އަލް-ޢަންކަބޫތް · 9/69
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ޢަންކަބޫތް
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُدْخِلَنَّهُمْ فِي الصَّالِحِينَ ۝٩
Wallazeena aamanoo w a`amilus saalihaati lanudkhilan nahum fis saaliheen
📖 ދިވެހި މާނަ
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން صالح އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ

🎧 އަޑު އަހާ


📜 އާޔަތް 7-11 — ސޫރަތު އަލް-ޢަންކަބޫތް

7وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَنَجْزِيَنَّهُمْ أَحْسَنَ الَّذِي كَانُوا يَعْمَلُونَ
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެއުރެންގެ ކިބައިން އެއުރެންގެ ކުށްފާފަފުއްސަވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު عمل ތަކުގެ އެންމެ ހެޔޮ ޖަޒާ ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާހުށީމެވެ
8وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْنًا ۖ وَإِن جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۚ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރައްވައި، أمر ކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު علم އެއްލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ شريك ކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! ތިޔަބައިމީހުން އެނބުރި ދިއުންއޮތީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެކަންތަކަށް ޖަޒާ ދެއްވާހުށީމެވެ)
9وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُدْخِلَنَّهُمْ فِي الصَّالِحِينَ
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން صالح އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ
10وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ فَإِذَا أُوذِيَ فِي اللَّهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللَّهِ وَلَئِن جَاءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ اللَّهُ بِأَعْلَمَ بِمَا فِي صُدُورِ الْعَالَمِينَ
ތިމަންމެން إيمان ވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ، اللَّه ގެ މަގުގައި އެއިން މީހަކަށް އުނދަގުލެއް ލިބިއްޖެނަމަ، މީސްތަކުންގެ އުނދަގޫތައް اللَّه ގެ عذاب އާ އެއްފަދަ ކަމުގައި އޭނާ ހަދަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން نصر އެއް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. عالم ތަކުގައިވާ އެންމެންގެ ހިތްތަކުގައިވާހާ އެއްޗެއް اللَّه މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟
11وَلَيَعْلَمَنَّ اللَّهُ الَّذِينَ آمَنُوا وَلَيَعْلَمَنَّ الْمُنَافِقِينَ
އަދި ހަމަކަށަވަރުން، اللَّه، إيمان ވި މީހުން ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ منافق ންވެސް ދެނެވޮޑިގެންވެތެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
9އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 9

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 9 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ…

ސޫރަތު އާޔަތް 9/69 — ސޫރަތު އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ޢަންކަބޫތް އަޑު އަހާ, ސޫރަތު އަލް-ޢަންކަބޫތް ތަރުޖަމާ, ސޫރަތު އަލް-ޢަންކަބޫތް mp3, ސޫރަތު އަލް-ޢަންކަބޫތް pdf. އާޔަތް 7–11. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers