އަލް-ޢަންކަބޫތް · 49/69
ތަރުޖަމާ ކިޔެވުން — އަލް-ޢަންކަބޫތް
بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ ۝٤٩
Bal huwa aayaatum baiyinaatun fee sudooril lazeena ootul `ilm; wa maa yajhadu bi aayaatinaa illaz zaalimoon
📖 ދިވެހި މާނަ
އަދި ކިއެއްތަ! އެއީ علم ލިބިގެންވާ މީހުންގެ ހިތްތަކުގައި بيان ވެގެންވާ آية ތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަންރަސްކަލާނގެ آية ތަކާ ދެކޮޅެއް ނަހަދާނެތެވެ
🎧 އަޑު އަހާ

📜 އާޔަތް 47-51 — އަލް-ޢަންކަބޫތް

47وَكَذَٰلِكَ أَنزَلْنَا إِلَيْكَ الْكِتَابَ ۚ فَالَّذِينَ آتَيْنَاهُمُ الْكِتَابَ يُؤْمِنُونَ بِهِ ۖ وَمِنْ هَٰؤُلَاءِ مَن يُؤْمِنُ بِهِ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُونَ
ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ އެފަދައިންނެވެ. ފަހެ، ތިމަންރަސްކަލާނގެ ފޮތް ދެއްވި މީހުންގެ ތެރެއިން ބަޔަކު އެ ފޮތަށް إيمان ވެތެވެ. އަދި މިބައިމީހުންގެ ތެރެއިން (އެބަހީ: مكة ގެ أهل ވެރިންގެ ތެރެއިން) އެ قرآن އަށް إيمان ވާ ބަޔަކުވެސްވެއެވެ. އަދި كافر ން މެނުވީ، ތިމަންރަސްކަލާނގެ آية ތަކާމެދު ދެކޮޅެއް ނަހަދާނެތެވެ
48وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ
އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ
49بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ ۚ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ
އަދި ކިއެއްތަ! އެއީ علم ލިބިގެންވާ މީހުންގެ ހިތްތަކުގައި بيان ވެގެންވާ آية ތަކެކެވެ. އަނިޔާވެރިން ނޫނީ، ތިމަންރަސްކަލާނގެ آية ތަކާ ދެކޮޅެއް ނަހަދާނެތެވެ
50وَقَالُوا لَوْلَا أُنزِلَ عَلَيْهِ آيَاتٌ مِّن رَّبِّهِ ۖ قُلْ إِنَّمَا الْآيَاتُ عِندَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُّبِينٌ
އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން معجزات ތަކެއް އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! معجزات ތައް ބާވައިލައްވާކަން ކަށަވަރީ، اللَّه ގެ حضرة ންނެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، بيان ވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ
51أَوَلَمْ يَكْفِهِمْ أَنَّا أَنزَلْنَا عَلَيْكَ الْكِتَابَ يُتْلَىٰ عَلَيْهِمْ ۚ إِنَّ فِي ذَٰلِكَ لَرَحْمَةً وَذِكْرَىٰ لِقَوْمٍ يُؤْمِنُونَ
ހަމަކަަވަރުން، އެއުރެންނަށް ކިޔަވައިދެވޭ ފޮތް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވިކަން (معجزة އެއް ކަމުގައި) އެއުރެންނަށް ނުފުދެނީ ހެއްޔެވެ؟ ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަމުގައި رحمة އާއި، ހަނދުމަކުރުމެއް ވާކަން ކަށަވަރެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
49އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 49

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 49 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ކިއެއްތަ! އެއީ علم ލިބިގެންވާ މީހުންގެ ހިތްތަކުގައި بيان ވެގެންވާ آية…

ސޫރަތު އާޔަތް 49/69 — އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf. އާޔަތް 47–51. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers