ސޫރަތު ޞާދު
PDF —
Built right in your browser — download starts automatically
ސޫރަތު ޞާދު pdf — ޑައުންލޯޑް (ދިވެހި)
ސޫރަތު ޞާދު pdf ދިވެހި — ޑައުންލޯޑް ސޫރަތު ޞާދު ތަރުޖަމާ. ޞާދު (Meccan) 88 އާޔަތް.
Related
- ޞާދު ތަރުޖަމާދިވެހި
- ޞާދު mp3އަޑު އަހާ
- Quran Index ދިވެހި114
More ސޫރަތު PDF
އަލް-ބަޤަރާ
އާލު-ޢިމްރާން
އަން-ނިސާއް
އަލް-މާއިދާ
ޔޫސުފް
އިބްރާހިމް
އަލް-ޙިޖްރު
އަލް-ކަހްފު
މަރްޔަމް
އަލް-ޙައްޖު
އަލް-ޤަސަޞް
އަލް-ޢަންކަބޫތް
އަސް-ސަޖްދާ
ޔާސީން
އައް-ދުޚާން
އަލް-ފަތްޙު
އަލް-ޙުޖުރާތް
ޤާފް
އަން-ނަޖްމު
އަރް-ރަޙްމާން
އަލް-ވާޤިޢާ
އަލް-ޙަޝްރު
އަލް-މުލްކު
އަލް-ޙާއްޤާ
އަލް-އިންޝިޤާޤް
އަލް-އަޢްލާ
އަލް-ޣާޝިޔާ
ސޫރަތު ޞާދު

ﭑﭒﭓﭔﭕﭖ
ص (މިއަކުރުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) ހަނދާންކޮށްދިނުމުގެ ވެރި قرآن ގަންދެއްވައި وحى ކުރައްވަމެވެ. (ހަމަކަށަވަރުން، އެއީ حق ތެދެވެ)
ﭗﭘﭙﭚﭛﭜﭝ
އަދި ކިއެއްތަ! كافر ވި މީހުންވަނީ ބޮޑާކަމާއި، ދެކޮޅުވެރިކަމެއްގައެވެ
ﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
އެއުރެންގެކުރިން ތިމަންރަސްކަލާނގެ ކިތައްކިތައް أمّة ހަލާކުކުރެއްވިން ހެއްޔެވެ؟ ފަހެ (އެއުރެންނަށް عذاب އައިހިނދު) އެހީއަށްއެދި އެއުރެން ގޮވޫއެވެ. (އެހެނެއްކަމަކު) އެ وقت އަކީ، ސަލާމަތްވާންދާނެ ތަނެއްއޮތް وقت އެއްނޫނެވެ
ﭩﭪﭫﭬﭭﭮﭯﭰﭱﭲﭳﭴ
އަދި އެއުރެންގެ ތެރެއިން إنذار ކުރައްވާ ބޭކަލަކު، އެއުރެންގެ ގާތަށް ވަޑައިގަތުމުން، އެކަމާ އެއުރެން عجائب ވޫއެވެ. އަދި އެ كافر ވިމީހުން ބުނޫއެވެ. މިއީ ބޮޑު ދޮގުވެރި ޖާދޫގަރެކެވެ
ﭵﭶﭷﭸﭹﭺﭻﭼﭽﭾ
އެކަލޭގެފާނު ހުރިހާ إله ން އެއް إله އަކަށް ހެއްދެވީހެއްޔެވެ؟ ހަމަކަށަވަރުން، މިއީ ނުހަނު عجائب ވާފަދަ ކަމެއްކަން ކަށަވަރެވެ
ﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌ
އަދި އެއުރެންގެ (އެބަހީ: مكة ގެ كافر ންގެ) ބޮޑުން (އެ مجلس ން ވަކިވެ) ހިނގައިގެންފައި ބުނޫއެވެ. ހިނގާށެވެ! އަދި ތިޔަބައިމީހުންގެ إله ންނަށް އަޅުކަން ކުރުންމަތީ ކެތްކޮށްގެން ތިބޭށެވެ! ހަމަކަށަވަރުން، މިއީ (ތިމަންމެންނާމެދު) ރޭވި ގަސްދުކުރެވޭ ކަމެއްކަން ކަށަވަރެވެ
ﮍﮎﮏﮐﮑﮒﮓﮔﮕﮖﮗ
އެންމެފަހު ملّة ގައިވެސް (އެބަހީ: عيسى ގެފާނުގެ ملّة ގައިވެސް) މިކަހަލަ ވާހަކައެއް ތިމަންމެން ނާހަމުއެވެ. މިއީ ހަދައިގެންއުޅޭ ދޮގެއް ކަމުގައިނޫނީ ނުވެތެވެ
ﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦﮧﮨﮩ
قرآن ބާވައިލެއްވީ އަހުރެމެންގެ ތެރެއިން އެކަލޭގެފާނުގެ މައްޗަށްހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ، ތިމަންރަސްކަލާނގެ قرآن އާމެދު شك އެއްގައެވެ. އަދި ކިއެއްތަ! އެއުރެންނަށް، ތިމަންރަސްކަލާނގެ عذاب ގެ ރަހަ އަދި ނުލިބެނީއެވެ
ﮪﮫﮬﮭﮮﮯﮰﮱ
ނުވަތަ ކަލޭގެފާނުގެވެރި، ގަދަފަދަވަންތަ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެ رحمة ގެ خزانة ތައް ވަނީ، އެއުރެންގެ ގާތުގައި ހެއްޔެވެ؟
ﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞ
ނުވަތަ އުޑުތަކާއި، ބިމާއި، އެދެމެދުގައި ވާހާތަކެތީގެ ملك ވެރިކަންވަނީ، އެއުރެންނަށް ހެއްޔެވެ؟ އެހެންވިއްޔާ ހަރުގަނޑަކުން އުޑަށް އަރައިބަލާށެވެ
ﯟﯠﯡﯢﯣﯤﯥ
އެއުރެންނީ އެތާނގައި (އެބަހީ: بدر ގައި) ބަލިވާނެ جماعة ގެ ތެރެއިން ހިމެނޭ (ނިކަމެތި) لشكر އެކެވެ
ﯦﯧﯨﯩﯪﯫﯬﯭﯮ
އެއުރެންނީ އެތާނގައި (އެބަހީ: بدر ގައި) ބަލިވާނެ جماعة ގެ ތެރެއިން ހިމެނޭ (ނިކަމެތި) لشكر އެކެވެ
ﯯﯰﯱﯲﯳﯴﯵﯶﯷ
އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ކަޑަތަކުގެވެރި فرعون އާއި، ثمود ބާގައިމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންނާއި، الأيكة ގެ އެކުވެރިން رسول ން ދޮގުކުރޫއެވެ. އެ جماعة ތަކަކީ އެއީއެވެ
ﯸﯹﯺﯻﯼﯽﯾﯿ
އެއިން ކޮންމެބަޔަކުމެ، رسول ން ދޮގުކުރިބަޔަކު ކަމުގައި މެނުވީ ނުވެތެވެ. ފަހެ (އެއުރެންނަށް) ތިމަންރަސްކަލާނގެ عذاب حق ވެއްޖެއެވެ
ﰀﰁﰂﰃﰄﰅﰆﰇﰈﰉﰊ
އަދި އެއުރެން ބިރުވެރި އެންމެ އަޑަކަށްމެނުވީ انتظار އެއް ނުކުރެތެވެ. އެ އަޑު ތަކުރާރުވުމެއްނެތެވެ
ﰋﰌﰍﰎﰏﰐﰑﰒﰓ
އެއުރެން ބުނާނެތެވެ. އަޅަމެންގެވެރިރަސްކަލާކޮ! حساب ބައްލަވާދުވަހުގެ ކުރިން، އަޅަމެންގެ عمل ތަކުގެ ފަތް، އަޅަމެންނަށް އަވަހަށް ދެއްވާނދޭވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝ
އެއުރެން އެބުނާ ބަސްތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ އަޅު، داود ގެފާނު ހަނދުމަކުރައްވާށެވެ! އެކަލޭގެފާނީ، ބާރުގަދަ ބޭކަލެކެވެ. ހަމަކަށަވަރުން، އެކަލޭގެފާނީ ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
ﭞﭟﭠﭡﭢﭣﭤﭥ
ހަމަކަށަަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ފަރުބަދަތައް خدمة ތެރި ކުރެއްވީމެވެ. އެތަކެތި، އެކަލޭގެފާނުގެ އަރިހުގައި ހަވީރާއި، ހެނދުނުގައި تسبيح ދަންނަވަތެވެ
ﭦﭧﭨﭩﭪﭫﭬ
އަދި ދޫނިސޫފާސޫފި ޖަމާކުރައްވާފައިވާ حال، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް خدمة ތެރި ކުރެއްވީމެވެ. އެހުރިހާ ތަކެތިވަނީ، އެކަލޭގެފާނަށް تبع ވެ، ކިޔަމަންވެގެންނެވެ
ﭭﭮﭯﭰﭱﭲﭳ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ރަސްކަން ގަދަފަދަކޮށްދެއްވީމެވެ. އަދި ނަބީކަމާއި، އޮޅުމެއްނެތް ބަޔާންވެގެންވާ ވާހަކަފުޅުދެއްކެވުން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ
ﭴﭵﭶﭷﭸﭹﭺﭻﭼ
(داود ގެފާނު އަޅުކަން ކުރައްވަން އިންނަވާ) محراب ގެ ފާރުމަތިންއެރި خصم ންގެ خبر، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
ﭽﭾﭿﮀﮁﮂﮃﮄﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖ
އެއުރެން، داود ގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެންދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ خصم ންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފިއެވެ. ފަހެ، ކަލޭގެފާނު حق ގޮތުގައި ތިމަންމެންގެ މެދުގައި حكم ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު عدل ން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ
ﮗﮘﮙﮚﮛﮜﮝﮞﮟﮠﮡﮢﮣﮤﮥﮦ
ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ أخ އެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ
ﮧﮨﮩﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫ
އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. إيمان ވެ، صالح عمل ތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު امتحان ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި سجدة އަށް ތިރިވެވަޑައިގެން توبة ވެވަޑައިގަތެވެ
ﯬﯭﯮﯯﯰﯱﯲﯳﯴﯵﯶ
ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެ ފާފަފުއްސެވީމެވެ. އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް، ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ
ﯷﯸﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒﰓﰔﰕﰖ
އޭ داود ގެފާނެވެ! ހަމަކަށަވަރުން، ބިމުގައި خليفة އެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި حق ގޮތުގައި حكم ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު تبع ވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު اللَّه ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، اللَّه ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) حساب ބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ عذاب ހުށްޓެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛﭜﭝﭞﭟﭠﭡﭢﭣ
ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި باطل ގޮތެއްގައި ނަހައްދަވަމެވެ. އެއީ كافر ވި މީހުން ހީކުރާގޮތެވެ. ފަހެ، كافر ވި މީހުންނަށް، ނަރަކައިގެ عذاب ން ހަލާކުހުށްޓެވެ
ﭤﭥﭦﭧﭨﭩﭪﭫﭬﭭﭮﭯﭰﭱ
ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ، إيمان ވެ صالح عمل ތައް ކުޅަމީހުން ލައްވާނެހެއްޔެވެ؟ ނުވަތަ كافر ވި މީހުންނެކޭ އެއްފަދައިން، ތިމަންރަސްކަލާނގެ تقوى ވެރިން ލައްވާނެހެއްޔެވެ؟
ﭲﭳﭴﭵﭶﭷﭸﭹﭺﭻ
(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ
ﭼﭽﭾﭿﮀﮁﮂﮃﮄ
ތިމަންރަސްކަލާނގެ داود ގެފާނަށް سليمان ގެފާނު ދެއްވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
ﮅﮆﮇﮈﮉﮊﮋ
(އެއްދުވަހެއްގެ) ހަވީރުކޮޅުގައި އެކަލޭގެފާނު (އެބަހީ: سليمان ގެފާނު) ބެއްލެވުމަށް، ދުވާއިރު ހަލުވި، ހުއްޓި ތިބޭއިރު ހަމަހިމޭން އަސްތައް ހުށަހެޅުނުހިނދު ހަނދުމަކުރާށެވެ
ﮌﮍﮎﮏﮐﮑﮒﮓﮔﮕﮖﮗ
ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ ހަނދުމަކޮށް ذِكر ކުރުން ފިޔަވައި، އިރު ފަރުދާވެ ނިވައިވެއްޖައުމަށްދާނދެން އަހަށް ލޯބިކުރުން، އަހުރެންނަށް އިސްކުރެވިއްޖެއެވެ
ﮘﮙﮚﮛﮜﮝﮞﮟ
އެ އަސްތައް އަހުރެންގެ ކައިރިޔަށް އަނބުރައި ގެންނާށެވެ! ދެން އެތަކެތީގެ ކަނދުރާގައި (ކަނޑިން) ޖައްސަވައި (ކަތިލައްވައި) ފައިތައް ބުރިކުރެއްވިއެވެ. (އަދި އެތަކެތިން صدقات ކުރެއްވިއެވެ)
ﮠﮡﮢﮣﮤﮥﮦﮧﮨﮩ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ سليمان ގެފާނު امتحان ކުރެއްވީމެވެ. އަދި އެކަލޭގެފާނުގެ تخت ގެ މައްޗަށް ހަށިގަނޑެއް އެއްލެވީމެވެ. ދެން އެކަލޭގެފާނު (توبة ވެވަޑައިގެން) އެނބުރި رجوع ވެވަޑައިގަތެވެ
ﮪﮫﮬﮭﮮﮯﮰﮱﯓﯔﯕﯖﯗﯘﯙﯚﯛ
އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެވެރިރަސްކަލާކޮ! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ
ﯜﯝﯞﯟﯠﯡﯢﯣﯤ
ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ވައި خدمة ތެރިކޮށްދެއްވީމެވެ. އެކަލޭގެފާނުގެ أمر ފުޅަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެތަނަކަށް މައިތިރިކަމާއެކު، އެވައި ހިނގައިދެއެވެ
ﯥﯦﯧﯨﯩ
އަދި ޖިންނި شيطان ން، އެކަލޭގެފާނަށް خدمة ތެރިކޮށް ދެއްވީމެވެ. އޭގެތެރޭގައި (ބޮޑެތި) ބިނާތައްހަދާ ބަޔަކާއި (ކަނޑުގެ އަޑިޔަށް) ފީނާބަޔަކުވެއެވެ
ﯪﯫﯬﯭﯮ
އަދި (އޭގެތެރެއިން) އަނެއްބަޔަކު ކަސްތަޅު އަޅުއްވައި ހައްޔަރުކުރައްވާފައިވެއެވެ
ﯯﯰﯱﯲﯳﯴﯵﯶ
މިއީ ތިމަންރަސްކަލާނގެ ދެއްވިހާ ތަކެއްޗެވެ. ފަހެ، ކަލޭގެފާނު (ދެއްވާނެ މީހަކަށް) ދެއްވާށެވެ! ނުވަތަ (ނުދެއްވާނެ މީހަކަށް ނުދެއްވައި) ހިފަހައްޓަވާށެވެ! (އެކަމާމެދު) ކަލޭގެފާނާ سؤال އެއް ނުކުރައްވާނެތެވެ
ﯷﯸﯹﯺﯻﯼﯽ
އަދި ހަމަކަށަވަރުން، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ حضرة ގައި ކުއްތަންވުމާއި، އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ
ﯾﯿﰀﰁﰂﰃﰄﰅﰆﰇﰈﰉ
ތިމަންރަސްކަލާނގެ އަޅު أيـّوب ގެފާނު ހަނދުމަކުރައްވާށެވެ! (އެއީ) އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް دعاء ދެންނެވި ހިނދުގައެވެ. (އެކަލޭގެފާނު ދެންނެވިއެވެ.) އަޅުގެ ގައިގައި شيطان އާ ބީހި، އެކަލޭގެ ފަރާތުން އަޅާއަށް ވަރުބަލިކަމާއި ވޭން ލިބިއްޖެއެވެ
ﰊﰋﰌﰍﰎﰏﰐﰑ
(އެކަލޭގެފާނަށް އެންގެވިއެވެ.) ކަލޭގެފާނުގެ ފައިންޕުޅުން (ބިމުގައި) ޖައްސަވާށެވެ! (ދެން އެތަނުން ފެންއާރެއް ނުކުތުމުން އެންގެވިއެވެ.) މިއީ ކަލޭގެފާނު ނާނެފިއްލެވުމަށާއި، ހިއްޕެވުމަށްވާ ފިނި (ހިހޫ) ފެނެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެކަލޭގެފާނުގެ أهل ވެރިންދެއްވައި، އެއުރެންނާއެކު ހަމައެފަދަ ބަޔަކު ދެއްވީމެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން ލެއްވި رحمة އެއް ކަމުގައްޔާއި، ބުއްދީގެ أهل ވެރިންނަށްވާ عبرة އަކާއި، نصيحة އެއް ކަމުގައެވެ
ﭜﭝﭞﭟﭠﭡﭢﭣﭤﭥﭦﭧﭨﭩﭪﭫﭬ
އަދި ކަލޭގެފާނުގެ އަތްޕުޅުން ހުއިބޮނޑިއެއް ނަންގަވައި، އެއިން (އަނބިކަނބަލުންގެ ގައިކޮޅުގައި) ޖައްސަވާށެވެ! ކަލޭގެފާނު ހުވަޔާ خلاف ވެވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ދެކެވޮޑިގެންވީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން، އެކަލޭގެފާނީ، ގިނަގިނައިން توبة ވެވަޑައިގަންނަވާ ބޭކަލެކެވެ
ﭭﭮﭯﭰﭱﭲﭳﭴﭵ
އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ إبراهيم ގެފާނާއި، إسحاق ގެފާނާއި، يعقوب ގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ عمل ކުރެއްވުމަށް ބާރުގަދަ، ބުއްދީގެ أهل ވެރިންނެވެ
ﭶﭷﭸﭹﭺﭻ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެބޭކަލުން ސާފު خصيلة އަކުން މާތްކުރައްވައި، خيار ކުރެއްވީމެވެ. އެއީ آخرة ހަނދުމަކުރެއްވުމެވެ
ﭼﭽﭾﭿﮀﮁ
އަދި ހަމަކަށަވަރުން، އެބޭކަލުންވަނީ، ތިމަންރަސްކަލާނގެ حضرة ގައި خيار ކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ
ﮂﮃﮄﮅﮆﮇﮈﮉﮊﮋ
އަދ إسماعيل ގެފާނާއި، اليسع ގެފާނާއި، ذوالكفل ގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ
ﮌﮍﮎﮏﮐﮑﮒﮓ
މިއީ (އެބޭކަލުންނަށްވާ) ރިވެތި ހަނދާން ކުރުމަކާއި، شرف އެކެވެ. އަދި ހަމަކަށަވަރުން، تقوى ވެރިންނަށް އެނބުރިދަނިވި ރިވެތިވެގެންވާ ތަނެއްވެއެވެ
ﮔﮕﮖﮗﮘﮙ
(އެއީ) އެތާނގެ ދޮރުތައް އެއުރެންނަށްޓަކައި ހުޅުވިފައިވާ عدن އެވެ ކިއުނު ސުވަރުގެތަކެވެ
ﮚﮛﮜﮝﮞﮟﮠﮡ
އެއުރެން އެތާނގައި (އެނދު އެނދުގައި) ލެނގިލައިގެން ތިބޭނެތެވެ. އެއުރެން އެތާނގައި ގިނަބާވަތް ބާވަތުގެ މޭވާތަކާއި، ބުއިންތައް ގެންނަން އެދޭނެތެވެ
ﮢﮣﮤﮥﮦﮧ
އަދި އެއުރެންނަށް އެއްފުރާގެ އަނބިންތައްވެއެވެ. އެ އަނބިން، ފިރިން ނޫން އެހެންބަޔަކަށް ނުބަލާނެތެވެ
ﮨﮩﮪﮫﮬﮭ
މިއީ حساب ބައްލަވާދުވަހަށް ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކެވެ
ﮮﮯﮰﮱﯓﯔﯕﯖ
ހަމަކަށަވަރުން، މިއީ ތިމަންރަސްކަލާނގެ ދެއްވާތަކެތިކަން ކަށަވަރެވެ. އެތަކެއްޗަށް ހުސްވުމެއްނުވެއެވެ
ﯗﯘﯙﯚﯛﯜﯝ
ކަންހުރިގޮތީ މިއީއެވެ. އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް އެނބުރިދަނިވި ނުބައިކަންބޮޑުވެގެންވާ ތަނެއްވެއެވެ
ﯞﯟﯠﯡﯢ
(އެއީ) جهنم އެވެ. އެއުރެން އެތަނަށްވަންނަ ހުށްޓެވެ. ފަހެ، އެ ތަންމަތީގެ ހުރި ނުބައިކަމާއެވެ
ﯣﯤﯥﯦﯧ
މިއީ عذاب އެވެ. ފަހެ، އެއުރެން އޭގެ ރަހަ ލިބިގަންނަހުށިކަމެވެ! (އެއީ) ކެކިކެކިހުރި ހޫނުފެނާއި، ފާދިޔައެވެ
ﯨﯩﯪﯫﯬ
އަދި އެފަދަ އެތައްބާވަތެއްގެ އެހެނިހެން عذاب އެއުރެންނަށް ހުށްޓެވެ
ﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸ
(އެއުރެންގެ ބޮޑުންނަށް އަންގަވާނެތެވެ.) މިއީ، ތިޔަބައިމީހުންނާއެކު ނަރަޔަކަށްވަންނަ ބައިގަނޑެކެވެ. އެއުރެންނަށް ތަނަވަސްކަމެއްނެތެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައަށް ވަންނާނެބަޔެކެވެ
ﯹﯺﯻﯼﯽﯾﯿﰀﰁﰂﰃﰄﰅﰆ
އެ (تبع ވީ) މީހުން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނަކަށް ތަނަވަސްކަމެއްނެތެވެ. އެ كافر ކަން އަހުރެމެންނަށް ކުރިމަތިކޮށްދިނީ ތިޔަބައިމީހުންނެވެ. ފަހެ، އެއީ ތިބުމަށް ހާދަހާނުބައިތަނެކެވެ
ﰇﰈﰉﰊﰋﰌﰍﰎﰏﰐﰑﰒ
އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް މިކަން ކުރިމަތިކޮށްދިން މީހުންނަށް ނަރަކައިގައި عذاب ދެބައި އިތުރުކުރައްވާނދޭވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
އަދި އެއުރެން ބުނާނެތެވެ. (ދުނިޔޭގައި) އަހަރެމެން ނުލަފާމީހުން ކަމުގައި ހިމަނައިއުޅުނު ފިރިހެނުންތައް އަހުރެމެންނަށް މިނުފެންނަނީ ކީއްވެގެންހެއްޔެވެ؟
ﭜﭝﭞﭟﭠﭡﭢ
އެއުރެންނަށް ތިމަންމެން ފުރައްސާރަކޮށް އުޅުނީހެއްޔެވެ؟ ނުވަތަ އެއުރެން ފިޔަވައި ލޯތައް އެހެންފަރާތަކަށް ލެނބުނީހެއްޔެވެ؟
ﭣﭤﭥﭦﭧﭨﭩ
ހަމަކަށަވަރުން، ނަރަކައިގެ أهل ވެރިންގެ އަރާރުމުގެ ވާހަކައަކީ، އެއީ حق ތެދުކަން ކަށަވަރެވެ
ﭪﭫﭬﭭﭮﭯﭰﭱﭲﭳﭴﭵﭶ
ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި އެއްކައުވަންތަ، ބާރުވެރިވަންތަ اللَّه މެނުވީ އެހެން إله އަކު ނުވެއެވެ
ﭷﭸﭹﭺﭻﭼﭽﭾ
(އެއީ) އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތީގެ ވެރިރަސްކަލާނގެއެވެ. عزيز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ
ﭿﮀﮁﮂﮃ
ކަލޭގެފާނު ވިދާޅުވާށެވެ! އެއީ (އެބަހީ: قرآن އަކީ) ބޮޑުވެގެންވާ خبر އެކެވެ
ﮄﮅﮆﮇ
ތިޔަބައިމީހުންނީ އެއިން އެއްކިބާވާ ބަޔެކެވެ
ﮈﮉﮊﮋﮌﮍﮎﮏﮐﮑ
(آدم ގެފާނާމެދު) މަތިވެރިވެގެންވާ جماعة ގެ މެދުގައި (އެބަހީ: ملائكة ންގެ މެދުގައި) ވާހަކަ ދެކެވުނުހިނދު (وحى ގެ ذريعة އިން އެންގެވި އެއްޗެއް މެނުވީ) ތިމަންކަލޭގެފާނަކަށް އެނގިވަޑައިގެންފައެއް ނުވެތެވެ
ﮒﮓﮔﮕﮖﮗﮘﮙﮚ
ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ބަޔާންވެގެންހުރި، إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނަކަށް وحى އެއް ނުއިއްވަވަތެވެ
ﮛﮜﮝﮞﮟﮠﮡﮢﮣﮤ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މަށިން إنسان އަކު ހައްދަވާހުށީމެވެ
ﮥﮦﮧﮨﮩﮪﮫﮬﮭﮮ
ފަހެ، ތިމަންރަސްކަލާނގެ އެ إنسان އާ (އެބަހީ: آدم ގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روح ފުޅުން އެ إنسان އާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدة އަށް ތިރިވާހުށިކަމެވެ
ﮯﮰﮱﯓﯔ
ފަހެ، ملائكة ން، އެ އެންމެން އެކުގައި سجدة ކުރައްވައިފޫއެވެ
ﯕﯖﯗﯘﯙﯚﯛ
إبليس މެނުވީއެވެ. އެކަލޭގެ ބޮޑާވެ، كافر ވި މީހުންގެ ތެރެއިންވިއެވެ
ﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩﯪﯫ
އެކަލާނގެ وحى ކުރެއްވިއެވެ. އޭ إبليس އެވެ! ތިމަންރަސްކަލާނގެ يدقدرة ފުޅުން (އެއްވެސް واسط އަކާނުލައި) ހެއްދެވި މީހަކަށް سجدة ކުރުން ކަލޭގެޔަށް މަނާކުރީ ކޮންކަމެއްހެއްޔެވެ؟ ކަލޭގެ (سجدة ކުރުމަށް) ބޮޑާވެގަތީހެއްޔެވެ؟ ނުވަތަ كبر ވެރިވެގަތް މީހުންގެ ތެރެއިން ކަލޭވީހެއްޔެވެ؟
ﯬﯭﯮﯯﯰﯱﯲﯳﯴﯵﯶ
އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ ތިމަން، މާމޮޅެވެ. އިބަރަސްކަލާނގެ ތިމަންހެއްދެވީ އަލިފާނުންނެވެ. އަދި އިބަރަސްކަލާނގެ އެކަލޭގެފާނު ހެއްދެވީ މަށިންނެވެ
ﯷﯸﯹﯺﯻﯼ
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ކަލޭއެތަނުން (އެބަހީ: ސުވަރުގެއިން) ނުކުންނާށެވެ! ފަހެ، ހަމަކަށަވަރުން، ކަލެއަކީ، رحمة ން ބޭރުކުރައްވާފައިވާ މީހެކެވެ
ﯽﯾﯿﰀﰁﰂﰃ
އަދި ހަމަކަށަވަރުން، قيامة ދުވަހަށް ދާނދެން ކަލޭގެމައްޗަށް ތިމަންރަސްކަލާނގެ لعنة ހުށްޓެވެ
ﰄﰅﰆﰇﰈﰉﰊ
އެކަލޭގެ ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ފަހެ، އެއުރެން (އަލުން ދިރުއްވައި محشر އަށް) ފޮނުއްވާނޭ ދުވަހަށްދާނދެން ތިމަން އަޅާއަށް مهلة ދެއްވާނދޭވެ
ﰋﰌﰍﰎﰏ
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ހަމަކަށަވަރުން، ކަލޭގެވަނީ مهلة ދެއްވާފައިވާ މީހުންގެ ތެެރެއިންނެވެ
ﰐﰑﰒﰓﰔ
ވަގުތު ކަނޑައެޅި އެނގިގެންވާ ދުވަހަށް ދާނދެނެވެ
ﰕﰖﰗﰘﰙ
އެކަލޭގެ ދެންނެވިއެވެ. ފަހެ، އިބަރަސްކަލާނގެ عزّة ތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެއުރެންގެ އެންމެން މަގުފުރައްދާހުށީމެވެ
ﰚﰛﰜﰝﰞ
އެއުރެންކުރެ، އިބަރަސްކަލާނގެ خيار ކުރައްވާފައިވާ އަޅުން މެނުވީއެވެ
ﭑﭒﭓﭔﭕ
އެކަލާނގެ وحى ކުރެއްވިއެވެ. ފަހެ، ތިމަންރަސްކަލާނގެއީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ وحى ކުރައްވަނީ حق ތެދެވެ
ﭖﭗﭘﭙﭚﭛﭜﭝ
ހަމަކަށަވަރުން، ކަލޭގެޔާއި އަދި އެއުރެންގެ ތެރެއިން ކަލޭގެޔަށް تبع ވީ ބަޔަކާއި އެ އެންމެންއަޅުއްވައި ނަރަކަ ފުރުއްވާހުށީމެވެ
ﭞﭟﭠﭡﭢﭣﭤﭥﭦﭧﭨ
ކަލޭގެފާނު ވިދާޅުވާށެވެ! އެކަމުގެ މައްޗަށް (އެބަހީ: رسول ކަން އިއްވެވުމުގެ މައްޗަށް) ތިމަންކަލޭގެފާނު އެއްވެސް އުޖޫރައެއް ތިޔަބައިމީހުންގެ ކިބަަޔަކުން ނޭދެމެވެ. އަދި އަމިއްލަޔަށް ހެދިގަނެގެންއުޅޭ މީހުންގެ ތެރެޔަކުންވެސް އަހުރެން ނުވަމެވެ
ﭩﭪﭫﭬﭭﭮ
عالم ތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ
ﭯﭰﭱﭲﭳ
ހިނދުކޮޅެއްގެފަހުން އޭގެ خبر (އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުށްޓެވެ
ކީރިތި ޤުރުއާން
Tuesday, August 18, 2026
Don't forget us in your sincere prayers







