އަތް-ޠަލާޤް · 10/12
ތަރުޖަމާ ކިޔެވުން — ސޫރަތު އަތް-ޠަލާޤް
أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ الَّذِينَ آمَنُوا ۚ قَدْ أَنزَلَ اللَّهُ إِلَيْكُمْ ذِكْرًا ۝١٠
A`addal laahu lahum `azaaban shadeedan fattaqul laaha yaaa ulil albaab, allazeena aammanoo; qad anzalal laahu ilaikum zikraa
📖 ދިވެހި މާނަ
اللَّه، އެއުރެންނަށްޓަކައި ގަދަވެގެންވާ عذاب އެއް ތައްޔާރުކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އޭ إيمان ވެގެންތިބި ބުއްދީގެ أهل ވެރިންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ހަނދާންކޮށްދެއްވުމެއް اللَّه ބާވައިލެއްވިއެވެ

🎧 އަޑު އަހާ


📜 އާޔަތް 8-12 — ސޫރަތު އަތް-ޠަލާޤް

8وَكَأَيِّن مِّن قَرْيَةٍ عَتَتْ عَنْ أَمْرِ رَبِّهَا وَرُسُلِهِ فَحَاسَبْنَاهَا حِسَابًا شَدِيدًا وَعَذَّبْنَاهَا عَذَابًا نُّكْرًا
އެ ރަށްރަށުގެ أهل ވެރިން އެއުރެންގެ ވެރިރަސްކަލާނގެ أمر ފުޅަށާއި، އެކަލާނގެ رسول ންނަށް ނުކިޔަމަންތެރިވީ ކިތައްކިތައް ރަށްހެއްޔެވެ؟ ފަހެ، ތިމަންރަސްކަލާނގެ އެއުރެންނާ މެދުގައި ގަދަވެގެންވާ حساب އަކުން حساب ބައްލަވައި، ބިރުވެރި عذاب އަކުން، އެއުރެންނަށް عذاب ދެއްވީމެވެ
9فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا
ފަހެ، އެއުރެންކުޅަ ކަންތަކުގެ ނަތީޖާގެ ރަހަ އެއުރެންނަށް ލިބުނެވެ. އަދި އެއުރެންގެ އެކަންތަކުގެ ނިމުންވީ ގެއްލުމެއް ކަމުގައެވެ
10أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ الَّذِينَ آمَنُوا ۚ قَدْ أَنزَلَ اللَّهُ إِلَيْكُمْ ذِكْرًا
اللَّه، އެއުރެންނަށްޓަކައި ގަދަވެގެންވާ عذاب އެއް ތައްޔާރުކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އޭ إيمان ވެގެންތިބި ބުއްދީގެ أهل ވެރިންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ހަނދާންކޮށްދެއްވުމެއް اللَّه ބާވައިލެއްވިއެވެ
11رَّسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِّيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِ ۚ وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ قَدْ أَحْسَنَ اللَّهُ لَهُ رِزْقًا
اللَّه ގެ بيان ވެގެންވާ آية ތައް ތިޔަބައިމީހުންގެ މައްޗަށް ކިޔަވައިދެއްވާ رسول އަކު ފޮނުއްވިއެވެ. (އެއީ) إيمان ވެ، صالح عمل ކުރި މީހުން، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް، ނެރުއްވުމަށްޓަކައެވެ. އަދި اللَّه އަށް إيمان ވެ، صالح عمل ކުރާމީހާ (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އޭނާ ވައްދަވާނެތެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، އެންމެ ފުރިހަމަ ގޮތުގައި اللَّه، އޭނާޔަށް رزق ދެއްވިއެވެ
12اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا
اللَّه އީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ أمر ފުޅު ހިނގަހިނގާ ހުރެތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ
އަތް-ޠަލާޤްޤުރުއާން ފިހުރިސްތު
12އާޔަތް
MedinanRevelation
10އާޔަތް

ތަރުޖަމާ — އަތް-ޠަލާޤް 10

ސޫރަތު އަތް-ޠަލާޤް އާޔަތް 10 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه، އެއުރެންނަށްޓަކައި ގަދަވެގެންވާ عذاب އެއް ތައްޔާރުކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް…

ސޫރަތު އާޔަތް 10/12 — ސޫރަތު އަތް-ޠަލާޤް الطلاق (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަތް-ޠަލާޤް އަޑު އަހާ, ސޫރަތު އަތް-ޠަލާޤް ތަރުޖަމާ, ސޫރަތު އަތް-ޠަލާޤް mp3, ސޫރަތު އަތް-ޠަލާޤް pdf. އާޔަތް 8–12. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers