފާނަށް وحى ކުރައްވާ ތަކެތިން ބައެއް، ކަލޭގެފާނު ދޫކޮށްލައްވައިފާނެ ހެއްޔެވެ؟ (އެބަހީ: ދޫކޮށެއްނުލައްވާނެތެވެ.) އަދި އެ ތަކެތި ކިޔަވައި ވިދާޅުވުމުން، ކަލޭގެފާނުގެ ހިތްޕުޅު ދަތިވެސްވެދާނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ. އަދި اللَّه އީ، ހުރިހާ ތަކެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ ރަސްކަލާނގެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤ
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް ހެއްދެވި آية ތަކެއް ކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އަމިއްލައަށް ހަދާފައިވާ އެކަހަލަ ދިހަ سورة ތިޔަބައިމީހުން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައިވަނީނަމަ، اللًّه ފިޔަވައި ތިޔަބައިމީހުންނަށް ކުޅަދާނަވީހާ ބަޔަކަށް ނިކަން ގޮވައިގެނެސްބަލާށެވެ
ﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶ
ފަހެ، އެއުރެން ތިޔަބައިމީހުންނަށް އިޖާބަ ނުދީފިނަމަ، ފަހެ، ތިޔަބައިމީހުން ދަންނާށެވެ! އެ آية ތައް ބާވައިލައްވާފައިވަނީ، اللَّه ގެ ދެނެވޮޑިގަތުމާ އެކުގައެވެ. އަދި އެކަލާނގެ މެނުވީ، حق ވެގެން އަޅުކަމެއްވެވޭ إله އަކު ނުވެތެވެ. ފަހެ، ތިޔަބައިމީހުން مسلم ން ކަމުގައި ވާނޫހެއްޔެވެ؟
ﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅ
ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ عمل ތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ
ﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗ
އެއުރެންނީ آخرة ގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެންވެތެވެ
ﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤ
ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ ހެތްކެއްގެ މަތީގައި ހުރި މީހާވެސް ހެއްޔެވެ؟ (އެބަހީ: އެފަދަ މީހާއާއި، އިސްވެދިޔަ آية ގައި بيان ވެގެންވާ މީހުންނާ އެއްގޮތެއްނޫނެވެ.) އަދި އެކަލާނގެ حضرة ން ފޮނުއްވި ހެތްކެއް، އެއާވިދިގެން އާދެތެވެ. އަދި އޭގެކުރިން إمام އެއްގެ ގޮތުގައްޔާއި، رحمة އެއްގެ ގޮތުގައި موسى ގެފާނުގެ ފޮތް އޮތެވެ. އެއުރެން (އެބަހީ: ހެތްކެއްގެ މަތީގައިވާ މީހުން) އެއަށް إيمان ވެތެވެ. އަދި جماعة ތަކުގެ ތެރެއިން އެ ފޮތަށް كافر ވާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް وعد ކުރައްވާފައިވާ ތަނަކީ، ނަރަކައެވެ. ފަހެ، ކަލޭގެފާނު އެކަމާމެދު شك އެއްގައި ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ގޮތެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެއަކަށް) إيمان އެއް ނުވެތެވެ
ﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾ
اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ
ﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊ
އެއުރެންނީ اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރާ މީހުންނެވެ. އަދި އެ މަގު ގުދުމަގަކަށްވުމަށް އެދޭ މީހުންނެވެ. އަދި އެއުރެންނީ آخرة ދުވަހަށް كافر ވެގެން ތިބޭ މީހުންނެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫ
އެއުރެންނީ ބިމުގައި (اللَّه) ނުކުޅައްދައިލެވޭނޭ ބަޔަކު ކަމުގައި ނުވެތެވެ. އަދި اللَّه ފިޔަވައި އެއުރެންނަށް އެހީތެރިވާނޭ ބަޔަކު ނުވެތެވެ. އެއުރެންނަށް عذاب ގިނަގުނަކުރައްވާ ހުށްޓެވެ. (حق ބަސްފުޅު) އެހުމަށް ކުޅަދާނަވެގެންވާ ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އަދި (حق މަގު) ފެންނަ ބަޔަކުކަމުގައިވެސް، އެއުރެން ނުމެވޭމެއެވެ
ﭬﭭﭮﭯﭰﭱﭲﭳﭴﭵ
އެއުރެންނީ، އެއުރެންގެ އަމިއްލަ نفس ތައް ގެއްލެނިކުޅަ މީހުންނެވެ. އަދި އެއުރެން ހަދައި އުޅުނު ދޮގުތައް، އެއުރެންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ
ﭶﭷﭸﭹﭺﭻﭼﭽ
شك އެއްނެތެވެ. آخرة ގައި އެންމެ ބޮޑަށް ގެއްލެނިވެގެންވާ ބަޔަކީ، ހަމަ އެއުރެންނެވެ
ﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍ
ހަމަކަށަވަރުން، إيمان ވެ، صالح عمل ތައްކޮށް، އަދި އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް މަޑުމޮޅިވީ މީހުންނީ، ސުވަރުގޭގެ أهل ވެރިންނެވެ. އެއުރެން އެތާނގައި ދެމިތިބޭނެތެވެ
ﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜ
އެ ދެބައިމީހުންގެ مثال، ކަނުމީހާއާއި، ބީރުމީހާއާއި، ލޮލަށް ފެންނަމީހާއާއި، އިވޭމީހާ ފަދައެވެ. އެ ދެބައިމީހުން مثال ގެ ގޮތުން ހަމަހަމަވެގެން ވޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
ﮝﮞﮟﮠﮡﮢﮣﮤﮥﮦ
ހަމަކަށަވަރުން، نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. (ވިދާޅުވެ އެންގެވުމަށެވެ.) ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، بيان ވެގެންހުރި إنذار ކުރާ މީހަކީމެވެ
ﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔ
اللَّه އަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުރާހުށިކަމެވެ! ހަމަކަށަވަރުން ވޭންދެނިވި ދުވަހެއްގެ عذاب އަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ
ﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲ
ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންކުރެ، كافر ވި ބޮޑުން ބުނެފޫއެވެ. ތިމަންމެންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ ތިމަންމެން، ކަލޭގެފާނު ނުދެކެމުއެވެ. އަދި ކަލޭގެފާނަށް تبع ވި މީހުންނަކީ، ތިމަންމެންގެ ތެރެއިން އެންމެ ދެރަ ނިކަމެތިން ކަމުގައި މެނުވީ ތިމަންމެން ނުދެކެމުއެވެ. (އެއުރެން تبع ވީ) މަތިމަތިން ފެންނަ ފެނުމަށެވެ. އަދި ތިމަންމެންގެ މައްޗަށް އެއްވެސް މޮޅުކަމެއް ތިޔަބައިމީހުންނަށް ލިބިގެންވާ ކަމަކަށް ތިމަންމެން ނުދެކެމުއެވެ. އަދި ކިއެއްތަ! ތިމަންމެން ހީކުރަނީ، ތިޔަބައިމީހުންނަކީ ދޮގުހަދާ ބަޔަކުކަމުގައެވެ
ﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆ
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން އަހުރެންނަށް رحمة އެއް ދެއްވައިފިނަމަ، ދެން އެކަންތައް ތިޔަބައިމީހުންނަށް ވަންހަނާކުރެއްވިހިނދު، ތިޔަބައިމީހުން އެކަމަށް ނުރުހުންވެ ތިއްބައި، އަހުރެމެންނަށް ތިޔަބައިމީހުންގެ މައްޗަށް އެކަން لازم ކުރެވިދާނެ ހެއްޔެވެ؟
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! އެކަމުގެ މައްޗަށް އެއްވެސް މުދަލެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. ތިމަންކަލޭގެފާނުގެ އުޖޫރަ، اللَّه ގެ حضرة ން ނޫނީ ނުވެއެވެ. އަދި إيمان ވެއްޖެ މީސްތަކުން ފަހައި ބޭރުކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ. ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއާ ބައްދަލުވާނޭ ބަޔެކެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނީ، جاهل ބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ
ﭫﭬﭭﭮﭯﭰﭱﭲﭳﭴﭵ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެން، އެއުރެން ފަހައި ބޭރުކޮށްފިނަމަ، اللَّه ގެ عذاب ން އަހުރެން ސަލާމަތްކޮށް نصر ދޭނީ ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟
ﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖ
އަދި اللَّه ގެ خزانة ތައް ތިމަންކަލޭގެފާނުގެ އަރިހުގައި ވެއެކޭ ތިޔަބައިމީހުންނަކަށް ވިދާޅެއް ނުވަމެވެ. އަދި ތިމަންކަލޭގެފާނަކަށް غيب އެއްވެސް އެނގިވަޑައެއް ނުގަނެތެވެ. އަދި ތިމަންކަލޭގެފާނީ، ملائكة އެކޭވެސް ވިދާޅެއް ނުވަމެވެ. އަދި ތިޔަބައިމީހުންގެ ލޯތަކުން، ނިކަމެތިކޮށްހިތާ މީހުންނާމެދު، އެއުރެންނަށް، އެއްވެސް ހެވެއް اللَّه ނުދެއްވާނެކަމަކަށްވެސް ތިމަންކަލޭގެފާނު ވިދާޅެއް ނުވަމެވެ. އެއުރެންގެ ހިތްތަކުގައިވާ ކަންތައް، އެންމެމޮޅަށް ދެނެވޮޑިގެންވަނީ، اللَّه އެވެ. (އެފަދަ އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވިނަމަ) އެހިނދު ތިމަންކަލޭގެފާނު ވާހުށީ، އަނިޔާވެރިންގެ ތެރެއިންކަން ކަށަވަރެވެ
ﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤ
އެއުރެން ދެންނެވޫއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، ކަލޭގެފާނު ތިމަންމެންނާ ޖަދަލުކުރައްވައިފީމުއެވެ. އަދި ތިމަންމެންނާ ޖަދަލުކުރެއްވުން ގިނަކުރައްވައިފީމުއެވެ. ފަހެ، ކަލޭގެފާނުވަނީ، ތެދުވެރިންގެ ތެރެއިން ކަމުގައިވާނަމަ، ތިމަންމެންނަށް ތިޔަ وعد ކުރައްވާ ކަންތައް ތިމަންމެންނާ ހަމަޔަށް ގެންނަވައި ބައްލަވާށެވެ
ﮥﮦﮧﮨﮩﮪﮫﮬﮭﮮﮯ
އެކަލޭގެފާނު ވިދާޅުވިއެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެކަންތައްތައް ތިޔަބައިމީހުންނާ ހަމަޔަށް ގެންނަވާހުށިކަން ކަށަވަރީ، اللَّه އެވެ. އަދި ތިޔަބައިމީހުންނަކީ، އެކަލާނގެ ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކު ކަމުގައި ނުވެތެވެ
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤ
ތިޔަބައިމީހުން މަގުފުރެއްދެވުމަށް اللَّه އިރާދަކުރައްވާ ކަމުގައިވީނަމަ، ތިޔަބައިމީހުންނަށް نصيحة ދެއްވަން ތިމަންކަލޭގެފާނު އެދިވަޑައިގަތަސް، ތިމަންކަލޭގެފާނުގެ نصيحة އަކުން ތިޔަބައިމީހުންނަކަށް މަންފާއެއް ނުކުރާނެތެވެ. އެކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ
ﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲ
ނުވަތަ އެކަލޭގެފާނު އަމިއްލަފުޅަށް އެ قرآن ހެއްދެވިކަމަށް އެއުރެން ބުނަނީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އެ قرآن އަމިއްލަފުޅަށް ހެއްދެވިނަމަ، ފަހެ، އެކަމުގެ ކުށް އޮތީ ތިމަންކަލޭގެފާނުގެ މައްޗަށެވެ. އަދި ތިޔަބައިމީހުން ކުރަމުންގެންދާ ކަންތަކުގެ ކުށުން، ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ
ﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄ
نوح ގެފާނަށް وحى އިއްވެވިއެވެ. ކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން މިހާތަނަށް إيمان ވެގެންތިބި މީހުން މެނުވީ، إيمان އެއް ނުވާނެތެވެ. ފަހެ، އެއުރެން ކޮށްއުޅޭ ކަންތަކާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ
ﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐ
އަދި ތިމަންރަސްކަލާނގެ ބެއްލެވުމުގެ ދަށުން، އަދި ތިމަންރަސްކަލާނގެ وحى އާއެކު، ކަލޭގެފާނު ނާކޮޅު ބަންނަވާށެވެ! އަދި އަނިޔާވެރިވި މީހުންނާ މެދުގައި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނަކީ، غرق ކުރައްވާނޭ ބަޔެކެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥ
އަދި އެކަލޭގެފާނު ނާކޮޅު ބަންނަވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ قوم ގެމީހުންކުރެ، ބޮޑުންގެ ބަޔަކު އެކަލޭގެފާނުގެ އަރިހުންލާފައި ހިނގައްޖެ ކޮންމެ ފަހަރަކު، އެކަލޭގެފާނަށް މަލާމާތްކުރެތެވެ. އެކަލޭގެފާނު ވިދާޅުވެތެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރާނަމެވެ
ﭦﭧﭨﭩﭪﭫﭬﭭﭮﭯﭰ
ފަހެ، ނިކަމެތިކަން އެމީހަކަށް ދެނިވި عذاب، އެމީހަކާ ހަމައަށް އަންނަނީ، އަދި ދެމިހުންނަނިވި عذاب، އެމީހަކަށް ކުރިމަތިވެގެން އަންނަނީ، ކާކަށްކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ
ﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌ
ތިމަންރަސްކަލާނގެ أمر ފުޅު އައިސް، އަދި އުނދުނުގެ ތެރެއިން ފެން އަރައި އުތުރިގެންފުމަށް ދާނދެނެވެ. (އެހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ދެ ޖިންސުގެ ދޭއްޗާއި، އަދި ހަލާކުވެ ނެތިދިއުމުގެ ބަސްފުޅު، އިސްވެގޮސްފައިވާ މީހަކު ފިޔަވައި، ކަލޭގެފާނުގެ أهل ވެރިންނާއި، إيمان ވެގެންތިބި މީހުން އެ ނާކޮޅަށް ލައްވާށެވެ! މަދު މީހަކު މެނުވީ، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެނެއް ނުވެތެވެ
ﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚ
އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުންވަނީ، اللَّه ގެ اسم ފުޅުންނެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ
ﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮ
އަދި ފަރުބަދަތައް ފަދަ ރާޅުތަކެއްގެ ތެރޭގައި، އެއުރެންނާއިގެން އެ ނާކޮޅު ދުވަމުންދެއެވެ. އަދި نوح ގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލެއްވިއެވެ. އޭރު އެ ދަރިކަލުންވީ (އެހެންމީހުންނާ) ވަކިން ދުރުގައެވެ. އޭ ދަރިފުޅާއެވެ! ތިމަންމެންނާއެކު (ނާކޮޅަށް) އަރާށެވެ! އަދި كافر ންނާ އެކުގައި ނުވާށެވެ
ﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩ
އެ ދަރިކަލުން ދެންނެވިއެވެ. ފެނުން، ތިމަން ރައްކާތެރިކުރާނޭ ފަރުބަދައަކަށް ތިމަން ހިނގައިދާހުށީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. اللَّه ގެ أمر ފުޅުން (އެބަހީ: اللَّه ގެ عذاب ން) ރައްކާތެރިކުރާނޭ ފަރާތެއް، އެކަލާނގެ رحمة ލެއްވި މީހަކަށް މެނުވީ މިއަދަކު ނެތެވެ. އަދި އެ ދެބަފައިކަލުންގެ ދެމެދުގައި ރާޅު ހުރަސްއެޅިއެވެ. އަދި غرق ކުރެއްވި މީހުންގެ ތެރެއިން، އެ ދަރިކަލުންވިއެވެ
ﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼ
އަދި އެންގެވިއެވެ. އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ. އަދި جودىّ ފަރުބަދައިގެ މައްޗަށް އެ (ނާކޮޅު) ބީހި، ހަމަޖެހިއްޖެއެވެ. އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ
ﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌ
نوح ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް مناجاة ދެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. މި އަޅާގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، މި އަޅާގެ ދަރި ވަނީ، މި އަޅާގެ أهل ވެރިންގެ ތެރެއިންނެވެ. އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެ وعد ފުޅަކީ، حق ބަސްފުޅެވެ. އަދި އިބަރަސްކަލާނގެއީ، حكم ކުރައްވާ، އެންމެ عدل ވެރި ރަސްކަލާނގެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫ
އެކަލާނގެ وحى ކުރެއްވިއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ أهل ވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން، އެ ދަރިކަލުންގެ عمل އަކީ، ރަނގަޅުނޫން عمل އެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ ކަންތަކަށްއެދި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، جاهل ންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް نصيحة ތެރިވެވޮޑިގެންވަމެވެ
ﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀ
އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، އިބަރަސްކަލާނގެ حضرة އަށް އެދި ދެންނެވުމުން، ތިމަންއަޅާ ސަލާމަތްކުރެއްވުންއެދި، އިބަރަސްކަލާނގެ حضرة ން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބަރަސްކަލާނގެ ތިމަން އަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި رحمة ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަންއަޅާ ވެދާހުށްޓެވެ
ﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔ
އެންގެވިއެވެ. އޭ نوح ގެފާނެވެ! ތިމަންރަސްކަލާނގެ حضرة ން أمان ކަމަކާއެކު، އަދި ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ أمّة ތަކަށް بركات އާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ! އަދި أمّة ތަކެއްވެއެވެ. ތިމަންރަސްކަލާނގެ އެ أمّة ތަކަށް (ދުނިޔޭގައި) އުފަލާއި، އަރާމު ދެއްވާހުށީމެވެ. ދެން ތިމަންރަސްކަލާނގެ حضرة ން އެއުރެންނަށް ވޭންދެނިވި عذاب އެއް އައިސްޖެހޭނެތެވެ
ﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫ
އެއީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރައްވާ غيب ގެ خبر ތަކުގެ ތެރެއިން خبر ތަކެކެވެ. ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ قوم ގެމީހުންނަކަށްވެސް، މީގެކުރިޔަކުން އެ خبر ތައް އެނގިވަޑައިގެންފައެއް ނުވެތެވެ. ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން (ހެޔޮ) ނިމުންވަނީ، تقوى ވެރިންނަށެވެ
ﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠ
އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް، އެއުރެންގެ أخ هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެތެވެ
ﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
ﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް توبة ވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ
ﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒ
އެއުރެން ދެންނެވޫއެވެ. އޭ هود ގެފާނެވެ! ބަޔާންވެގެންވާ ހެތްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނު ނުގެންނަވަމުއެވެ. އަދި (ހަމައެކަނި) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ إله ންތައް ދޫކޮށްލާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ. އަދި ކަލޭގެފާނަށް إيمان ވާ ބަޔަކު ކަމުގައި، ތިމަންމެން ނުވާހުށީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢ
ތިމަންމެންގެ ބައެއް إله ން ކަލޭގެފާނަށް ނުބައި ކަމެއް ޖައްސައިފިކަމުގައި މެނުވީ ތިމަންމެން ނުބުނާނޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން شريك ކޮށް އުޅޭ ތަކެތިން، ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް اللَّه ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުންވެސް ހެކިވާށެވެ
ﭣﭤﭥﭦﭧﭨﭩﭪﭫ
އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުންނެވެ. (އެބަހީ: އެހެން ފަރާތްތަކުން ތިމަންކަލޭގެފާނު ބަރީއަ ވެގެންވަމެވެ.) ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް (ހަލާކު ދިނުމަށް) ރޭވުންތައް ރާވާށެވެ! ދެން ތިމަންކަލޭގެފާނަށް ލަސްކުރާނެކަމެއް ނެތެވެ
ﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀ
ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިމަންކަލޭގެފާނު وكيل ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ناصية ގައި، އެކަލާނގެ ހިއްޕަވާ حال ގައިވާ ކަމުގައި މެނުވީ ނުވެތެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ناصية އަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ناصية ގައި ހިއްޕެވުމުގެ مراد އަކީ، ހުރިހައި ބާރެއް އެކަލާނގެއަށް ملك ވެގެންވުމެވެ)
ﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘ
ފަހެ، ތިޔަބައިމީހުން އެނބުރި، ފުރަގަސްދޭނަމަ (ދަންނާށެވެ!) ތިޔަބައިމީހުންގެ ގާތަށް، އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިފީމެވެ. އަދި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުން ނޫންބަޔަކު ގެންނަވާނެތެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަކަށް ގެއްލުމެއް ނުދެވޭހުށްޓެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ ރަސްކަލާނގެއެވެ
ﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧ
އަދި ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، ތިމަންރަސްކަލާނގެ هود ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބި މީހުން، ތިމަންރަސްކަލާނގެ حضرة ން އައި رحمة އަކާއެކު ސަލާމަތްކުރެއްވީމެވެ. އަދި ގަދަފަދަވެގެންވާ عذاب ން ތިމަންރަސްކަލާނގެ އެއުރެން ސަލާމަތް ކުރެއްވީމެވެ
ﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖ
އެއީ عاد ބާގައިމީހުންނެވެ. އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށް އެއުރެން ދެކޮޅުހެދޫއެވެ. އަދި އެކަލާނގެ رسول ންނަށް އެއުރެން އުރެދުނޫއެވެ. އަދި ހަރުކަށި، ކޮންމެ جبّار (އަނިޔާވެރި) އެއްގެ أمر އަށް، އެއުރެން تبع ވޫއެވެ
ﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪ
މި ދުނިޔޭގައިވެސް، އަދި قيامة ދުވަހުންވެސް، އެއުރެންނަށް لعنة ލެއްވިއެވެ. ދަންނާށެވެ! ހަމަކަށަވަރުން، عاد ބާގައިމީހުން، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވޫއެވެ. ދަންނާށެވެ! عاد ބާގައިމީހުންނަށް ހަލާކާއި، ގެއްލުން ހުށްޓެވެ. (އެއީ) هود ގެފާނުގެ قوم ގެމީހުންނެވެ
ﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊ
އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ صالح ގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ފަހެ، ތިޔަބައިމީހުން ފާފަފުއްސެވުންއެދި، އެކަލާނގެއަށް ދަންނަވާށެވެ! ދެން ތިޔަބައިމީހުން، އެކަލާނގެއަށް توبة ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ކުއްތަންވެވޮޑިގެންވާ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ
ﰋﰌﰍﰎﰏﰐﰑﰒﰓﰔﰕﰖﰗﰘﰙﰚﰛﰜﰝﰞﰟﰠﰡ
އެއުރެން ދެންނެވޫއެވެ. އޭ صالح ގެފާނެވެ! ހަމަކަށަވަރުން، މީގެކުރިން ތިމަންމެންގެ ތެރޭގައި އެދެވިގެންވާ (މާތް) މީހެއްކަމުގައި ކަލޭގެފާނު ވީމުއެވެ. (އެހެންކަމާއެކުވެސް) ތިމަންމެންގެ ކާބަފައިން އަޅުކަންކުރާ ފަރާތްތަކަށް، އަޅުކަންކުރުން ތިމަންމެންނަށް މަނާކުރައްވަނީތޯއެވެ؟ ހަމަކަށަވަރުން، ތިމަންމެންނަށް ކަލޭގެފާނު ތިޔަ ގޮވައިލައްވާ ކަންތަކާމެދު، ތިމަންމެން މިތިބީ، ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައިކަން ކަށަވަރެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި، އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން އަހުރެންނަށް رحمة އެއް (އެބަހީ: ނަބީކަމާއި رسول ކަން) އެކަލާނގެ ދެއްވިހިނދު، އެކަލާނގެއަށް އަހުރެން އުރެދިއްޖެނަމަ، اللَّه ގެ حضرة ން އަހުރެންނަށް نصر ދޭނީ ފަހެ، ކާކުހެއްޔެވެ؟ ފަހެ، ގެއްލުންދިނުން ނޫން އެހެންކަމެއް، ތިޔަބައިމީހުން އަހުރެންނަކަށް އިތުރެއް ނުކުރަމުއެވެ
ﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިއޮތީ ތިޔަބައިމީހުންނަށް ހެތްކެއްގެ ގޮތުގައި އޮތް اللَّه ގެ جمل އެވެ. ފަހެ، اللَّه ގެ ބިމުގައި، އެ جمل ކައިއުޅޭން އޭތި ދޫކޮށްލާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ! ފަހެ، (އެކަންކޮށްފިނަމަ) ގާތްވެގެންވާ عذاب އެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެތެވެ
ﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉ
ނަމަވެސް، އެއުރެން އެ جمل މަރައިލީއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ! އެއީ ދޮގުނުކުރެވޭނެ وعد އެކެވެ
ﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝ
ދެންފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، صالح ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވި މީހުން، ތިމަންރަސްކަލާނގެ حضرة ންލެއްވި رحمة އާއެކު، އެދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ބާރުވެރިވަންތަ، ގަދަފަދަވަންތަ ރަސްކަލާނގެއެވެ
ﮞﮟﮠﮡﮢﮣﮤﮥﮦ
އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތިގެދޮރުގައި، އެއުރެން ތިބީ، ކަކޫ މައްޗަށް ތިރިވެ، މަރުވެފައެވެ
ﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖ
އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! ހަމަކަށަވަރުން، ثمود ބާގައިމީހުން، އެއުރެންގެ ވެރިރަސްކަލާނގެއަށް كافر ވޫއެވެ. ދަންނާށެވެ! ثمود ބާގައިމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ
ﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨ
އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ خبر އާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި رسول ން (އެބަހީ: ملائكة ން) إبراهيم ގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވޫއެވެ. سلام އެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. سلام އެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ
ﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼ
ފަހެ، އެބޭކަލުންގެ އަތްޕުޅުތައް، އެ ފަރީއްކޮޅާ ހަމަޔަށް ނުދާތީ ދެކެވަޑައިގެން، އެބޭކަލުންނާމެދު إنكار ކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރި ކަމެއް އުފެދުނެވެ. އެބޭކަލުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، ތިމަންމެން ފޮނުއްވީ، لوط ގެފާނުގެ قوم އަށެވެ
ﯽﯾﯿﰀﰁﰂﰃﰄﰅﰆ
އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ. ދެން (އެބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނެކަމާއި، إسحاق ގެފާނުގެ ފަހަތްޕުޅުން يعقوب ގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞ
އެކަމަނާ ވިދާޅުވިއެވެ. އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ عجائب ވެގެންވާ ކަމެކެވެ
ﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯ
އެބޭކަލުން ދެންނެވޫއެވެ. اللَّه ގެ أمر ފުޅާމެދު، ކަމަނާ عجائب ވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ أهل ވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް اللَّه ގެ رحمة އާއި، އެކަލާނގެ بركات ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ حمد ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ
ﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻ
ފަހެ، إبراهيم ގެފާނުންގެ ކިބަފުޅުން ބިރުފިލައިގޮސް، އެކަލޭގެފާނަށް އުފާވެރި خبر އައިހިނދު، لوط ގެފާނުގެ قوم ގެމީހުންނާމެދު، އެކަލޭގެފާނު ތިމަންރަސްކަލާނގެ حضرة އަށް سؤال ދަންނަވަން ފެށްޓެވިއެވެ
ﭼﭽﭾﭿﮀﮁ
ހަމަކަށަވަރުން، إبراهيم ގެފާނީ، ކޯފާ މަޑު، دعاء ކުރެއްވުންގިނަ، اللَّه ގެ حضرة އަށް رجوع ވެ، توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
ﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒ
އޭ إبراهيم ގެފާނެވެ! ތިޔަކަންތައް (އެބަހީ: لوط ގެފާނުގެ قوم ގެމީހުންނާމެދު ދެންނެވުން) ދޫކޮށްލައްވާށެވެ! އެހެނީ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅު އަތުވެއްޖެއެވެ. އަދި ހަމަކަށަވަރުން، އަނބުރާ ރައްދުނުކުރައްވާނޭ عذاب އެއް، އެއުރެންގެ ގާތަށް އަންނާނެތެވެ
ﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠ
އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތްހިނދު (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން، އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅު ދަތިވިއެވެ. އަދި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަވެރި ދުވަހެކެވެ
ﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟ
އަދި އެކަލޭގެފާނުގެ قوم ގެމީހުން އެކަލޭގެފާނުގެ އަރިހަށް އަވަސް އަވަހަށް އައޫއެވެ. ކުރިން އެއުރެންނަކީ، ނުބައި (فاحش) ކަންތައްތައް ކޮށްއުޅުނު މީހުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! މިތިބީ އަހުރެންގެ (އެބަހީ: قوم ގެ) އަންހެން ދަރިންނެވެ. (ތިޔަބައިމީހުން شرعى ގޮތުން އެކަނބަލުންނާ ކާވެނިކުރާނަމަ) އެކަނބަލުން ތިޔަބައިމީހުންނަށްޓަކައި ސާފުކަން ބޮޑެވެ. ފަހެ، ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! އަދި ތިމަންކަލޭގެފާނުގެ މެހުމާނުންގެ ކުރިމަތީގައި، ތިމަންކަލޭގެފާނު ލަދުވެތި ނުކުރާށެވެ! ތިޔަބައިމީހުންގެ ތެރޭގައި ހޭޖެހޭ ފިރިހެނަކު ނުވަނީހެއްޔެވެ؟
ﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭ
އެއުރެން ދެންނެވޫއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ އަންހެން ދަރިންނާމެދު އެއްވެސް حق އެއް (އެބަހީ: އެއްވެސް ބޭނުމެއް) ތިމަންމެންނަށް ނުވާކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން އެދޭ ކަންތައް ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތެވެ
ﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹ
އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނަށް ބާރެއް ލިބިވަޑައިގެންފައިވާނަމައެވެ! ނުވަތަ ބާރުގަދަ ފަރާތަކަށް ދެވޭނެނަމައެވެ
ﯺﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒﰓﰔﰕﰖﰗﰘﰙﰚﰛﰜﰝ
އެބޭކަލުން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ހަމަކަށަވަރުން، ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ބޭކަލުންނީމުއެވެ. ކަލޭގެފާނާ ހަމަޔަށް އެއުރެންނަކަށް واصل އެއް ނުވެވޭނެތެވެ. ފަހެ، ރޭގަނޑުން ބައެއްގައި ކަލޭގެފާނުގެ أهل ވެރިންނާއެކު، ނުކުމެވަޑައިގެން ހިންގަވާށެވެ! އަދި ތިޔައިގެ ތެރެއިން އެކަކުވެސް، ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެނބުރި ފަސްނުބަލާށެވެ! ހަމަކަށަވަރުން، އެއުރެންނަށް (އެބަހީ: އެ كافر ންނަށް) ޖެހޭކަމެއް އެކަނބުލޭގެއަށްވެސް ޖެހޭނެތެވެ. ހަމަކަށަވަރުން، އެއުރެންނަށް ކަނޑައެޅިގެންވާ ވަގުތަކީ ހެނދުނު ފަތިހެވެ. ފަތިސް ވަގުތު، ގާތުގައި ނުވޭހެއްޔެވެ؟
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝ
ދެން ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، އެ ރަށުގެ މައްޗަށް އޮތްފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެ ރަށަށް ވާރޭ ވެއްސެވީމެވެ
ﭞﭟﭠﭡﭢﭣﭤﭥﭦﭧ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ
ﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆ
އަދި مديَن ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ، އެއުރެންގެ أخ، شعيب ގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. އަދި މިނުމުގައްޔާއި، ކިރުމުގައި، ތިޔަބައިމީހުން އުނިނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (ފުދި) ހެޔޮحال ގައި ކަމަށް ތިމަންކަލޭގެފާނަށް ފެނިވަޑައިގަނެއެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ވަށާލައިފައިވާ ދުވަހެއްގެ عذاب އަށް، ތިޔަބައިމީހުންނާމެދު، ތިމަންކަލޭގެފާނު ބިރުފުޅު ގަނެތެވެ
ﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން މިނުމާއި، ކިރުން، عدل އަށް ފުރިހަމަކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި އުނިނުކުރާށެވެ! އަދި فاسد ން ކަމުގައިވެތިބެ ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށިކަމެވެ
ﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣ
اللَّه، ތިޔަބައިމީހުންނަށްޓަކައި، ދޫކުރައްވާފައިވާ އެއްޗެއް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމައެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ހުރި ފާރަވެރިއަކު ކަމުގައި، ތިމަންކަލޭގެފާނު ނުވަމެވެ
ﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚ
އެއުރެން ދެންނެވޫއެވެ. އޭ شعيب ގެފާނެވެ! ތިމަންމެންގެ ކާބަފައިން އަޅުކަންކޮށް އުޅުނު ތަކެތި ދޫކޮށްލުމަށް، ނުވަތަ ތިމަންމެންގެ މުދާތަކާމެދު ތިމަންމެން އެދޭގޮތަކަށް ކަންތައްކުރުން ދޫކޮށްލުމަށް، ކަލޭގެފާނުގެ ނަމާދު، ކަލޭގެފާނަށް أمر ކުރަނީތޯއެވެ! ހަމަކަށަވަރުން، ކަލޭގެފާނީ ކެތްތެރި، ވިސްނުންފުޅު ފުރިހަމަ ބޭކަލަކީމުއެވެ. (ނޯޓު: އެއުރެން މިގޮތަށް ދެންނެވީ، މަލާމާތެއްގެ ގޮތުގައިކަމަށް مفسّر ން ލިޔުއްވާފައިވެއެވެ)
ﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂ
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން ހެޔޮވެގެންވާ رزق ދެއްވި ހިނދު (އެކަމަށް ފުރަގަސްދެވޭނެހެއްޔެވެ؟) އަދި އަހުރެން ތިޔަބައިމީހުންނަށް ނަހީކުރާ ކަންތައް އަހުރެން ކުރާކަށް ބޭނުމެއް ނުވެތެވެ. އަހުރެންނަށް ކުޅަދާނަވީވަރަކަށް، إصلاح ކުރުން މެނުވީ، އަހުރެން ބޭނުމެއް ނުވެތެވެ. އަދި اللَّه ގެ حضرة ން މެނުވީ، އަހުރެންނަށް توفيق ލިބުމެއްނުވެތެވެ. އަހުރެން وكيل ކުރަނީ، އެކަލާނގެއަށެވެ. އަދި توبة ވަނީވެސް، އެކަލާނގެ حضرة އަށެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެންނާ ދެކޮޅުވެރިވުން އެއީ، ތިޔަބައިމީހުންނަށް مصيبة ޖެހޭކަމަކަށް ނުހަދާހުށިކަމެވެ! (އެއީ) نوح ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ هود ގެފާނުގެ قوم ގެމީހުންނަށް، ނުވަތަ صالح ގެފާނުގެ قوم ގެމީހުންނަށް ޖެހުނުފަދަ مصيبة އެކެވެ. لوط ގެފާނުގެ قوم ގެމީހުން (ހަލާކުވެދިޔަ ދުވަސް) ތިޔަބައިމީހުންނާ ދުރެއްގައެއް ނުވެއެވެ
ﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި، ތިޔަބައިމީހުން ދަންނަވާށެވެ! ދެން ތިޔަބައިމީހުން އެކަލާނގެއަށް توبة ވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ رحيم ވަންތަ ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ
ﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈ
އެއުރެން ދެންނެވޫއެވެ. އޭ شعيب ގެފާނެވެ! ކަލޭގެފާނު ވިދާޅުވާ އެއްޗެހީގެ ތެރެއިން ގިނައެއްޗެހި، ތިމަންމެންނަކަށް ނުވިސްނެތެވެ. އަދި ހަމަކަށަވަރުން، ތިމަންމެން ދެކެނީ، ކަލޭގެފާނަކީ ތިމަންމެންގެ ތެރޭގައިވާ ނިކަމެއްޗެއް ކަމަށެވެ. އަދި ކަލޭގެފާނުގެ ގާތްތިމާގެ މީސްކޮޅު ނުވާނަމަ، ތިމަންމެން ހަމަކަށަވަރުންވެސް، ކަލޭގެފާނު رجم ކުޅައީމުހެވެ. އަދި ކަލޭގެފާނަކީ، ތިމަންމެންގެ މައްޗަށް ހުންނެވި عزّة ތެރިޔަކީމުއެއް ނޫނެވެ
ﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙ
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! اللَّه އަށްވުރެވެސް ބޮޑަށް، ތިޔަބައިމީހުންގެ މައްޗަށް عزّة ތެރިވެގެންވަނީ އަހުރެންގެ ގާތްތިމާގެ މީސްކޮޅު ހެއްޔެވެ؟ އަދި އެކަލާނގެއީ، ތިޔަބައިމީހުންގެ ފުރަގަހަށް ދޫކޮށްފައިވާ ފަރާތެއްކަމުގައި ތިޔަބައިމީހުން ހަދައިފީމުއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް ފުރިހަމައަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯ
އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ތިޔަބައިމީހުން عمل ކޮށްބަލާށެވެ! ހަމަކަށަވަރުން، އަހުރެންވެސް (އަހުރެންގެ ގޮތުގައި) عمل ކުރާހުށީމެވެ. އެމީހަކު ނިކަމެތި ކުރަނިވި عذاب އެއް، އެމީހަކާ ހަމަޔަށް އަންނަ މީހަކީ، ކާކުކަމާއި، ދޮގުހަދާ މީހަކީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. އަދި ތިޔަބައިމީހުން ބަލަބަލާ ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންވެސް ތިޔަބައިމީހުންނާއެކު ބަލަބަލާ އެބަހުރީމެވެ
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣ
އަދި ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، شعيب ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބި މީހުން، ތިމަންރަސްކަލާނގެ رحمة ފުޅުން ސަލާމަތްކުރެއްވީމެވެ. އަދި (ބިރުވެރި) އަޑުއައިސް، އަނިޔާވެރިވީ މީހުން ހަލާކު ކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތި ގެދޮރުގައި އެއުރެންތިބީ، ކަކޫމައްޗަށް ތިރިވެ، މަރުވެފައެވެ
ﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯ
އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ! ثمود ބާގައި މީހުންވެސް ހަލާކުވެ ނެތިދިޔަފަދައިން، مد يَن ގެމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ
ﯰﯱﯲﯳﯴﯵﯶ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آية ތަކާއި، ބަޔާންވެގެންވާ حجّة އަކާއެކު، موسى ގެފާނު ފޮނުއްވީމެވެ
ﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂ
فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން فرعون ގެ أمر އަށް تبع ވޫއެވެ. فرعون ގެ أمر ހެޔޮލަފާ أمر އެއްކަމުގައި ނުވެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
قيامة ދުވަހުން، އޭނާގެ قوم ގެމީހުންގެ ކުރީގައިހުރެ، އެއުރެން ނަރަކައަށް ގެންގޮސް ވައްދާނެތެވެ. (އެއުރެންނަށް) ވަދެވޭތަނުގެ ހުރި ނުބައިކަމާއެވެ
ﭜﭝﭞﭟﭠﭡﭢﭣﭤﭥﭦ
މި ދުނިޔެމަތީގައި އެއުރެންނަށް لعنة ލެއްވިއެވެ. އަދި قيامة ދުވަހުންވެސް މެއެވެ. (އެއުރެންނަށް) ދެއްވާނެ އެއްޗެއްގެ ހުރި ނުބައިކަމާއެވެ
ﭧﭨﭩﭪﭫﭬﭭﭮﭯﭰﭱ
އެއީ ރަށްތަކުގެ خبر ތަކުގެ ތެރެއިން ބަޔެކެވެ. ތިމަންރަސްކަލާނގެ އެ خبر ތައް ކަލޭގެފާނަށް ކިޔައިދެއްވަމެވެ. قائم ވެހުރި ރަށްތަކާއި، ނެތި ހަލާކުވެގެންދިޔަ ރަށްތައް އޭގެތެރެއިންވެއެވެ
ﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌ
އަދި ތިމަންރަސްކަލާނގެ އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަމެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާވެރިވޫއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅު އައިހިނދު، اللَّه ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅުނު އެއުރެންގެ إله ންތައް، އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެތެވެ. އެ إله ން، އެއުރެންނަށް ގެއްލުންދިނުން މެނުވީ އިތުރެއް ނުކުރެތެވެ
ﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚ
ރަށްތައް (އެބަހީ: ރަށްތަކުގެ أهل ވެރިން) އަނިޔާވެރިވެގެންވާ حال، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ
ﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬ
ހަމަކަށަވަރުން، آخرة ގެ عذاب އަށް ބިރުވެތިވެއްޖެ މީހާއަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. އެއީ އެދުވަހަށްޓަކައި މީސްތަކުން އެއްކުރައްވާނޭ ދުވަހެކެވެ. އަދި އެއީ (އެންމެން) ދެކޭނޭ ދުވަހެކެވެ
ﮭﮮﮯﮰﮱﯓ
އަދި عدد ކުރައްވާފައިވާ މުއްދަތަކަށް މެނުވީ، ތިމަންރަސްކަލާނގެ އެދުވަސް ފަހެއް ނުކުރައްވަމެވެ
ﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟ
އެދުވަސް އައުމުން، އެކަލާނގެ إذن ފުޅާއެކުގައި މެނުވީ، އެއްވެސް نفس އަކަށް ބަހެއްވެސް ނުބުނެވޭނެތެވެ. ފަހެ، އަބާއްޖަވެރިންނާއި، ބާއްޖަވެރިން އެއުރެންގެ ތެރެއިންވެއެވެ
ﯠﯡﯢﯣﯤﯥﯦﯧﯨﯩ
ފަހެ، އަބާއްޖަވެރިވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ވާހުށީ، ނަރަކައިގައެވެ. އެއުރެން ބޭރަށްލާ ނޭވާގެ ގަދަ އަޑާއި، އެތެރެއަށްލާ ނޭވާގެ އަޑު އެތާނގައި ހުންނާނެތެވެ
ﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺ
އެއުރެން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި، އުޑުތަކާއި، ބިން ދެމިހުރިހާ ހިނދެއްގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ
ﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏ
އަދި ބާއްޖަވެރިވި މީހުން ދަންނާށެވެ! އެއުރެންވާހުށީ ސުވަރުގޭގައެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި އުޑުތަކާއި ބިން ދެމިއޮތްހާ ހިނދެއްގައެވެ. ކެނޑިގެންނުދާ ދެއްވުމެއްގެ ގޮތުގައެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧ
ފަހެ، މިބައިމީހުން އަޅުކަންކުރާ ފަރާތްތަކާ ބެހޭގޮތުން، شك ކަމެއްގައި ކަލޭގެފާނު ނުހުންނަވާށެވެ! ކުރިންވެސް އެއުރެންގެ ކާބަފައިން އަޅުކަންކުރާ ފަދައަކުން މެނުވީ، އެއުރެން އަޅުކަމެއް ނުކުރެތެވެ. އަދި ހަމަކަށަވަރުން، އުނިވުމެއްނެތި އެއުރެންގެ (عذاب ގެ) ބައި، އެބައިމީހުންނަށް ތިމަންރަސްކަލާނގެ ހަމަޔަށް ދެއްވާހުށީމެވެ
ﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. ފަހެ، އެ ފޮތާމެދު خلاف ވޫއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އިސްވެދިޔަ ބަސްފުޅެއް ނުވާނަމަ، އެއުރެންގެ މެދުގައި ނިޔާކުރެއްވީސްކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، އެއުރެންވަނީ އެކަމާމެދު ވަސްވާސްތެރިކަމުން ފުރިގެންވާ شك އެއްގައިކަން ކަށަވަރެވެ
ﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈ
ހަމަކަށަވަރުން، ކޮންމެ ބަޔަކަށްވެސް އެބަޔެއްގެ عمل ތަކަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަމަޔަށް ޖަޒާދެއްވާނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެއުރެންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖ
ފަހެ، ކަލޭގެފާނަށް أمر ކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި إيمان ވެ، توبة ވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ
ﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨ
އަދި އަނިޔާވެރިވި މީހުންގެ ފަރާތަށް ތިޔަބައިމީހުން ކުޑަކޮށްވެސް ނުލެނބޭށެވެ! ފަހެ، (އެ ހިނދުން) ނަރަކައިގެ އަލިފާން ތިޔަބައިމީހުންގައި ބީހިދާނެތެވެ. އަދި اللَّه ފިޔަވައި، ތިޔަބައިމީހުންނަށް އެހީތެރިވާނޭ އެއްވެސް ފަރާތެއް ނެތެވެ. ދެން ތިޔަބައިމީހުންނަކަށް نصر އެއްވެސް ނުލިބޭނެތެވެ
ﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚ
އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް وعظ އާއި نصيحة އެކެވެ
ﯛﯜﯝﯞﯟﯠﯡﯢ
އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! ފަހެ، ހަމަކަށަވަރުން، إحسان ތެރިންގެ ދަރުމަ، اللَّه ގެއްލެނި ނުކުރައްވާނެތެވެ
ﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾ
ފަހެ، أمّة ތަކުގެ ތެރެއިން (دين ވެރިކަމާއި ހެޔޮވިސްނުމުގެ ތެރެއިން) ބާކީއޮތް މިންވަރެއްގެ ވެރިބަޔަކު، ބިމުގައި فساد ކޮށް އުޅުން ނަހީކޮށް ތިޔަބައިމީހުންގެ ކުރިން އުޅުނުނަމަަ ކިހާ ރަނގަޅުހެއްޔެވެ! އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވި މީހުންގެ ތެރެއިން މަދުބަޔަކުވިއެވެ. އަދި އަނިޔާވެރިވި މީހުން، އެއުރެންނަށް ލިބުނު ތަނަވަސްކަމަށް تبع ވޫއެވެ. (އެބަހީ: އެކަމުގެ ތެރެއަށް ގެނބި، آخرة ހަނދާންނެތި ކޮށްލޫއެވެ.) އަދި ކުށްވެރިން ކަމުގައި އެއުރެން ވޫއެވެ
ﯿﰀﰁﰂﰃﰄﰅﰆﰇ
ރަށްތަކުގެ أهل ވެރިން ރަނގަޅަށް ކަންތައްކުރާ ބަޔަކު ކަމުގައިވަނިކޮށް، އަނިޔާވެރިގޮތުގައި އެ ރަށްތައް ހަލާކު ކުރެއްވުމަކަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދައެއް ނުކުރައްވަތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلاف ވުމުގައި އެއުރެން ފިލައިނުދެތެވެ
ﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ލެއްވި ބަޔަކު މެނުވީއެވެ. އެކަލާނގެ އެއުރެން ހެއްދެވީ އެކަމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ފުރިހަމަވެފައިވެއެވެ. (އެ ބަސްފުޅަކީ) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މީސްތަކުންނާއި، ޖިންނީންނާއި، ދެ ބާވަތުން ނަރަކަ ފުރުއްވާހުށީމެވެ
ﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁ
އަދި رسول ންގެ خبر ތަކުގެ ތެރެއިން މިއެންމެހާ خبر ތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަނީ، އެއިން ތިމަންރަސްކަލާނގެ ކަލޭގެފާނުގެ ހިތްޕުޅު ސާބިތުކޮށްދެއްވުމަށެވެ. އަދި މި خبر ތަކުގައި ކަލޭގެފާނާ ހަމަޔަށް އައިސްފައިވަނީ، حق ތެދުބަސްފުޅެވެ. އަދި مؤمن ތަކުންނަށް وعظ އަކާއި، ހަނދާންކޮށްދިނުމެކެވެ
ﮂﮃﮄﮅﮆﮇﮈﮉﮊﮋ
إيمان ނުވާ މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ތިޔަބައިމީހުން عمل ކޮށްބަލާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް (ތިމަންމެންގެ ގޮތުގައި) عمل ކުރާނޫއެވެ
ﮌﮍﮎﮏ
އަދި ތިޔަބައިމީހުން انتظار ކުރާށެވެ! ހަމަކަށަވަރުން، ތިމަންމެންވެސް، انتظار ކުރާނޫއެވެ
ﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡ
އަދި އުޑުތަކާއި، ބިމުގެ غيب ملك ވެގެންވަނީ، اللَّه އަށެވެ. އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ. ފަހެ، ކަލޭގެފާނު އެކަލާނގެއަށް އަޅުކަން ކުރައްވާށެވެ! އަދި އެކަލާނގެއަށް وكيل ކުރައްވާށެވެ! ތިޔަބައިމީހުންކުރާ عمل ތަކާމެދު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ غافل ވެ ވޮޑިގެނެއް ނުވެތެވެ

ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers