އަލް-ޢަންކަބޫތް · 10/69
ތަރުޖަމާ ކިޔެވުން — އަލް-ޢަންކަބޫތް
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ فَإِذَا أُوذِيَ فِي اللَّهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللَّهِ وَلَئِن جَاءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ اللَّهُ بِأَعْلَمَ بِمَا فِي صُدُورِ الْعَالَمِينَ ۝١٠
Wa minan naasi many yaqoolu aamannaa billaahi faizaaa ooziya fil laahi ja`ala fitnatan naasi ka`azaabil laahi wa la`in jaaa`a nasrum mir Rabbika la yaqoolunna innaa kunnaa ma`akum; awa laisal laahu bi a`lama bimaa fee surdooril `aalameen
📖 ދިވެހި މާނަ
ތިމަންމެން إيمان ވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ، اللَّه ގެ މަގުގައި އެއިން މީހަކަށް އުނދަގުލެއް ލިބިއްޖެނަމަ، މީސްތަކުންގެ އުނދަގޫތައް اللَّه ގެ عذاب އާ އެއްފަދަ ކަމުގައި އޭނާ ހަދަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން نصر އެއް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. عالم ތަކުގައިވާ އެންމެންގެ ހިތްތަކުގައިވާހާ އެއްޗެއް اللَّه މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟
🎧 އަޑު އަހާ

📜 އާޔަތް 8-12 — އަލް-ޢަންކަބޫތް

8وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حُسْنًا ۖ وَإِن جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۚ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ
އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ وصية ކުރައްވައި، أمر ކުރެއްވީމެވެ. އަދި ތިބާޔަށް އެއާމެދު علم އެއްލިބިފައި ނުވާ އެއްޗެއް، ތިމަންރަސްކަލާނގެއާ شريك ކުރުމަށް ތިބާގެ މައްޗަށް އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، އެ ދެމީހުންނަށް ތިބާ ކިޔަމަން ނުވާހުށިކަމެވެ! ތިޔަބައިމީހުން އެނބުރި ދިއުންއޮތީ، ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ. (އެބަހީ: އެކަންތަކަށް ޖަޒާ ދެއްވާހުށީމެވެ)
9وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُدْخِلَنَّهُمْ فِي الصَّالِحِينَ
އަދި إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން صالح އަޅުންގެ ތެރެއަށް ވައްދަވާހުށީމެވެ
10وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ فَإِذَا أُوذِيَ فِي اللَّهِ جَعَلَ فِتْنَةَ النَّاسِ كَعَذَابِ اللَّهِ وَلَئِن جَاءَ نَصْرٌ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمْ ۚ أَوَلَيْسَ اللَّهُ بِأَعْلَمَ بِمَا فِي صُدُورِ الْعَالَمِينَ
ތިމަންމެން إيمان ވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ، اللَّه ގެ މަގުގައި އެއިން މީހަކަށް އުނދަގުލެއް ލިބިއްޖެނަމަ، މީސްތަކުންގެ އުނދަގޫތައް اللَّه ގެ عذاب އާ އެއްފަދަ ކަމުގައި އޭނާ ހަދަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން نصر އެއް އަތުވެއްޖެނަމަ، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ތިމަންމެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. عالم ތަކުގައިވާ އެންމެންގެ ހިތްތަކުގައިވާހާ އެއްޗެއް اللَّه މޮޅަށް ދެނެވޮޑިގެން ނުވޭހެއްޔެވެ؟
11وَلَيَعْلَمَنَّ اللَّهُ الَّذِينَ آمَنُوا وَلَيَعْلَمَنَّ الْمُنَافِقِينَ
އަދި ހަމަކަށަވަރުން، اللَّه، إيمان ވި މީހުން ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ منافق ންވެސް ދެނެވޮޑިގެންވެތެވެ
12وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا اتَّبِعُوا سَبِيلَنَا وَلْنَحْمِلْ خَطَايَاكُمْ وَمَا هُم بِحَامِلِينَ مِنْ خَطَايَاهُم مِّن شَيْءٍ ۖ إِنَّهُمْ لَكَاذِبُونَ
كافر ވިމީހުން إيمان ވިމީހުންނަށް ބުނޫއެވެ. ތިޔަބައިމީހުން ތިމަންމެންގެ މަގަށް تبع ވާށެވެ! އަދި ތިޔަބައިމީހުންގެ ކުށްފާފަތައް ތިމަންމެން އުފުލާނޫއެވެ. އެއުރެންގެ ކުށްފާފަތަކުގެ ތެރެއިން އެއްވެސް އެއްޗެއް އުފުލާނޭ ބަޔަކު ކަމުގައި އެއުރެން ނުވެއެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުވެރިންކަން ކަށަވަރެވެ
އަލް-ޢަންކަބޫތްޤުރުއާން ފިހުރިސްތު
69އާޔަތް
MeccanRevelation
10އާޔަތް

ތަރުޖަމާ — އަލް-ޢަންކަބޫތް 10

ސޫރަތު އަލް-ޢަންކަބޫތް އާޔަތް 10 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ތިމަންމެން إيمان ވެއްޖައީމުއޭ ދުލުކޮޅުން ބުނާ ބަޔަކު މީސްތަކުންގެ ތެރެއިން ވެއެވެ. ފަހެ،…

ސޫރަތު އާޔަތް 10/69 — އަލް-ޢަންކަބޫތް العنكبوت (Meccan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-ޢަންކަބޫތް އަޑު އަހާ, އަލް-ޢަންކަބޫތް ތަރުޖަމާ, އަލް-ޢަންކަބޫތް mp3, އަލް-ޢަންކަބޫތް pdf. އާޔަތް 8–12. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers