ސޫރަތު އަލް-އިންފިޠާރު ޢަރަބި އަދި ދިވެހި

ސޫރަތު އަލް-އިންފިޠާރު ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (19 އާޔަތް — مكية). އަލް-އިންފިޠާރު އަޑު އަހާ, އަލް-އިންފިޠާރު ތަރުޖަމާ, އަލް-އިންފިޠާރު mp3, އަލް-އިންފިޠާރު pdf.

ސޫރަތު އަލް-އިންފިޠާރު ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
إِذَا السَّمَاءُ انفَطَرَتْ ۝١
📖 ތަރުޖަމާ އާޔަތް 1
ސއުޑު ފަޅަފަޅައިގެންދާ ހިނދެވެ
وَإِذَا الْكَوَاكِبُ انتَثَرَتْ ۝٢
📖 ތަރުޖަމާ އާޔަތް 2
އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ
وَإِذَا الْبِحَارُ فُجِّرَتْ ۝٣
📖 ތަރުޖަމާ އާޔަތް 3
އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ
وَإِذَا الْقُبُورُ بُعْثِرَتْ ۝٤
📖 ތަރުޖަމާ އާޔަތް 4
އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ
عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ ۝٥
📖 ތަރުޖަމާ އާޔަތް 5
(އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ
يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ ۝٦
📖 ތަރުޖަމާ އާޔަތް 6
އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟
الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ ۝٧
📖 ތަރުޖަމާ އާޔަތް 7
އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ
فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ ۝٨
📖 ތަރުޖަމާ އާޔަތް 8
އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، تركيب ކުރެއްވިއެވެ
كَلَّا بَلْ تُكَذِّبُونَ بِالدِّينِ ۝٩
📖 ތަރުޖަމާ އާޔަތް 9
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (قيامة ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ
وَإِنَّ عَلَيْكُمْ لَحَافِظِينَ ۝١٠
📖 ތަރުޖަމާ އާޔަތް 10
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ
كِرَامًا كَاتِبِينَ ۝١١
📖 ތަރުޖަމާ އާޔަތް 11
(އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ
يَعْلَمُونَ مَا تَفْعَلُونَ ۝١٢
📖 ތަރުޖަމާ އާޔަތް 12
ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكة ން ދެނެވަޑައިގެންވެތެވެ
إِنَّ الْأَبْرَارَ لَفِي نَعِيمٍ ۝١٣
📖 ތަރުޖަމާ އާޔަތް 13
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ
وَإِنَّ الْفُجَّارَ لَفِي جَحِيمٍ ۝١٤
📖 ތަރުޖަމާ އާޔަތް 14
އަދި ހަމަކަށަވަރުން، كافر ންވަނީ، ނަރަކައިގައިކަން ކަށަވަރެވެ
يَصْلَوْنَهَا يَوْمَ الدِّينِ ۝١٥
📖 ތަރުޖަމާ އާޔަތް 15
قيامة ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ
وَمَا هُمْ عَنْهَا بِغَائِبِينَ ۝١٦
📖 ތަރުޖަމާ އާޔަތް 16
އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ
وَمَا أَدْرَاكَ مَا يَوْمُ الدِّينِ ۝١٧
📖 ތަރުޖަމާ އާޔަތް 17
قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ ۝١٨
📖 ތަރުޖަމާ އާޔަތް 18
ދެންވެސް قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا ۖ وَالْأَمْرُ يَوْمَئِذٍ لِّلَّهِ ۝١٩
📖 ތަރުޖަމާ އާޔަތް 19
(އެއީ) އެއްވެސް نفس އެއް، އަނެއް نفس އަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، أمر ވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) اللَّه އަށެވެ
→ 81 އަލް-އިންފިޠާރު (82/114) 83 ←
ކިޔާ ސޫރަތު އަލް-އިންފިޠާރު ދިވެހި ތަރުޖަމާ – އަޑު އަހާ

82الإنفطار Al-Infitar 📚 19 އާޔަތް مكية

އާޔަތްތައް – ސޫރަތު އަލް-އިންފިޠާރު — 19 އާޔަތް




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers