PDF —
11 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އައް-ޟުޙާ pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އައް-ޟުޙާ pdf ދިވެހި — ޑައުންލޯޑް ސޫރަތު އައް-ޟުޙާ ތަރުޖަމާ. ސޫރަތު އައް-ޟުޙާ (Meccan) 11 އާޔަތް.



11 އާޔަތް · Meccan · ދިވެހި
bismillah
ﮉﮊ
93:1 ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ
ﮋﮌﮍﮎ
93:2 އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ
ﮏﮐﮑﮒﮓﮔ
93:3 ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ
ﮕﮖﮗﮘﮙﮚ
93:4 އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، آخرة ހެޔޮކަން ބޮޑުކަން ކަށަވަރެވެ
ﮛﮜﮝﮞﮟ
93:5 އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ
ﮠﮡﮢﮣﮤ
93:6 ކަލޭގެފާނު يتيم އަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ
ﮥﮦﮧﮨ
93:7 އަދި ކަލޭގެފާނު حيران ވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ
ﮩﮪﮫﮬ
93:8 އަދި فقير އަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ
ﮭﮮﮯﮰﮱ
93:9 ދަންނާށެވެ! ފަހެ، ކަލޭގެފާނު، يتيم ކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ
ﯓﯔﯕﯖﯗ
93:10 އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ
ﯘﯙﯚﯛﯜ
93:11 އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި نعمة ގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers