PDF —
50 އާޔަތް Meccan PDF
Built right in your browser — download starts automatically

ސޫރަތު އަލް-މުރްސަލާތް pdf — ޑައުންލޯޑް (ދިވެހި)

ސޫރަތު އަލް-މުރްސަލާތް pdf ދިވެހި — ޑައުންލޯޑް ސޫރަތު އަލް-މުރްސަލާތް ތަރުޖަމާ. ސޫރަތު އަލް-މުރްސަލާތް (Meccan) 50 އާޔަތް.

→ އަލް-އިންސާންސޫރަތު އަލް-މުރްސަލާތް އަން-ނަބައް ←


50 އާޔަތް · Meccan · ދިވެހި
bismillah
ﮑﮒﮓ
77:1 ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި،
ﮔﮕﮖ
77:2 އަދި ގަދަޔަށް އަންނަ ބާރު ވައިރޯޅިތަކާއި،
ﮗﮘﮙ
77:3 އަދި ވިލާތައް ފަރާތްފަރާތަށް ފަތުރާ ވައިރޯޅިތަކާއި،
ﮚﮛﮜ
77:4 حق އާއި باطل ވަކިކުރާ (قرآن ގެ) آية ތަކާއި،
ﮝﮞﮟ
77:5 އަދި ހަނދުމަކޮށްދޭ آية ތައް (رسول ންނަށް) ގެނެސްދެއްވާ ملائكة ން ގަންދެއްވަމެވެ
ﮠﮡﮢﮣ
77:6 عذ ر ނެތިކުރެއްވުމަށާއި، إنذار ކުރެއްވުމަށެވެ
ﮤﮥﮦﮧ
77:7 ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތަކީ، ވާނޭކަންތައްކަން ކަށަވަރެވެ
ﮨﮩﮪﮫ
77:8 ފަހެ، ތަރިތަކުން އޭގެ އަލިކަން ފުއްސަވައިފިހިނދެވެ
ﮬﮭﮮﮯ
77:9 އަދި އުޑު ފަޅައިގެން ހިނގައްޖެހިނދެވެ
ﮰﮱﯓﯔ
77:10 އަދި ފަރުބަދަތައް ކުނޑިކުނޑިވެގެން ހިނގައްޖެހިނދެވެ
ﯕﯖﯗﯘ
77:11 އަދި رسول ން ކަނޑައެޅިގެންވާ ވަގުތަށް އެއްކުރައްވައިފިހިނދެވެ
ﯙﯚﯛﯜ
77:12 އެކަންތައްތައް ފަސްކުރައްވާފައިވަނީ، ކޮންދުވަހަކަށް ހެއްޔެވެ؟
ﯝﯞﯟ
77:13 ނިޔާކުރައްވާ ދުވަހަށެވެ
ﯠﯡﯢﯣﯤﯥ
77:14 އަދި ނިޔާކުރައްވާ ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
ﯦﯧﯨﯩ
77:15 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ
ﯪﯫﯬﯭ
77:16 ތިމަންރަސްކަލާނގެ، އިސްވެދިޔަ މީހުން ހަލާކު ނުކުރައްވަންހެއްޔެވެ؟
ﯮﯯﯰﯱ
77:17 ދެން ތިމަންރަސްކަލާނގެ އެއުރެންގެ ފަހަތުން ފަހުގެ މީހުން ގެންދަވާހުށީމެވެ
ﯲﯳﯴﯵ
77:18 ކުށްވެރިންނާމެދު، ތިމަންރަސްކަލާނގެ ކަންތައް ކުރައްވަނީ އެފަދައިންނެވެ
ﯶﯷﯸﯹ
77:19 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ
ﭑﭒﭓﭔﭕﭖ
77:20 ދެރަވެގެންވާ ފެނަކުން (އެބަހީ: މަނިފޮދަކުން) ތިމަންރަސްކަލާނގެ ތިޔަބައިމީހުން ނަހައްދަވަން ހެއްޔެވެ؟
ﭗﭘﭙﭚﭛ
77:21 ފަހެ، ރައްކާތެރިވެގެންވާ ތަނެއްގައި، (އެބަހީ: رحم ގައި) ތިމަންރަސްކަލާނގެ އެ ފެން ލެއްވީމެވެ
ﭜﭝﭞﭟ
77:22 އެނގިގެންވާ މުއްދަތަކަށެވެ
ﭠﭡﭢﭣ
77:23 ފަހެ، ތިމަންރަސްކަލާނގެ (އެހުރިހާކަމެއް) މިންވަރު ކުރެއްވީމެވެ. ފަހެ، މިންވަރުކުރައްވާ ކަލާނގެ މޮޅުކަމާއެވެ
ﭤﭥﭦﭧ
77:24 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ
ﭨﭩﭪﭫﭬ
77:25 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ
ﭭﭮﭯ
77:26 ދިރިތިބި މީހުންނާއި، މަރުވެފައިވާ މީހުން އެތަނަށް އެއްކުރައްވާނެ ތަނެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަން ހެއްޔެވެ؟
ﭰﭱﭲﭳﭴﭵﭶﭷ
77:27 އަދި ތިމަންރަސްކަލާނގެ އެ ބިމުގައި ހަރުލައިހުންނަ އުސްފަރުބަދަތައް ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މީރުފެން ބޯންދެއްވީމެވެ
ﭸﭹﭺﭻ
77:28 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ
ﭼﭽﭾﭿﮀﮁﮂ
77:29 (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ
ﮃﮄﮅﮆﮇﮈﮉ
77:30 ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ
ﮊﮋﮌﮍﮎﮏﮐ
77:31 (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ
ﮑﮒﮓﮔﮕ
77:32 ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ
ﮖﮗﮘﮙ
77:33 އެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ
ﮚﮛﮜﮝ
77:34 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ
ﮞﮟﮠﮡﮢ
77:35 މިއީ އެއުރެންނަށް ބަސްނުމޮށެވޭނޭ ދުވަހެވެ
ﮣﮤﮥﮦﮧ
77:36 އަދި އެއުރެން عذر ދެއްކުމަކަށް، އެއުރެންނަކަށް إذن އެއް ނުމެދެއްވާނޭމެއެވެ
ﮨﮩﮪﮫ
77:37 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ
ﮬﮭﮮﮯﮰﮱﯓ
77:38 (وحى ކުރައްވާނެތެވެ.) މިއީ ނިޔާކުރެއްވުމުގެ ދުވަހެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނާއި، އަދި ކުރީގެ މީހުން އެއްކުރެއްވީމެވެ
ﯔﯕﯖﯗﯘﯙ
77:39 ފަހެ، ތިޔަބައިމީހުންނަށް ހަދާނޭ حيلة އެއް ލިބިގެންވާނަމަ، ފަހެ، ތިމަންރަސްލާނގެއާމެދު ތިޔަބައިމީހުން حيلة ހަދައިބަލާށެވެ
ﯚﯛﯜﯝ
77:40 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ
ﯞﯟﯠﯡﯢﯣ
77:41 ހަމަކަށަވަރުން، تقوى ވެރިންވަނީ، ހިޔާތަކާއި، ފެން އާރުތަކުގެ نعمة ގައެވެ
ﯤﯥﯦﯧ
77:42 އަދި އެއުރެން ހިތްއެދޭ މޭވާތަކުގެ ތެރޭގައެވެ
ﯨﯩﯪﯫﯬﯭﯮ
77:43 (އަދި އަންގަވާނެތެވެ.) ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، އަރާމު ލިބެނިވިގޮތުގައި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ
ﯯﯰﯱﯲﯳ
77:44 إحسان ތެރިންނަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ
ﯴﯵﯶﯷ
77:45 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ
ﯸﯹﯺﯻﯼﯽ
77:46 (ދުނިޔޭގައި) ކުޑަހިނދުކޮޅަކަށް ތިޔަބައިމީހުން ކައި، އަރާމުކޮށް އުޅޭށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނީ، ކުށްވެރިންނެވެ
ﯾﯿﰀﰁ
77:47 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކު ހުށްޓެވެ
ﰂﰃﰄﰅﰆﰇﰈ
77:48 ތިޔަބައިމީހުން (ނަމާދުކޮށް) ركوع ކޮށްއުޅޭށޭ އެއުރެންނަށް ބުނެފިނަމަ، އެއުރެން ركوع ކޮށެއް ނޫޅެތެވެ
ﰉﰊﰋﰌ
77:49 ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި، ހަލާކުހުށްޓެވެ
ﰍﰎﰏﰐﰑ
77:50 ފަހެ، އެ قرآن އަށްފަހު، އެއުރެން إيمان ވަނީ، ކޮން ވާހަކައަކަށް ހެއްޔެވެ؟

ކީރިތި ޤުރުއާން


Wednesday, September 9, 2026

Don't forget us in your sincere prayers