ސޫރަތު އަލް-އިންފިޠާރު
PDF —
19 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަލް-އިންފިޠާރު pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-އިންފިޠާރު pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-އިންފިޠާރު ތަރުޖަމާ. އަލް-އިންފިޠާރު (Meccan) 19 އާޔަތް.



ސޫރަތު އަލް-އިންފިޠާރު
19 އާޔަތް · Meccan · ދިވެހި
bismillah
ﭑﭒﭓﭔ
ސއުޑު ފަޅަފަޅައިގެންދާ ހިނދެވެ
ﭕﭖﭗﭘ
އަދި ތަރިތައް ވެރި، ބުރައިގެންދާ ހިނދެވެ
ﭙﭚﭛﭜ
އަދި ކަނޑުތައް ހުޅުވި، އެއްކަނޑު އަނެއްކަނޑާ ގުޅޭހިނދެވެ
ﭝﭞﭟﭠ
އަދި ކަށްވަޅުތައް އެފުށްމިފުށަށްޖެހި، ކަށްތައް ނެރެލައްވާހިނދެވެ
ﭡﭢﭣﭤﭥﭦ
(އެހިނދު) ކޮންމެ نفس އަކަށް، އެ نفس އެއް އިސްކުޅަހާ ކަމަކާއި، ފަސްކުޅަހާ ކަމެއް އެނގޭނެތެވެ
ﭧﭨﭩﭪﭫﭬﭭ
އޭ އިންސާނާއެވެ! ތިބާގެ ވެރި، ދީލަތިވަންތަ ރަސްކަލާނގެއާމެދު ތިބާ ހެއްލުންތެރިކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟
ﭮﭯﭰﭱﭲ
އެކަލާނގެއީ، ތިބާ ހައްދަވައި، އަދި ތިބާގެ ގުނަންތައް ފުރިހަމަކުރައްވައި، އިސްކޮޅާ ރޫފަ ގުޅޭގޮތަށް ތިބާ ލެއްވި ރަސްކަލާނގެއެވެ
ﭳﭴﭵﭶﭷﭸﭹ
އެކަލާނގެ އިރާދަކުރެއްވި ކޮންމެ ސިފަޔަކަށް، އެކަލާނގެ، ތިބާ، تركيب ކުރެއްވިއެވެ
ﭺﭻﭼﭽﭾ
ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! (قيامة ދުވަހުން) ޖަޒާ ދެއްވާނޭކަން ތިޔަބައިމީހުން ދޮގުކުރަމުއެވެ
ﭿﮀﮁﮂ
އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ
ﮃﮄﮅ
(އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ
ﮆﮇﮈﮉ
ތިޔަބައިމީހުން ކުރާ ކަންތައް އެ ملائكة ން ދެނެވަޑައިގެންވެތެވެ
ﮊﮋﮌﮍﮎ
ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ
ﮏﮐﮑﮒﮓ
އަދި ހަމަކަށަވަރުން، كافر ންވަނީ، ނަރަކައިގައިކަން ކަށަވަރެވެ
ﮔﮕﮖﮗ
قيامة ދުވަހު އެއުރެން އެ ނަރަކަޔަށް ވަންނާނެތެވެ
ﮘﮙﮚﮛﮜ
އެއުރެން އެ ނަރަކައިން ނުކުންނާނޭ ބަޔަކު ކަމުގައެއް ނުވެއެވެ
ﮝﮞﮟﮠﮡﮢ
قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ﮣﮤﮥﮦﮧﮨﮩ
ދެންވެސް قيامة ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ﮪﮫﮬﮭﮮﮯﮰﮱﯓﯔﯕ
(އެއީ) އެއްވެސް نفس އެއް، އަނެއް نفس އަކަށް އެއްވެސްކަމެއް ކޮށްދިނުން މިލްކުވެގެންނުވާ ދުވަހެވެ. އަދި އެދުވަހުން، أمر ވެރިކަން މިލްކުވެގެންވަނީ (ހަމައެކަނި) اللَّه އަށެވެ

ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers