އަތް-ތައުބާ · 11/129
ތަރުޖަމާ ކިޔެވުން — އަތް-ތައުބާ
فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ۝١١
Fa in taaboo wa aqaamus Salaata wa aatawuz Zakaata fa ikhwaanukum fid deen; wa nufassilul Aayaati liqawminy ya`lamoon
📖 ދިވެހި މާނަ
ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ
🎧 އަޑު އަހާ

📜 އާޔަތް 9-13 — އަތް-ތައުބާ

9اشْتَرَوْا بِآيَاتِ اللَّهِ ثَمَنًا قَلِيلًا فَصَدُّوا عَن سَبِيلِهِ ۚ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ
އެއުރެން اللَّه ގެ آية ތަކަށް ކުޑަ އަގެއް ގަތެވެ. ފަހެ، އެއުރެން އެކަލާނގެ މަގުން (މީސްތަކުން) އެއްކިބާކުޅައެވެ. ހަމަކަށަވަރުން، އެއުރެން ކޮށްއުޅުނު ކަންތައް ހާދަހާ ނުބައިވެގެންވެއެވެ
10لَا يَرْقُبُونَ فِي مُؤْمِنٍ إِلًّا وَلَا ذِمَّةً ۚ وَأُولَٰئِكَ هُمُ الْمُعْتَدُونَ
ގާތްތިމާގެ ކަމުގެ ގުޅުމަކަށްވެސް، އަދި عهد އަކަށްވެސް، އެއުރެން مؤمن އަކާމެދު ނުބަލާނެތެވެ. އަދި އެއުރެންނީ، ހަމަ، ހައްދުފަހަނަޅައިދާ މީހުންނެވެ
11فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ
ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ
12وَإِن نَّكَثُوا أَيْمَانَهُم مِّن بَعْدِ عَهْدِهِمْ وَطَعَنُوا فِي دِينِكُمْ فَقَاتِلُوا أَئِمَّةَ الْكُفْرِ ۙ إِنَّهُمْ لَا أَيْمَانَ لَهُمْ لَعَلَّهُمْ يَنتَهُونَ
އަދި އެއުރެން عهد ކުރުމަށްފަހު، އެއުރެންގެ ހުވާތައް އުވާލައި، އަދި ތިޔަބައިމީހުންގެ ދީނަށް عيب ބަސް ބުނެއުޅެނީނަމަ، ތިޔަބައިމީހުން كافر ކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ހުވަޔަކީ، އެއުރެންނަށް އެއްވެސް އެއްޗެއްނޫނެވެ. (ހަނގުރާމަ ކުރަންވީ) އެއުރެން އެކަންތައް ހުއްޓާލާތޯއެވެ
13أَلَا تُقَاتِلُونَ قَوْمًا نَّكَثُوا أَيْمَانَهُمْ وَهَمُّوا بِإِخْرَاجِ الرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَاللَّهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ
އެއުރެންގެ ހުވާތައް އުވާލައި، رسول އާ (ރަށުން) ބޭރުކޮށްލުމަށް ރޭވި ބަޔަކާ ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަ ތިޔަބައިމީހުންނަށް حملة ދިނީ އެއުރެންނެވެ. ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، ތިޔަބައިމީހުން ބިރުވެތިވުން حق ކަން ބޮޑީ، اللَّه އަށެވެ
އަތް-ތައުބާޤުރުއާން ފިހުރިސްތު
129އާޔަތް
MedinanRevelation
11އާޔަތް

ތަރުޖަމާ — އަތް-ތައުބާ 11

ސޫރަތު އަތް-ތައުބާ އާޔަތް 11 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ،…

ސޫރަތު އާޔަތް 11/129 — އަތް-ތައުބާ التوبة (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަތް-ތައުބާ އަޑު އަހާ, އަތް-ތައުބާ ތަރުޖަމާ, އަތް-ތައުބާ mp3, އަތް-ތައުބާ pdf. އާޔަތް 9–13. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers