PDF —
11 އާޔަތް Medinan PDF
Built right in your browser — download starts automatically

ސޫރަތު އަލް-ޖުމުޢާ pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-ޖުމުޢާ pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-ޖުމުޢާ ތަރުޖަމާ. ސޫރަތު އަލް-ޖުމުޢާ (Medinan) 11 އާޔަތް.



11 އާޔަތް · Medinan · ދިވެހި
bismillah
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝ
62:1 ރަސްވަންތަ، طاهر ވަންތަ، عزيز ވަންތަ، حكيم ވަންތަ اللَّه އަށް އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް تسبيح ކިޔަތެވެ
ﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
62:2 أمّى ންގެ ތެރެޔަށް، އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވީ އެކަލާނގެއެވެ. އެކަލާނގެ آية ތައް އެއުރެންގެ މައްޗަށް އެކަލޭގެފާނު ކިޔަވައިދެއްވަތެވެ. އަދި އެއުރެން طاهر ކުރައްވަތެވެ. އަދި ފޮތާއި، حكمة އެއުރެންނަށް އުނގަންނައިދެއްވަތެވެ. އޭގެކުރިން އެއުރެން ތިބީ ފާޅުވެ ބަޔާންވެގެންވާ އުރެދުމެއްގައިކަން ކަށަވަރެވެ
ﭴﭵﭶﭷﭸﭹﭺﭻﭼﭽ
62:3 އަދި (އެކަލޭގެފާނު ފޮނުއްވީ) އެއުރެންގެ ތެރެއިން އެހެން ބަޔެއްގެ ގާތަށްވެސްމެއެވެ. އެއުރެންނީ، އެމީހުންގެ ތެރެއަށް އަދި ނާންނަ ބަޔެކެވެ. އަދި އެކަލާނގެއީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ
ﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉ
62:4 އެއީ اللَّه ގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އެކަން ދެއްވަތެވެ. އަދި اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ
ﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣ
62:5 توراة އަށް عمل ކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް عمل ނުކުރި މީހުންގެ مثال އަކީ، ފޮތްތަކެއް އުފުލާ حمار ގެ مثال އެވެ. اللَّه ގެ آية ތައް ދޮގުކުރި މީހުންގެ مثال ގެ ހުރި ނުބައިކަމާއެވެ! އަދި އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވަތެވެ
ﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖ
62:6 ކަލޭގެފާނު ވިދާޅުވާށެވެ! އޭ يهودى ވި މީހުންނޭވެ! اللَّه ގެ حضرة ގައި އެހެން މީހުން ފިޔަވައި ގާތްބަޔަކީ، ތިޔަބައިމީހުން ކަމުގައި ތިޔަބައިމީހުން ހީކުރާނަމަ، ފަހެ، ތިޔަބައިމީހުން މަރުވުމަށް އެދިބަލާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ މީހުންކަމުގައި ވާނަމައެވެ
ﯗﯘﯙﯚﯛﯜﯝﯞﯟﯠﯡ
62:7 އަދި އެއުރެންގެ އަތްތައް އިސްކުރި ނުބައި عمل ގެ ސަބަބުން ދުވަހަކުވެސް އެއުރެން އެކަމަކަށް ނޭދޭނެތެވެ. اللَّه އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵ
62:8 ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލަންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧ
62:9 އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ
ﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷ
62:10 ފަހެ، ނަމާދުކޮށް އަވަދިވެއްޖެހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: حياة ގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللَّه ގެ فضل ވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން اللَّه ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ
ﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏ
62:11 އެއުރެންނަށް ވިޔަފާރިޔެއް ނުވަތަ ކުޅިވަރެއް ފެނިއްޖެނަމަ، ކަލޭގެފާނު ކޮޅަށް ހުންނެވުމަށް ދޫކޮށްލައި، އެއުރެން އެކަންތަކާ ދިމާޔަށް ދުވެދެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކުޅިވަރާއި، ވިޔަފާރިއަށްވުރެ، اللَّه ގެ حضرة ގައިވާ ދަރުމަ، ހެޔޮކަން ބޮޑެވެ. އަދި اللَّه އީ، رزق ދެއްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers