ސޫރަތު އަލް-އަންބިޔާއް
PDF —
112 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަލް-އަންބިޔާއް pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-އަންބިޔާއް pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-އަންބިޔާއް ތަރުޖަމާ. އަލް-އަންބިޔާއް (Meccan) 112 އާޔަތް.

→ ޠާހާއަލް-އަންބިޔާއް އަލް-ޙައްޖު ←


ސޫރަތު އަލް-އަންބިޔާއް
112 އާޔަތް · Meccan · ދިވެހި
bismillah
ﭑﭒﭓﭔﭕﭖﭗﭘ
މީސްތަކުންނަށް އެއުރެންގެ (عمل ތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން غافل ވެ (އެކަމުން) އެއްކިބާވެގެންވާ حال ގައެވެ
ﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤ
އެއުރެން (އެއަށް) ފުރައްސާރަކުރާ حال ގައި، އޭގެ އަޑުއަހާ ކަމުގައިނުވާ އައު آية އެއް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނާ ހަމަޔަކަށް ނާދެތެވެ
ﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶ
އެއުރެންގެ ހިތްތައް غافل ވެގެންވާ حال ގައެވެ. އަދި އަނިޔާވެރިވި މީހުންކުޅަ ސައްލާތައް (އެއުރެންގެ މެދުގައި) ސިއްރުކުރޫއެވެ. (އެއުރެން ބުނޫއެވެ.) މިއީ (އެބަހީ: محمد ގެފާނީ) ހަމަތިޔަބައިމީހުންފަދަ آدم ގެދަރިޔަކު ކަމުގައިމެނުވީ ނުވެތެވެ. ފަހެ، ކަލޭމެން ދެކެދެނެތިބެ، ޖާދޫ قبول ކުރަނީ ހެއްޔެވެ؟
ﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂ
އެކަލޭގެފާނު ވިދާޅުވިއެވެ. އުޑާއި، ބިމުގައި ދެކެވޭހާ ވާހަކަތައް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑ
އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. (އެއީ) ހުވަފެނުގެ ހާސަރުތަކެކެވެ. އަދި ކިއެއްތަ! އެއީ އެކަލޭގެފާނު އަމިއްލަޔަށް ހެއްދެވި އެއްޗެކެވެ. އަދި ކިއެއްތަ! އެކަލޭގެފާނަކީ، ޅެންވެރިޔެކެވެ. ފަހެ (معجزات ތަކާއިގެން) ކުރީގެ رسول ން ފޮނުއްވެވިފަދައިން، އެކަލޭގެފާނުވެސް، ތިމަންމެންނަށް معجزة އެއް ގެނެސްދެއްވަ ބައްލަވާށެވެ
ﮒﮓﮔﮕﮖﮗﮘﮙﮚﮛ
އެއުރެންގެ ކުރިން إيمان ނުވި ކިތަންމެ ރަށެއްގެ أهل ވެރިންނެއް، ތިމަންރަސްކަލާނގެ ހަލާކު ކުރެއްވީމެވެ. ވީއިރު އެއުރެން، ފަހެ، إيمان ވާނެ ހެއްޔެވެ؟
ﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫ
ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ އެއުރެންނަށް وحى އިއްވަވާ ފިރިހެނުން މެނުވީ، رسول ކަމާއިގެން ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން ނުދަންނަކަމުގައިވާނަމަ، علم ގެ أهل ވެރިންނާ سؤال ކުރާށެވެ
ﮬﮭﮮﮯﮰﮱﯓﯔﯕﯖ
އަދި ކާނާކައިނޫޅޭ ހަށިތަކެއް ކަމުގައި، ތިމަންރަސްކަލާނގެ އެ رسول ން ނުލައްވަމެވެ. އަދި އަބަދަށް ދެމިތިބޭ ބަޔަކު ކަމުގައިވެސް އެބޭކަލުން ނުވެތެވެ
ﯗﯘﯙﯚﯛﯜﯝﯞﯟ
ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وعد ފުއްދަވައި ދެއްވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެބޭކަލުންނާއި، ތިމަންރަސްކަލާނގެ އިރާދަކުރެއްވި ބަޔަކު ސަލާމަތްކުރެއްވީމެވެ. އަދި (ފުރެދުމުގައި) ހައްދުފަހަނަޅައި ދިޔަމީހުން ހަލާކުކުރެއްވީމެވެ
ﯠﯡﯢﯣﯤﯥﯦﯧﯨﯩ
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް عبرة އާއި، نصيحة އޭގައި އެކުލެވިގެންވާ ފޮތެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
އަނިޔާވެރިވި ކިތައްކިތައް ރަށުގެ أهل ވެރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވިން ހެއްޔެވެ؟ އަދި އެއުރެންގެ ފަހުން އެހެންބަޔަކު ތިމަންރަސްކަލާނގެ އުފެއްދެވީމެވެ
ﭜﭝﭞﭟﭠﭡﭢﭣ
ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގާތްވެއްޖެކަން إحساس ވީހިނދު، އެހާރުން އެއުރެން އެތަނުން ފިލާންދުވެތެވެ
ﭤﭥﭦﭧﭨﭩﭪﭫﭬﭭﭮ
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ފިލާން ނުދުވާށެވެ! އަދި ތިޔަބައިމީހުން އެ نعمة ތަކުގައި އަރާމުކުރާންތިބި نعمة ތަކަށާއި، ތިޔަބައިމީހުންގެ ގެތަކަށް އެނބުރި رجوع ވާށެވެ! (އެއީ) ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެ ކަމަށްޓަކައެވެ
ﭯﭰﭱﭲﭳﭴ
އެއުރެން ބުނޫއެވެ. އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންވީ އަނިޔާވެރިން ކަމުގައެވެ
ﭵﭶﭷﭸﭹﭺﭻﭼﭽ
ފަހެ، ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، އަދި ނިވިފައިވާ އަޅިތަކެއް ފަދައިން ތިމަންރަސްކަލާނގެ އެއުރެން ލައްވައިފުމަށް ދާންދެން، އެއުރެންގެ އެ ގޮވުން ފިލައިނުދެތެވެ
ﭾﭿﮀﮁﮂﮃﮄﮅ
ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ
ﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑ
ތިމަންރަސްކަލާނގެ ކުޅިވަރެއްގެ ބޭނުންކުރެއްވުމަށް އިރާދަކުރެއްވިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެކަން އެގޮތަށް ހިއްޕެވީމުހެވެ. ތިމަންރަސްކަލާނގެ (އެކަންތައް) ކުރައްވާނެ ނަމައެވެ
ﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠ
އަދި ކިއެއްތަ! باطل ގެ މައްޗަށް ތިމަންރަސްކަލާނގެ حق ފޮނުއްވަމެވެ. ދެން އެ حق، އެ باطل ހަލާކުކޮށްލަތެވެ. ފަހެ، އެހާރުން އެ باطل ނެތިހިނގައިދެތެވެ. އަދި (اللَّه އާމެދު އެކަށީގެން ނުވާގޮތުން) ތިޔަބައިމީހުން ސިފަކޮށް، ބުނާބުނުންތަކުން ތިޔަބައިމީހުންނަށް ހަލާކު ހުށްޓެވެ
ﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯ
އަދި އުޑުތަކާއި، ބިމުގައިވާހާ ބަޔަކު މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އެކަލާނގެ حضرة ގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަން ކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއްވެސް ނުމެވޭމެއެވެ
ﮰﮱﯓﯔﯕﯖ
އެ ملائكة ން ރެޔާދުވާލު ފޫހިވުމެއްނެތި (އެކަލާނގެ حضرة އަށް) تسبيح ދަންނަވަތެވެ
ﯗﯘﯙﯚﯛﯜﯝﯞ
ނުވަތަ (މަރުވެފައިވާ މީހުން) އަލުން ދިރުވާނެ إله ން ތަކެއް ބިމުން އެއުރެން ހިފީ ހެއްޔެވެ؟
ﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭ
އެ ދެތާނގައި (އެބަހީ: އުޑާއި، ބިމުގައި) اللَّه މެނުވީ إله ންތަކެއް ވީނަމަ، އެ ދެތަން ފަސާދަވެއްޖައީހެވެ. ފަހެ، އެއުރެން އެ ސިފަކޮށް ބުނާކަންތަކުން، عرش ގެވެރި اللَّه، ހުސްطاهر ވެވޮޑިގެންވެއެވެ
ﯮﯯﯰﯱﯲﯳﯴ
އެކަލާނގެ ކުރައްވާ ކަމަކާމެދު، އެކަލާނގެއާ سؤال އެއް ނުކުރެވޭހުށްޓެވެ. (އެއުރެންކުރާ ކަންތަކާމެދު) އެއުރެންނާ سؤال ކުރައްވާނެތެވެ
ﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏ
ނުވަތަ އެކަލާނގެ ފިޔަވައި، އެއުރެން إله ންތަކެއް ހިފީހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! މިއޮތީ، ތިމަންކަލޭގެފާނާ އެކުގައިވާ މީހުންގެ ފޮތާއި، ތިމަންކަލޭގެފާނުގެ ކުރީގެ މީހުންގެ ފޮތެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން حق އެއް ނުދަނެތެވެ. ފަހެ، އެއުރެންނީ (އެއަށް) ފުރަގަސްދޭ ބަޔެކެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ إله އަކު ނުވާކަމަށް އެބޭކަލަކަށް وحى ނުކުރައްވާ އެއްވެސް رسول އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންރަސްކަލާނގެއަށް އަޅުކަން ކުރާށެވެ
ﭡﭢﭣﭤﭥﭦﭧﭨﭩﭪﭫ
އެއުރެން ބުނޫއެވެ. رحمن ވަންތަ ރަސްކަލާނގެ ދަރިކަލަކު ހިއްޕެވިއެވެ. އެކަލާނގެ ހުސްطاهر ވަންތަކަމާއެވެ! އަދި ކިއެއްތަ! (اللَّه ގެ ދަރިކަނބަލުންތަކެކޭ އެއުރެން ބުނާ ملائكة ންނަކީ) މާތް ކުރައްވާފައިވާ، އެކަލާނގެ އަޅުންތަކެކެވެ
ﭬﭭﭮﭯﭰﭱﭲ
އެބޭކަލުން އެކަލާނގެ حضرة އަށް އިސްވެބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން عمل ކުރައްވާނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ
ﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂ
އެއުރެންގެ ކުރިމަތީގައިވާ ކަންތަކާއި، އެއުރެންގެ ފަހަތުގައިވާ ކަންތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން شفاعة ތެރިއެއް ނުވާނެތެވެ. އަދި އެބޭކަލުންތިއްބަވާނީ، އެކަލާނގެ ހައިބަވަންތަކަމަށް ބިރުވެތިވެގެންނެވެ
ﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒ
އެއުރެންކުރެ ތިމަންނާއީ އެކަލާނގެ ފިޔަވައި إله އެކޭ ބުނާ މީހަކަށް، ފަހެ، ތިމަންރަސްކަލާނގެ ނަރަކައިން ޖަޒާ ދެއްވާހުށީމެވެ. އަނިޔާވެރިންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
ﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧ
ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، كافر ވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން إيمان ނުވަނީ ހެއްޔެވެ؟
ﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖ
އަދި އެއުރެންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށްޓަކެވެ
ﯗﯘﯙﯚﯛﯜﯝﯞﯟﯠ
އަދި ރައްކާތެރިކުރައްވާފައިވާ ފުރާޅެއްކަމުގައި، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރުހަނދާއި، ތަރިތައްފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ
ﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭ
އެކަލާނގެއީ، ރޭގަނޑާއި ދުވާލު، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ
ﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹ
ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ ކުރިޔަކުންވެސް آدم ގެދަރިޔަކަށް (މަރުނުވެ) ދެމިހުރުމެއް ނުލައްވަމެވެ. ފަހެ، ކަލޭގެފާނު އަވަހާރަވެއްޖެނަމަ، އެއުރެންނީ ފަހެ، ދެމިތިބޭނޭ ބަޔެއް ހެއްޔެވެ؟
ﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆ
ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢ
كافر ވި މީހުން ކަލޭގެފާނު ދެކޭހިނދު، އެއުރެން ކަލޭގެފާނަށް ފުރައްސާރަނޫނީ ނުކުރެތެވެ. (އަދި ބުނެތެވެ.) ތިޔަބައިމީހުންގެ إله ންތަކަށް ކުޑައިމީސްބަސް ބުނާ މީހަކީ މިއީ ހެއްޔެވެ؟ އަދި އެއުރެންވަނީ ހަމަ، رحمن ވަންތަ ރަސްކަލާނގެ ފޮތަށް كافر ވެގެންނެވެ
ﭣﭤﭥﭦﭧﭨﭩﭪﭫﭬ
އިންސާނާ ހެއްދެވީ، އަވަސްކަން (އޭނާގެ طبيعة ގައި) ލައްވާފައެވެ. ތިމަންރަސްކަލާނގެ آية ތައް ނިކަންހުރެ ތިޔަބައިމީހުންނަށް ދައްކަވާހުށީމެވެ. ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة ން އަވަސްވުން އެދި ނޫޅޭށެވެ
ﭭﭮﭯﭰﭱﭲﭳﭴ
އަދި އެއުރެން ބުނެތެވެ. ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވާނަމަ، ތިޔަ (ބުނާ عذاب ގެ) وعد އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
ﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅ
كافر ވި މީހުންނަށް އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ފުރަގަހުން، އަލިފާނުގެ عذاب ދުރުނުކުރެވޭހިނދު، އަދި އެއުރެންނަށް އެއްވެސް ފަރާތަކުން نصر ލިބުމެއް ނުވާހިނދު (އެކަން) އެނގޭނަމަ (އެއުރެން އެހެނެއް ނުބުނާނެ) ތެވެ
ﮆﮇﮈﮉﮊﮋﮌﮍﮎﮏﮐ
އަދި ކިއެއްތަ! އެއުރެންނަށް އެކަންތައް އަންނަހުށީ ކުއްލިއަކަށެވެ. އަދި އެކަންތައް އެއުރެން حيران ކޮށްލާނެތެވެ. ފަހެ، އެއުރެންނަށް އެކަންތައް ދުރުކުރުމަކަށް ކުޅަދާނަވެގެންނެއް ނުވެތެވެ. އަދި އެއުރެންނަކަށް مهلة އެއް ނުމެދެއްވާނެމެއެވެ
ﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞ
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނުމީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ
ﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
ކަލޭގެފާނު ވިދާޅުވާށެވެ! ރެޔާއިދުވާލުގައި، رحمن ވަންތަ ރަސްކަލާނގެ ކޯފާއިން ތިޔަބައިމީހުން ރައްކާތެރިކުރާނީ ކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ ފޮތަށް ފުރަގަސްދޭ ބަޔެކެވެ
ﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞ
ނުވަތަ ތިމަންރަސްކަލާނގެ عذاب އެއުރެންގެ ކިބައިން ދުރުކޮށްދޭނެ إله ން ތަކެއް، އެއުރެންނަށް ވޭހެއްޔެވެ؟ އެ ތަކެއްޗަށް އޭގެ އަމިއްލަ نفس އަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއްނުވެތެވެ. އަދި ތިމަންރަސްކަލާނގެ عذاب ން މިންޖުކޮށްދޭނޭ ބަޔަކުވެސް އެ ތަކެއްޗާއެކުގައި ނުމެވާހުށިމެއެވެ
ﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳ
އަދި ކިއެއްތަ! މިބައިމީހުންނާއި، އެއުރެންގެ މައިންބަފައިން ދިގު عمر އަކަށް ދާނދެން ދުނިޔޭގެ نعمة ގައި ތިމަންރަސްކަލާނގެ ލެހެއްޓެވީމެވެ. ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިމުގެ ހުރިހާ ފަރާތަކުން އުނިކުރައްވަމުން ގެންދަވާކަން، އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ ފަހެ، ގަދަވާނެ ބަޔަކީ އެއުރެން ހެއްޔެވެ؟
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް إنذار ކުރައްވާކަން ކަށަވަރީ، وحى އިންނެވެ. އަދި ބީރުމީހުން، އެއުރެންނަށް إنذار ކުރައްވާ ހިނދު، ގޮވައިލާއަޑެއް ނާހާނެތެވެ
ﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب ން ކިތަންމެ ކުޑަ މިންވަރެއް އެއުރެންގައި ބީހުނަސް، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައިވީމުއެވެ
ﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀ
ތިމަންރަސްކަލާނގެ قيامة ދުވަހުން عدل ވެރިކަމުގެ ތިލަފަތްތައް قائم ކުރައްވާހުށީމެވެ. ފަހެ، އެއްވެސް نفس އަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ
ﮁﮂﮃﮄﮅﮆﮇﮈﮉ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށާއި، هارون ގެފާނަށް حق އާއި، باطل ވަކިކުރަނިވި ފޮތް (އެބަހީ: توراة) ދެއްވީމެވެ. تقوى ވެރިންނަށް، އަލިކަމެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ
ﮊﮋﮌﮍﮎﮏﮐﮑﮒ
އެއުރެންނަކީ އެއުރެންގެ ވެރިރަސްކަލާނގެއަށް غيب ގައި ބިރުވެތިވާ މީހުންނެވެ. އަދި އެއުރެންވަނީ، قيامة ދުވަހަށް ބިރުވެތިވެގެންނެވެ
ﮓﮔﮕﮖﮗﮘﮙﮚﮛ
މި قرآن އަކީ، بركات ތެރިވެގެންވާ ހަނދާންކޮށް ދިނުމެކެވެ. ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން އެ ފޮތަށް އިންކާރުކުރަނީ ހެއްޔެވެ؟
ﮜﮝﮞﮟﮠﮡﮢﮣﮤﮥﮦ
އަދި ހަމަކަށަވަރުން، މީގެކުރިން إبراهيم ގެފާނަށް، ތިމަންރަސްކަލާނގެ ހެޔޮ ވިސްނުމާއި، ބުއްދިވެރިކަން ދެއްވީމެވެ. އަދި އެކަލޭގެފާނާމެދު ތިމަންރަސްކަލާނގެ މޮޅަށްދެނެވޮޑިގެންވަމެވެ
ﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓ
އެކަލޭގެފާނުގެ ބައްޕާއަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ، ކޮން ބުދުތަކަކަށް ހެއްޔެވެ؟
ﯔﯕﯖﯗﯘﯙ
އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ކާބަފައިން، އެ ތަކެއްޗަށް އަޅުކަންކުރާތީ ތިމަންމެން ދުށީމުއެވެ
ﯚﯛﯜﯝﯞﯟﯠﯡﯢ
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިންވަނީ، ފާޅުވެގެންވާ މަގު ފުރެދުމެއްގައެވެ
ﯣﯤﯥﯦﯧﯨﯩﯪ
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، حق ތެދުމަގާއިގެން ހެއްޔެވެ؟ ނުވަތަ ކަލޭގެފާނުވަނީ، ކުޅޭމީހުންގެ ތެރެއިން ހެއްޔެވެ؟
ﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸ
އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެއެވެ. އެކަލާނގެއީ، އިސްވެދިޔަ މިސާލަކާނުލައި، އެ ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނު ވަނީ، އެކަމުގެ މައްޗަށް ހެކިވާމީހުންގެ ތެރެއިންނެވެ
ﯹﯺﯻﯼﯽﯾﯿﰀ
އަދި اللَّه ގަންދީ ހުވާ ކުރައްވަމެވެ. ތިޔަބައިމީހުން ފުރަގަސްދީ ދިއުމަށްފަހު، ތިޔަބައިމީހުންގެ ބުދުތައް ހަލާކުކޮށްލުމަށް، ހަމަކަށަވަރުން، ތިމަންކަލޭގެފާނު ގޮތެއް ރާއްވަވާހުށީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙ
ފަހެ، އެއުރެންގެ ބޮޑު ބުދު ފިޔަވައި، އެކަލޭގެފާނު އެ ބުދުތައް މުގުރުއްވިއެވެ. (އެއީ) އެއުރެން އޭގެކައިރިޔަށް އައުމަށްޓަކައެވެ
ﭚﭛﭜﭝﭞﭟﭠﭡﭢ
އެއުރެން ބުނޫއެވެ. ތިމަންމެންގެ إله ންތަކަށް މިހެންހެދީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އެ މީހަކުވަނީ އަނިޔާވެރިންގެ ތެރެއިންނެވެ
ﭣﭤﭥﭦﭧﭨﭩﭪ
އެއުރެން ބުނޫއެވެ. إبراهيم އޭ ކިޔާ ޒުވާނަކު އެ އެއްޗިއްސަށް عيب ބަސް ބުނާއަޑު ތިމަންމެންއެހީމުއެވެ
ﭫﭬﭭﭮﭯﭰﭱﭲﭳ
އެއުރެން ބުނޫއެވެ. ފަހެ، މީސްތަކުންގެ ކުރިމައްޗަށް އޭނާ ގެންނާށެވެ! (އެއީ) އެއުރެން ހެކިވުމަށްޓަކައެވެ
ﭴﭵﭶﭷﭸﭹﭺ
އެއުރެން ބުނޫއެވެ. އޭ إبراهيم ގެފާނެވެ! ތިމަންމެންގެ إله ންތަކަށް މިހެން ހެއްދެވީ ކަލޭގެފާނުތޯއެވެ؟
ﭻﭼﭽﭾﭿﮀﮁﮂﮃﮄ
އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއްތަ! އެކަންތައް ކުޅައީ އެ ބުދުތަކުގެ ތެރެއިން މިހިރަބޮޑުބުދެވެ. ފަހެ، އެ ބުދުތައް ވާހަކަ ދައްކާ ކަމުގައިވާނަމަ، ތިޔަބައިމީހުން އެބުދުތަކާ سؤال ކުރާށެވެ
ﮅﮆﮇﮈﮉﮊﮋﮌ
ފަހެ، އެއުރެން، އެއުރެންގެ އަމިއްލަ نفس ތަކަށް رجوع ވެއްޖައޫއެވެ. ދެން އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކީ، ހަމަތިޔަބައި މީހުންނެވެ
ﮍﮎﮏﮐﮑﮒﮓﮔﮕﮖ
ދެން އެއުރެންނަށް އިސްދަށަށް ޖެހެވުނެވެ. (އަދި ބުނޫއެވެ.) ހަމަކަށަވަރުން، މި ތަކެތި ވާހަކަ ނުދައްކާކަން ކަލޭގެފާނަށް އެނގިވަޑައިގެންފައިވާނެތެވެ
ﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ، ތިޔަބައިމީހުންނަށް އެއްވެސް ފައިދާއެއް ނުކުރާ، އަދި ގެއްލުމެއްވެސް ނުދޭ އެއްޗެހިތަކަކަށް اللَّه ފިޔަވައި، ތިޔަބައިމީހުން އަޅުކަންކުރަނީ ހެއްޔެވެ؟
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
ތިޔަބައިމީހުންނަށާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް، ހަޑިހުތުރުކަންހުށްޓެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟
ﮮﮯﮰﮱﯓﯔﯕﯖ
އެއުރެން ބުނޫއެވެ. ތިޔަބައިމީހުން ކަމެއްކުރަނީ ކަމުގައިވާނަމަ، އެކަލޭގެފާނު އަންދައިލާށެވެ! އަދި ތިޔަބައިމީހުންގެ إله ންތަކަށް نصر ދޭށެވެ
ﯗﯘﯙﯚﯛﯜﯝﯞ
(ދެން އެއުރެން އެކަލޭގެފާނު އަލިފާނަށް އެއްލިހިނދު) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. އޭ އަލިފާނާއެވެ! إبراهيم ގެފާނުގެ މައްޗަށް ފިނިކަމެއް ކަމުގައްޔާއި، أمان ކަމެއްކަމުގައި ވާށެވެ
ﯟﯠﯡﯢﯣﯤ
އެއުރެން އެކަލޭގެފާނު ހަލާކުކޮށްލުމަށް މަކަރުވެރި ރޭވުމެއް ރޭވޫއެވެ. ފަހެ، އެންމެ ބޮޑަށް ގެއްލެނިވެގެންވާ ބަޔަކުކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ
ﯥﯦﯧﯨﯩﯪﯫﯬﯭ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، لوط ގެފާނު ސަލާމަތްކުރައްވައި، عالم ތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ
ﯮﯯﯰﯱﯲﯳﯴﯵﯶﯷ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނު ދެއްވީމެވެ. އަދި އިތުރަށް يعقوب ގެފާނު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ ހުރިހާ ބޭކަލުންނަކީ، صالح ން ކަމުގައި ލެއްވީމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡ
އަދި ތިމަންރަސްކަލާނގެ އަމުރުފުޅަށް ތެދުމަގު ދައްކަވާ އިމާމުންކަމުގައި، ތިމަންރަސްކަލާނގެ އެބޭކަލުން ލެއްވީމެވެ. އަދި ހެޔޮކަންތައް ކުރެއްވުމަށާއި، ނަމާދު قائم ކުރެއްވުމަށާއި، ޒަކާތްދެއްވުމަށް، ތިމަންރަސްކަލާނގެ އެބޭކަލުންނަށް وحى ކުރެއްވީމެވެ. އަދި ހަމައެކަނި، ތިމަންރަސްކަލާނގެއަށް އަޅުކަންކުރާބަޔަކު ކަމުގައި އެބޭކަލުން ވޫއެވެ
ﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
لوط ގެފާނަށް ތިމަންރަސްކަލާނގެ حكمة ތެރިކަމާއި، علم ދެއްވީމެވެ. އަދި ނުބައި ފާފަތައް ކޮށްއުޅުނު ރަށުގެ (މީހުންގެ) ކިބައިން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ، ނުބައިކަމުގެ أهل ވެރި، فاسق ބަޔަކު ކަމުގައެވެ
ﭴﭵﭶﭷﭸﭹﭺﭻ
އަދި ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް އެކަލޭގެފާނު ވެއްދެވީމެވެ. ހަމަކަށަވަރުން، އެކަލޭގެފާނުވަނީ، صالح ންގެ ތެރެއިންނެވެ
ﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈ
އަދި އޭގެކުރިން، نوح ގެފާނު (ތިމަންރަސްކަލާނގެ حضرة އަށް) دعاء ކުރެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި ބޮޑުވެގެންވާނުރައްކަލުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ
ﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖ
އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރި މީހުންގެ ކިބައިން (އެކަލޭގެފާނު ސަލާމަތްކުރައްވައި) ތިމަންރަސްކަލާނގެ އެކަލޭގެފާނަށް نصر ދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންވީ ނުބައިކަމުގެ أهل ވެރި ބަޔަކު ކަމުގައެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން غرق ކުރެއްވީމެވެ
ﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥ
އަދި داود ގެފާނާއި، سليمان ގެފާނު ހަނދުމަކުރާށެވެ! قوم ގެމީހުންގެ ބަކަރިތަކެއް ދަނޑަކަށްވަދެ، ރޭގަނޑުގައި ހުއިހެފި مسألة ގައި، އެ ދެބޭކަލުން (ދެގޮތަށް) حكم ކުރެއްވި ހިނދެވެ. އަދި އެ ދެބޭކަލުން ކުރެއްވި حكم ގެ މައްޗަށް ތިމަންރަސްކަލާނގެ ހެކިވެވޮޑިގެންވަމެވެ
ﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘ
ފަހެ، ތިމަންރަސްކަލާނގެ سليمان ގެފާނަށް އެ حكم ވިސްނައިދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކަށްމެ حكمة އާއި، علم ދެއްވީމެވެ. އަދި داود ގެފާނާއެކުގައި، تسبيح ކިޔާ ތަކެތިކަމުގައި، ފަރުބަދަތަކާއި، ދޫނިތައްލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ (އެ ހުރިހާ ކަމެއް) ކުރެއްވީމެވެ
ﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤ
އަދި ހަނގުރާމައިގައި، ތިޔަބައިމީހުން ރައްކާތެރިކުރުމަށް، ތިޔަބައިމީހުންނަށްޓަކައި، ދަހަނާހަދާނޭގޮތް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އުނގަންނައިދެއްވީމެވެ. ފަހެ، ތިޔަބައިމީހުންނީ شكر ކުރާ ބަޔެއް ހެއްޔެވެ؟
ﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴ
އަދި ތިމަންރަސްކަލާނގެ، سليمان ގެފާނަށް ވައިރޯޅި ގަދަޔަށްޖެހޭ ގޮތުގައި (އެ) خدمة ތެރި ކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެ ބިމުގައި، بركات ލެއްވި ބިމަށް، އެކަލޭގެފާނުގެ އަމުރުފުޅަށް، އެ ވައިރޯޅި ހިނގައިދާގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެކަމެއް ދެނެވޮޑިގެންވަމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞ
އަދި شيطان ންގެ ތެރެއިން، އެކަލޭގެފާނަށްޓަކައި، ފީނާބަޔަކު (خدمة ތެރި ކުރެއްވީމެވެ.) އަދި އެނޫން އެތައް މަސައްކަތެއް އެބަޔަކު ކުރެތެވެ. އަދި ތިމަންރަސްކަލާނގެ އެ ބަޔަކު ބަލަހައްޓަވައި، ރައްކާތެރިކުރެއްވީމެވެ
ﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪ
އަދި أيوب ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ
ﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި حال ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ންނާއި، އެ أهل ންނާއެކު ހަމަ އެފަދަ أهل ން ދެއްވީމެވެ. ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް، ހަނދާންކޮށްދިނުމެއް ކަމުގައެވެ
ﭽﭾﭿﮀﮁﮂﮃﮄﮅ
އަދި إسماعيل ގެފާނާއި، إدريس ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ، ކެތްތެރިންގެ ތެރެއިންނެވެ
ﮆﮇﮈﮉﮊﮋﮌﮍ
އަދި އެބޭކަލުން ތިމަންރަސްކަލާނގެ رحمة ގެ ތެރެޔަށް ވެއްދެވީމެވެ. ހަމަކަށަވަރުން، އެބޭކަލުންވަނީ، صالح ންގެ ތެރެއިންނެވެ
ﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥ
އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ
ﮦﮧﮨﮩﮪﮫﮬﮭﮮﮯ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ
ﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜ
އަދި زكريّا ގެފާނު ހަނދުމަކުރާށެވެ! އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް دعاء ކުރެއްވި ހިނދެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ
ﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަދެއްވީމެވެ. އަދި އެކަލޭގެފާނަށް يحيى ގެފާނު ދެއްވީމެވެ. އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަނބިކަނބަލުން (ދަރިމައިވާގޮތަށް) ރަނގަޅުކޮށްދެއްވީމެވެ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜ
އަދި އެކަމަނާގެ فرج ރައްކާތެރިކުރެއްވި ކަމަނާ (އެބަހީ: مريم ގެފާނު) ހަނދުމަކުރާށެވެ! ފަހެ، ތިމަންރަސްކަލާނގެ روح ފުޅުން އެ ކަމަނާއަށް ފުމެލެއްވީމެވެ. އަދި އެކަމަނާއާއި، އެ ކަމަނާގެ ދަރިކަލުން عيسى ގެފާނު، عالم ތަކަށްވާ ހެތްކެއްކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ
ﭝﭞﭟﭠﭡﭢﭣﭤﭥ
ހަމަކަށަވަރުން، މިއީ، އެއް أمّة އެއް ކަމުގައިވާ ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ
ﭦﭧﭨﭩﭪﭫﭬﭭ
އެއުރެންގެ މެދުގައި، ދީނުގެ ކަންތައްތަކާމެދު خلاف ވެ، ވަކިވަކިވެގަތޫއެވެ. އެއިން ކޮންމެ ބަޔަކީވެސް، ތިމަންރަސްކަލާނގެ حضرة އަށް رجوع ވާނޭ ބަޔެކެވެ
ﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺ
ފަހެ، إيمان ވެހުރެ صالح عمل ތައް ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ عمل ގެއްލިއެއް ނުދާނެތެވެ. އަދި އެމީހާގެ عمل ތައް ތިމަންރަސްކަލާނގެ ލިޔުއްވާހުށީމެވެ
ﭻﭼﭽﭾﭿﮀﮁﮂ
ތިމަންރަސްކަލާނގެ ހަލާކުކުރެއްވި ރަށެއްގެ أهل ވެރިން އެނބުރި (ދުނިޔެއަށް) ނާންނާނެކަމަށް އެއުރެންގެ މައްޗަށް ކަނޑައަޅުއްވާފައިވެއެވެ
ﮃﮄﮅﮆﮇﮈﮉﮊﮋﮌﮍ
يأجوج مأجوج ބާގައިމީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ
ﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡ
އަދި حق ތެދު وعد (އެބަހީ: قيامة ވުމުގެ ވަގުތު) ގާތްވެއްޖެއެވެ. ފަހެ، އެހާރުން كافر ވި މީހުން (ބިރުން) ލޯތައް ބޮޑުވެފައިވާނެތެވެ. (އަދި ބުނާނެތެވެ.) އޭ ތިމަންމެންނަށްހުރި ހަލާކެއްގެބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެންތިބީ، މިކަންތައްތަކާމެދު غافل ކަމެއްގައެވެ. އަދި ކިއެއްތަ! ތިމަންމެންވީ، އަނިޔާވެރި ބަޔެއްކަަމުގައެވެ
ﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ، ނަރަކައިގެ ދަރެވެ. ތިޔަބައިމީހުން އެތަނަށް ވަންނަހުށްޓެވެ
ﮮﮯﮰﮱﯓﯔﯕﯖﯗﯘﯙ
މި ތަކެއްޗަކީ، إله ންތަކެއް ކަމުގައިވީނަމަ، އެ ތަކެތި އެ ތަނަކަށް ނުވަނީހެވެ. އަދި އެހުރިހާތަކެތި އެތާނގައި ދެމިތިބޭނެތެވެ
ﯚﯛﯜﯝﯞﯟﯠﯡ
އެތާނގައި އެއުރެން ނޭވާލާ އަޑުފަށްގަނޑު ހުންނާނެތެވެ. އަދި އެއުރެންނަކަށް އެތާނގައި އަޑެއް ނީވޭނެތެވެ
ﯢﯣﯤﯥﯦﯧﯨﯩﯪﯫ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ حضرة ން އެ ބަޔަކަށް ބާއްޖަވެރިކަން އިސްވެގޮސްފައިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެ ނަރަކަޔާ ދުރުކުރައްވާފައެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
އެއުރެންނަކަށް އެތާނގެ އަލިފާނުގެ އަޑެއްވެސް ނީވޭނެތެވެ. އަދި އެއުރެން ހިތްއެދޭ ކަންތައްތަކުގައި (ސުވަރުގޭގައި) އެއުރެން ދެމިތިބޭނެތެވެ
ﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧ
އެންމެބޮޑު ބިރުވެރިކަން (އެބަހީ: قيامة ދުވަހުގެ ބިރުވެރިކަން) އެއުރެންނަކަށް އެއްވެސް ހިތާމައެއް ނުދޭހުށްޓެވެ. އަދި ملائكة ން އެއުރެންނާ ބައްދަލުކުރައްވާނެތެވެ. (އަދި ވިދާޅުވާނެތެވެ.) ތިޔަބައިމީހުންނަށް وعد ކުރައްވާ ކަމުގައިވީ ދުވަހަކީ މިއެވެ
ﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶﭷﭸﭹﭺﭻ
އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހައިލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ. އެންމެފުރަތަމަ އުފެއްދެވި ފަދައިން، އެ ތަކެތި އަލުން إعادة ކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗަށްއޮތް وعد އެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ
ﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈ
ހަމަކަށަވަރުން، توراة ގެ ފަހުން زبور ގައި ތިމަންރަސްކަލާނގެ ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންރަސްކަލާނގެ صالح އަޅުންނަށެވެ
ﮉﮊﮋﮌﮍﮎﮏ
ހަމަކަށަވަރުން، އަޅުކަންކުރާ ބަޔަކަށް ފުދޭވަރުގެ އެންގުމެއް، މީގައިވާކަން ކަށަވަރެވެ
ﮐﮑﮒﮓﮔﮕ
އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ
ﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް وحى އިއްވަވާކަން ކަށަވަރީ، ތިޔަބައިމީހުންގެ إله އަކީ، އެއްކައުވަންތަ إله އެއް ކަމަށެވެ. ފަހެ، ތިޔަބައިމީހުންނީ (އެކަން قبول ކޮށް) إسلام ވާ ބަޔެއް ހެއްޔެވެ؟
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱ
ދެން އެއުރެން ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ސާފުކޮށް (حق ގޮތް) އަންގަވައި ދެއްވައިފީމެވެ. އަދި ތިޔަބައިމީހުންނަށް وعد ކުރައްވާ ދުވަސްއޮތީ، ގާތުގައިކަން ނުވަތަ ދުރުގައިކަން ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ
ﯓﯔﯕﯖﯗﯘﯙﯚﯛ
ހަމަކަށަވަރުން، ފާޅުގައި ބުނެވޭބަސްތައް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން ވަންހަނާކުރާ ކަންތައްވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ
ﯜﯝﯞﯟﯠﯡﯢﯣﯤ
(ތިޔަބައިމީހުން ލެހެއްޓެވިކަން) އެއީ، ތިޔަބައިމީހުންނަށްވާ امتحان އެއްކަން، ނުވަތަ ވަކި މުއްދަތަކާ ޖެހެންދެން ލިބޭވަގުތީ އުފަލެއްކަން، ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވަތެވެ
ﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! (މި އަޅާއާއި، مشرك ންނާ ދެމެދު) حق ގޮތުގައި حكم ކުރައްވާނދޭވެ! އަދި ތިޔަބައިމީހުން ސިފަކޮށް ބުނާއެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާފަރާތަކީ، އަޅަމެންގެ ވެރި، رحمن ވަންތަ ރަސްކަލާނގެއެވެ

ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers