އަލް-ޢަންކަބޫތް · 39/69
ތަރުޖަމާ ކިޔެވުން — އަލް-ޢަންކަބޫތް
وَقَارُونَ وَفِرْعَوْنَ وَهَامَانَ ۖ وَلَقَدْ جَاءَهُم مُّوسَىٰ بِالْبَيِّنَاتِ فَاسْتَكْبَرُوا فِي الْأَرْضِ وَمَا كَانُوا سَابِقِينَ ۝٣٩
Wa Qaaroona wa Fir`awna wa haamaana wa laqad jaaa`ahum Moosa bilbaiyinaati fastakbaroo fil ardi wa maa kaanoo saabiqeen
📖 ދިވެހި މާނަ
އަދި ތިމަންރަސްކަލާނގެ قارون އާއި، فرعون އާއި، هامان ހަލާކުކުރެއްވީމެވެ. އަދި ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން موسى ގެފާނު، އެއުރެންގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ، އެއުރެން ބިމުގައި ބޮޑާވެގަތޫއެވެ. އަދި (ތިމަންރަސްކަލާނގެ عذاب ން) މިންޖުވެގެންދިޔަ ބަޔަކު ކަމުގައި އެއުރެން ނުވޫއެވެ
🎧 އަޑު އަހާ

📜 އާޔަތް 37-41 — އަލް-ޢަންކަބޫތް

37فَكَذَّبُوهُ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ
ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: شعيب ގެފާނު) ދޮގުކުޅައޫއެވެ. ދެން ބިރުވެރި ބިންހެލުމެއް އެމީހުންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށްތިރިވެ، މަރުވެފައިތިބި ބަޔަކުކަމުގައި އެބައިމީހުން ވެއްޖައޫއެވެ
38وَعَادًا وَثَمُودَ وَقَد تَّبَيَّنَ لَكُم مِّن مَّسَاكِنِهِمْ ۖ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُوا مُسْتَبْصِرِينَ
އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން ހަލާކުކުރެއްވީމެވެ. އެއުރެންގެ ގެތަކުން ތިޔަބައިމީހުންނަށްޓަކައި މިކަމުގެ ހެކިތައް ފާޅުވެ އެނގިގެންވެތެވެ. އަދި شيطان އާ، އެއުރެންނަށް އެއުރެންގެ عمل ތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެއުރެން ދުރުކުރިއެވެ. ބުއްދިވެރިންކަމުގައި އެއުރެންވިއަސް މެއެވެ. (ނޯޓު: ނަމަވެސް، އެއުރެންގެ ބުއްދީގެ ބޭނުން ނުކޮށް حق ގެ މަގުން އެއްކިބާވެގަތޫއެވެ)
39وَقَارُونَ وَفِرْعَوْنَ وَهَامَانَ ۖ وَلَقَدْ جَاءَهُم مُّوسَىٰ بِالْبَيِّنَاتِ فَاسْتَكْبَرُوا فِي الْأَرْضِ وَمَا كَانُوا سَابِقِينَ
އަދި ތިމަންރަސްކަލާނގެ قارون އާއި، فرعون އާއި، هامان ހަލާކުކުރެއްވީމެވެ. އަދި ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން موسى ގެފާނު، އެއުރެންގެ ގާތަށް ވަޑައިގެންނެވިއެވެ. ފަހެ، އެއުރެން ބިމުގައި ބޮޑާވެގަތޫއެވެ. އަދި (ތިމަންރަސްކަލާނގެ عذاب ން) މިންޖުވެގެންދިޔަ ބަޔަކު ކަމުގައި އެއުރެން ނުވޫއެވެ
40فَكُلًّا أَخَذْنَا بِذَنبِهِ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ الصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ الْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ اللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ
އަދި އެއިން ކޮންމެ ބަޔަކުވެސް، އެބަޔެއްގެ ކުށުގެ ސަބަބުން ތިމަންރަސްކަލާނގެ ގެންދެވީމެވެ. ފަހެ، ތަންތަން ހަލާކުކުރަނިވި ގަދަ ވަޔެއް ތިމަންރަސްކަލާނގެ އެބަޔެއްގެ މައްޗަށް ފޮނުއްވި މީހުން އެއުރެންގެ ތެރެއިންވޫއެވެ. އަދި عذاب ގެ ގަދައަޑެއް ފޮނުއްވައި ގެންދެވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި އެއުރެންނާއެކު ބިންގަނޑު ގަންބަވައިގަތް މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އަދި (ކަނޑުލައްވައި) غرق ކުރެއްވި މީހުންވެސް އެއުރެންގެ ތެރެއިންވޫއެވެ. އެއުރެންނަށް އަނިޔާކުރެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ نفس ތަކަށް ހަމަ އެއުރެން އަނިޔާކުރި ކަމުގައިވިއެވެ
41مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ
اللَّه ފިޔަވައި، އެހީތެރިންތަކެއް ލިބިގަތް މީހުންގެ މިސާލީ، ގެއެއް ހަދައި ބޭނުންކުޅަ، ފައިދިގުމަކުނުގެ މިސާލެވެ. ހަމަކަށަވަރުން، ގެތަކުގެ ތެރެއިން އެންމެ ދެރަވަރު ގެއަކީ، ފައިދިގުމަކުނުގެ ގެކަން ކަށަވަރެވެ. އެކަން އެއުރެން ދަންނަނަމައެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
39އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 39

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 39 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި ތިމަންރަސްކަލާނގެ قارون އާއި، فرعون އާއި، هامان ހަލާކުކުރެއްވީމެވެ. އަދި ހަމަކަށަވަރުން،…

ސޫރަތު އާޔަތް 39/69 — އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf. އާޔަތް 37–41. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers