ސޫރަތު އަލް-ޢަންކަބޫތް ޢަރަބި އަދި ދިވެހި

ސޫރަތު އަލް-ޢަންކަބޫތް ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (69 އާޔަތް — مكية). އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf.

ސޫރަތު އަލް-ޢަންކަބޫތް ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
الم ۝١
📖 ތަރުޖަމާ އާޔަތް 1
ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ)
أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ۝٢
📖 ތަރުޖަމާ އާޔަތް 2
މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟
وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ۝٣
📖 ތަރުޖަމާ އާޔަތް 3
އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ
أَمْ حَسِبَ الَّذِينَ يَعْمَلُونَ السَّيِّئَاتِ أَن يَسْبِقُونَا ۚ سَاءَ مَا يَحْكُمُونَ ۝٤
📖 ތަރުޖަމާ އާޔަތް 4
ނުބައި ކަންތައްކުރާމީހުން ތިމަންރަސްކަލާނގެ عقوبات ން ފިލައިގެން ދެވިދާނެކަމަށް ހީކުރީހެއްޔެވެ؟ އެއުރެންކުރާ حكم ހާދަހާ ނުބައިވެގެންވެއެވެ
مَن كَانَ يَرْجُو لِقَاءَ اللَّهِ فَإِنَّ أَجَلَ اللَّهِ لَآتٍ ۚ وَهُوَ السَّمِيعُ الْعَلِيمُ ۝٥
📖 ތަރުޖަމާ އާޔަތް 5
اللَّه އާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަންނަހުށްޓެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
وَمَن جَاهَدَ فَإِنَّمَا يُجَاهِدُ لِنَفْسِهِ ۚ إِنَّ اللَّهَ لَغَنِيٌّ عَنِ الْعَالَمِينَ ۝٦
📖 ތަރުޖަމާ އާޔަތް 6
އަދި جهاد ކުރިމީހާ (ދަންނާށެވެ!) ފަހެ، އޭނާ جهاد ކުރާކަން ކަށަވަރީ، އޭނާގެ އަމިއްލަ نفس އަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، އެންމެހާ عالم ތައް ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ الَّذِي كَانُوا يَعْمَلُونَ ۝٧
📖 ތަރުޖަމާ އާޔަތް 7
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެއުރެންގެ ކުށްފާފަފުއްސަވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު عمل ތަކުގެ އެންމެ ހެޔޮ ޖަޒާ ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ
وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْنًا ۖ وَإِن جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۚ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ۝٨
📖 ތަރުޖަމާ އާޔަތް 8
އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރައްވައި، أمر ކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު علم އެއްލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ شريك ކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! ތިޔަބައިމީހުން އެނބުރި ދިއުންއޮތީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެކަންތަކަށް ޖަޒާ ދެއްވާހުށީމެވެ)
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُدْخِلَنَّهُمْ فِي الصَّالِحِينَ ۝٩
📖 ތަރުޖަމާ އާޔަތް 9
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން صالح އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ فَإِذَا أُوذِيَ فِي اللَّهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللَّهِ وَلَئِن جَاءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ اللَّهُ بِأَعْلَمَ بِمَا فِي صُدُورِ الْعَالَمِينَ ۝١٠
📖 ތަރުޖަމާ އާޔަތް 10
ތިމަންމެން إيمان ވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ، اللَّه ގެ މަގުގައި އެއިން މީހަކަށް އުނދަގުލެއް ލިބިއްޖެނަމަ، މީސްތަކުންގެ އުނދަގޫތައް اللَّه ގެ عذاب އާ އެއްފަދަ ކަމުގައި އޭނާ ހަދަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން نصر އެއް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. عالم ތަކުގައިވާ އެންމެންގެ ހިތްތަކުގައިވާހާ އެއްޗެއް اللَّه މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟
وَلَيَعْلَمَنَّ اللَّهُ الَّذِينَ آمَنُوا وَلَيَعْلَمَنَّ الْمُنَافِقِينَ ۝١١
📖 ތަރުޖަމާ އާޔަތް 11
އަދި ހަމަކަށަވަރުން، اللَّه، إيمان ވި މީހުން ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ منافق ންވެސް ދެނެވޮޑިގެންވެތެވެ
وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا اتَّبِعُوا سَبِيلَنَا وَلْنَحْمِلْ خَطَايَاكُمْ وَمَا هُم بِحَامِلِينَ مِنْ خَطَايَاهُم مِّن شَيْءٍ ۖ إِنَّهُمْ لَكَاذِبُونَ ۝١٢
📖 ތަރުޖަމާ އާޔަތް 12
كافر ވިމީހުން إيمان ވިމީހުންނަށް ބުނޫއެވެ. ތިޔަބައިމީހުން ތިމަންމެންގެ މަގަށް تبع ވާށެވެ! އަދި ތިޔަބައިމީހުންގެ ކުށްފާފަތައް ތިމަންމެން އުފުލާނޫއެވެ. އެއުރެންގެ ކުށްފާފަތަކުގެ ތެރެއިން އެއްވެސް އެއްޗެއް އުފުލާނޭ ބަޔަކު ކަމުގައި އެއުރެން ނުވެއެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ
وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْأَلُنَّ يَوْمَ الْقِيَامَةِ عَمَّا كَانُوا يَفْتَرُونَ ۝١٣
📖 ތަރުޖަމާ އާޔަތް 13
އަދި ހަމަކަށަވަރުން، އެއުރެންގެ އަމިއްލަ نفس ގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއެކު، އެއުރެން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެއުރެން އުފުލާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެން ހަދައި އުޅުނު ދޮގުތަކާމެދު قيامة ދުވަހުން އެއުރެންނާ سؤال ކުރައްވާހުށްޓެވެ
وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ ۝١٤
📖 ތަރުޖަމާ އާޔަތް 14
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު دين އަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ حال، طوفان (ގެ عذاب) އައިސް އެއުރެންނަށް ޖެހުނެވެ
فَأَنجَيْنَاهُ وَأَصْحَابَ السَّفِينَةِ وَجَعَلْنَاهَا آيَةً لِّلْعَالَمِينَ ۝١٥
📖 ތަރުޖަމާ އާޔަތް 15
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި (އެކަލޭގެފާނުގެ) ނާކޮޅުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. އަދި އެއީ عالم ތަކަށްވާ عبرة އެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ
وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّهَ وَاتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ۝١٦
📖 ތަރުޖަމާ އާޔަތް 16
އަދި إبراهيم ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް تقوى ވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ
إِنَّمَا تَعْبُدُونَ مِن دُونِ اللَّهِ أَوْثَانًا وَتَخْلُقُونَ إِفْكًا ۚ إِنَّ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَابْتَغُوا عِندَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ ۝١٧
📖 ތަރުޖަމާ އާޔަތް 17
ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ بهتان ދޮގެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް ތިޔަބައިމީހުންނަށް رزق ދިނުމެއް މިލްކުވެގެނެއްނުވެެތެވެ. ފަހެ، ތިޔަބައިމީހުން اللَّه ގެ حضرة ން رزق އަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! ތިޔަބައިމީހުން رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ
وَإِن تُكَذِّبُوا فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ ۝١٨
📖 ތަރުޖަމާ އާޔަތް 18
އަދި ތިޔަބައިމީހުން (ތިމަންކަލޭގެފާނު) ދޮގުކުރިޔަސް (ތިމަން ކަލޭގެފާނަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރިންވެސް أمّة ތަކެއް (رسول ން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާ އިއްވެވުން މެނުވީ، رسول އާގެ މައްޗަކަށް ނުވެއެވެ
أَوَلَمْ يَرَوْا كَيْفَ يُبْدِئُ اللَّهُ الْخَلْقَ ثُمَّ يُعِيدُهُ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ ۝١٩
📖 ތަރުޖަމާ އާޔަތް 19
އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތާއި ދެން އެއަށްފަހު އަލުން (ދިރުއްވައި) إعادة ކުރައްވާގޮތް އެއުރެންނަކަށް ނުފެނޭ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދި ފަސޭހަ ކަމެކެވެ
قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ۚ ثُمَّ اللَّهُ يُنشِئُ النَّشْأَةَ الْآخِرَةَ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ۝٢٠
📖 ތަރުޖަމާ އާޔަތް 20
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށްފަހު، اللَّه އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެތެވެ. (އެބަހީ: އަލުން ދިރުއްވައި إعادة ކުރައްވާނެތެވެ.) ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
يُعَذِّبُ مَن يَشَاءُ وَيَرْحَمُ مَن يَشَاءُ ۖ وَإِلَيْهِ تُقْلَبُونَ ۝٢١
📖 ތަރުޖަމާ އާޔަތް 21
އެކަލާނގެ އިރާދަކުރައްވާ އަޅަކަށް عذاب ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رحمة ލައްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) އެނބުރިދާހުށީ އެކަލާނގެ حضرة އަށެވެ
وَمَا أَنتُم بِمُعْجِزِينَ فِي الْأَرْضِ وَلَا فِي السَّمَاءِ ۖ وَمَا لَكُم مِّن دُونِ اللَّهِ مِن وَلِيٍّ وَلَا نَصِيرٍ ۝٢٢
📖 ތަރުޖަމާ އާޔަތް 22
އަދި ތިޔަބައިމީހުންނީ އުޑާއި، ބިމުގައި (اللَّه) ނުކުޅެއްދޭނޭ ބަޔަކު ކަމުގައި ނުވެތެވެ. އަދި ތިޔަބައިމީހުންނަކަށް اللَّه ފިޔަވައި އެއްވެސް އެހީތެރިޔަކު، އަދި نصر ދޭނޭ މީހަކުވެސް ނުވެތެވެ
وَالَّذِينَ كَفَرُوا بِآيَاتِ اللَّهِ وَلِقَائِهِ أُولَٰئِكَ يَئِسُوا مِن رَّحْمَتِي وَأُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ ۝٢٣
📖 ތަރުޖަމާ އާޔަތް 23
އަދި އެއުރެން اللَّه ގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާނެ ކަމާމެދު كافر ވެ، إنكار ކުރި މީހުން (ދަންނާށެވެ!) އެއުރެންނީ، ތިމަންރަސްކަލާނގެ رحمة ން، ނާއުންމީދު ވެފައިވާ ބަޔެކެވެ. އަދި އެއުރެންނީ އެއުރެންނަށްޓަކައި ވޭންދެނިވި عذاب ހުރި މީހުންނެވެ
فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا اقْتُلُوهُ أَوْ حَرِّقُوهُ فَأَنجَاهُ اللَّهُ مِنَ النَّارِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يُؤْمِنُونَ ۝٢٤
📖 ތަރުޖަމާ އާޔަތް 24
ފަހެ، އެކަލޭގެފާނުގެ (އެބަހީ: إبراهيم ގެފާނުގެ) قوم ގެމީހުންގެ ޖަވާބު ކަމުގައި، އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުން އެކަލޭގެފާނު قتل ކޮށްލާށެވެ! ނުވަތަ އެކަލޭގެފާނު އަންދައިލާށެވެ! ފަހެ، اللَّه، އެކަލޭގެފާނު އަލިފާނުން ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ
وَقَالَ إِنَّمَا اتَّخَذْتُم مِّن دُونِ اللَّهِ أَوْثَانًا مَّوَدَّةَ بَيْنِكُمْ فِي الْحَيَاةِ الدُّنْيَا ۖ ثُمَّ يَوْمَ الْقِيَامَةِ يَكْفُرُ بَعْضُكُم بِبَعْضٍ وَيَلْعَنُ بَعْضُكُم بَعْضًا وَمَأْوَاكُمُ النَّارُ وَمَا لَكُم مِّن نَّاصِرِينَ ۝٢٥
📖 ތަރުޖަމާ އާޔަތް 25
އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. اللَّه ފިޔަވައި އަޅުކަންކުރުމަށް ތިޔަބައިމީހުން ހިފިކަން ކަށަވަރީ ބުދުތަކެކެވެ. އެއީ ދުނިޔޭގެ حياة ގައި ތިޔަބައިމީހުންގެ މެދުގައި އެކުވެރިކަން ދެމިއޮތުމަށްޓަކައެވެ. ދެން އެއަށްފަހު، قيامة ދުވަހުން ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު، އަނެއްބަޔަކަށް كافر ވާނެތެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް لعنة ލެއްވުމަށް އެދޭނެތެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި (އެދުވަހުން) ތިޔަބައިމީހުންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ
۞ فَآمَنَ لَهُ لُوطٌ ۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّي ۖ إِنَّهُ هُوَ الْعَزِيزُ الْحَكِيمُ ۝٢٦
📖 ތަރުޖަމާ އާޔަތް 26
ފަހެ، لوط ގެފާނު، އެކަލޭގެފާނުގެ (އެބަހީ: إبراهيم ގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އެންގެވިފަރާތަށް ތިމަން، هجرة އަށް މިދަނީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ وَالْكِتَابَ وَآتَيْنَاهُ أَجْرَهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ ۝٢٧
📖 ތަރުޖަމާ އާޔަތް 27
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެބަހީ: إبراهيم ގެފާނަށް) إسحاق ގެފާނު ދެއްވައި އަދި (ކާފަދަރިކަލުން) يعقوب ގެފާނު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ ދަރިކޮޅުގައި ނަބީކަމާއި (وحى ގެ) ފޮތް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދުނިޔޭގައި ހެޔޮ ދަރުމަ ދެއްވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނު، آخرة ގައި ވަނީ صالح ންގެ ތެރެއިންކަން ކަށަވަރެވެ
وَلُوطًا إِذْ قَالَ لِقَوْمِهِ إِنَّكُمْ لَتَأْتُونَ الْفَاحِشَةَ مَا سَبَقَكُم بِهَا مِنْ أَحَدٍ مِّنَ الْعَالَمِينَ ۝٢٨
📖 ތަރުޖަމާ އާޔަތް 28
އަދި لوط ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ހަމަކަށަވަރުން، ތިޔަބައިމީހުން ތިޔަކުރާ فاحش ކަންތައްތަކަކީ، عالم ތަކުގެ ތެރެއިން އެކަކުވެސް މީގެކުރިން ކޮށްފައިނުވާ ކަންތައްތަކެކެވެ
أَئِنَّكُمْ لَتَأْتُونَ الرِّجَالَ وَتَقْطَعُونَ السَّبِيلَ وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ ۖ فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا ائْتِنَا بِعَذَابِ اللَّهِ إِن كُنتَ مِنَ الصَّادِقِينَ ۝٢٩
📖 ތަރުޖަމާ އާޔަތް 29
ހަމަކަށަވަރުން، ތިޔަބައިމީހުން ފިރިހެނުން ގާތަށް (شهوانى އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) اللَّه ގެ عذاب ނިކަންގެނެސްދެއްވައި ބައްލަވާށެވެ
قَالَ رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ ۝٣٠
📖 ތަރުޖަމާ އާޔަތް 30
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! فساد ކުރާމީހުންގެ މައްޗަށް މިއަޅާއަށް نصر ދެއްވާނދޭވެ
وَلَمَّا جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا إِنَّا مُهْلِكُو أَهْلِ هَٰذِهِ الْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا ظَالِمِينَ ۝٣١
📖 ތަރުޖަމާ އާޔަތް 31
އުފާވެރިކަމުގެ خبر އާއިގެން ތިމަންރަސްކަލާނގެ ފޮނުއްވި ملائكة ން إبراهيم ގެފާނުގެ އަރިހަށް ވަޑައިގަތްހިނދު، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވެވީ މިރަށުގެ (އެބަހީ: لوط ގެފާނުގެ ރަށުގެ) أهل ވެރިން ހަލާކު ކުރުމަށެވެ. ހަމަކަށަވަރުން، އެ ރަށުގެ أهل ވެރިންވީ އަނިޔާވެރިން ކަމުގައެވެ
قَالَ إِنَّ فِيهَا لُوطًا ۚ قَالُوا نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ ۝٣٢
📖 ތަރުޖަމާ އާޔަތް 32
އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، އެރަށުގައި لوط ގެފާނު އެބަހުންނެވިއެވެ. އެބޭކަލުން ވިދާޅުވޫއެވެ. އެރަށުގައިވާ ބަޔަކު، ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރާ ހުށީމެވެ. އެކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެތެރެއިންނެވެ
وَلَمَّا أَن جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا امْرَأَتَكَ كَانَتْ مِنَ الْغَابِرِينَ ۝٣٣
📖 ތަރުޖަމާ އާޔަތް 33
އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތް ހިނދު، (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ، ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ. ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނާއި، ކަލޭގެފާނުގެ أهل ވެރިން ސަލާމަތް ކުރާނޫއެވެ. ކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. އެކަނބުލޭގެވީ، ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ
إِنَّا مُنزِلُونَ عَلَىٰ أَهْلِ هَٰذِهِ الْقَرْيَةِ رِجْزًا مِّنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ ۝٣٤
📖 ތަރުޖަމާ އާޔަތް 34
(ملائكة ން ވިދާޅުވޫއެވެ.) ހަމަކަށަވަރުން، ތިމަންމެން މިރަށުގެ أهل ވެރިންގެ މައްޗަށް، އެއުރެން فاسق ވުމުގެ ސަބަބުން (اللَّه ގެ أمر ފުޅަށް) އުޑުން عذاب އެއް ފޮނުވާހުށީމެވެ
وَلَقَد تَّرَكْنَا مِنْهَا آيَةً بَيِّنَةً لِّقَوْمٍ يَعْقِلُونَ ۝٣٥
📖 ތަރުޖަމާ އާޔަތް 35
އަދި އެކަމުގެ ތެރެއިން بيان ވެގެންވާ ހެތްކެއް، ހަމަކަށަވަރުން، ވިސްނާ ބަޔަކަށް، ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ۝٣٦
📖 ތަރުޖަމާ އާޔަތް 36
އަދި مدين ގެމީހުންގެ ގާތަށް، އެއުރެންގެ أخ، شعيب ގެފާނު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން آخرة ދުވަހަށް އެދޭށެވެ! އަދި فاسد ންކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށި ކަމެވެ
فَكَذَّبُوهُ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ ۝٣٧
📖 ތަރުޖަމާ އާޔަތް 37
ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: شعيب ގެފާނު) ދޮގުކުޅައޫއެވެ. ދެން ބިރުވެރި ބިންހެލުމެއް އެމީހުންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށްތިރިވެ، މަރުވެފައިތިބި ބަޔަކުކަމުގައި އެބައިމީހުން ވެއްޖައޫއެވެ
وَعَادًا وَثَمُودَ وَقَد تَّبَيَّنَ لَكُم مِّن مَّسَاكِنِهِمْ ۖ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُوا مُسْتَبْصِرِينَ ۝٣٨
📖 ތަރުޖަމާ އާޔަތް 38
އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން ހަލާކުކުރެއްވީމެވެ. އެއުރެންގެ ގެތަކުން ތިޔަބައިމީހުންނަށްޓަކައި މިކަމުގެ ހެކިތައް ފާޅުވެ އެނގިގެންވެތެވެ. އަދި شيطان އާ، އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން ދުރުކުރިއެވެ. ބުއްދިވެރިންކަމުގައި އެއުރެންވިއަސް މެއެވެ. (ނޯޓު: ނަމަވެސް، އެއުރެންގެ ބުއްދީގެ ބޭނުން ނުކޮށް حق ގެ މަގުން އެއްކިބާވެގަތޫއެވެ)
وَقَارُونَ وَفِرْعَوْنَ وَهَامَانَ ۖ وَلَقَدْ جَاءَهُم مُّوسَىٰ بِالْبَيِّنَاتِ فَاسْتَكْبَرُوا فِي الْأَرْضِ وَمَا كَانُوا سَابِقِينَ ۝٣٩
📖 ތަރުޖަމާ އާޔަތް 39
އަދި ތިމަންރަސްކަލާނގެ قارون އާއި، فرعون އާއި، هامان ހަލާކުކުރެއްވީމެވެ. އަދި ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން موسى ގެފާނު، އެއުރެންގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ، އެއުރެން ބިމުގައި ބޮޑާވެގަތޫއެވެ. އަދި (ތިމަންރަސްކަލާނގެ عذاب ން) މިންޖުވެގެންދިޔަ ބަޔަކު ކަމުގައި އެއުރެން ނުވޫއެވެ
فَكُلًّا أَخَذْنَا بِذَنبِهِ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ۝٤٠
📖 ތަރުޖަމާ އާޔަތް 40
އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންރަސްކަލާނގެ ގެންދެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންރަސްކަލާނގެ އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވޫއެވެ. އަދި عذاب ގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި އެއުރެންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި (ކަނޑުލައްވައި) غرق ކުރެއްވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އެއުރެންނަށް އަނިޔާކުރެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ نفس ތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވިއެވެ
مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ ۝٤١
📖 ތަރުޖަމާ އާޔަތް 41
اللَّه ފިޔަވައި، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދައި ބޭނުންކުޅަ، ފައިދިގުމަކުނުގެ މިސާލެވެ. ހަމަކަށަވަރުން، ގެތަކުގެ ތެރެއިން އެންމެ ދެރަވަރު ގެއަކީ، ފައިދިގުމަކުނުގެ ގެކަން ކަށަވަރެވެ. އެކަން އެއުރެން ދަންނަނަމައެވެ
إِنَّ اللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِ مِن شَيْءٍ ۚ وَهُوَ الْعَزِيزُ الْحَكِيمُ ۝٤٢
📖 ތަރުޖަމާ އާޔަތް 42
ހަމަކަށަވަރުން، اللَّه ފިޔަވައި އެއުރެން އަޅުކަންކޮށް އުޅުނު ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ ۝٤٣
📖 ތަރުޖަމާ އާޔަތް 43
އަދި އެ މިސާލުތައް ތިމަންރަސްކަލާނގެ މީސްތަކުންނަށް ޖައްސަވަމެވެ. އަދި علم ވެރިންނަށް މެނުވީ، އެ މިސާލުތަކެއް ނުވިސްނޭނެތެވެ
خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ إِنَّ فِي ذَٰلِكَ لَآيَةً لِّلْمُؤْمِنِينَ ۝٤٤
📖 ތަރުޖަމާ އާޔަތް 44
اللَّه އުޑުތަކާއި، ބިން، حق ގޮތުގައި ހެއްދެވިއެވެ. ހަމަކަށަވަރުން، مؤمن ންނަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ
اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ ۝٤٥
📖 ތަރުޖަމާ އާޔަތް 45
ފޮތުގެ ތެރެއިން ކަލޭގެފާނަށް وحى ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ
۞ وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَٰهُنَا وَإِلَٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ ۝٤٦
📖 ތަރުޖަމާ އާޔަތް 46
ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ أهل ވެރިންނާ جدل ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން إيمان ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ إله އަކީވެސް، އަދި ތިޔަބައިމީހުންގެ إله އަކީވެސް އެއް إله އެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، إسلام ވަމުއެވެ
وَكَذَٰلِكَ أَنزَلْنَا إِلَيْكَ الْكِتَابَ ۚ فَالَّذِينَ آتَيْنَاهُمُ الْكِتَابَ يُؤْمِنُونَ بِهِ ۖ وَمِنْ هَٰؤُلَاءِ مَن يُؤْمِنُ بِهِ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُونَ ۝٤٧
📖 ތަރުޖަމާ އާޔަތް 47
ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެފަދައިންނެވެ. ފަހެ، ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުންގެ ތެރެއިން ބަޔަކު އެ ފޮތަށް إيمان ވެތެވެ. އަދި މިބައިމީހުންގެ ތެރެއިން (އެބަހީ: مكة ގެ أهل ވެރިންގެ ތެރެއިން) އެ قرآن އަށް إيمان ވާ ބަޔަކުވެސްވެއެވެ. އަދި كافر ން މެނުވީ، ތިމަންރަސްކަލާނގެ آية ތަކާމެދު ދެކޮޅެއް ނަހަދާނެތެވެ
وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ ۝٤٨
📖 ތަރުޖަމާ އާޔަތް 48
އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ
بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ ۝٤٩
📖 ތަރުޖަމާ އާޔަތް 49
އަދި ކިއެއްތަ! އެއީ علم ލިބިގެންވާ މީހުންގެ ހިތްތަކުގައި بيان ވެގެންވާ آية ތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަންރަސްކަލާނގެ آية ތަކާ ދެކޮޅެއް ނަހަދާނެތެވެ
وَقَالُوا لَوْلَا أُنزِلَ عَلَيْهِ آيَاتٌ مِّن رَّبِّهِ ۖ قُلْ إِنَّمَا الْآيَاتُ عِندَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ ۝٥٠
📖 ތަރުޖަމާ އާޔަތް 50
އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން معجزات ތަކެއް އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! معجزات ތައް ބާވައިލައްވާކަން ކަށަވަރީ، اللَّه ގެ حضرة ންނެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، بيان ވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ
أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِي ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ ۝٥١
📖 ތަރުޖަމާ އާޔަތް 51
ހަމަކަަވަރުން، އެއުރެންނަށް ކިޔަވައިދެވޭ ފޮތް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވިކަން (معجزة އެއް ކަމުގައި) އެއުރެންނަށް ނުފުދެނީ ހެއްޔެވެ؟ ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަމުގައި رحمة އާއި، ހަނދުމަކުރުމެއް ވާކަން ކަށަވަރެވެ
قُلْ كَفَىٰ بِاللَّهِ بَيْنِي وَبَيْنَكُمْ شَهِيدًا ۖ يَعْلَمُ مَا فِي السَّمَاوَاتِ وَالْأَرْضِ ۗ وَالَّذِينَ آمَنُوا بِالْبَاطِلِ وَكَفَرُوا بِاللَّهِ أُولَٰئِكَ هُمُ الْخَاسِرُونَ ۝٥٢
📖 ތަރުޖަމާ އާޔަތް 52
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނާއި، ތިޔަބައިމީހުންނާ ދެމެދު ހެތްކެއް ކަމަށް اللَّه ފުދެއެވެ. އުޑުތަކާއި، ބިމުގައިވާހާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. باطل ކަންތަކަށް إيمان ވެ، އަދި اللَّه އަށް كافر ވެގެންވާ މީހުން (ދަންނާށެވެ!) ގެއްލެނިވެގެންވާ މީހުންނަކީ ހަމަ އެއުރެންނެވެ
وَيَسْتَعْجِلُونَكَ بِالْعَذَابِ ۚ وَلَوْلَا أَجَلٌ مُّسَمًّى لَّجَاءَهُمُ الْعَذَابُ وَلَيَأْتِيَنَّهُم بَغْتَةً وَهُمْ لَا يَشْعُرُونَ ۝٥٣
📖 ތަރުޖަމާ އާޔަތް 53
عذاب އަވަސްވުމަށް ކަލޭގެފާނުގެ އަރިހުން އެއުރެން އެދޭނެތެވެ. ކަނޑައެޅިގެންވާ مدة އެއް ނެތްނަމަ، عذاب އެއުރެންނާ ހަމަޔަށް އަތުވެއްޖައީސްކަން ކަށަވަރެވެ. އަދި އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް އެއުރެންނާ ހަމަޔަށް އެކަން އަންނާނެކަން ކަށަވަރެވެ
يَسْتَعْجِلُونَكَ بِالْعَذَابِ وَإِنَّ جَهَنَّمَ لَمُحِيطَةٌ بِالْكَافِرِينَ ۝٥٤
📖 ތަރުޖަމާ އާޔަތް 54
عذاب އަވަސްވުމަށް ކަލޭގެފާނުގެ އަރިހުން އެއުރެން އެދޭނެތެވެ. ހަމަކަށަވަރުން، ނަރަކަވަނީ كافر ން ވަށައިލާފައިކަން ކަށަވަރެވެ
يَوْمَ يَغْشَاهُمُ الْعَذَابُ مِن فَوْقِهِمْ وَمِن تَحْتِ أَرْجُلِهِمْ وَيَقُولُ ذُوقُوا مَا كُنتُمْ تَعْمَلُونَ ۝٥٥
📖 ތަރުޖަމާ އާޔަތް 55
އެއުރެންގެ މަތިންނާއި، އެއުރެންގެ ފައިދަށުން عذاب އައިސްޖެހޭ ދުވަހެވެ. އަދި އެދުވަހުން އެކަލާނގެ އަންގަވާނެތެވެ. ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ
يَا عِبَادِيَ الَّذِينَ آمَنُوا إِنَّ أَرْضِي وَاسِعَةٌ فَإِيَّايَ فَاعْبُدُونِ ۝٥٦
📖 ތަރުޖަމާ އާޔަތް 56
އޭ (ތިމަންރަސްކަލާނގެއަށް) إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިން (ތިޔަބައިމީހުން هجرة ކުރުމަށްޓަކައި) ތަނަވަސްވެގެންވެތެވެ. ފަހެ، ހަމައެކަނި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާހުށިކަމެވެ
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ ۝٥٧
📖 ތަރުޖަމާ އާޔަތް 57
ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُم مِّنَ الْجَنَّةِ غُرَفًا تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ نِعْمَ أَجْرُ الْعَامِلِينَ ۝٥٨
📖 ތަރުޖަމާ އާޔަތް 58
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކުގެ އެންމެމަތީ ދަރަޖަތަކަށް ތިމަންރަސްކަލާނގެ އެއުރެން ލައްވާހުށީމެވެ. އެއުރެން އެތަންތާނގައި ދެމިތިބޭ ގޮތުގައެވެ. ހެޔޮ عمل ކުޅަ މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ
الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ۝٥٩
📖 ތަރުޖަމާ އާޔަތް 59
އެއުރެންނީ ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންނެވެ
وَكَأَيِّن مِّن دَابَّةٍ لَّا تَحْمِلُ رِزْقَهَا اللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ السَّمِيعُ الْعَلِيمُ ۝٦٠
📖 ތަރުޖަމާ އާޔަތް 60
ދިރޭތަކެތީގެ ތެރެއިން އެ އެއްޗެއްގެ رزق ލިބިގަތުމަށް ކުޅަދާނަވެގެންވާ ކިތައް ކިތައްއެތި ވޭހެއްޔެވެ؟ އެ ތަކެއްޗަށާއި، ތިޔަބައިމީހުންނަށް رزق ދެއްވަނީ اللَّه އެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ۝٦١
📖 ތަރުޖަމާ އާޔަތް 61
ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު خدمة ތެރިކުރެއްވީ ކާކުހޭ، އެއުރެން ކުރެން (އެބަހީ: مشرك ން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
اللَّهُ يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ ۝٦٢
📖 ތަރުޖަމާ އާޔަތް 62
اللَّه، އެކަލާނގެ އަޅުތަކުންގެ ތެރެއިން އިރާދަކުރައްވާ އަޅަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (رزق) ދަތިކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ ۚ قُلِ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ۝٦٣
📖 ތަރުޖަމާ އާޔަތް 63
އަދި ހަމަކަށަވަރުން، އުޑުން ފެންބާވައިލައްވައި، ބިން މަރުވެފައި އޮތުމަށްފަހު، އެ ފެނުން ބިމަށް ދިރުން ދެއްވީ ކާކުހޭ އެއުރެން ކުރެން ކަލޭގެފާނު އައްސަވައިފިނަމަ، ހަމަކަށަވަރުން، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ކަލޭގެފާނު ވިދާޅުވާށެވެ! حمد ހުރީ اللَّه އަށެވެ. އަދި ކިއެއްތަ! އޭގެތެރެއިން ގިނަމީހުންނަކަށް (އެކަމެއް) ނުވިސްނެތެވެ
وَمَا هَٰذِهِ الْحَيَاةُ الدُّنْيَا إِلَّا لَهْوٌ وَلَعِبٌ ۚ وَإِنَّ الدَّارَ الْآخِرَةَ لَهِيَ الْحَيَوَانُ ۚ لَوْ كَانُوا يَعْلَمُونَ ۝٦٤
📖 ތަރުޖަމާ އާޔަތް 64
މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، حقيقى ދިރިއުޅުންވަނީ، آخرة ގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ
فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ ۝٦٥
📖 ތަރުޖަމާ އާޔަތް 65
ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް إيمان ކަން خالص ކުރާ حال ގައި، اللَّه އަށް އެއުރެން دعاء ކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެއުރެން (އެކަލާނގެއަށް) شريك ކުރެތެވެ
لِيَكْفُرُوا بِمَا آتَيْنَاهُمْ وَلِيَتَمَتَّعُوا ۖ فَسَوْفَ يَعْلَمُونَ ۝٦٦
📖 ތަރުޖަމާ އާޔަތް 66
(އެއުރެން شريك ކުރަނީ) އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި نعمة އަށް كافر ވުމަށްޓަކައެވެ. އަދި އެއުރެން (ދުނިޔޭގައި) ވަގުތުކޮޅަކަށް އަރާމު ލިބިގަތުމަށްޓަކައެވެ. ފަހެ، ނިކަންހުރެ، އެއުރެންނަށް (އޭގެ ނަތީޖާ) އެނގޭހުއްޓެވެ
أَوَلَمْ يَرَوْا أَنَّا جَعَلْنَا حَرَمًا آمِنًا وَيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ يَكْفُرُونَ ۝٦٧
📖 ތަރުޖަމާ އާޔަތް 67
ހަމަކަށަވަރުން، أمان ކަން ލިބިގެންވާ حرم ފުޅެއް ތިމަންރަސްކަލާނގެ ލެއްވިކަން އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟ އެއީ އެއުރެންގެ ވަށައިގެން އެކަކު އަނެކަކު މަރައި އަޅުވެތިކޮށް އުޅުނުތަނެވެ. (މިކަން މިހެން އޮތުމާއެކުވެސް) އެއުރެން باطل އަށް إيمان ވެ، اللَّه ގެ نعمة އަށް كافر ވަނީ ހެއްޔެވެ؟
وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ ۝٦٨
📖 ތަރުޖަމާ އާޔަތް 68
اللَّه އާމެދު ހަދައިގެން ދޮގުބުނި މީހަކަށްވުރެން، ނުވަތަ އެކަލާނގެ حق ބަސްފުޅު އޭނާގެ ގާތަށް އައިހިނދު، އެ ބަސްފުޅު ދޮގުކުޅަ މީހަކަށްވުރެން އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ كافر ން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭހެއްޔެވެ؟
وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ ۝٦٩
📖 ތަރުޖަމާ އާޔަތް 69
ތިމަންރަސްކަލާނގެ މަގުގައި جهاد ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، إحسان ތެރިންނާ އެކުގައިކަން ކަށަވަރެވެ
→ 28 އަލް-ޢަންކަބޫތް (29/114) 30 ←
ކިޔާ ސޫރަތު އަލް-ޢަންކަބޫތް ދިވެހި ތަރުޖަމާ – އަޑު އަހާ

29العنكبوت Al-'Ankabut 📚 69 އާޔަތް مكية

އާޔަތްތައް – ސޫރަތު އަލް-ޢަންކަބޫތް — 69 އާޔަތް




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers