ސޫރަތު އަތް-ތީން ޢަރަބި އަދި ދިވެހި

ސޫރަތު އަތް-ތީން ދިވެހި ތަރުޖަމާއާއެކު ކިޔާ، އަޑު އަހާ. ކޮންމެ އާޔަތެއްގެ މާނަ. (8 އާޔަތް — مكية). އަތް-ތީން އަޑު އަހާ, އަތް-ތީން ތަރުޖަމާ, އަތް-ތީން mp3, އަތް-ތީން pdf.

ސޫރަތު އަތް-ތީން ކިޔާ އަޑު އަހާ

🎧 އާޔަތް
M Mishary Rashid Alafasy
M Mahmoud Khalil Al-Husary
A Abdurrahman As-Sudais
M Mohamed Siddiq Al-Minshawi
A Abdul Basit Abdul Samad
A Ali Al-Hudhaify
A Ahmed ibn Ali al-Ajamy
A Abu Bakr Ash-Shaatree
M Muhammad Ayyoub
A Abdullah Basfar
A Abdullah Al-Juhani
M Maher Al Muaiqly
x1
وَالتِّينِ وَالزَّيْتُونِ ۝١
📖 ތަރުޖަމާ އާޔަތް 1
ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ
وَطُورِ سِينِينَ ۝٢
📖 ތަރުޖަމާ އާޔަތް 2
އަދި طورسينا ގަންދެއްވަމެވެ
وَهَٰذَا الْبَلَدِ الْأَمِينِ ۝٣
📖 ތަރުޖަމާ އާޔަތް 3
އަދި أمان ކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ۝٤
📖 ތަރުޖަމާ އާޔަތް 4
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ
ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ ۝٥
📖 ތަރުޖަމާ އާޔަތް 5
ދެން ތިމަންރަސްކަލާނގެ، އެ އިންސާނާ (ނަރަކައިގެ) އަޑީގެ އެންމެ އަޑިޔަށް ރައްދުކުރެއްވީމެވެ
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ۝٦
📖 ތަރުޖަމާ އާޔަތް 6
إيمان ވެ صالح عمل ތައްކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންނަށް، ކެނޑިގެން ނުދާނޭ ދަރުމަ ހުއްޓެވެ
فَمَا يُكَذِّبُكَ بَعْدُ بِالدِّينِ ۝٧
📖 ތަރުޖަމާ އާޔަތް 7
އެއަށްފަހުވެސް ޖަޒާދެއްވުމުގެ ދުވަހާމެދު إنكار ކުރަން، ތިބާޔަށް ޖައްސަނީ ފަހެ، ކޮންކަމެއް ހެއްޔެވެ؟
أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ ۝٨
📖 ތަރުޖަމާ އާޔަތް 8
حكم ކުރައްވާ އެންމެ عدل ވެރި ރަސްކަލާނގެ ކަމުގައި، اللَّه ވޮޑިގެންނުވޭހެއްޔެވެ؟
→ 94 އަތް-ތީން (95/114) 96 ←
ކިޔާ ސޫރަތު އަތް-ތީން ދިވެހި ތަރުޖަމާ – އަޑު އަހާ

95التين At-Tin 📚 8 އާޔަތް مكية

އާޔަތްތައް – ސޫރަތު އަތް-ތީން — 8 އާޔަތް




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers