އަތް-ޠަލާޤް · 11/12
ތަރުޖަމާ ކިޔެވުން — އަތް-ޠަލާޤް
رَّسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِّيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِ ۚ وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ قَدْ أَحْسَنَ اللَّهُ لَهُ رِزْقًا ۝١١
Rasoolany yatloo `alaikum aayaatil laahi mubaiyinaatil liyukhrijal lazeena aamanoo wa `amilus saalihaati minaz zulumaati ilan noor; wa many yu`mim billaahi wa ya;mal saalihany yudkhilhu jannaatin tajree min tahtihal anhaaru khaalideena feehaa abadan qad ahsanal laahu lahoo rizqqq
📖 ދިވެހި މާނަ
اللَّه ގެ بيان ވެގެންވާ آية ތައް ތިޔަބައިމީހުންގެ މައްޗަށް ކިޔަވައިދެއްވާ رسول އަކު ފޮނުއްވިއެވެ. (އެއީ) إيمان ވެ، صالح عمل ކުރި މީހުން، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް، ނެރުއްވުމަށްޓަކައެވެ. އަދި اللَّه އަށް إيمان ވެ، صالح عمل ކުރާމީހާ (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އޭނާ ވައްދަވާނެތެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، އެންމެ ފުރިހަމަ ގޮތުގައި اللَّه، އޭނާޔަށް رزق ދެއްވިއެވެ
🎧 އަޑު އަހާ

📜 އާޔަތް 9-12 — އަތް-ޠަލާޤް

9فَذَاقَتْ وَبَالَ أَمْرِهَا وَكَانَ عَاقِبَةُ أَمْرِهَا خُسْرًا
ފަހެ، އެއުރެންކުޅަ ކަންތަކުގެ ނަތީޖާގެ ރަހަ އެއުރެންނަށް ލިބުނެވެ. އަދި އެއުރެންގެ އެކަންތަކުގެ ނިމުންވީ ގެއްލުމެއް ކަމުގައެވެ
10أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ فَاتَّقُوا اللَّهَ يَا أُولِي الْأَلْبَابِ الَّذِينَ آمَنُوا ۚ قَدْ أَنزَلَ اللَّهُ إِلَيْكُمْ ذِكْرًا
اللَّه، އެއުރެންނަށްޓަކައި ގަދަވެގެންވާ عذاب އެއް ތައްޔާރުކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އޭ إيمان ވެގެންތިބި ބުއްދީގެ أهل ވެރިންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ހަނދާންކޮށްދެއްވުމެއް اللَّه ބާވައިލެއްވިއެވެ
11رَّسُولًا يَتْلُو عَلَيْكُمْ آيَاتِ اللَّهِ مُبَيِّنَاتٍ لِّيُخْرِجَ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ مِنَ الظُّلُمَاتِ إِلَى النُّورِ ۚ وَمَن يُؤْمِن بِاللَّهِ وَيَعْمَلْ صَالِحًا يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ قَدْ أَحْسَنَ اللَّهُ لَهُ رِزْقًا
اللَّه ގެ بيان ވެގެންވާ آية ތައް ތިޔަބައިމީހުންގެ މައްޗަށް ކިޔަވައިދެއްވާ رسول އަކު ފޮނުއްވިއެވެ. (އެއީ) إيمان ވެ، صالح عمل ކުރި މީހުން، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެޔަށް، ނެރުއްވުމަށްޓަކައެވެ. އަދި اللَّه އަށް إيمان ވެ، صالح عمل ކުރާމީހާ (ދަންނާށެވެ!) އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، އެކަލާނގެ އޭނާ ވައްދަވާނެތެވެ. އެތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، އެންމެ ފުރިހަމަ ގޮތުގައި اللَّه، އޭނާޔަށް رزق ދެއްވިއެވެ
12اللَّهُ الَّذِي خَلَقَ سَبْعَ سَمَاوَاتٍ وَمِنَ الْأَرْضِ مِثْلَهُنَّ يَتَنَزَّلُ الْأَمْرُ بَيْنَهُنَّ لِتَعْلَمُوا أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ اللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْمًا
اللَّه އީ، ހަތް އުޑު ހެއްދެވި ރަސްކަލާނގެއެވެ. އަދި ބިމުންވެސް އެފަދަމެއެވެ. (އެބަހީ: އެކަލާނގެ ހަތް ބިން ހެއްދެވިއެވެ.) އެތަންތާނގައި އެކަލާނގެ أمر ފުޅު ހިނގަހިނގާ ހުރެތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ
އަތް-ޠަލާޤްޤުރުއާން ފިހުރިސްތު
12އާޔަތް
MedinanRevelation
11އާޔަތް

ތަރުޖަމާ — އަތް-ޠަލާޤް 11

ސޫރަތު އަތް-ޠަލާޤް އާޔަތް 11 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : اللَّه ގެ بيان ވެގެންވާ آية ތައް ތިޔަބައިމީހުންގެ މައްޗަށް ކިޔަވައިދެއްވާ رسول…

ސޫރަތު އާޔަތް 11/12 — އަތް-ޠަލާޤް الطلاق (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ޠަލާޤް އަޑު އަހާ, އަތް-ޠަލާޤް ތަރުޖަމާ, އަތް-ޠަލާޤް mp3, އަތް-ޠަލާޤް pdf. އާޔަތް 9–12. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers