ސޫރަތު އަލް-މުއްދައްޘިރު
PDF —
Built right in your browser — download starts automatically
ސޫރަތު އަލް-މުއްދައްޘިރު pdf — ޑައުންލޯޑް (ދިވެހި)
ސޫރަތު އަލް-މުއްދައްޘިރު pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-މުއްދައްޘިރު ތަރުޖަމާ. އަލް-މުއްދައްޘިރު (Meccan) 56 އާޔަތް.
Related
- އަލް-މުއްދައްޘިރު ތަރުޖަމާދިވެހި
- އަލް-މުއްދައްޘިރު mp3އަޑު އަހާ
- Quran Index ދިވެހި114
More ސޫރަތު PDF
އަލް-ބަޤަރާ
އާލު-ޢިމްރާން
އަން-ނިސާއް
އަލް-މާއިދާ
ޔޫސުފް
އިބްރާހިމް
އަލް-ޙިޖްރު
އަލް-ކަހްފު
މަރްޔަމް
އަލް-ޙައްޖު
އަލް-ޤަސަޞް
އަލް-ޢަންކަބޫތް
އަސް-ސަޖްދާ
ޔާސީން
އައް-ދުޚާން
އަލް-ފަތްޙު
އަލް-ޙުޖުރާތް
ޤާފް
އަން-ނަޖްމު
އަރް-ރަޙްމާން
އަލް-ވާޤިޢާ
އަލް-ޙަޝްރު
އަލް-މުލްކު
އަލް-ޙާއްޤާ
އަލް-އިންޝިޤާޤް
އަލް-އަޢްލާ
އަލް-ޣާޝިޔާ
ސޫރަތު އަލް-މުއްދައްޘިރު

ﮪﮫﮬ
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ
ﮭﮮﮯ
ކަލޭގެފާނު ތެދުވެވަޑައިގެން إنذار ކުރައްވާށެވެ
ﮰﮱﯓ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް تكبير ވިދާޅުވާށެވެ
ﯔﯕﯖ
އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهر ކުރައްވާށެވެ
ﯗﯘﯙ
އަދި ބުދަށް އަޅުކަންކުރުމާ ދުރުވެވަޑައިގަންނަވާށެވެ
ﯚﯛﯜﯝ
އަދި ގިނައިން ލިބުން އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ
ﯞﯟﯠ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށްޓަކައި ކަލޭގެފާނު ކެތްތެރިވެ ވަޑައިގަންނަވާށެވެ
ﯡﯢﯣﯤﯥ
ފަހެ، ތާޅަފިލި ފުމެލައްވާ ހިނދެވެ
ﯦﯧﯨﯩﯪ
ފަހެ، އެދުވަސް އެއީ އުނދަގޫވެގެންވާ ދުވަހެކެވެ
ﯫﯬﯭﯮﯯ
كافر ންގެ މައްޗަށް ފަސޭހަކަމެއް ނުވާ ދުވަހެކެވެ
ﯰﯱﯲﯳﯴ
ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ
ﯵﯶﯷﯸﯹ
ހަމައެކަނި ތިމަންރަސްކަލާނގެ ހެއްދެވި މީހާ، ކަލޭގެފާނު ތިމަންރަސްކަލާނގެއަށް ދޫކޮށްލައްވާށެވެ
ﯺﯻﯼ
އަދި ގިނަވެގެންވާ މުދަލާއި ކައިރީގައި ތިބޭނެ ފިރިހެންދަރިން، ތިމަންރަސްކަލާނގެ އޭނާޔަށް ދެއްވީމެވެ
ﯽﯾﯿﰀ
އަދި (ދުނިޔޭގެ ހުރިހާ ކަމެއް) ތަނަވަސްކޮށްދެއްވައި، އޭނާޔަށް ފަސޭހަކޮށްދެއްވީމެވެ
ﰁﰂﰃﰄﰅ
ދެންވެސް އޭނާ އެދެނީ، ތިމަންރަސްކަލާނގެ އިތުރުކޮށްދެއްވުމަށެވެ
ﰆﰇﰈﰉﰊﰋﰌ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އޭނާވީ، ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ މީހެއް ކަމުގައެވެ
ﰍﰎﰏ
ނިކަންހުރެ ތިމަންރަސްކަލާނގެ، ގަދަފަދަވެގެންވާ عذاب އަކަށް ކުރިމަތިލުމަށް އޭނާއަށް ޖައްސަވާހުށީމެވެ
ﰐﰑﰒﰓ
ހަމަކަށަވަރުން، އޭނާ ވިސްނައި فكر ކޮށް ރޭވިއެވެ
ﭑﭒﭓﭔ
ފަހެ، އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
ﭕﭖﭗﭘﭙ
ދެން އޭނާޔަށް لعنة ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދައަކުން ހެއްޔެވެ؟
ﭚﭛﭜ
ދެން އޭނާ ބަލައި ވިސްނިއެވެ
ﭝﭞﭟﭠ
ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ
ﭡﭢﭣﭤ
ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ
ﭥﭦﭧﭨﭩﭪﭫ
ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއް ކަމުގައި މެނުވީ މި قرآن ނުވެއެވެ
ﭬﭭﭮﭯﭰﭱ
آدم ގެދަރިންގެ ބަސްކަމުގައި މެނުވީ މި قرآن ނުވެއެވެ
ﭲﭳﭴ
ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ
ﭵﭶﭷﭸﭹ
އެ ނަރަކަޔަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ﭺﭻﭼﭽﭾ
އެ ނަރަކަ (ނާންދާ) އެއްވެސް އެއްޗެއް ނުބަހައްޓަތެވެ. އަދި ދޫކޮށެއްވެސް ނުލަތެވެ
ﭿﮀﮁ
ގައިގެ ހަން އަންދައި ކަޅުކޮށްލަތެވެ
ﮂﮃﮄﮅ
(ބެލެހެއްޓެވުމަށް) އެ ނަރަކައިގެ މައްޗަށް އޮނަވިހި ملائكة ންވެއެވެ
ﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤ
އަދި ނަރަކައިގެ ބަނޑޭރިން ކަމުގައި، ތިމަންރަސްކަލާނގެ ملائكة ން މެނުވީ ނުލައްވަމެވެ. އަދި كافر ވި މީހުންނަށް امتحان އެއްކަމުގައި މެނުވީ އެ ملائكة ންގެ عدد ނުލައްވަމެވެ. (އެއީ) ފޮތް ލިބުނު މީހުންނަށް يقين ވުމަށާއި، އަދި إيمان ވި މީހުންގެ إيمان ކަން އިތުރުވުމަށާއި، އަދި ފޮތް ލިބުނު މީހުންނާއި إيمان ވި މީހުން شك ނުކުރުމަށްޓަކައެވެ. އަދި އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވާ މީހުންނާއި، كافر ން ބުނުމަށްޓަކައެވެ. މި مثال ން اللَّه އިރާދަކުރެއްވީ ކޮންއެއްޗެއް ބާވައެވެ؟ އެފަދައިން اللَّه އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ لشكر ގެ عدد، އެކަލާނގެ މެނުވީ ދެނެވޮޑިގެން ނުވެތެވެ. އަދި آدم ގެދަރިންނަށް عبرة ތެރި ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ، އެ ނަރަކަ ނުވެތެވެ
ﯥﯦﯧ
ހަމަަހިލާ އެހެންނަކުން ނުވާނެއެވެ. ހަނދު ގަންދެއްވަމެވެ
ﯨﯩﯪﯫ
އަދި ރޭގަނޑު ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
ﯬﯭﯮﯯ
އަދި އަލިވެގެންދާހިނދު، ފަތިސް ގަންދެއްވަމެވެ
ﯰﯱﯲﯳ
ހަމަކަށަވަރުން، އެ ނަރަކައީ، ބޮޑެތި ބަލާތަކުގެ ތެރެއިން ބަލާއެއްކަން ކަށަވަރެވެ
ﯴﯵﯶ
آدم ގެދަރިންނަށް إنذار ކުރާ އެއްޗެއްގެ ގޮތުގައެވެ
ﯷﯸﯹﯺﯻﯼﯽﯾ
ތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ
ﯿﰀﰁﰂﰃﰄ
ކޮންމެ نفس އެއް، އެ نفس އެއް ހޯދައިގަތްކަމަކުން ބަނދެވިގެންވެއެވެ
ﰅﰆﰇﰈ
ކަނާތްފަރާތުގެ أهل ވެރިން މެނުވީއެވެ
ﰉﰊﰋﰌ
ކަނާތްފަރާތުގެ أهل ވެރިން މެނުވީއެވެ
ﰍﰎﰏ
(އެއުރެންވަނީ) ސުވަރުގެތަކެއްގައެވެ. ކުށްވެރިންނާ މެދުގައި އެކަކު އަނެކަކާ سؤال ކުރާ حال ގައެވެ
ﰐﰑﰒﰓﰔ
ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއް ހެއްޔެވެ؟
ﰕﰖﰗﰘﰙﰚ
އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ
ﰛﰜﰝﰞﰟ
އަދި ތިމަންމެން مسكين ންނަށް ކާންދީއެއް ނޫޅެމުއެވެ
ﰠﰡﰢﰣﰤ
އަދި باطل ވާހަކަ ދައްކާ މީހުންނާ އެކުގައި، ތިމަންމެން باطل ވާހަކަ ދައްކައި އުޅުނީމުއެވެ
ﰥﰦﰧﰨﰩ
އަދި ތިމަންމެން قيامة ދުވަސް ދޮގުކޮށް އުޅުނީމުއެވެ
ﰪﰫﰬﰭ
يقين ކަން (އެބަހީ: މަރު) ތިމަންމެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ
ﭑﭒﭓﭔﭕ
ފަހެ، شفاعة ތެރިވާމީހުންގެ شفاعة، އެއުރެންނަކަށް މަންފާއެއް ނުކުރާނެތެވެ
ﭖﭗﭘﭙﭚﭛ
ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآن ން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟
ﭜﭝﭞﭟ
ފަހެ، ހަނދާންކޮށްދިނުމުން (އެބަހީ: قرآن ން) އެއުރެން އެއްކިބާވެ ދުރަށްދަނީ ކީއްވެގެން ހެއްޔެވެ؟
ﭠﭡﭢﭣ
އެއުރެން ސިންގާއަކަށް ފިލަންދުވާ وحشى حمار ތަކެއް ފަދައެވެ
ﭤﭥﭦﭧﭨﭩﭪﭫﭬﭭ
އަދި ކިއެއްތަ! އެއުރެންކުރެ ކޮންމެ މީހަކު އެދެނީ، ލިޔުއްވާފައިވާ ފަތްފުށްތަކެއް އެމީހަކަށް ބާވައިލެއްވުމަށެވެ
ﭮﭯﭰﭱﭲﭳﭴ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! އެއުރެން آخرة އަކަށް ބިރެއް ނުގަނެތެވެ
ﭵﭶﭷﭸ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ قرآن އަކީ ހަނދާންކޮށްދިނުމެކެވެ
ﭹﭺﭻﭼ
ފަހެ، ބޭނުން މީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ
ﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉ
އަދި اللَّه އިރާދަކުރެއްވިއްޔާ މެނުވީ، އެއުރެންނަކަށް ހަނދާނެއް ނުކުރެވޭނެތެވެ. އެކަލާނގެއީ (މީސްތަކުން އެކަލާނގެއަށް ބިރުވެތިވެ) تقوى ވެރިވުން حق ވެގެންވާ، އަދި (ކިޔަމަންގަތް އަޅުންނަށް) ފާފަތައް ފުއްސެވުމުގެ ވެރިރަސްކަލާނގެއެވެ
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers







