އަލް-ޢަންކަބޫތް · 38/69
ތަރުޖަމާ ކިޔެވުން — އަލް-ޢަންކަބޫތް
وَعَادًا وَثَمُودَ وَقَد تَّبَيَّنَ لَكُم مِّن مَّسَاكِنِهِمْ ۖ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُوا مُسْتَبْصِرِينَ ۝٣٨
Wa `Aadanw wa Samooda wa qat tabaiyana lakum mim masaakinihim wa zaiyana lahumush Shaitaanu a`maalahum fasaddahum `anis sabeeli wa kaanoo mustabsireen
📖 ދިވެހި މާނަ
އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން ހަލާކުކުރެއްވީމެވެ. އެއުރެންގެ ގެތަކުން ތިޔަބައިމީހުންނަށްޓަކައި މިކަމުގެ ހެކިތައް ފާޅުވެ އެނގިގެންވެތެވެ. އަދި شيطان އާ، އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން ދުރުކުރިއެވެ. ބުއްދިވެރިންކަމުގައި އެއުރެންވިއަސް މެއެވެ. (ނޯޓު: ނަމަވެސް، އެއުރެންގެ ބުއްދީގެ ބޭނުން ނުކޮށް حق ގެ މަގުން އެއްކިބާވެގަތޫއެވެ)
🎧 އަޑު އަހާ

📜 އާޔަތް 36-40 — އަލް-ޢަންކަބޫތް

36وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
އަދި مدين ގެމީހުންގެ ގާތަށް، އެއުރެންގެ أخ، شعيب ގެފާނު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން آخرة ދުވަހަށް އެދޭށެވެ! އަދި فاسد ންކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށި ކަމެވެ
37فَكَذَّبُوهُ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ
ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: شعيب ގެފާނު) ދޮގުކުޅައޫއެވެ. ދެން ބިރުވެރި ބިންހެލުމެއް އެމީހުންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށްތިރިވެ، މަރުވެފައިތިބި ބަޔަކުކަމުގައި އެބައިމީހުން ވެއްޖައޫއެވެ
38وَعَادًا وَثَمُودَ وَقَد تَّبَيَّنَ لَكُم مِّن مَّسَاكِنِهِمْ ۖ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُوا مُسْتَبْصِرِينَ
އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން ހަލާކުކުރެއްވީމެވެ. އެއުރެންގެ ގެތަކުން ތިޔަބައިމީހުންނަށްޓަކައި މިކަމުގެ ހެކިތައް ފާޅުވެ އެނގިގެންވެތެވެ. އަދި شيطان އާ، އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން ދުރުކުރިއެވެ. ބުއްދިވެރިންކަމުގައި އެއުރެންވިއަސް މެއެވެ. (ނޯޓު: ނަމަވެސް، އެއުރެންގެ ބުއްދީގެ ބޭނުން ނުކޮށް حق ގެ މަގުން އެއްކިބާވެގަތޫއެވެ)
39وَقَارُونَ وَفِرْعَوْنَ وَهَامَانَ ۖ وَلَقَدْ جَاءَهُم مُّوسَىٰ بِالْبَيِّنَاتِ فَاسْتَكْبَرُوا فِي الْأَرْضِ وَمَا كَانُوا سَابِقِينَ
އަދި ތިމަންރަސްކަލާނގެ قارون އާއި، فرعون އާއި، هامان ހަލާކުކުރެއްވީމެވެ. އަދި ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން موسى ގެފާނު، އެއުރެންގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ، އެއުރެން ބިމުގައި ބޮޑާވެގަތޫއެވެ. އަދި (ތިމަންރަސްކަލާނގެ عذاب ން) މިންޖުވެގެންދިޔަ ބަޔަކު ކަމުގައި އެއުރެން ނުވޫއެވެ
40فَكُلًّا أَخَذْنَا بِذَنبِهِ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންރަސްކަލާނގެ ގެންދެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންރަސްކަލާނގެ އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވޫއެވެ. އަދި عذاب ގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި އެއުރެންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި (ކަނޑުލައްވައި) غرق ކުރެއްވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އެއުރެންނަށް އަނިޔާކުރެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ نفس ތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވިއެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
38އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 38

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 38 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން ހަލާކުކުރެއްވީމެވެ. އެއުރެންގެ ގެތަކުން ތިޔަބައިމީހުންނަށްޓަކައި…

ސޫރަތު އާޔަތް 38/69 — އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf. އާޔަތް 36–40. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers