އަލް-ޢަންކަބޫތް · 17/69
ތަރުޖަމާ ކިޔެވުން — އަލް-ޢަންކަބޫތް
إِنَّمَا تَعْبُدُونَ مِن دُونِ اللَّهِ أَوْثَانًا وَتَخْلُقُونَ إِفْكًا ۚ إِنَّ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَابْتَغُوا عِندَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ ۝١٧
Innamaa ta`ubdoona min doonil laahi awsaananw-wa takhluqoona ifkaa; innal lazeena ta`budoona min doonil laahi laa yamlikoona lakum rizqan fabtaghoo `indal laahir rizqa fabtaghoo `indal laahir rizqa wa`budoohu washkuroo lahooo ilaihi turja`oon
📖 ދިވެހި މާނަ
ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ بهتان ދޮގެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް ތިޔަބައިމީހުންނަށް رزق ދިނުމެއް މިލްކުވެގެނެއްނުވެެތެވެ. ފަހެ، ތިޔަބައިމީހުން اللَّه ގެ حضرة ން رزق އަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! ތިޔަބައިމީހުން رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ
🎧 އަޑު އަހާ

📜 އާޔަތް 15-19 — އަލް-ޢަންކަބޫތް

15فَأَنجَيْنَاهُ وَأَصْحَابَ السَّفِينَةِ وَجَعَلْنَاهَا آيَةً لِّلْعَالَمِينَ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި (އެކަލޭގެފާނުގެ) ނާކޮޅުގެ أهل ވެރިން ސަލާމަތްކުރެއްވީމެވެ. އަދި އެއީ عالم ތަކަށްވާ عبرة އެއްކަމުގައި ތިމަންރަސްކަލާނގެ ލެއްވީމެވެ
16وَإِبْرَاهِيمَ إِذْ قَالَ لِقَوْمِهِ اعْبُدُوا اللَّهَ وَاتَّقُوهُ ۖ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ
އަދި إبراهيم ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންނަށް ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް تقوى ވެރިވާށެވެ! ތިޔަބައިމީހުންނަށް އެނގޭކަމުގައިވަނީނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ
17إِنَّمَا تَعْبُدُونَ مِن دُونِ اللَّهِ أَوْثَانًا وَتَخْلُقُونَ إِفْكًا ۚ إِنَّ الَّذِينَ تَعْبُدُونَ مِن دُونِ اللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَابْتَغُوا عِندَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ
ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ بهتان ދޮގެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް ތިޔަބައިމީހުންނަށް رزق ދިނުމެއް މިލްކުވެގެނެއްނުވެެތެވެ. ފަހެ، ތިޔަބައިމީހުން اللَّه ގެ حضرة ން رزق އަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! ތިޔަބައިމީހުން رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ
18وَإِن تُكَذِّبُوا فَقَدْ كَذَّبَ أُمَمٌ مِّن قَبْلِكُمْ ۖ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ
އަދި ތިޔަބައިމީހުން (ތިމަންކަލޭގެފާނު) ދޮގުކުރިޔަސް (ތިމަން ކަލޭގެފާނަކަށް އެކަމަކުން ގެއްލުމެއް ނުލިބޭނެތެވެ. އެހެނީ) ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރިންވެސް أمّة ތަކެއް (رسول ން) ދޮގުކޮށްފައިވެއެވެ. އަދި بيان ވެގެންވާ އިއްވެވުން މެނުވީ، رسول އާގެ މައްޗަކަށް ނުވެއެވެ
19أَوَلَمْ يَرَوْا كَيْفَ يُبْدِئُ اللَّهُ الْخَلْقَ ثُمَّ يُعِيدُهُ ۚ إِنَّ ذَٰلِكَ عَلَى اللَّهِ يَسِيرٌ
އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވިގޮތާއި ދެން އެއަށްފަހު އަލުން (ދިރުއްވައި) إعادة ކުރައްވާގޮތް އެއުރެންނަކަށް ނުފެނޭ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތަކަކީ، اللَّه އަށް ދާދި ފަސޭހަ ކަމެކެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
17އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 17

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 17 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ بهتان…

ސޫރަތު އާޔަތް 17/69 — އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf. އާޔަތް 15–19. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers