އަލް-ޢަންކަބޫތް · 32/69
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ޢަންކަބޫތް
قَالَ إِنَّ فِيهَا لُوطًا ۚ قَالُوا نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ ۝٣٢
Qaala inna feeha Lootaa; qaaloo nahnu a`lamu biman feehaa lanunajjjiyannahoo wa ahlahooo illam ra atahoo kaanat minal ghaabireen
📖 ދިވެހި މާނަ
އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، އެރަށުގައި لوط ގެފާނު އެބަހުންނެވިއެވެ. އެބޭކަލުން ވިދާޅުވޫއެވެ. އެރަށުގައިވާ ބަޔަކު، ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރާ ހުށީމެވެ. އެކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެތެރެއިންނެވެ

🎧 އަޑު އަހާ


📜 އާޔަތް 30-34 — ސޫރަތު އަލް-ޢަންކަބޫތް

30قَالَ رَبِّ انصُرْنِي عَلَى الْقَوْمِ الْمُفْسِدِينَ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! فساد ކުރާމީހުންގެ މައްޗަށް މިއަޅާއަށް نصر ދެއްވާނދޭވެ
31وَلَمَّا جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا إِنَّا مُهْلِكُو أَهْلِ هَٰذِهِ الْقَرْيَةِ ۖ إِنَّ أَهْلَهَا كَانُوا ظَالِمِينَ
އުފާވެރިކަމުގެ خبر އާއިގެން ތިމަންރަސްކަލާނގެ ފޮނުއްވި ملائكة ން إبراهيم ގެފާނުގެ އަރިހަށް ވަޑައިގަތްހިނދު، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވެވީ މިރަށުގެ (އެބަހީ: لوط ގެފާނުގެ ރަށުގެ) أهل ވެރިން ހަލާކު ކުރުމަށެވެ. ހަމަކަށަވަރުން، އެ ރަށުގެ أهل ވެރިންވީ އަނިޔާވެރިން ކަމުގައެވެ
32قَالَ إِنَّ فِيهَا لُوطًا ۚ قَالُوا نَحْنُ أَعْلَمُ بِمَن فِيهَا ۖ لَنُنَجِّيَنَّهُ وَأَهْلَهُ إِلَّا امْرَأَتَهُ كَانَتْ مِنَ الْغَابِرِينَ
އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، އެރަށުގައި لوط ގެފާނު އެބަހުންނެވިއެވެ. އެބޭކަލުން ވިދާޅުވޫއެވެ. އެރަށުގައިވާ ބަޔަކު، ތިމަންމެންނަށް މާރަނގަޅަށް އެނގެއެވެ. ހަމަކަށަވަރުން، ތިމަންމެން އެކަލޭގެފާނުގެ އަނބިކަނބަލުން މެނުވީ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރިން ސަލާމަތްކުރާ ހުށީމެވެ. އެކަނބުލޭގެވީ ހަލާކުވެގެންދިޔަ މީހުންގެތެރެއިންނެވެ
33وَلَمَّا أَن جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا امْرَأَتَكَ كَانَتْ مِنَ الْغَابِرِينَ
އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތް ހިނދު، (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ، ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ. ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނާއި، ކަލޭގެފާނުގެ أهل ވެރިން ސަލާމަތް ކުރާނޫއެވެ. ކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. އެކަނބުލޭގެވީ، ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ
34إِنَّا مُنزِلُونَ عَلَىٰ أَهْلِ هَٰذِهِ الْقَرْيَةِ رِجْزًا مِّنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ
(ملائكة ން ވިދާޅުވޫއެވެ.) ހަމަކަށަވަރުން، ތިމަންމެން މިރަށުގެ أهل ވެރިންގެ މައްޗަށް، އެއުރެން فاسق ވުމުގެ ސަބަބުން (اللَّه ގެ أمر ފުޅަށް) އުޑުން عذاب އެއް ފޮނުވާހުށީމެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
32އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 32

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 32 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، އެރަށުގައި لوط ގެފާނު އެބަހުންނެވިއެވެ.…

ސޫރަތު އާޔަތް 32/69 — ސޫރަތު އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ޢަންކަބޫތް އަޑު އަހާ, ސޫރަތު އަލް-ޢަންކަބޫތް ތަރުޖަމާ, ސޫރަތު އަލް-ޢަންކަބޫތް mp3, ސޫރަތު އަލް-ޢަންކަބޫތް pdf. އާޔަތް 30–34. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers