އަލް-ޢަންކަބޫތް · 35/69
ތަރުޖަމާ ކިޔެވުން — އަލް-ޢަންކަބޫތް
وَلَقَد تَّرَكْنَا مِنْهَا آيَةً بَيِّنَةً لِّقَوْمٍ يَعْقِلُونَ ۝٣٥
Wa laqat taraknaa min haaa aayatam baiyinatal liqawminy ya`qiloon
📖 ދިވެހި މާނަ
އަދި އެކަމުގެ ތެރެއިން بيان ވެގެންވާ ހެތްކެއް، ހަމަކަށަވަރުން، ވިސްނާ ބަޔަކަށް، ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ
🎧 އަޑު އަހާ

📜 އާޔަތް 33-37 — އަލް-ޢަންކަބޫތް

33وَلَمَّا أَن جَاءَتْ رُسُلُنَا لُوطًا سِيءَ بِهِمْ وَضَاقَ بِهِمْ ذَرْعًا وَقَالُوا لَا تَخَفْ وَلَا تَحْزَنْ ۖ إِنَّا مُنَجُّوكَ وَأَهْلَكَ إِلَّا امْرَأَتَكَ كَانَتْ مِنَ الْغَابِرِينَ
އަދި ތިމަންރަސްކަލާނގެ رسول ން (އެބަހީ: ملائكة ން) لوط ގެފާނުގެ އަރިހަށް ވަޑައިގަތް ހިނދު، (قوم ގެމީހުންގެ فاسد ކަމުގެ ސަބަބުން އެބޭކަލުންނަށް ދެރަގޮތެއް ވެދާނެތީ) އެބޭކަލުންނާމެދު ދެރަފުޅުވެ، ހިތާމަކުރެއްވިއެވެ. އަދި އެބޭކަލުން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ. ހަމަކަށަވަރުން، ތިމަންމެން ކަލޭގެފާނާއި، ކަލޭގެފާނުގެ أهل ވެރިން ސަލާމަތް ކުރާނޫއެވެ. ކަލޭގެފާނުގެ އަނބިކަނބަލުން މެނުވީއެވެ. އެކަނބުލޭގެވީ، ހަލާކުވެގެންދިޔަ މީހުންގެ ތެރެއިންނެވެ
34إِنَّا مُنزِلُونَ عَلَىٰ أَهْلِ هَٰذِهِ الْقَرْيَةِ رِجْزًا مِّنَ السَّمَاءِ بِمَا كَانُوا يَفْسُقُونَ
(ملائكة ން ވިދާޅުވޫއެވެ.) ހަމަކަށަވަރުން، ތިމަންމެން މިރަށުގެ أهل ވެރިންގެ މައްޗަށް، އެއުރެން فاسق ވުމުގެ ސަބަބުން (اللَّه ގެ أمر ފުޅަށް) އުޑުން عذاب އެއް ފޮނުވާހުށީމެވެ
35وَلَقَد تَّرَكْنَا مِنْهَا آيَةً بَيِّنَةً لِّقَوْمٍ يَعْقِلُونَ
އަދި އެކަމުގެ ތެރެއިން بيان ވެގެންވާ ހެތްކެއް، ހަމަކަށަވަރުން، ވިސްނާ ބަޔަކަށް، ތިމަންރަސްކަލާނގެ ދޫކުރެއްވީމެވެ
36وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا فَقَالَ يَا قَوْمِ اعْبُدُوا اللَّهَ وَارْجُوا الْيَوْمَ الْآخِرَ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ
އަދި مدين ގެމީހުންގެ ގާތަށް، އެއުރެންގެ أخ، شعيب ގެފާނު ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން آخرة ދުވަހަށް އެދޭށެވެ! އަދި فاسد ންކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާހުށި ކަމެވެ
37فَكَذَّبُوهُ فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ
ފަހެ، އެއުރެން އެކަލޭގެފާނު (އެބަހީ: شعيب ގެފާނު) ދޮގުކުޅައޫއެވެ. ދެން ބިރުވެރި ބިންހެލުމެއް އެމީހުންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށްތިރިވެ، މަރުވެފައިތިބި ބަޔަކުކަމުގައި އެބައިމީހުން ވެއްޖައޫއެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
35އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 35

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 35 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : އަދި އެކަމުގެ ތެރެއިން بيان ވެގެންވާ ހެތްކެއް، ހަމަކަށަވަރުން، ވިސްނާ ބަޔަކަށް، ތިމަންރަސްކަލާނގެ…

ސޫރަތު އާޔަތް 35/69 — އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf. އާޔަތް 33–37. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers