އަލް-ޢަންކަބޫތް · 18/69
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ޢަންކަބޫތް
وَإِن تُكَذِّبُوا فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ ۝١٨
Wa in tukazziboo faqad kazzaba umamum min qablikum wa maa`alar Rasooli illal balaaghul mubeen
📖 ދިވެހި މާނަ
އަދި ތިޔަބައިމީހުން (ތިމަންކަލޭގެފާނު) ދޮގުކުރިޔަސް (ތިމަން ކަލޭގެފާނަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރިންވެސް أمّة ތަކެއް (رسول ން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާ އިއްވެވުން މެނުވީ، رسول އާގެ މައްޗަކަށް ނުވެއެވެ

🎧 އަޑު އަހާ


📜 އާޔަތް 16-20 — ސޫރަތު އަލް-ޢަންކަބޫތް

16وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّهَ وَاتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
އަދި إبراهيم ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް تقوى ވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ
17إِنَّمَا تَعْبُدُونَ مِن دُونِ اللَّهِ أَوْثَانًا وَتَخْلُقُونَ إِفْكًا ۚ إِنَّ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَابْتَغُوا عِندَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ
ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ بهتان ދޮގެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް ތިޔަބައިމީހުންނަށް رزق ދިނުމެއް މިލްކުވެގެނެއްނުވެެތެވެ. ފަހެ، ތިޔަބައިމީހުން اللَّه ގެ حضرة ން رزق އަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! ތިޔަބައިމީހުން رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ
18وَإِن تُكَذِّبُوا فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ
އަދި ތިޔަބައިމީހުން (ތިމަންކަލޭގެފާނު) ދޮގުކުރިޔަސް (ތިމަން ކަލޭގެފާނަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރިންވެސް أمّة ތަކެއް (رسول ން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާ އިއްވެވުން މެނުވީ، رسول އާގެ މައްޗަކަށް ނުވެއެވެ
19أَوَلَمْ يَرَوْا كَيْفَ يُبْدِئُ اللَّهُ الْخَلْقَ ثُمَّ يُعِيدُهُ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތާއި ދެން އެއަށްފަހު އަލުން (ދިރުއްވައި) إعادة ކުރައްވާގޮތް އެއުރެންނަކަށް ނުފެނޭ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދި ފަސޭހަ ކަމެކެވެ
20قُلْ سِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ بَدَأَ الْخَلْقَ ۚ ثُمَّ اللَّهُ يُنشِئُ النَّشْأَةَ الْآخِرَةَ ۚ إِنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! ދެން އެއަށްފަހު، اللَّه އެންމެފަހުގެ އުފެއްދެވުން އުފައްދަވާނެތެވެ. (އެބަހީ: އަލުން ދިރުއްވައި إعادة ކުރައްވާނެތެވެ.) ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެމައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
18އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 18

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 18 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިޔަބައިމީހުން (ތިމަންކަލޭގެފާނު) ދޮގުކުރިޔަސް (ތިމަން ކަލޭގެފާނަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނީ)…

ސޫރަތު އާޔަތް 18/69 — ސޫރަތު އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ޢަންކަބޫތް އަޑު އަހާ, ސޫރަތު އަލް-ޢަންކަބޫތް ތަރުޖަމާ, ސޫރަތު އަލް-ޢަންކަބޫތް mp3, ސޫރަތު އަލް-ޢަންކަބޫތް pdf. އާޔަތް 16–20. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, September 8, 2026

Don't forget us in your sincere prayers