އަލް-ޢަންކަބޫތް · 42/69
ތަރުޖަމާ ކިޔެވުން — އަލް-ޢަންކަބޫތް
إِنَّ اللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِ مِن شَيْءٍ ۚ وَهُوَ الْعَزِيزُ الْحَكِيمُ ۝٤٢
Innal laaha ya`lamu maa yad`oona min doonihee min shai`; wa Huwal `Azeezul Hakeem
📖 ދިވެހި މާނަ
ހަމަކަށަވަރުން، اللَّه ފިޔަވައި އެއުރެން އަޅުކަންކޮށް އުޅުނު ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
🎧 އަޑު އަހާ

📜 އާޔަތް 40-44 — އަލް-ޢަންކަބޫތް

40فَكُلًّا أَخَذْنَا بِذَنبِهِ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންރަސްކަލާނގެ ގެންދެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންރަސްކަލާނގެ އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވޫއެވެ. އަދި عذاب ގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި އެއުރެންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި (ކަނޑުލައްވައި) غرق ކުރެއްވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އެއުރެންނަށް އަނިޔާކުރެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ نفس ތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވިއެވެ
41مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ
اللَّه ފިޔަވައި، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދައި ބޭނުންކުޅަ، ފައިދިގުމަކުނުގެ މިސާލެވެ. ހަމަކަށަވަރުން، ގެތަކުގެ ތެރެއިން އެންމެ ދެރަވަރު ގެއަކީ، ފައިދިގުމަކުނުގެ ގެކަން ކަށަވަރެވެ. އެކަން އެއުރެން ދަންނަނަމައެވެ
42إِنَّ اللَّهَ يَعْلَمُ مَا يَدْعُونَ مِن دُونِهِ مِن شَيْءٍ ۚ وَهُوَ الْعَزِيزُ الْحَكِيمُ
ހަމަކަށަވަރުން، اللَّه ފިޔަވައި އެއުރެން އަޅުކަންކޮށް އުޅުނު ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ
43وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ ۖ وَمَا يَعْقِلُهَا إِلَّا الْعَالِمُونَ
އަދި އެ މިސާލުތައް ތިމަންރަސްކަލާނގެ މީސްތަކުންނަށް ޖައްސަވަމެވެ. އަދި علم ވެރިންނަށް މެނުވީ، އެ މިސާލުތަކެއް ނުވިސްނޭނެތެވެ
44خَلَقَ اللَّهُ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۚ إِنَّ فِي ذَٰلِكَ لَآيَةً لِّلْمُؤْمِنِينَ
اللَّه އުޑުތަކާއި، ބިން، حق ގޮތުގައި ހެއްދެވިއެވެ. ހަމަކަށަވަރުން، مؤمن ންނަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
42އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 42

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 42 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަމަކަށަވަރުން، اللَّه ފިޔަވައި އެއުރެން އަޅުކަންކޮށް އުޅުނު ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި…

ސޫރަތު އާޔަތް 42/69 — އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf. އާޔަތް 40–44. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers