PDF —
44 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަލް-މަޢާރިޖް pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-މަޢާރިޖް pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-މަޢާރިޖް ތަރުޖަމާ. ސޫރަތު އަލް-މަޢާރިޖް (Meccan) 44 އާޔަތް.

→ އަލް-ޙާއްޤާސޫރަތު އަލް-މަޢާރިޖް ނޫޙު ←


44 އާޔަތް · Meccan · ދިވެހި
bismillah
ﮮﮯﮰﮱﯓ
70:1 ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ
ﯔﯕﯖﯗﯘ
70:2 ފަހެ، ކަލޭގެފާނުގެ ވެރި މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ
ﯙﯚﯛﯜﯝ
70:3 އެދޭމީހަކު (ފުރައްސާރައިގެގޮތުން) عذاب އަކަށްއެދި ގޮވިއެވެ. (އެއީ) كافر ންނަށްޖެހޭނޭ عذاب އެކެވެ. އުޑުތަކުގެ ވެރި اللَّه ގެ حضرة ން އަންނަ عذاب ދުރުކޮށްދޭނޭ ހަމައެކަކުވެސް ނުވެތެވެ
ﯞﯟﯠﯡﯢﯣﯤﯥﯦﯧﯨﯩ
70:4 ފަންސާސްހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكة ންނާއި، جبريل ގެފާނު، އެކަލާނގެ حضرة އަށް އަރާވަޑައިގަންނަވާނެތެވެ
ﯪﯫﯬﯭ
70:5 ފަހެ، ކަލޭގެފާނު ރިވެތިވެގެންވާ ކެތްކުރެއްވުމަކުން ކެތްކުރައްވާށެވެ
ﯮﯯﯰﯱ
70:6 ހަމަކަށަވަރުން، އެއުރެން އެދުވަސް ދެކެނީ، ދުރުވެގެންވާ ކަމަށެވެ
ﯲﯳﯴ
70:7 އަދި ތިމަންރަސްކަލާނގެ ދެކެވޮޑިގަންނަވަނީ، އެދުވަސް ގާތްކަމުގައެވެ
ﯵﯶﯷﯸﯹ
70:8 ތެޔޮކުނޑިތަކެއް ފަދައިން އުޑު، ވާނޭދުވަހުއެވެ
ﯺﯻﯼﯽ
70:9 އަދި، ފިނދިފައިވާ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހުއެވެ
ﯾﯿﰀﰁﰂ
70:10 އަދި، އެދުވަހުން ގާތް رحمة ތެރިޔަކު، رحمة ތެރިޔަކާމެދު سؤال އެއް ނުކުރާނެތެވެ
ﭑﭒﭓﭔﭕﭖﭗﭘﭙﭚﭛ
70:11 އެއުރެން އެކަކު އަނެކަކަށް ފެންނާނެގޮތް މެދުވެރިކުރައްވާނެތެވެ. އެދުވަހުގެ عذاب ން ސަލާމަތްވުމަށް ކުށްވެރިޔާ އޭނާގެ ދަރިން، فدية އެއްގެ ގޮތުގައި ދެވޭނެނަމައޭ ހިތައި އެކަމަށް އެދޭނެތެވެ
ﭜﭝﭞ
70:12 އަދި، އޭނާގެ އަނބިމީހާއާއި، އޭނާގެ أخ ވެސްމެއެވެ
ﭟﭠﭡﭢ
70:13 އަދި، އޭނާޔަށް ހިޔާވަހިކަންދޭ، އޭނާގެ ގާތްތިމާގެ މީހުންވެސްމެއެވެ
ﭣﭤﭥﭦﭧﭨﭩ
70:14 އަދި، ބިމުގައިވާހާ އެންމެންވެސްމެއެވެ. ދެން، އެ فدية އޭނާ ސަލާމަތް ކުރޭތޯއެވެ
ﭪﭫﭬﭭﭮ
70:15 ހަމަ ހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ ނަރަކައީ އަނދައަނދާހުރި އަލިފާނެވެ
ﭯﭰﭱ
70:16 (އޭގެ ހޫނުން) ބޮލުގެ ހަން ނޮޅާ حال ގައެވެ
ﭲﭳﭴﭵﭶ
70:17 ފުރަގަސްދީ އެނބުރިދާ މީހާޔަށް އެ ނަރަކަ ގޮވާނެތެވެ
ﭷﭸﭹ
70:18 އަދި މުދާ އެއްކޮށް، خزانة ކުރާ މީހާޔަށްވެސްމެއެވެ
ﭺﭻﭼﭽﭾﭿ
70:19 ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ
ﮀﮁﮂﮃﮄ
70:20 އެ އިންސާނާގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ މީހެއްގެ ގޮތުގައެވެ
ﮅﮆﮇﮈﮉ
70:21 އަދި އޭނާގައި ހެޔޮކަމެއް ބީހިއްޖެނަމަ (އެބަހީ: ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން) މަނާވެގަންނަ މީހެއްގެ ގޮތުގައެވެ
ﮊﮋﮌ
70:22 ނަމާދުކުރާ މީހުން މެނުވީއެވެ
ﮍﮎﮏﮐﮑﮒ
70:23 އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ
ﮓﮔﮕﮖﮗﮘ
70:24 އެއުރެންނީ، އެއުރެންގެ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ
ﮙﮚﮛ
70:25 އަދި، އެއުރެންނީ، سؤال ކޮށް، އެދޭމީހުންނަށާއި، ނިކަމެތި محروم ންނަށް، އެއުރެންގެ މުދަލުގައި ކަނޑައެޅިގެންވާ حق އެއްވާ މީހުންނެވެ
ﮜﮝﮞﮟﮠ
70:26 އަދި، އެއުރެންނީ، قيامة ދުވަހަށް إيمان ވެ، ތެދުކުރާ މީހުންނެވެ
ﮡﮢﮣﮤﮥﮦﮧ
70:27 އަދި، އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ عذاب އަށް ބިރުވެތިވާ މީހުންނެވެ
ﮨﮩﮪﮫﮬﮭ
70:28 ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ عذاب އަކީ (އެކަލާނގެ أمان ކަންދެއްވިއްޔާމެނުވީ އެއިން) أمان ކަން ލިބިގެންނުވާ عذاب އެކެވެ
ﮮﮯﮰﮱﯓ
70:29 އަދި، އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާ މީހުންނެވެ
ﯔﯕﯖﯗﯘﯙﯚﯛﯜﯝﯞ
70:30 އެއުރެންގެ އަނބިންގެ މައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ
ﯟﯠﯡﯢﯣﯤﯥﯦ
70:31 ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ سرحد) ފަހަނަޅައިދާ މީހުންނެވެ
ﯧﯨﯩﯪﯫﯬ
70:32 އަދި، އެއުރެންނީ، އެއުރެންގެ أمانة ތަކަށާއި، އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ
ﯭﯮﯯﯰﯱ
70:33 އެއުރެންނީ، އެއުރެންގެ ހެކިބަސް ފުރިހަމަޔަށް އަދާކުރާ މީހުންނެވެ
ﯲﯳﯴﯵﯶﯷ
70:34 އަދި، އެއުރެންނީ، އެއުރެންގެ ނަމާދުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ
ﯸﯹﯺﯻﯼ
70:35 އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ
ﯽﯾﯿﰀﰁﰂ
70:36 އެއުރެންވަނީ، ސުވަރުގެތަކެއްގައި މާތްކުރައްވާފައެވެ
ﰃﰄﰅﰆﰇﰈ
70:37 ފަހެ، كافر ވިމީހުން (ކަލޭގެފާނުގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ބައިބަޔަށް (އިށީނދެ) ތިބެން ކަލޭގެފާނުގެ އަރިހަށް ދިޔުމަށް އަވަސްވެގަންނަނީ ކީއްވެހެއްޔެވެ؟
ﰉﰊﰋﰌﰍﰎﰏﰐﰑ
70:38 نعمة ގެ ސުވަރުގެޔަށް ވެއްދެވުމަށް އެއިންކޮންމެ މީހަކު ދަހިވެތިވަނީ ހެއްޔެވެ؟
ﰒﰓﰔﰕﰖﰗﰘ
70:39 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ
ﰙﰚﰛﰜﰝﰞﰟﰠ
70:40 ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީ، އެއުރެން ދަންނަ އެއްޗަކުންނެވެ
ﭑﭒﭓﭔﭕﭖﭗﭘﭙ
70:41 ފަހެ، مشرق ތަކާއި، مغرب ތަކުގެ ވެރިރަސްކަލާނގެ ގަންދެއްވައި وحى ކުރައްވަމެވެ. އެއުރެންގެ ބަދަލުގައި، އެއުރެންނަށްވުރެން ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަންރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ
ﭚﭛﭜﭝﭞﭟﭠﭡﭢ
70:42 ފަހެ، އެއުރެންނަށް وعد ކުރައްވާ ދުވަހާ އެއުރެން ބައްދަލުވެއްޖައުމަށް ދާނދެން، باطل ވާހަކަތައް ދައްކައި، ކުޅިވަރުކުޅެން ކަލޭގެފާނު އެއުރެން ދޫކޮށްލައްވާށެވެ
ﭣﭤﭥﭦﭧﭨﭩﭪﭫﭬ
70:43 (އެއީ) ކަށްވަޅުތަކުން ނުކުމެގެން އެއުރެން އަވަސްއަވަހަށް ހިނގައިދާދުވަހެވެ. އެއުރެން އަޅުކަންކުރާ ބުދުތަކުގެ ކައިރިޔަށް އަވަސްއަވަހަށްދާ ފަދައިންނެވެ
ﭭﭮﭯﭰﭱﭲﭳﭴﭵﭶﭷ
70:44 (އެއުރެން ތިބޭހުށީ) އެއުރެންގެ ލޯތައް ތިރިވެގެންވާ حال، އެއުރެންގެ މައްޗަށް ނިކަމެތިކަން ވެރިވެފައެވެ. އެއީ، އެއުރެންނަށް وعد ކުރައްވާކަމުގައިވީ ދުވަހެވެ

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers