ސޫރަތު އަލް-ފުރުޤާން
PDF —
77 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަލް-ފުރުޤާން pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-ފުރުޤާން pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-ފުރުޤާން ތަރުޖަމާ. އަލް-ފުރުޤާން (Meccan) 77 އާޔަތް.



ސޫރަތު އަލް-ފުރުޤާން
77 އާޔަތް · Meccan · ދިވެހި
bismillah
ﯔﯕﯖﯗﯘﯙﯚﯛﯜﯝ
عالم ތަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް قرآن ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ
ﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱ
އެކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިކަން އެކަލާނގެއަށް ملك ވެގެންވާ ރަސްކަލާނގެއެވެ. އަދި އެކަލާނގެ ދަރިކަލަކު ނުހިއްޕަވައެވެ. އަދި ވެރިކަމުގައި އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ. އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ، އެކަލާނގެ އެތަކެތި ވަރަށް ފުރިހަމަޔަށް މިންވަރު ކުރެއްވިއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧ
އެއުރެން، އެކަލާނގެ ފިޔަވައި އެހެން إله ންތަކެއް ހިފޫއެވެ. އެއްވެސް އެއްޗެއް ނެހެދޭ إله ންތަކެކެވެ. އަދި އެތަކެއްޗަކީ، ހައްދަވާފައިވާ ތަކެއްޗެވެ. އެތަކެތީގެ އަމިއްލަ نفس ތަކަށް ގެއްލުމެއް ދިނުމެއްވެސް، އަދި މަންފާއެއް ކުރުމެއްވެސް އެތަކެއްޗަކަށް މިލްކުވެގެނެއް ނުވެތެވެ. އަދި މަރުހިފުމެއްވެސް، އަދި ދިރުވުމެއްވެސް، އަދި އަލުން ދިރުމަކަށް ފޮނުވުމެއްވެސް، އެތަކެއްޗަށް މިލްކުވެގެނެއް ނުވެތެވެ
ﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹ
كافر ވި މީހުން ބުނޫއެވެ. އެކަލޭގެފާނު (އަމިއްލަފުޅަށް) އުފައްދަވައިގެން އުޅުއްވާ ދޮގެއްކަމުގައި މެނުވީ، މި قرآن ނުވެއެވެ. އަދި އެކަމުގެމައްޗަށް އެހެން ބަޔަކު އެކަލޭގެފާނާ އެހީވޫއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެން އެ ގެނައީ، އަނިޔާވެރިވުމެކެވެ. އަދި ބޮޑުވެގެންވާ ދޮގެކެވެ
ﭺﭻﭼﭽﭾﭿﮀﮁﮂﮃ
އަދި އެއުރެން ބުނޫއެވެ. (އެއީ) އެކަލޭގެފާނު މީހުންލައްވައި ލިޔުއްވާފައިވާ، އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެކެވެ. ފަހެ، އެތަކެތި ހެނދުނާއި ހަވީރު، އެކަލޭގެފާނަށް ކިޔައިދެތެވެ
ﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑ
ކަލޭގެފާނު ވިދާޅުވާށެވެ! އެ قرآن ބާވައިލެއްވީ، އުޑުތަކާއި، ބިމުގައިވާ ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ
ﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
އަދި އެއުރެން ބުނޫއެވެ. މި رسول އާއަށްވީ ކީއްހެއްޔެވެ؟ އެކަލޭގެފާނު ކާތަކެތި ފަރީއްކުޅުއްވަތެވެ. އަދި ބާޒާރުތަކުގައި ހިންގަވައި އުޅުއްވަތެވެ. ފަހެ، އެކަލޭގެފާނުގެ އަރިހުގައި إنذار ކުރައްވައި އުޅުއްވުމަށް، އެކަލޭގެފާނުގެ އަރިހަށް ملائكة އަކު ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖ
ނުވަތަ އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ، ނުވަތަ އެކަލޭގެފާނު އެތަނުން ފަރީއްކުޅުއްވައި އުޅުއްވުމަށް، އެކަލޭގެފާނަށް ބަގީޗާއެއް ނެތީ ކީއްވެގެން ހެއްޔެވެ؟ އަދި އަނިޔާވެރިން ބުނޫއެވެ. ޖާދޫޖެހި، ބުއްދި އޮޅިފައިވާ މީހަކަށް މެނުވީ ތިޔަބައިމީހުން تبع އެއް ނުވަމުއެވެ
ﯗﯘﯙﯚﯛﯜﯝﯞﯟﯠ
ކަލޭގެފާނާމެދު އެއުރެން މިސާލުޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ، އެއުރެން މަގުފުރެދިއްޖައޫއެވެ. ފަހެ، މަގެއް ހޯދުމަކަށް އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ
ﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲ
އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެއަށްވުރެ ހެޔޮގޮތް ކަލޭގެފާނަށް ލައްވައިދެއްވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. (އެއީ) އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އަދި އެކަލާނގެ (އެތާނގައި) ކަލޭގެފާނަށްޓަކައި ގަނޑުވަރުތައް ލައްވާނެތެވެ
ﯳﯴﯵﯶﯷﯸﯹﯺﯻﯼ
އަދި ކިއެއްތަ! އެއުރެން قيامة ގެ ވަގުތު ދޮގުކުޅައޫއެވެ. އަދި قيامة ގެ ވަގުތު ދޮގުކުޅަމީހަކަށް، އަނދައަނދާ ހުންނަ ނަރަކަ ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚ
ދުރުހިސާބަކުން އެ ނަރަކަޔަށް އެއުރެން ފެންނަހިނދު، ރުޅިއައިސް ކެކިއަރާ އަޑާއި، މާނޭވާގެ އަޑު، އެ ނަރަކައިން އެއުރެންނަށް އިވޭނެތެވެ
ﭛﭜﭝﭞﭟﭠﭡﭢﭣﭤ
އަދި އެއުރެންގެ އަތްތަކުގައި، ކަސްތޮޅު އަޅުއްވާފައިވާ حال، އެ ނަރަކައިގެ ތެރެއިން ދަތިތަނަކަށް އެއުރެން އެއްލަވާހިނދު، އެއުރެން އެތާނގައި ހަލާކުވުމަށްއެދި ގޮވާނެތެވެ
ﭥﭦﭧﭨﭩﭪﭫﭬﭭ
މިއަދު ތިޔަބައިމީހުން އެންމެ ހަލާކަކަށްއެދި ނުގޮވާށެވެ! އަދި އެތައް ހަލާކުތަކަކަށްއެދި ތިޔަބައިމީހުން ގޮވާށެވެ
ﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼ
ކަލޭގެފާނު ވިދާޅުވާށެވެ! ހެޔޮކަންބޮޑީ އެގޮތްހެއްޔެވެ؟ ނުވަތަ تقوى ވެރިންނަށް وعد ކުރައްވާފައިވާ، ދެމިތިބުމުގެ ސުވަރުގެ ހެއްޔެވެ؟ އެއުރެންނަށް ޖަޒާއެއްކަމުގައި އެ ސުވަރުގެ ވެއެވެ. އަދި އެންމެފަހުން رجوع ވަނިވި ތަނެއްކަމުގައިވެސް (އެތަން) ވޭމެއެވެ
ﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈ
އެއުރެން އެދޭހާ ކަމެއް އެ ސުވަރުގޭގައި އެއުރެންނަށް ހުށްޓެވެ. ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން (އެއުރެންނަށް) ފުއްދަވާނޭ وعد އެއް ކަމުގައި އެކަންތައް ވިއެވެ
ﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙ
އަދި اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާއެކު، އެއުރެން محشر އަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! ފަހެ، އެކަލާނގެ وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެ މިތިބަ އަޅުން މަގުފުރެއްދީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެއުރެން (އަމިއްލައަށް) މަގުފުރެދުނީ ހެއްޔެވެ؟
ﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯ
އެއުރެން ދަންނަވާނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އިބަރަސްކަލާނގެ ފިޔަވައި އެހެން އެހީތެރިފަރާތްތަކެއް ހިފުމަކީ، ތިމަންމެންނަށް އެކަށީގެންވާ ކަމެއްކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އިބަރަސްކަލާނގެ އެއުރެންނަށާއި، އެއުރެންގެ ކާބަފައިންނަށް ފަސޭހަ ދިރިއުޅުމާއި، نعمة ދެއްވީމުއެވެ. وعظ އާއި نصيحة ގެ މަތިން އެއުރެން ހަނދާން ނައްތައިފުމަށް ދާނދެނެވެ. އަދި ގެއްލި ހަލާކުވި ބަޔަކުކަމުގައި، އެއުރެން ވޫއެވެ
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡ
ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ބުނެއުޅުނު ބަސްތަކުން (އެބަހީ: އެއުރެންނަކީ، ތިޔަބައިމީހުންގެ إله ން ކަމަށް ބުނެއުޅުނު ބަސްތަކުން) އެއުރެން (އެބަހީ: އެއަޅުކަންވެވުނު ފަރާތްތައް) ތިޔަބައިމީހުން ދޮގުކުރޫއެވެ. ފަހެ، عذاب ދުރުކުރުމަކަށް، ނުވަތަ نصر ލިބިގަތުމަކަށް، ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ. ތިޔަބައިމީހުންކުރެ އަނިޔާވެރިވާ މީހާ (ދަންނާށެވެ!) ބޮޑުވެގެންވާ عذاب ގެރަހަ، ތިމަންރަސްކަލާނގެ އެމީހަކަށް ދައްކަވާހުށީމެވެ
ﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸ
ހަމަކަށަވަރުން، ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް رسول ންގެ ތެރެއިން އެއްވެސް رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް امتحان އެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައިވެއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦ
ތިމަންރަސްކަލާނގެއާ ބައްދަލުވުމަށް ނޭދޭމީހުން ބުނޫއެވެ. ތިމަންމެންގެ މައްޗަށް ملائكة ން ބާވައިނުލެއްވީ، ނުވަތަ ތިމަންމެންގެ ވެރިރަސްކަލާނގެ ތިމަންމެންނަށް ނުފެންނަނީ ކީއްވެގެންހެއްޔެވެ؟ ހަމަކަށަވަރުން، އެއުރެންގެ نفس ތަކާމެދު އެއުރެން ބޮޑާވެގަތޫއެވެ. އަނިޔާވެރިކަމުގައި ބޮޑުވެގެންވާ ހައްދުފަހަނަޅައިދިޔުމަކުން އެއުރެން ހައްދުފަހަނަޅައިދިޔައޫއެވެ
ﭧﭨﭩﭪﭫﭬﭭﭮﭯﭰﭱ
އެއުރެން ملائكة ން ދެކޭ ދުވަސް ހަނދުމަކުރާށެވެ! އެދުވަހުން ކުށްވެރިންނަކަށް އުފާވެރިخبر އެއް ނެތެވެ. އަދި އެ ملائكة ން ވިދާޅުވާނެތެވެ. حرام ން حرام އެވެ. (އެބަހީ: ތިޔަބައިމީހުންގެ މައްޗަށް ސުވަރުގެއާއި، مغفرة އާއި، އުފާވެރި خبر، حرام ވެގެންވެއެވެ)
ﭲﭳﭴﭵﭶﭷﭸﭹﭺﭻ
އަދި عمل ގެ ތެރެއިން އެއުރެންކުޅަ ކަންތަކަށް، ތިމަންރަސްކަލާނގެ ބައްލަވައި، އެ عمل ތައް ވަޔާބުރައިގެންދާ ކުނޑިފުއްތަކެއް ފަދައިން ލައްވާހުށީމެވެ
ﭼﭽﭾﭿﮀﮁﮂﮃ
އެދުވަހުން ހަމަޖެހި ތިބޭތަނުގެ ގޮތުން، ސުވަރުގޭގެ أهل ވެރިން ހެޔޮކަންބޮޑެވެ. އަދި އަރާމުކުރަންތިބޭ ތަނުގެ ގޮތުންވެސް ރަނގަޅުކަން ބޮޑުމެއެވެ
ﮄﮅﮆﮇﮈﮉﮊﮋ
ވިލާތަކާއެކު އުޑު ފަޅަފަޅައިގެންދާ ދުވަސް ހަނދުމަކުރާށެވެ! އަދި ގިނަ عدد އަކަށް އެދުވަހު ملائكة ން ބާވައިލައްވާނެތެވެ
ﮌﮍﮎﮏﮐﮑﮒﮓﮔﮕﮖ
އެދުވަހު حقيقى ވެރިކަންވަނީ، رحمن ވަންތަ ރަސްކަލާނގެއަށެވެ. އަދި كافر ންގެ މައްޗަށް ދަތިކަން ބޮޑު ދުވަހެއްކަމުގައި އެދުވަސްވެއެވެ
ﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! رسول އާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟
ﮣﮤﮥﮦﮧﮨﮩ
އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ
ﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗ
ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ قرآن އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި شيطان އާ ވެއެވެ
ﯘﯙﯚﯛﯜﯝﯞﯟﯠﯡ
رسول އާ ވިދާޅުވިއެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ قوم ގެމީހުން، މި قرآن އަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދައިފޫއެވެ
ﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮ
ހަމައެފަދައިން، ތިމަންރަސްކަލާނގެ ކޮންމެ ނަބިއްޔަކަށް ކުށްވެރިންގެ ތެރެއިން عدوّ އަކު ލެއްވީމެވެ. ތެދުމަގު ދައްކަވާ ކަލަކު ކަމުގައްޔާއި، މޮޅަށް نصر ދެއްވާ ކަލަކު ކަމުގައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެއެވެ
ﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀ
كافر ވި މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ قرآن ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަންރަސްކަލާނގެ قرآن ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަންރަސްކަލާނގެ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙ
އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް حق ބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ
ﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥ
އެއުރެންގެ މޫނުވަތަށް ނަރަކަޔަށް އެއްކުރައްވާ މީހުން ދަންނާށެވެ! އެއުރެންނީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ ބަޔެކެވެ. އަދި މަގުފުރެދުންވެސް ބޮޑުވެގެންވާ ބަޔެއްމެއެވެ
ﭦﭧﭨﭩﭪﭫﭬﭭﭮﭯ
ހަމަކަށަވަރުން، موسى ގެފާނަށް ތިމަންރަސްކަލާނގެ ފޮތް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ أخ، هارون ގެފާނު ވަޒީރަކު ކަމުގައި ލެއްވީމެވެ
ﭰﭱﭲﭳﭴﭵﭶﭷﭸﭹ
ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ
ﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈ
އަދި نوح ގެފާނުގެ قوم ގެމީހުން، رسول ން ދޮގުކުޅަހިނދު، ތިމަންރަސްކަލާނގެ އެއުރެން غرق ކުރެއްވީމެވެ. އަދި މީސްތަކުންނަށް عبرة އެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ
ﮉﮊﮋﮌﮍﮎﮏﮐﮑ
އަދި عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، رس ގެأهل ވެރިންނާއި، އެދެމެދުގައިވާ އެތައް ޖީލުތަކެއްވެސްމެއެވެ. (ނޯޓު: رس ގެ أهل ވެރިންނީ، نجد ކަރައިގެ يمامة އެވެ ކިޔާ ރަށުގައި އުޅުނު ބަޔެއްކަމަށް ވެއެވެ)
ﮒﮓﮔﮕﮖﮗﮘﮙﮚ
އެއިން ކޮންމެ ބަޔަކަށްމެ، ތިމަންރަސްކަލާނގެ މިސާލުތައް ދައްކަވައި، إنذار ކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެއިންކޮންމެ ބަޔަކުމެ، ހަލާކުކުރައްވައި، ނެތިކުރެއްވީމެވެ
ﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
ހަމަކަށަވަރުން، ނުބައިކަމުގެ ވާރެއިން ވާރޭވެހުނު ރަށް (އެބަހީ: لوط ބާގައިމީހުން އުޅުނު سَدُوم އެވެ ކިޔާ ރަށް) ކަޑައްތުކޮށް އެއުރެން އައޫއެވެ. ފަހެ، އެއުރެން އެތަން ދެކޭކަމުގައި ނުވޭހެއްޔެވެ؟ އަދި ކިއެއްތަ! އަލުން ދިރުއްވުމަކަށް ފޮނުއްވާނެ ކަމާމެދު، ބިރުވެތިނުވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ
ﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚ
އަދި އެއުރެން ކަލޭގެފާނު ދެކޭހިނދު، އެއުރެން ކަލޭގެފާނަށް ފުރައްސާރަ ނޫނީ ނުކުރެތެވެ. (އަދި ބުނެތެވެ.) اللَّه، رسول އަކު ކަމުގައި ފޮނުއްވި ބޭކަލަކީ މިއީހެއްޔެވެ؟
ﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭ
އެކަމުގެ މައްޗަށް ތިމަންމެން ކެތްނުކުޅަނަމަ، ތިމަންމެންގެ إله ންތައް ފިޔަވައި ހަމަކަށަވަރުން، އޭނާ ތިމަންމެން މަގުފުރެއްދުމާ ގާތްކުޅައީސްކަން ކަށަވަރެވެ. އަދި އެއުރެން عذاب ދެކޭހިނދު، މަގުފުރެދުންބޮޑީ ކޮންބަޔެއްކަން އެއުރެންނަށް ނިކަންހުރެ އެނގޭނެތެވެ
ﯮﯯﯰﯱﯲﯳﯴﯵﯶﯷ
އެމީހެއްގެ އެދުންތައް އެއީ، އެމީހެއްގެ إله ކަމުގައި ހެދިމީހާ، ކަލޭގެފާނު ދެކެވަޑައިގަތީމުތޯއެވެ؟ ފަހެ، އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި، ކަލޭގެފާނު ވާނެތޯއެވެ؟
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡ
ނުވަތަ އޭގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށްވުރެވެސް އެއުރެން މަގުފުރެދުން ބޮޑެވެ
ﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ހިޔަނި ފަތުރުއްވާފައިވަނީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އަދި އެކަލާނގެ އިރާދަކުރެއްވިނަމަ، ހިމޭންވެހުންނަ އެއްޗެއްކަމުގައި، އެ ހިޔަނި ލައްވައިފީހެވެ. ދެން އެ ހިޔަނީގެ މައްޗަށް، ދަލީލެއްކަމުގައި ތިމަންރަސްކަލާނގެ އެ، އިރު ލެއްވީމެވެ
ﭳﭴﭵﭶﭷﭸ
ދެން ތިމަންރަސްކަލާނގެ حضرة އަށް މަޑުމަޑުން ހިއްޕަވާ ހިއްޕެވުމަކުން، އެ ހިޔަނި ހިއްޕަވައި ނެތިކުރައްވަމެވެ
ﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄ
އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ
ﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓ
އަދި އެކަލާނގެ رحمة ގެ ކުރިޔަށް (އެބަހީ: ވާރޭގެ ކުރިޔަށް) އުފާވެރި خبر އެއްގެގޮތުގައި، ވައިރޯޅި ފޮނުއްވީވެސް އެކަލާނގެއެވެ. އަދި طاهر ކުރަނިވި ފެން ތިމަންރަސްކަލާނގެ އުޑުން ބާވައިލެއްވީމެވެ
ﮔﮕﮖﮗﮘﮙﮚﮛﮜﮝﮞ
(އެއީ) މަރުވެފައިވާ ރަށެއް، އެ ފެނުން އަލުން ދިރުއްވުމަށާއި، އަދި ތިމަންރަސްކަލާނގެ ހައްދަވާފައިވާ ތަކެތީގެތެރެއިން ޖަނަވާރުތަކަށާއި، ގިނަ އިންސާނުންނަށް އެ ފެން ބޯންދެއްވުމަށެވެ
ﮟﮠﮡﮢﮣﮤﮥﮦﮧﮨ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފެން، އެއުރެންގެ މެދުގައި، އެއްތަނުން އަނެއްތަނަށް ބަދަލުކުރެއްވީމެވެ. އެއުރެން އެކަން ހަނދުމަކުޅައުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ގިނަމީހުން، ދެކޮޅުވެރިވެ، كافر ވުން މެނުވީ قبول އެއް ނުކުރޫއެވެ
ﮩﮪﮫﮬﮭﮮﮯﮰ
އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ ރަށަކަށް إنذار ކުރައްވާ ބޭކަލަކު ތިމަންރަސްކަލާނގެ ފޮނުއްވީމުހެވެ
ﮱﯓﯔﯕﯖﯗﯘﯙ
ފަހެ، كافر ންނަށް ކަލޭގެފާނު ކިޔަމަންވެވަޑައި ނުގަންނަވާށެވެ! އަދި އެ قرآن ން ބޮޑުވެގެންވާ ޖިހާދަކުން ކަލޭގެފާނު އެއުރެންނާ ޖިހާދުކުރައްވާށެވެ
ﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪ
އަދި އެކަލާނގެއީ، ދެ ކަނޑު އެއްކުރެއްވި (އެބަހީ: ކޯރުފެނާއި ކަނޑުގެ ލޮނުގަނޑު އެކުއެކުގައި ހިނގާގޮތަށްލެއްވި) ރަސްކަލާނގެއެވެ. މިއީ މީރުކަންބޮޑު މީރު ފެނެވެ. އަދި މިއީ ލޮނުކަން ގަދަ ލޮނު ފެނެވެ. އަދި އެކަލާނގެ އެ ދެ ކަނޑު ދެމެދުގައި، ހުރަހެއްލައްވައި، އަދި އެ ދެމެދު މަނާކުރަނިވި ފަރުދާއެއް ލެއްވިއެވެ
ﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸ
އަދި އެކަލާނގެއީ ފެނުން (އެބަހީ: މަނިފޮދަކުން) އިންސާނާ ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ އެ އިންސާނާގައި، ނަސަބާއި، ޅިޔަން ފަހަރިކަމުގެ ގުޅުން ލެއްވިއެވެ. އަދި ކުޅަދުންވަންތަ ކަލަކު ކަމުގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވެއެވެ
ﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈ
އެއުރެން اللَّه ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް މަންފާއެއް ނުކުރާ، އަދި އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ ތަކެއްޗަށެވެ. كافر ވިމީހާ، އޭނާގެ ވެރިރަސްކަލާނގެއާ ދެކޮޅުހެދުމަށް، އެހީތެރިޔަކު ކަމުގައިވެއެވެ
ﭑﭒﭓﭔﭕﭖ
އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، އަދި إنذار ކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ ކަލާގެފާނު ނުފޮނުއްވަމެވެ
ﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަޔަކުން ނޭދެމެވެ. އެހެނެއްކަމަކު، އެމީހެއްގެ ވެރިރަސްކަލާނގެ حضرة އަށް މަގެއްހިފުމަށް އެދޭމީހާ، އެފަދަ މަގެއް ހޯދައިފާހުށިކަމެވެ
ﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴ
އަދި އަވަހާރަވުމެއްނުވާ، ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއަށް ކަލޭގެފާނު ވަކީލުކުރައްވާށެވެ! އަދި އެކަލާނގެއަށް حمد އާއެކު، تسبيح ވިދާޅުވާށެވެ! އެކަލާނގެ އަޅުތަކުންގެ ފާފަތަކުގެ خبر މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި އެކަލާނގެ ފުދެއެވެ
ﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇ
އެކަލާނގެއީ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ އެއްޗެއް، ހަ ދުވަހުގެ ތެރޭގައި ހެއްދެވި ރަސްކަލާނގެއެވެ. ދެން عرش ގެ މައްޗަށް އެކަލާނގެ استواء ވެ ވޮޑިގަތެވެ. އެކަލާނގެއީ، رحمن ވަންތަ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެއާމެދު މޮޅަށް خبر ދަންނަ ފަރާތަކާ ކަލޭގެފާނު سؤال ކުރައްވާށެވެ
ﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖ
އަދި رحمن ވަންތަ ރަސްކަލާނގެއަށް ތިޔަބައިމީހުން سجدة ކުރާށޭ އެއުރެންނަށް ވިދާޅުވިހިނދު، އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެއަކީ ކޮންއެއްޗެއްހޭ؟ ކަލޭގެފާނު ތިމަންމެންނަށް އަމުރުކުރައްވާ އެއްޗަކަށް ތިމަންމެން سجدة ކުރާނެހެއްޔެވެ؟ އަދި އެއުރެންގެ ނަފުރަތުދިޔައީ އިތުރުވެގެންނެވެ
ﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
އުޑުގައި بُـرج ތަކެއް ލައްވައި، އަދި އެތާނގައި ވޮށަކާއި، އަލިކުރާ ހަނދެއްލެއްވި ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰ
އަދި އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށްފަހު، އަނެކައްޗެއް އަންނަގޮތުގައި ލެއްވި ރަސްކަލާނގެއެވެ. އެއީ ހަނދުމަކުރުމަށް އެދޭމީހަކަށް، ނުވަތަ شكر ވެރިވުމަށް އެދޭމީހަކަށްޓަކައެވެ
ﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞ
رحمن ވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން مخاطب ކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭޭ ބުނެތެވެ
ﯟﯠﯡﯢﯣﯤ
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، سجدة ކުރުމުގައްޔާއި، قيام އަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ
ﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱ
އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ عذاب، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ عذاب އަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ
ﯲﯳﯴﯵﯶ
ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ
ﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂ
އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ إسراف ނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
އެއުރެންނީ اللَّه އާއެކު އެހެން إله އަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި اللَّه، حرمة ތެރި ކުރައްވާފައިވާ نفس އެއް، حق ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) عقوبات އާ ބައްދަލުކުރާނެތެވެ
ﭩﭪﭫﭬﭭﭮﭯﭰﭱ
އެމީހަކަށް قيامة ދުވަހުން عذاب ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ حال އެ عذاب ގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ
ﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃ
توبة ވެ، إيمان ވެ، ގިނަގިނައިން صالح عمل ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) اللَّه، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮄﮅﮆﮇﮈﮉﮊﮋﮌﮍ
އަދި توبة ވެ صالح عمل ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހާއީ ގިނަގިނައިން اللَّه އަށް توبة ވާ މީހެކެވެ
ﮎﮏﮐﮑﮒﮓﮔﮕﮖﮗ
އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ. އަދި ބޭކާރު ބަސްތަކާއި ކަންތައް ދިމާވާހިނދު، މާތްމީހުންގެ ގޮތުގައި ފަހަނަޅައިދާ މީހުންނެވެ
ﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތައް ހަނދާންކޮށްދޭހިނދު ބީރު ކަނު ބައެއްގެ ގޮތުގައި، އެ آية ތަކުގެ މައްޗަށް ވެއްޓި ނުގަންނަ މީހުންނެވެ
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰ
އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ
ﮱﯓﯔﯕﯖﯗﯘﯙﯚﯛ
އެއުރެން ކެތްތެރިވީކަމަށްޓަކައި، ސުވަރުގޭގެ މަތިވެރި ދަރަޖަ އެއުރެންނަށް ޖަޒާއެއްގެގޮތުން ދެއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންނާ ބައްދަލުވާނީ، تحيّة އާއި، سلام ންނެވެ
ﯜﯝﯞﯟﯠﯡﯢ
އެ ސުވަރުގޭގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެ ތިބޭ ވަޒަނެއްގެގޮތުން އެތަން ރަނގަޅުކަމާއެވެ
ﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ دعاء ކުރުން ނުވާނަމަ، ތިމަންގެ ވެރިރަސްކަލާނގެ، ތިޔަބައިމީހުންނާމެދު ފަރުވާލެއް ނުބަހައްޓަވާނެތެވެ. ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން (حق) ދޮގުކުޅައީމުއެވެ. ފަހެ، ނިކަންހުރެ އެކަމުގެ عذاب، ތިޔަބައިމީހުންނަށް لازم ވެ ހުންނަހުށްޓެވެ

ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers