އަލް-ޢަންކަބޫތް · 12/69
ތަރުޖަމާ ކިޔެވުން — އަލް-ޢަންކަބޫތް
وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا اتَّبِعُوا سَبِيلَنَا وَلْنَحْمِلْ خَطَايَاكُمْ وَمَا هُم بِحَامِلِينَ مِنْ خَطَايَاهُم مِّن شَيْءٍ ۖ إِنَّهُمْ لَكَاذِبُونَ ۝١٢
Wa qaalal lazaeena kafaroo lillazeena aamanut tabi`oo sabeelanaa walnahmil khataayaakum wa maa hum bihaamileena min khataa yaahum min shai`in innahum lakaaziboon
📖 ދިވެހި މާނަ
كافر ވިމީހުން إيمان ވިމީހުންނަށް ބުނޫއެވެ. ތިޔަބައިމީހުން ތިމަންމެންގެ މަގަށް تبع ވާށެވެ! އަދި ތިޔަބައިމީހުންގެ ކުށްފާފަތައް ތިމަންމެން އުފުލާނޫއެވެ. އެއުރެންގެ ކުށްފާފަތަކުގެ ތެރެއިން އެއްވެސް އެއްޗެއް އުފުލާނޭ ބަޔަކު ކަމުގައި އެއުރެން ނުވެއެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ
🎧 އަޑު އަހާ

📜 އާޔަތް 10-14 — އަލް-ޢަންކަބޫތް

10وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ فَإِذَا أُوذِيَ فِي اللَّهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللَّهِ وَلَئِن جَاءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ اللَّهُ بِأَعْلَمَ بِمَا فِي صُدُورِ الْعَالَمِينَ
ތިމަންމެން إيمان ވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ، اللَّه ގެ މަގުގައި އެއިން މީހަކަށް އުނދަގުލެއް ލިބިއްޖެނަމަ، މީސްތަކުންގެ އުނދަގޫތައް اللَّه ގެ عذاب އާ އެއްފަދަ ކަމުގައި އޭނާ ހަދަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން نصر އެއް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. عالم ތަކުގައިވާ އެންމެންގެ ހިތްތަކުގައިވާހާ އެއްޗެއް اللَّه މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟
11وَلَيَعْلَمَنَّ اللَّهُ الَّذِينَ آمَنُوا وَلَيَعْلَمَنَّ الْمُنَافِقِينَ
އަދި ހަމަކަށަވަރުން، اللَّه، إيمان ވި މީހުން ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ منافق ންވެސް ދެނެވޮޑިގެންވެތެވެ
12وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا اتَّبِعُوا سَبِيلَنَا وَلْنَحْمِلْ خَطَايَاكُمْ وَمَا هُم بِحَامِلِينَ مِنْ خَطَايَاهُم مِّن شَيْءٍ ۖ إِنَّهُمْ لَكَاذِبُونَ
كافر ވިމީހުން إيمان ވިމީހުންނަށް ބުނޫއެވެ. ތިޔަބައިމީހުން ތިމަންމެންގެ މަގަށް تبع ވާށެވެ! އަދި ތިޔަބައިމީހުންގެ ކުށްފާފަތައް ތިމަންމެން އުފުލާނޫއެވެ. އެއުރެންގެ ކުށްފާފަތަކުގެ ތެރެއިން އެއްވެސް އެއްޗެއް އުފުލާނޭ ބަޔަކު ކަމުގައި އެއުރެން ނުވެއެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ
13وَلَيَحْمِلُنَّ أَثْقَالَهُمْ وَأَثْقَالًا مَّعَ أَثْقَالِهِمْ ۖ وَلَيُسْأَلُنَّ يَوْمَ الْقِيَامَةِ عَمَّا كَانُوا يَفْتَرُونَ
އަދި ހަމަކަށަވަރުން، އެއުރެންގެ އަމިއްލަ نفس ގެ ފާފަތަކާއި އަދި އަމިއްލަ ފާފަތަކާއެކު، އެއުރެން (މަގުފުރެއްދި މީހުން) ގެ ފާފަތައްވެސް އެއުރެން އުފުލާނެތެވެ. އަދި ހަމަކަށަވަރުން، އެއުރެން ހަދައި އުޅުނު ދޮގުތަކާމެދު قيامة ދުވަހުން އެއުރެންނާ سؤال ކުރައްވާހުށްޓެވެ
14وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު دين އަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިންކަމުގައިވާ حال، طوفان (ގެ عذاب) އައިސް އެއުރެންނަށް ޖެހުނެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
12އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 12

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 12 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : كافر ވިމީހުން إيمان ވިމީހުންނަށް ބުނޫއެވެ. ތިޔަބައިމީހުން ތިމަންމެންގެ މަގަށް تبع ވާށެވެ!…

ސޫރަތު އާޔަތް 12/69 — އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf. އާޔަތް 10–14. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers