ސޫރަތު އަލް-އިންސާން pdf — ޑައުންލޯޑް (ދިވެހި)
ސޫރަތު އަލް-އިންސާން pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-އިންސާން ތަރުޖަމާ. ސޫރަތު އަލް-އިންސާން (Medinan) 31 އާޔަތް.
Related
- ސޫރަތު އަލް-އިންސާން ތަރުޖަމާދިވެހި
- ސޫރަތު އަލް-އިންސާން mp3އަޑު އަހާ
- Quran Index ދިވެހި114
More ސޫރަތު PDF
އަލް-ބަޤަރާ
އާލު-ޢިމްރާން
އަން-ނިސާއް
އަލް-މާއިދާ
ޔޫސުފް
އިބްރާހިމް
އަލް-ޙިޖްރު
އަލް-ކަހްފު
މަރްޔަމް
އަލް-ޙައްޖު
އަލް-ޤަސަޞް
އަލް-ޢަންކަބޫތް
އަސް-ސަޖްދާ
ޔާސީން
އައް-ދުޚާން
އަލް-ފަތްޙު
އަލް-ޙުޖުރާތް
ޤާފް
އަން-ނަޖްމު
އަރް-ރަޙްމާން
އަލް-ވާޤިޢާ
އަލް-ޙަޝްރު
އަލް-މުލްކު
އަލް-ޙާއްޤާ
އަލް-އިންޝިޤާޤް
އަލް-އަޢްލާ
އަލް-ޣާޝިޔާ
ސޫރަތު އަލް-އިންސާން

ﯜﯝﯞﯟﯠﯡﯢﯣﯤﯥﯦﯧ
76:1
ނަންގަނެވިގެންވާ އެއްޗެއްކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް، އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ
ﯨﯩﯪﯫﯬﯭﯮﯯﯰﯱﯲ
76:2
ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ امتحان ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ
ﯳﯴﯵﯶﯷﯸﯹﯺ
76:3
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އޭނާޔަށް މަގުދެއްކެވީމެވެ. (އެއީ) އޭނާ شكر ވެރިވުމަށްޓަކައެވެ. ނޫނީ އޭނާ ދެކޮޅުވެރިވެ، كافر ވުމަށްޓަކައެވެ
ﯻﯼﯽﯾﯿﰀﰁ
76:4
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ كافر ންނަށްޓަކައި ހިލިހިލާތަކާއި، ކަސްތޮޅުތަކާއި، އަނދައަނދާ ހުންނަ ނަރަކަ، ތައްޔާރުކުރެއްވީމެވެ
ﰂﰃﰄﰅﰆﰇﰈﰉﰊ
76:5
ހަމަކަށަވަރުން، ހެޔޮލަފާ މީހުން ރާތަށްޓަކުން ބޯނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗަކީ، كافور ކަމުގައިވިއެވެ
ﭑﭒﭓﭔﭕﭖﭗﭘ
76:6
އެއީ اللَّه ގެ (ހެޔޮލަފާ) އަޅުން އެއިން ބުއިމަށްވާ ފެންއާރެކެވެ. އެއުރެން ބޭނުންގޮތަކަށް އެއިން ފެންއަރުވާނެތެވެ
ﭙﭚﭛﭜﭝﭞﭟﭠ
76:7
އެއުރެން ނަދުރު ފުއްދަތެވެ. އަދި އެދުވަހެއްގެ ނުރައްކާތެރިކަން ފެތުރިގެންދާ ދުވަހަކަށް (އެބަހީ: قيامة ދުވަހަށް) އެއުރެން ބިރުވެތިވެތެވެ
ﭡﭢﭣﭤﭥﭦﭧﭨ
76:8
އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، مسكين ންނާއި، يتيم ންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ
ﭩﭪﭫﭬﭭﭮﭯﭰﭱﭲﭳ
76:9
(ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި شكر އެއްވެސް ތިމަންމެން ނޭދެމުއެވެ
ﭴﭵﭶﭷﭸﭹﭺﭻ
76:10
ހަމަކަށަވަރުން، އެދުވަހެއްގައި، މޫނުތައް ގަދަފަދަގޮތެއްގައި ފުސްވެގެންވާ ދުވަހަކާމެދު، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން ބިރުވެތިވަމުއެވެ
ﭼﭽﭾﭿﮀﮁﮂﮃﮄ
76:11
ފަހެ، އެދުވަހުގެ ނުބައިކަމުން اللَّه، އެއުރެން ރައްކާތެރި ކުރެއްވިއެވެ. އަދި މޫނު އަލިކަމާއި، އުފާވެރިކަން އެއުރެންނަށް ދެއްވިއެވެ
ﮅﮆﮇﮈﮉﮊ
76:12
އެއުރެން ކެތްތެރިވިކަމަށްޓަކައި، ޖަޒާއެއްގެ ގޮތުގައި އެއުރެންނަށް ސުވަރުގެއާއި، ފަށުއި ފޭރާން ދެއްވިއެވެ
ﮋﮌﮍﮎﮏﮐﮑﮒﮓﮔﮕﮖ
76:13
އެތާނގައި އެއުރެން ދާންތަކުގެ މަތީގައި ލެނގިލައިގެން ތިބޭ حال ގައެވެ. އެތާނގައި އަވީގެ ހޫނެއް، ނުވަތަ ގަދަފިންޏެއްވިޔަސް އެއުރެން ނުދެކޭނެތެވެ
ﮗﮘﮙﮚﮛﮜﮝ
76:14
އެތާނގެ ގަސްގަހުގެ ހިޔާތައް، އެއުރެންނަށް ގާތްވެގެންވެއެވެ. އަދި ގަސްގަހުގެ މޭވާތައް ބިނުމަށް ފަހިކުރައްވައި ފަސޭހަކުރައްވާފައިވެއެވެ
ﮞﮟﮠﮡﮢﮣﮤﮥﮦ
76:15
އަދި ރިހިންވާ ކަންވާރުތަކާއި، ފެންބޯ ތަށިތަކާއިގެން އެއުރެންގެ މެދުގައި ބުރުޖެހޭނެތެވެ. އެ ތަކެތި ބިއްލޫރި ފަދައިންވެއެވެ
ﮧﮨﮩﮪﮫﮬ
76:16
ރިހީގެ ބިއްލޫރި ތަކެކެވެ. އެއުރެން عدد ކޮށް، އެ ތަކެތި މިންވަރު ކުރާނެތެވެ. (އެބަހީ: އެ ތަށިތަކުގެ ބޮޑުކުޑަމިނާއި އެ ތަށިތަށްޓަށް އަޅާފައިވާ ތަކެތި، އެއުރެން ބޭނުންގޮތަކަށް ކަނޑައަޅާނެތެވެ)
ﮭﮮﮯﮰﮱﯓﯔ
76:17
އަދި އެތާނގައި އެއުރެންނަށް ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ. އެއާ އެއްކުރައްވާފައިވާ އެއްޗެއްކަމުގައި ވަނީ، زنجبيل އެވެ
ﯕﯖﯗﯘﯙ
76:18
(އެއީ) އެތާނގައިވާ سلسبيل އޭ ނަމަކަށް ކިޔޭ އާރެކެވެ
ﯚﯛﯜﯝﯞﯟﯠﯡﯢﯣﯤ
76:19
އަދި ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ. ތިބާޔަށް އެކުދިން ފެނިއްޖެނަމަ، އެކުދިންނީ، އެތަންމިތަނަށް ވިހުރުވައިލާފައިވާ ރަން މުތްތަކެއްހެން ތިބާޔަށް ހީވާނެތެވެ
ﯥﯦﯧﯨﯩﯪﯫﯬ
76:20
އަދި ތިބާޔަށް އެތަން ފެނިއްޖެނަމަ (ސިފަނުކުރެވޭފަދަ) نعمة އާއި، ބޮޑުވެގެންވާ ވެރިކަމެއް ތިބާޔަށް އެތަނުން ފެންނާނެތެވެ
ﯭﯮﯯﯰﯱﯲﯳﯴﯵﯶﯷﯸﯹﯺﯻ
76:21
ފެހިކުލައިގެ سندس ފޭރާމާއި، إستبرق ފޭރާމުން އެއުރެންގައި ފޭރާން ލައްވާނެތެވެ. އަދި ރިހި އުޅާތަކުން އެއުރެން ގަހަނާ އަޅުއްވާނެތެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް ސާފު طاهر ބުއިމެއް ބޯންދެއްވާނެތެވެ
ﯼﯽﯾﯿﰀﰁﰂﰃﰄ
76:22
(އަދި އެއުރެންނަށް އަންގަވާނެތެވެ.) ހަމަކަށަވަރުން، މިކަންތައްވަނީ، ތިޔަބައިމީހުންނަށް (ހެޔޮ) ޖަޒާއެއް ކަމުގައެވެ. އަދި ތިޔަބައިމީހުންކުޅަ މަސައްކަތަކީ، شكر ލިބެނިވި ކަމެއްކަމުގައި ވެއެވެ
ﰅﰆﰇﰈﰉﰊﰋ
76:23
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނުގެ މައްޗަށް قرآن ވަކިވަކިކޮށް ބާވައިލެއްވީމެވެ
ﰌﰍﰎﰏﰐﰑﰒﰓﰔﰕ
76:24
ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حكم ފުޅަށް، ކަލޭގެފާނު ކެތްތެރިވެވަޑައިގަންނަވާށެވެ! އަދި އެއުރެންގެ ތެރެއިން ފާފަވެރިޔަކަށް، ނުވަތަ كافر އަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ
ﰖﰗﰘﰙﰚﰛ
76:25
އަދި ހެނދުނާއި، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅު ހަނދުމަކުރައްވާށެވެ
ﭑﭒﭓﭔﭕﭖﭗﭘ
76:26
އަދި ރޭގަނޑުން ބައެއްގައި، އެކަލާނގެއަށް ކަލޭގެފާނު سجدة ކުރައްވާށެވެ! އަދި ރޭގަނޑުގެ ދިގު ވަގުތުތަކުގައި، ކަލޭގެފާނު އެކަލާނގެއަށް تسبيح ވިދާޅުވާށެވެ
ﭙﭚﭛﭜﭝﭞﭟﭠﭡ
76:27
ހަމަކަށަވަރުން، މިބައިމީހުން ދުނިޔޭގެ ދިރިއުޅުމަށް ލޯބިކުރެތެވެ. އަދި ބަރުދަންހުރި ދުވަހެއް އެއުރެންގެ ފަހަތަށް ދޫކޮށްލަތެވެ
ﭢﭣﭤﭥﭦﭧﭨﭩﭪﭫﭬ
76:28
ތިމަންރަސްކަލާނގެ އެއުރެން ހެއްދެވީމެވެ. އަދި އެއުރެންގެ ހެއްދެވުން ވަރުގަދަކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެއުރެންފަދަ އެހެންބަޔަކު ގެންނަވައި، ފުރިހަމަޔަށް އެއުރެން ބަދަލުކުރައްވައިފީމުހެވެ
ﭭﭮﭯﭰﭱﭲﭳﭴﭵﭶﭷ
76:29
ހަމަކަށަވަރުން، މި قرآن އަކީ، ހަނދާންކޮށްދިނުމެކެވެ. ފަހެ، ބޭނުންމީހަކު، އެމީހާގެ ވެރިރަސްކަލާނގެ حضرة އަށް މަގެއް ހިފައިފާހުށިކަމެވެ
ﭸﭹﭺﭻﭼﭽﭾﭿﮀﮁﮂﮃﮄ
76:30
އަދި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސްކަމެއް) ނޭދެވޭނެތެވެ. ހަމަކަށަވަރުން، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ
ﮅﮆﮇﮈﮉﮊﮋﮌﮍﮎﮏﮐ
76:31
އެކަލާނގެ އިރާދަކުރައްވާ މީހަކު، އެކަލާނގެ رحمة ގެ ތެރެޔަށް ވައްދަވަތެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب އެކަލާނގެ ތައްޔާރުކުރައްވާފައިވެއެވެ
ކީރިތި ޤުރުއާން
Wednesday, September 9, 2026
Don't forget us in your sincere prayers







