ސޫރަތު އަލް-އިންޝިޤާޤް ޢަރަބި އަދި ދިވެހި

ސޫރަތު އަލް-އިންޝިޤާޤް ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (25 އާޔަތް — مكية). އަލް-އިންޝިޤާޤް އަޑު އަހާ, އަލް-އިންޝިޤާޤް ތަރުޖަމާ, އަލް-އިންޝިޤާޤް mp3, އަލް-އިންޝިޤާޤް pdf.

ސޫރަތު އަލް-އިންޝިޤާޤް ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
إِذَا السَّمَاءُ انشَقَّتْ ۝١
📖 ތަރުޖަމާ އާޔަތް 1
އުޑުފަޅަފަޅައިގެންދާ ހިނދެވެ
وَأَذِنَتْ لِرَبِّهَا وَحُقَّتْ ۝٢
📖 ތަރުޖަމާ އާޔަތް 2
އަދި އެ އުޑުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ އުޑު ކިޔަމަންވާހިނދެވެ. އެ އުޑަށް އެކަން حق ވެގެންވެއެވެ
وَإِذَا الْأَرْضُ مُدَّتْ ۝٣
📖 ތަރުޖަމާ އާޔަތް 3
އަދި ބިންގަނޑު ދެމި، ފެތުރިގެންދާ ހިނދެވެ
وَأَلْقَتْ مَا فِيهَا وَتَخَلَّتْ ۝٤
📖 ތަރުޖަމާ އާޔަތް 4
އަދި އެ ބިމުގެ ތެރޭގައިވާ ތަކެތި އުކާލައި، އެ ބިން ހުސްވެގެންދާ ހިނދެވެ
وَأَذِنَتْ لِرَبِّهَا وَحُقَّتْ ۝٥
📖 ތަރުޖަމާ އާޔަތް 5
އަދި އެ ބިމުގެ ވެރިރަސްކަލާނގެ أمر ފުޅަށް އެ ބިން ކިޔަމަންވާ ހިނދެވެ. އެ ބިމަށް އެކަން حق ވެގެންވެއެވެ
يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَاقِيهِ ۝٦
📖 ތަރުޖަމާ އާޔަތް 6
އޭ އިންސާނާއެވެ! ހަމަކަށަވަރުން، ތިބާއީ، ތިބާގެ ވެރިރަސްކަލާނގެ حضرة އަށް ދިޔުމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ފަހެ، ތިބާ (އެ މަސައްކަތާއިގެން) އެކަލާނގެއާ ބައްދަލުވާނެތެވެ
فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ ۝٧
📖 ތަރުޖަމާ އާޔަތް 7
ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ
فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ۝٨
📖 ތަރުޖަމާ އާޔަތް 8
ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު حساب ބައްލަވާނެތެވެ
وَيَنقَلِبُ إِلَىٰ أَهْلِهِ مَسْرُورًا ۝٩
📖 ތަރުޖަމާ އާޔަތް 9
އަދި އުފަލުންހުރެ، އޭނާގެ أهل ވެރިންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ
وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاءَ ظَهْرِهِ ۝١٠
📖 ތަރުޖަމާ އާޔަތް 10
އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ
فَسَوْفَ يَدْعُو ثُبُورًا ۝١١
📖 ތަރުޖަމާ އާޔަތް 11
ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ
وَيَصْلَىٰ سَعِيرًا ۝١٢
📖 ތަރުޖަމާ އާޔަތް 12
އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ
إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا ۝١٣
📖 ތަރުޖަމާ އާޔަތް 13
ހަމަކަށަވަރުން، އޭނާގެ أهل ވެރިންގެ ގާތުގައި އުފާވެރިވެގެންވާ މީހަކު ކަމުގައި (ދުނިޔޭގައި) އޭނާވިއެވެ
إِنَّهُ ظَنَّ أَن لَّن يَحُورَ ۝١٤
📖 ތަރުޖަމާ އާޔަތް 14
ހަމަކަށަވަރުން (އޭނާގެ ވެރިރަސްކަލާނގެ حضرة އަށް) އެނބުރި ނުދާނޭކަމަށް އޭނާ ހީކުޅައެވެ
بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا ۝١٥
📖 ތަރުޖަމާ އާޔަތް 15
އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، އޭނާގެ ވެރިރަސްކަލާނގެ އޭނާ ދެކެވޮޑިގެންވާ ކަމުގައިވެއެވެ
فَلَا أُقْسِمُ بِالشَّفَقِ ۝١٦
📖 ތަރުޖަމާ އާޔަތް 16
ފަހެ، ތިމަންރަސްކަލާނގެ ރަތްވިލާ ގަންދެއްވަމެވެ
وَاللَّيْلِ وَمَا وَسَقَ ۝١٧
📖 ތަރުޖަމާ އާޔަތް 17
އަދި ރޭގަނޑާއި، އެ ރޭގަނޑު އެއްކުޅަހާ ތަކެތި ގަންދެއްވަމެވެ
وَالْقَمَرِ إِذَا اتَّسَقَ ۝١٨
📖 ތަރުޖަމާ އާޔަތް 18
އަދި ހަނދުގެ އަލިކަން ފުރިހަމަވާހިނދު، އެ ހަނދު ގަންދެއްވަމެވެ
لَتَرْكَبُنَّ طَبَقًا عَن طَبَقٍ ۝١٩
📖 ތަރުޖަމާ އާޔަތް 19
ހަމަކަށަވަރުން، ތިޔަބައިމީހުން އެއް حالة އަކަށްފަހު، އަނެއް حالة އަކަށް ބަދަލުވަމުން ދާނޭކަން ކަށަވަރެވެ
فَمَا لَهُمْ لَا يُؤْمِنُونَ ۝٢٠
📖 ތަރުޖަމާ އާޔަތް 20
އެއުރެން إيمان ނުވަނީ ފަހެ، އެއުރެންނަށް ކީއްވެގެން ހެއްޔެވެ؟
وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ ۩ ۝٢١
📖 ތަރުޖަމާ އާޔަތް 21
އަދި އެއުރެންނަށް قرآن ކިޔަވައިދެވޭހިނދު، އެއުރެން سجدة އެއް ނުކުރެތެވެ
بَلِ الَّذِينَ كَفَرُوا يُكَذِّبُونَ ۝٢٢
📖 ތަރުޖަމާ އާޔަތް 22
އަދި ކިއެއްތަ! كافر ވި މީހުން (އެ قرآن) ދޮގުކުރޫއެވެ
وَاللَّهُ أَعْلَمُ بِمَا يُوعُونَ ۝٢٣
📖 ތަރުޖަމާ އާޔަތް 23
އަދި އެއުރެންގެ ހިތްތަކުގައި ފޮރުވާފައިވާ ކަންތައް، اللَّه ދެނެވޮޑިގަތުން ބޮޑެވެ
فَبَشِّرْهُم بِعَذَابٍ أَلِيمٍ ۝٢٤
📖 ތަރުޖަމާ އާޔަތް 24
ފަހެ، ވޭންދެނިވި عذاب ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެއުރެންނަށް خبر ދެއްވާށެވެ
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ ۝٢٥
📖 ތަރުޖަމާ އާޔަތް 25
إيمان ވެ صالح عمل ތައް ކުޅަމީހުން މެނުވީއެވެ. އެއުރެންނަށް ކެނޑިގެންނުދާނޭ ދަރުމަހުށްޓެވެ
→ 83 އަލް-އިންޝިޤާޤް (84/114) 85 ←
ކިޔާ ސޫރަތު އަލް-އިންޝިޤާޤް ދިވެހި ތަރުޖަމާ – އަޑު އަހާ

84الإنشقاق Al-Inshiqaq 📚 25 އާޔަތް مكية

އާޔަތްތައް – ސޫރަތު އަލް-އިންޝިޤާޤް — 25 އާޔަތް




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers