އަލް-ޢަންކަބޫތް · 59/69
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-ޢަންކަބޫތް
الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ ۝٥٩
Allazeena sabaroo wa `alaa Rabbihim yatawakkaloon
📖 ދިވެހި މާނަ
އެއުރެންނީ ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންނެވެ

🎧 އަޑު އަހާ


📜 އާޔަތް 57-61 — ސޫރަތު އަލް-ޢަންކަބޫތް

57كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۖ ثُمَّ إِلَيْنَا تُرْجَعُونَ
ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ދެން ތިޔަބައިމީހުން އެނބުރި رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ
58وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُم مِّنَ الْجَنَّةِ غُرَفًا تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ نِعْمَ أَجْرُ الْعَامِلِينَ
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކުގެ އެންމެމަތީ ދަރަޖަތަކަށް ތިމަންރަސްކަލާނގެ އެއުރެން ލައްވާހުށީމެވެ. އެއުރެން އެތަންތާނގައި ދެމިތިބޭ ގޮތުގައެވެ. ހެޔޮ عمل ކުޅަ މީހުންނަށްހުރި ދަރުމައިގެ މޮޅުކަމާއެވެ
59الَّذِينَ صَبَرُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
އެއުރެންނީ ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންނެވެ
60وَكَأَيِّن مِّن دَابَّةٍ لَّا تَحْمِلُ رِزْقَهَا اللَّهُ يَرْزُقُهَا وَإِيَّاكُمْ ۚ وَهُوَ السَّمِيعُ الْعَلِيمُ
ދިރޭތަކެތީގެ ތެރެއިން އެ އެއްޗެއްގެ رزق ލިބިގަތުމަށް ކުޅަދާނަވެގެންވާ ކިތައް ކިތައްއެތި ވޭހެއްޔެވެ؟ އެ ތަކެއްޗަށާއި، ތިޔަބައިމީހުންނަށް رزق ދެއްވަނީ اللَّه އެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
61وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ
ހަމަކަށަވަރުން، އުޑުތަކާއި، ބިން ހައްދަވައި، އިރާއި، ހަނދު خدمة ތެރިކުރެއްވީ ކާކުހޭ، އެއުރެން ކުރެން (އެބަހީ: مشرك ން ކުރެން) ކަލޭގެފާނު އައްސަވައިފިނަމަ، އެއުރެން اللَّه އޭ ދަންނަވާނެކަން ކަށަވަރެވެ. ފަހެ، އެއުރެން حق ން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
59އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 59

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 59 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އެއުރެންނީ ކެތްތެރިވި މީހުންނެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާމީހުންނެވެ

ސޫރަތު އާޔަތް 59/69 — ސޫރަތު އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-ޢަންކަބޫތް އަޑު އަހާ, ސޫރަތު އަލް-ޢަންކަބޫތް ތަރުޖަމާ, ސޫރަތު އަލް-ޢަންކަބޫތް mp3, ސޫރަތު އަލް-ޢަންކަބޫތް pdf. އާޔަތް 57–61. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers