ސޫރަތު އަލް-މުއުމިނޫން pdf — ޑައުންލޯޑް (ދިވެހި)
ސޫރަތު އަލް-މުއުމިނޫން pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-މުއުމިނޫން ތަރުޖަމާ. ސޫރަތު އަލް-މުއުމިނޫން (Meccan) 118 އާޔަތް.
Related
- ސޫރަތު އަލް-މުއުމިނޫން ތަރުޖަމާދިވެހި
- ސޫރަތު އަލް-މުއުމިނޫން mp3އަޑު އަހާ
- Quran Index ދިވެހި114
More ސޫރަތު PDF
އަލް-ބަޤަރާ
އާލު-ޢިމްރާން
އަން-ނިސާއް
އަލް-މާއިދާ
ޔޫސުފް
އިބްރާހިމް
އަލް-ޙިޖްރު
އަލް-ކަހްފު
މަރްޔަމް
އަލް-ޙައްޖު
އަލް-ޤަސަޞް
އަލް-ޢަންކަބޫތް
އަސް-ސަޖްދާ
ޔާސީން
އައް-ދުޚާން
އަލް-ފަތްޙު
އަލް-ޙުޖުރާތް
ޤާފް
އަން-ނަޖްމު
އަރް-ރަޙްމާން
އަލް-ވާޤިޢާ
އަލް-ޙަޝްރު
އަލް-މުލްކު
އަލް-ޙާއްޤާ
އަލް-އިންޝިޤާޤް
އަލް-އަޢްލާ
އަލް-ޣާޝިޔާ
ސޫރަތު އަލް-މުއުމިނޫން

ﭑﭒﭓﭔ
23:1
مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ
ﭕﭖﭗﭘﭙﭚ
23:2
އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ
ﭛﭜﭝﭞﭟﭠ
23:3
އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ
ﭡﭢﭣﭤﭥ
23:4
އަދި އެއުރެންނީ، زكاة ދޭމީހުންނެވެ
ﭦﭧﭨﭩﭪ
23:5
އަދި އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާމީހުންނެވެ
ﭫﭬﭭﭮﭯﭰﭱﭲﭳﭴﭵ
23:6
އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ
ﭶﭷﭸﭹﭺﭻﭼﭽ
23:7
ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ
ﭾﭿﮀﮁﮂﮃ
23:8
އަދި އެއުރެންނީ އެއުރެންގެ أمانة ތަކަށާއި އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ
ﮄﮅﮆﮇﮈﮉ
23:9
އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ
ﮊﮋﮌﮍ
23:10
(ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ
ﮎﮏﮐﮑﮒﮓﮔ
23:11
އެއުރެންނީ، فردوس އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ
ﮕﮖﮗﮘﮙﮚﮛﮜ
23:12
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصة އިން އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވީމެވެ
ﮝﮞﮟﮠﮡﮢﮣ
23:13
ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ
ﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛ
23:14
ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ
ﯜﯝﯞﯟﯠﯡ
23:15
ދެން ހަމަކަށަވަރުން، ތިޔަބައިމީހުން އޭގެފަހުގައި މަރުވާނެކަން ކަށަވަރެވެ
ﯢﯣﯤﯥﯦﯧ
23:16
ދެން ހަމަކަށަވަރުން، ތިޔަބައިމީހުން قيامة ދުވަހުން، އަލުންދިރުއްވައި محشر އަށް ފޮނުއްވާނެތެވެ
ﯨﯩﯪﯫﯬﯭﯮﯯﯰﯱﯲ
23:17
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާ ދިމާމަތީގައި، ހަތް އުޑު ހެއްދެވީމެވެ. އަދި خلق ތަކުންނާމެދު غافل ވެވޮޑިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟ
23:18
އަދި ތިމަންރަސްކަލާނގެ، ވަކި މިންވަރަކަށް އުޑުން ފެންބާވައިލެއްވީމެވެ. ފަހެ، އެ ފެން ތިމަންރަސްކަލާނގެ ބިމުގައި ހަރުލެއްވީމެވެ. އަދި ހަމަކަށަވަރުން، އެ ފެން (ތިޔަބައިމީހުންނަށް އަތުނުވާ ހިސާބަށް) ގެންދެވުމަށް، ތިމަންރަސްކަލާނގެ ކުޅަދުންވަންތަވެވޮޑިގެންވަމެވެ
ﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭ
23:19
ފަހެ، އެ ފެނުގެ ސަބަބުން ކަދުރުރުކާއި، މޭބިސްކަދުރުގެ ބަގީޗާތައް ތިޔަބައިމީހުންނަށްޓަކައި، ތިމަންރަސްކަލާނގެ އުފެއްދެވީމެވެ. އެ ބަގީޗާތަކުގައި ތިޔަބައިމީހުންނަށްޓަކައި، ގިނަ މޭވާތައްވެއެވެ. އަދި ތިޔަބައިމީހުން ކައިއުޅެނީ، އެ ތަކެތިންނެވެ
ﭮﭯﭰﭱﭲﭳﭴﭵﭶﭷ
23:20
އަދި طُورسَينَاء އެވެ ކިޔާ ފަރުބަދައިން ނުކުންނަ ގަހެއް ހެއްދެވީމެވެ. (އެއީ ޒައިތޫނިގަހެވެ.) ތެލާއި، ކާމީހުންނަށްހުރި، ލައިގެންކާއެއްޗެއްގެ ގޮތުގައި އެ ގަސް ހެދެތެވެ
ﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈ
23:21
އަދި ހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އެ ތަކެތީގެ ބަނޑުތެރޭގައިވާ ތަކެތިން، ތިޔަބައިމީހުންނަށް (ކިރުގެ) ބުއިމެއް ތިމަންރަސްކަލާނގެ ދެއްވަމެވެ. އަދި އެ ތަކެތީގައި، ގިނަވެގެންވާ މަންފާތައް ތިޔަބައިމީހުންނަށް ވެއެވެ. އަދި އެއިން ތިޔަބައިމީހުން ކައިއުޅެމުއެވެ
ﮉﮊﮋﮌﮍ
23:22
އަދި އެ ތަކެތީގެ މަތީގައްޔާއި، އުޅަނދުތަކުގައި، ތިޔަބައިމީހުން (އެއްތަނުން އަނެއްތަނަށް) އުފުއްލަވަތެވެ
ﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟ
23:23
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟
ﮠﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛ
23:24
ފަހެ، އެކަލޭގެފާނުގެ قوم ގެމީހުންކުރެ كافر ވި ބޮޑުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ. އޭނާ قصد ކުރަނީ، ތިޔަބައިމީހުންގެ މައްޗަށް މާތްވެގަތުމަށެވެ. اللَّه އިރާދަކުރެއްވިނަމަ (رسول ން ކަމުގައި) ملائكة ން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ
ﯜﯝﯞﯟﯠﯡﯢﯣﯤﯥﯦ
23:25
އޭނާގައި މޮޔަކަމެއްވާ ފިރިހެނަކު ކަމުގައި މެނުވީ އޭނާ ނުވެތެވެ. ފަހެ، ހިނދުކޮޅަކަށް އޭނާއާމެދު ތިޔަބައިމީހުން انتظار ކުރާށެވެ
ﯧﯨﯩﯪﯫﯬ
23:26
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ
ﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎ
23:27
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ ބެއްލެވުމާއި، ތިމަންރަސްކަލާނގެ އެންގެވުމާއެކު، ނާކޮޅު ބަންނަވައި ހައްދަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅުއައިސް އުނދުނުގެ ތެރެއިން ފެންއަރައި، އުތުރިގެންފިހިނދު، ފަހެ، އެހިނދު ކޮންމެ އެއްޗަކުން (އަންހެން ފިރިހެން) ޖޯޑަކާއި، އެއުރެންގެ ތެރެއިން ހަލާކުވުމުގެ أمر ފުޅު އިސްވެހިނގައްޖެމީހަކު މެނުވީ، ކަލޭގެފާނުގެ أهل ވެރިން އެ ނާކޮޅަށް ލައްވާށެވެ! އަދި އަނިޔާވެރިވީ މީހުންނާމެދު، ތިމަންރަސްކަލާނގެ حضرة އަށް ކަލޭގެފާނު ބަސް ނުދަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންނީ، غرق ކުރައްވާނޭ މީހުންނެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠ
23:28
ފަހެ، ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުން ނާކޮޅަށް އަރައި އޭގައި ހަމަޖެހޭހިނދު، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ. اللَّه އަށް حمد ހުށްޓެވެ. އެކަލާނގެއީ، އަނިޔާވެރިވި މީހުންގެ ކިބައިން ތިމަންމެން ސަލާމަތްކުރެއްވި ރަސްކަލާނގެއެވެ
ﭡﭢﭣﭤﭥﭦﭧﭨﭩ
23:29
އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! بركات ތެރި منـزل އަކަށް މިއަޅާ ބާލުއްވައިފާނދޭވެ! އަދި ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، (منـزل އަށް) ބާލުއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ
ﭪﭫﭬﭭﭮﭯﭰﭱ
23:30
ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ (މީސްތަކުން) امتحان ކުރައްވަމެވެ
ﭲﭳﭴﭵﭶﭷﭸ
23:31
ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيل އެއްގެބަޔަކު އުފެއްދެވީމެވެ
ﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈ
23:32
ފަހެ، ތިމަންރަސްކަލާނގެ އެއުރެންގެގާތަށް، އެއުރެންގެ ތެރެއިން رسول އަކު ފޮނުއްވީމެވެ. ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށޭ އަންގަވަމުންނެވެ. އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީހެއްޔެވެ؟
ﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢ
23:33
އެކަލޭގެފާނުގެ قوم ގެމީހުންގެ ތެރެއިން كافر ވެ، އަދި آخرة އާ ބައްދަލުވާނޭކަން ދޮގުކޮށްއުޅުނު، އަދި ދުނިޔޭގެ حياة ގައި ތަނަވަސްކަމާއި، نعمة އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ބޮޑުންގެމީހުން ބުނޫއެވެ. ތިޔަބައިމީހުންކަހަލަ آدم ގެދަރިޔަކު ކަމުގައި މެނުވީ، މީނާ ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން، އޭނާވެސް ކައިއުޅެތެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އޭނާވެސް ބޮއިއުޅެތެވެ
ﮣﮤﮥﮦﮧﮨﮩﮪ
23:34
އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކަހަލަ آدم ގެދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެހިނދު ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ
ﮫﮬﮭﮮﮯﮰﮱﯓﯔﯕ
23:35
ހަމަކަށަވަރުން، ތިޔަބައިމީހުން މަރުވެއްޖެހިނދު، އަދި ވެއްޔާއި، ކަށްޓަށް ތިޔަބައިމީހުން ވެއްޖެހިނދު، އަލުންދިރުއްވައި ނެރުއްވާނޭކަމަށް އޭނާ ތިޔަބައިމީހުންނަށް وعد ކުރަނީހެއްޔެވެ؟
ﯖﯗﯘﯙﯚﯛ
23:36
ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތައް ދުރުވެގެންވެއެވެ. (ވަރަށް) ދުރުވެގެންވެއެވެ
ﯜﯝﯞﯟﯠﯡﯢﯣﯤﯥﯦ
23:37
އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމުއެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ
ﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳ
23:38
اللَّه އާމެދު ހަދައިގެން ދޮގެއް ބުނި ފިރިހެނަކު ކަމުގައިނޫނީ، އޭނާ ނުވެތެވެ. އަދި އޭނާޔަށް إيمان ވާބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ
ﯴﯵﯶﯷﯸﯹ
23:39
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ތިމަންއަޅާ ދޮގުކުޅަކަމަށްޓަކައި ތިމަންއަޅާޔަށް نصر ދެއްވާނދޭވެ
ﯺﯻﯼﯽﯾﯿ
23:40
އެކަލާނގެ وحى ކުރެއްވިއެވެ. ކުޑަހިނދުކޮޅަކުން އެއުރެން ހިތާމަކުރާ ބަޔަކުކަމުގައި ވާނޭކަން ކަށަވަރެވެ
ﰀﰁﰂﰃﰄﰅﰆﰇﰈﰉ
23:41
ފަހެ، حق ގޮތުގައި އައި ގަދަފަދަ އަޑު އެއުރެން ހަލާކުކުރިއެވެ. ދެން އޮޔާދާ ކުނިތަކެއްފަދައިން ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުންހުށްޓެވެ
ﰊﰋﰌﰍﰎﰏﰐ
23:42
ދެން އެއުރެންނަށްފަހު، ތިމަންރަސްކަލާނގެ އެހެން جيل ތަކެއްގެ ބަޔަކު އުފެއްދެވީމެވެ
ﭑﭒﭓﭔﭕﭖﭗﭘ
23:43
އެއްވެސް أمّة އަކަށް، އެ أمّة އެއްގެ أجل އިހެއްނުކުރައްވާނެތެވެ. އަދި ފަހެއްވެސް ނުމެކުރައްވާނޭމެއެވެ
ﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯ
23:44
ދެން ތިމަންރަސްކަލާނގެ رسول ން އެއްބޭކަލަކަށްފަހު އަނެއްބޭކަލަކު ވަޑައިގަންނަވާގޮތުގައި ފޮނުއްވީމެވެ. ކޮންމެ أمّة އަކަށްވެސް އެ أمّة ގެ رسول އާ ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއުރެން އެބޭކަލަކު ދޮގުކުރިއެވެ. ފަހެ، އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ ފަހަތުން ފޮނުއްވައި ނެތިކުރެއްވީމެވެ. އަދި ދެކެވޭ ވާހަކަތަކެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. ފަހެ، إيمان ނުވާ ބަޔަކަށް ހަލާކާއި ގެއްލުންހުށްޓެވެ
ﭰﭱﭲﭳﭴﭵﭶﭷﭸ
23:45
ދެން ތިމަންރަސްކަލާނގެ ހެކިތަކާއި، ބަޔާންވެގެންވާ ބާރަކާއެކު موسى ގެފާނާއި، އެކަލޭގެފާނުގެ أخ، هارون ގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ
ﭹﭺﭻﭼﭽﭾﭿﮀ
23:46
(އެއީ) فرعون އާއި، އޭނާގެ ބޮޑުންގެ ގާތަށެވެ. ފަހެ، އެއުރެން ބޮޑާވެގަތެވެ. އަދި كبر ވެރިވެގަތް ބަޔަކުކަމުގައި އެއުރެންވޫއެވެ
ﮁﮂﮃﮄﮅﮆﮇﮈ
23:47
ފަހެ، އެއުރެން ބުނޫއެވެ. ތިމަންމެންކަހަލަ آدم ގެދަރި ދެމީހަކަށް ތިމަންމެން إيمان ވާނެ ހެއްޔެވެ؟ އެ ދެމީހުންގެ قوم ގެމީހުން، ތިމަންމެންނަށް ކިޔަމަންވާ އަޅުންކަމުގައިވާ حال ގައެވެ
ﮉﮊﮋﮌﮍ
23:48
ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ހަލާކުކުރައްވައި، ނެތިކުރެއްވި މީހުންގެ ތެރެއިން އެއުރެންވޫއެވެ
ﮎﮏﮐﮑﮒﮓﮔ
23:49
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ
ﮕﮖﮗﮘﮙﮚﮛﮜﮝﮞﮟﮠ
23:50
އަދި مريم ގެފާނުގެ ދަރިކަލުންނާއި، އެ ދަރިކަލުންގެ މައިކަމަނާ (ކުޅަދުންވަންތަކަމުގެ) ހެތްކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ހަމަޖެހޭ ދިރިއުޅުމަކާއި، ފެންއާރުތަކެއްގެވެރި އުސްބިމެއްގައި، ތިމަންރަސްކަލާނގެ އެ ދެމައިކަނބަލުންނަށް ހިޔާވަހިކަން ދެއްވީމެވެ
ﮡﮢﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
23:51
(އެކަލާނގެ وحى ކުރެއްވިއެވެ.) އޭ رسول ންނޭވެ! حلال ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
ﮮﮯﮰﮱﯓﯔﯕﯖﯗ
23:52
އަދި ހަމަކަށަވަރުން، މިއީ އެއް أمّة އެއް ކަމުގައިވާ، ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ، تقوى ވެރިވާށެވެ
ﯘﯙﯚﯛﯜﯝﯞﯟﯠﯡﯢ
23:53
ފަހެ، އެއުރެންގެ دين ގެ ކަންތައް، އެއުރެންގެ މެދުގައި ތަފާތު ބައިތަކަކަށް އެއުރެން ބައިކުރޫއެވެ. ކޮންމެބަޔަކުމެ، އެ ބަޔަކުގެ ގާތުގައިވާ ގޮތާމެދު އުފަލުން ތިބެތެވެ
ﯣﯤﯥﯦﯧﯨ
23:54
ފަހެ، އެއުރެންގެ މަގުފުރެދުމުގެތެރޭގައި، ހިނދުކޮޅަކަށް ދާނދެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ
ﯩﯪﯫﯬﯭﯮﯯﯰ
23:55
ފަހެ، އެއުރެންގެ މަގުފުރެދުމުގެތެރޭގައި، ހިނދުކޮޅަކަށް ދާނދެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ
ﯱﯲﯳﯴﯵﯶﯷﯸﯹ
23:56
މުދަލާއި، ދަރިންގެ ތެރެއިން ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވާ ދެއްވުން އެއީ، ތިމަންރަސްކަލާނގެ އެއުރެންނަށް ހެޔޮކަންތައް ދެއްވުމުގައި އަވަސްވެވޮޑިގަންނަވަނީކަމަށް އެއުރެން ހީކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނަށް (އެކަމުގެ حقيقة) ނޭނގެނީއެވެ
ﯺﯻﯼﯽﯾﯿﰀﰁ
23:57
ހަމަކަށަވަރުން، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވުމުން އެކަލާނގެ عذاب އަށް ބިރުވެތިވާ މީހުންނެވެ
ﰂﰃﰄﰅﰆﰇ
23:58
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށް إيمان ވާ މީހުންނެވެ
ﰈﰉﰊﰋﰌﰍ
23:59
އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް شريك ނުކުރާ މީހުންނެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
23:60
އަދި އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް، ހަމަކަށަވަރުން، އެއުރެން އެނބުރިދާނޭކަމާމެދު އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ حال (صدقات ގެ ގޮތުން) އެއުރެން ދޭއެއްޗެއް ދޭމީހުންނެވެ
ﭜﭝﭞﭟﭠﭡﭢﭣ
23:61
އެއުރެން އެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ
ﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱ
23:62
އަދި އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ، ތިމަންރަސްކަލާނގެ تكليف އެއް ނުޖައްސަވަމެވެ. އަދި حق ގޮތުގައި ބަސްބުނާ ފޮތެއް، ތިމަންރަސްކަލާނގެ حضرة ގައިވެއެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ
ﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿﮀ
23:63
އަދި ކިއެއްތަ! އެއުރެންގެ ހިތްތައްވަނީ، މި (قرآن) އާމެދު ނޭނގުމެއްގެ ތެރޭގައެވެ. އަދި އެއުރެން ކުރަމުންދާ عمل ތަކުގެ އިތުރަށް، އެއުރެންނަށް އެހެން (ނުބައި) عمل ތަކެއްވެއެވެ
ﮁﮂﮃﮄﮅﮆﮇﮈﮉ
23:64
އެއުރެންގެ ތެރެއިން، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށް، ތިމަންރަސްކަލާނގެ عذاب ފޮނުއްވައި، އެއުރެން ގެންދަވައިފުމަށް ދާނދެނެވެ. އެހާރުން، އެއުރެން ރޮއިހޭރި، ސަލާމަތަށްއެދި ގޮވާނެތެވެ
ﮊﮋﮌﮍﮎﮏﮐﮑﮒ
23:65
(އެއުރެންނަށް އަންގަވާހުށްޓެވެ.) ތިޔަބައިމީހުން މިއަދު ރޮއިހޭރި ނުގޮވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަކަށް، ތިމަންރަސްކަލާނގެ حضرة އަކުން نصر ވެރިކަމެއް ނުލިބޭނެތެވެ
ﮓﮔﮕﮖﮗﮘﮙﮚﮛﮜ
23:66
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބާވައިލެއްވި آية ތައް، ތިޔަބައިމީހުންނަށް (އިއްވައި) ކިޔެވޭ ކަމުގައިވިއެވެ. ފަހެ، ތިޔަބައިމީހުން އަނެއްފަރާތަށް އެނބުރި، ފުރަގަސްދޭ ބަޔަކު ކަމުގައި ވީމުއެވެ
ﮝﮞﮟﮠﮡ
23:67
އެ قرآن އާމެދު ބޮޑާވެގަންނަ حال ގައެވެ. ތިޔަބައިމީހުން ރޭގަނޑުގެ ވަގުތުގައި (އެ قرآن އަށް) މަލާމާތްކޮށް ވާހަކަދައްކަން ތިބޭހިނދުގައެވެ
ﮢﮣﮤﮥﮦﮧﮨﮩﮪﮫﮬ
23:68
ފަހެ، އެއުރެން قرآن އާމެދު ވިސްނުން ހިންގައި، ފިކުރުނުކުރަނީ ހެއްޔެވެ؟ ނުވަތަ އެއުރެންގެ އިހުގެ ކާބަފައިންގެ ގާތަށް ނާންނަކަމެއް އެއުރެންގެ ގާތަށް އައީހެއްޔެވެ؟
ﮭﮮﮯﮰﮱﯓﯔﯕ
23:69
ނުވަތަ އެއުރެން އެކަލޭގެފާނަށް إنكار ކޮށް، ދެކޮޅުހަދަނީ އެއުރެންގެ رسول އާ، އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟
ﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡ
23:70
ނުވަތަ އެކަލޭގެފާނުގެ ކިބައިގައި، މޮޔަކަމެއްވާކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! (އެހެންނަކުންނޫނެވެ.) އެއުރެންނަށް އެކަލޭގެފާނު حق ގޮތް ގެނެސްދެއްވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، حق އަށް ނުރުހޭބަޔެކެވެ
ﯢﯣﯤﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳ
23:71
حق قرآن އެއުރެންގެ އެދުންތަކަށް تبع ވީނަމަ، އުޑުތަކާއި، ބިމާއި، އެތާނގައިވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ. އަދި ކިއެއްތަ! ތިމަންރަސްކަލާނގެ އެއުރެންނަށް ހަނދާންކޮށްދެނިވި قرآن ގެނެސްދެއްވީމެވެ. ފަހެ، އެއުރެންނީ އެ قرآن އަށް ފުރަގަސްދީ އެނބުރިގަންނަ ބަޔެކެވެ
ﯴﯵﯶﯷﯸﯹﯺﯻﯼﯽﯾ
23:72
ނުވަތަ ކަލޭގެފާނު، އެއުރެންގެ ކިބައިން އުޖޫރައަކަށް އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ثواب މާހެޔޮކަން ބޮޑެވެ. އަދި އެކަލާނގެއީ، رزق ދެއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ
ﯿﰀﰁﰂﰃﰄ
23:73
ހަމަކަށަވަރުން، ކަލޭގެފާނު ސީދާވެގެންވާ ތެދުމަގަށް އެއުރެންނަށް ގޮވައިލައްވާކަން ކަށަވަރެވެ
ﰅﰆﰇﰈﰉﰊﰋﰌﰍ
23:74
އަދި ހަމަކަށަވަރުން، آخرة އަށް إيمان ނުވާމީހުން، ތެދުމަގުން އެއްކިބާވެގެންވާކަން ކަށަވަރެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝ
23:75
އެއުރެންނަށް ތިމަންރަސްކަލާނގެ رحمة ލައްވައި، އެއުރެންގެ ކިބައިގައިވާ ދަތިކަން ތިމަންރަސްކަލާނގެ ފިއްލެވިނަމަވެސް، އެއުރެންގެ މަގުފުރެދުމުގައި ދެވޭނުދެވޭތަނެއް ނޭނގޭގޮތުގައި، އެއުރެން ދެމިތިބީހެވެ
ﭞﭟﭠﭡﭢﭣﭤﭥﭦ
23:76
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ދެއްވައި އެއުރެން ހިއްޕެވީމެވެ. ދެންވެސް އެއުރެންގެ ވެރިރަސްކަލާނގެއަށް، އެއުރެން މަޑުމައިތިރިވެ، އަޅުކަންކޮށް دعاء ކޮށެއް ނަހަދަތެވެ
ﭧﭨﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
23:77
ގަދަފަދަވެގެންވާ عذاب އެއްގެ ދޮރު، ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް ހުޅުއްވައިފުމަށް ދާނދެނެވެ. އެހާރުން އެ عذاب ގެތެރޭގައި އުންމީދުކެނޑިގެންވާ ބަޔަކު ކަމުގައި އެއުރެންވާނެތެވެ
ﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿ
23:78
އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ، ވަރަށްވެސް މަދުންނެވެ
ﮀﮁﮂﮃﮄﮅﮆﮇ
23:79
އަދި އެކަލާނގެއީ، ބިމުގައި ތިޔަބައިމީހުން އުފެއްދެވި ރަސްކަލާނގެއެވެ. އަދި (قيامة ދުވަހުން) ތިޔަބައިމީހުން އެއްކުރައްވާހުށީ، އެކަލާނގެ حضرة އަށެވެ
ﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓ
23:80
އަދި ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމައެކަލާނގެއެވެ. އަދި ރެޔާއިދުވާލުގެ ތަފާތު ކުރެއްވުން މިލްކުވެގެންވަނީވެސް، އެކަލާނގެއަށެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
ﮔﮕﮖﮗﮘﮙﮚ
23:81
އަދި ކިއެއްތަ! އިހުގެ މީހުން ބުނިފަދައިން، އެއުރެން ބުނޫއެވެ
ﮛﮜﮝﮞﮟﮠﮡﮢﮣ
23:82
އެއުރެން ބުނޫއެވެ. ތިމަންމެން މަރުވެ، އަދި ވެއްޔާއި، ކަށްޓަށްވެއްޖެހިނދު، ހަމަކަށަވަރުން، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކު ކަމުގައި ތިމަންމެން ވާނޭހެއްޔެވެ؟
ﮤﮥﮦﮧﮨﮩﮪﮫﮬﮭﮮﮯﮰ
23:83
ހަމަކަށަވަރުން، މީގެކުރިންވެސް ތިމަންމެންނަށާއި، ތިމަންމެންގެ ކާބަފައިންނަށް، މިކަންތައް وعد ކުރެއްވިއެވެ. އެވޭލާމީހުން ދައްކައި އުޅުނު ފުލޯކުވާހަކަތަކެއް ކަމުގައި، މެނުވީ މިކަންތައް ނުވެއެވެ
ﮱﯓﯔﯕﯖﯗﯘﯙﯚ
23:84
ކަލޭގެފާނު ވިދާޅުވާށެވެ! ބިމާއި، އެތާނގައިވާހާ ބަޔަކާއި، ތަކެއްޗެއް މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ތިޔަބައިމީހުން އެކަން ދަންނަކަމުގައި ވާނަމައެވެ
ﯛﯜﯝﯞﯟﯠﯡ
23:85
އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) اللَّه އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟
ﯢﯣﯤﯥﯦﯧﯨﯩﯪ
23:86
ކަލޭގެފާނު ވިދާޅުވާށެވެ! ހަތް އުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ عرش ގެ ވެރިޔަކީ ކާކުހެއްޔެވެ؟
ﯫﯬﯭﯮﯯﯰﯱ
23:87
އެއުރެން ދަންނަވާނެތެވެ. (ވެރިކަންވަނީ) اللَّه އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟
ﯲﯳﯴﯵﯶﯷﯸﯹﯺﯻﯼﯽﯾﯿﰀ
23:88
ކަލޭގެފާނު ވިދާޅުވާށެވެ! އެފަރާތެއްގެ يدقدرة ފުޅުގައި އެންމެހާ ތަކެތީގެ މިލްކުވެރިކަންވާ ފަރާތަކީ، ކޮބައިހެއްޔެވެ؟ އެންމެހާ ތަކެތި ރައްކާތެރިކުރައްވަނީ، އެކަލާނގެއެވެ. އެކަލާނގެއާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެތެވެ. ތިޔަބައިމީހުން (އެކަން) ދަންނަކަމުގައި ވާނަމައެވެ
ﰁﰂﰃﰄﰅﰆﰇ
23:89
އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) اللَّه އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުންނަށް (އެކަންކަން) އޮޅެނީ ކޮންފަދައަކުން ހެއްޔެވެ؟
ﭑﭒﭓﭔﭕﭖ
23:90
އަދި ކިއެއްތަ! އެއުރެންގެ ގާތަށް ތިމަންރަސްކަލާނގެ حق ގޮތް ގެނެސްދެއްވީމެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަން ކަށަވަރެވެ
ﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱ
23:91
اللَّه، އެއްވެސް ދަރިކަލަކު ނުހިއްޕަވަތެވެ. އަދި އެކަލާނގެއާއެކު، އެހެންއެއްވެސް إله އަކު ނުވެއެވެ. އެހެންވީނަމަ، ކޮންމެ إله އަކުމެ، އެ إله އަކު ހެދިތަކެއްޗާއިގެން ހިނގައްޖައީހެެވެ. އަދި އޭގެ އެއްބަޔަކު އަނެއްބަޔަކަށްވުރެ މަތިވެރިވެގެން ހިނގައްޖައީސްކަން ކަށަވަރެވެ. އެއުރެން އެ ސިފަކުރާ ގޮތްތަކުން اللَّه ހުސްطاهر ވެވޮޑިގެންވެއެވެ
ﭲﭳﭴﭵﭶﭷﭸ
23:92
(އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެއުރެން شريك ކުރާ ތަކެއްޗަށްވުރެން އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ
ﭹﭺﭻﭼﭽﭾﭿ
23:93
(އެކަލާނގެއީ) ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެއުރެން شريك ކުރާ ތަކެއްޗަށްވުރެން އެކަލާނގެ މަތިވެރިވެވޮޑިގެންވެއެވެ
ﮀﮁﮂﮃﮄﮅﮆ
23:94
ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! އެއުރެންނަށް وعد ކުރައްވާ ކަންތައް، ހަމަކަށަވަރުން، އިބަރަސްކަލާނގެ ތިމަންއަޅާޔަށް ދެއްކެވިޔަސް، އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އަނިޔާވެރިވީ މީހުންގެ ތެރޭގައި ތިމަންއަޅާ ނުލައްވާނދޭވެ
ﮇﮈﮉﮊﮋﮌﮍﮎ
23:95
ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ وعد ކުރައްވާ ކަންތައް ކަލޭގެފާނަށް ދެއްކެވުމަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ
ﮏﮐﮑﮒﮓﮔﮕﮖﮗﮘﮙ
23:96
އެންމެހެޔޮ ރިވެތިގޮތުން ކަލޭގެފާނު ނުބައިކަންތައް ދުރުކުރައްވާށެވެ! އެއުރެންބުނެ ސިފަކުރާ ގޮތްތައް، ތިމަންރަސްކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ
ﮚﮛﮜﮝﮞﮟﮠﮡ
23:97
އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! شيطان ންގެ ވަސްވާސްތަކުން ދުރުކުރެއްވުންއެދި، އިބަރަސްކަލާނގެ حضرة ން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ
ﮢﮣﮤﮥﮦﮧ
23:98
އަދި އަޅުގެ ވެރިރަސްކަލާކޮ! އެ شيطان ން ތިމަންއަޅާގެ ގާތަށް حاضر ވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ
ﮨﮩﮪﮫﮬﮭﮮﮯﮰ
23:99
އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަން ދާނދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياة އަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ
ﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥ
23:100
(އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ
ﯦﯧﯨﯩﯪﯫﯬﯭﯮﯯﯰ
23:101
ފަހެ، ތާޅަފިލި ފުމެލައްވައިފިހިނދު، ފަހެ، އެއުރެންގެ މެދުގައި އެދުވަހަކުން نسب ތަކެއް ނޯންނާނެތެވެ. އަދި އެކަކު އަނެކެއްގެ ކިބައިން ކަންތަކަށްއެދި سؤال އެއްވެސް ނުކުރާނޭމެއެވެ
ﯱﯲﯳﯴﯵﯶﯷ
23:102
ފަހެ، އެމީހެއްގެ (ހެޔޮ عمل ތަކުގެ) ތިލަފަތްތައް ބަރުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، ދިންނަވާނޭ މީހުންނަކީ ހަމައެއުރެންނެވެ
ﯸﯹﯺﯻﯼﯽﯾﯿﰀﰁﰂ
23:103
އަދި އެމީހެއްގެ (ހެޔޮ عمل ތަކުގެ) ތިލަފަތްތައް ލުއިވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ އެއުރެންގެ نفس ތައް، ނަގައިލި މީހުންނެވެ. ނަރަކައިގައި އެއުރެން ދެމިތިބޭނެތެވެ
ﰃﰄﰅﰆﰇﰈﰉ
23:104
ނަރަކައިގެ އަލިފާން އެއުރެންގެ މޫނުތައް އަންދާނެތެވެ. އަދި އެއުރެން އެތާނގައި ރުޅިމޫނު ހަދައިގެން ތިބޭނެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙ
23:105
(އެއުރެންނަށް އަންގަވާނެތެވެ.) ތިމަންރަސްކަލާނގެ آية ތައް ތިޔަބައިމީހުންނަށް ކިޔަވައިދެވޭ ކަމުގައި ނުވޭހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެ آية ތައް ދޮގުކުރާކަމުގައި ވީމުއެވެ
ﭚﭛﭜﭝﭞﭟﭠﭡﭢ
23:106
އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ތިމަންމެންގެ އަބާއްޖަވެރިކަން ތިމަންމެންގެ މައްޗަށް ގަދަވެގަތީއެވެ. އަދި މަގުފުރެދިގެންވާ ބަޔަކު ކަމުގައި ތިމަންމެން ވީމުއެވެ
ﭣﭤﭥﭦﭧﭨﭩﭪ
23:107
އަޅަމެންގެ ވެރިރަސްކަލާކޮ! ތިމަންމެން އެ ނަރަކައިން ނެރުއްވައިފާނދޭވެ! ފަހެ، ތިމަންމެން (كافر ކަމުގެ ތެރެޔަށް) އެނބުރި ހިނގައްޖެނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންމެންވާހުށީ އަނިޔާވެރިން ކަމުގައެވެ
ﭫﭬﭭﭮﭯﭰ
23:108
އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުން ނިކަމެތިކަމާއެކު ހިމޭންވެ އެތާތިބޭށެވެ! އަދި ތިޔަބައިމީހުން، ތިމަންރަސްކަލާނގެ حضرة އަށް ބަސް ނުދަންނަވާށެވެ
ﭱﭲﭳﭴﭵﭶﭷﭸﭹﭺﭻﭼﭽﭾﭿ
23:109
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެތެރެއިން ބަޔަކުވިއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ
ﮀﮁﮂﮃﮄﮅﮆﮇﮈ
23:110
ފަހެ، އެއުރެންނީ، ފުރައްސާރަކުރެވޭ ބަޔެއްކަމުގައި ތިޔަބައިމީހުން ހަދައިފީމުއެވެ. ތިމަންރަސްކަލާނގެ ހަނދުމަކުޅައުންމަތިން އެއުރެން ތިޔަބައިމީހުން ހަނދުމަނެތިކޮށްފުމަށް ދާނދެނެވެ. އަދި އެއުރެންނާމެދު މަލާމާތްކޮށް، ހޭނ ބަޔަކު ކަމުގައި ތިޔަބައިމީހުން ވީމުއެވެ
ﮉﮊﮋﮌﮍﮎﮏﮐﮑ
23:111
އެއުރެން ކެތްތެރިވިކަމަށްޓަކައި، މިއަދު ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް (ހެޔޮ) ޖަޒާދެއްވީމެވެ. ހަމަކަށަވަރުން، އެއުރެންނީ، ހަމަ نصيب ވެރިންނެވެ
ﮒﮓﮔﮕﮖﮗﮘﮙ
23:112
އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުން ކިތައް އަހަރު ބިމުގައި ތިބީމުހެއްޔެވެ؟
ﮚﮛﮜﮝﮞﮟﮠﮡﮢ
23:113
އެއުރެން ދަންނަވާނެތެވެ. ތިމަންމެން ތިބީ، އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. ފަހެ، ހިސާބުކޮށް އަދަދުކުރާ މީހުންނާ سؤال ކުރައްވާށެވެ
ﮣﮤﮥﮦﮧﮨﮩﮪﮫﮬﮭ
23:114
އެކަލާނގެ وحى ކުރައްވާނެތެވެ. ދާދި ކުޑަ ދުވަސްކޮޅަކު މެނުވީ، ތިޔަބައިމީހުން ލަސްވެ ނުތިބެމުއެވެ. ތިޔަބައިމީހުންނަށް އެކަން އެނގޭކަމުގައި ވީނަމައެވެ
ﮮﮯﮰﮱﯓﯔﯕﯖﯗ
23:115
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرة އަށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟
ﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤ
23:116
ފަހެ، ރަސްވަންތަ، حق ވަންތަ اللَّه، މަތިވެރިވެވޮޑިގެންފިއެވެ. އެކަލާނގެ މެނުވީ، إله އަކު ނެތެވެ. އެއީ މާތްވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ
ﯥﯦﯧﯨﯩﯪﯫﯬﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸ
23:117
اللَّه އާއެކު އެހެން إله އަކަށް އަޅުކަންކޮށްއުޅޭ މީހަކު، އެކަމުގެ މައްޗަށް އެމީހަކަށް (ލިބޭނޭ) އެއްވެސް دليل އެއް ނެތެވެ. ފަހެ، އެމީހެއްގެ ހިސާބު ބެއްލެވުން ވާކަންކަށަވަރީ، އެމީހާގެ ވެރިރަސްކަލާނގެ حضرة ގައެވެ. ހަމަކަށަވަރުން، كافر ންނެއް ނުދިނޭނެތެވެ
ﯹﯺﯻﯼﯽﯾﯿﰀ
23:118
ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ފާފަފުއްސަވައި رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ
ކީރިތި ޤުރުއާން
Wednesday, September 9, 2026
Don't forget us in your sincere prayers







