އަލް-އަންފާލް · 16/75
ތަރުޖަމާ ކިޔެވުން — އަލް-އަންފާލް
وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَاءَ بِغَضَبٍ مِّنَ اللَّهِ وَمَأْوَاهُ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ ۝١٦
Wa mai yuwallihim yawma`izin duburahooo illaa mutaharrifal liqitaalin aw mutahaiyizan ilaa fi`atin faqad baaa`a bighadabim minal laahi wa maawaahu Jahannamu wa bi`sal maseer
📖 ދިވެހި މާނަ
ހަނގުރާމައަކަށް އުކުޅެއްހަދާމީހެއްގެ ގޮތުގައި، ނުވަތަ (مؤمن) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު اللَّه ގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެމީހާ އުޅޭނެތަނަކީ، جهنّم އެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ
🎧 އަޑު އަހާ

📜 އާޔަތް 14-18 — އަލް-އަންފާލް

14ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَافِرِينَ عَذَابَ النَّارِ
އެއީ އެކަން އޮތްގޮތެވެ. ފަހެ، ތިޔަބައިމީހުން (އެބަހީ: كافر ން) އެ عذاب ގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން، كافر ވި މީހުންނަށް ނަރަކައިގެ عذاب ހުށްޓެވެ
15يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفًا فَلَا تُوَلُّوهُمُ الْأَدْبَارَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، كافر ވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެއުރެންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ
16وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَاءَ بِغَضَبٍ مِّنَ اللَّهِ وَمَأْوَاهُ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ
ހަނގުރާމައަކަށް އުކުޅެއްހަދާމީހެއްގެ ގޮތުގައި، ނުވަތަ (مؤمن) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު اللَّه ގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެމީހާ އުޅޭނެތަނަކީ، جهنّم އެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ
17فَلَمْ تَقْتُلُوهُمْ وَلَٰكِنَّ اللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ اللَّهَ رَمَىٰ ۚ وَلِيُبْلِيَ الْمُؤْمِنِينَ مِنْهُ بَلَاءً حَسَنًا ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ
ފަހެ، ތިޔަބައިމީހުން އެ كافر ން قتل އެއް ނުކުރަމުއެވެ. އެހެނެއްކަމަކު، اللَّه، އެއުރެން قتل ކުރެއްވީއެވެ. (އެބަހީ: كافر ން قتل ވެގެންދިޔައީ ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. اللَّه ދެއްވި نصر ގެ ބާރުންނެވެ.) އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، اللَّه އެވެ. އަދި އެކަމުން ރިވެތިވެގެންވާ امتحان އަކުން مؤمن ން امتحان ކުރެއްވުމަށެވެ. ހަމަކަށަވަރުން، اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
18ذَٰلِكُمْ وَأَنَّ اللَّهَ مُوهِنُ كَيْدِ الْكَافِرِينَ
އެއީ އެކަން އޮތްގޮތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، كافر ންގެ މަކަރުވެރި ރޭވުންތައް ނިކަމެތިކުރައްވާ ރަސްކަލާނގެއެވެ
އަލް-އަންފާލްޤުރުއާން ފިހުރިސްތު
75އާޔަތް
MedinanRevelation
16އާޔަތް

ތަރުޖަމާ — އަލް-އަންފާލް 16

ސޫރަތު އަލް-އަންފާލް އާޔަތް 16 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ހަނގުރާމައަކަށް އުކުޅެއްހަދާމީހެއްގެ ގޮތުގައި، ނުވަތަ (مؤمن) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި…

ސޫރަތު އާޔަތް 16/75 — އަލް-އަންފާލް الأنفال (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: އަލް-އަންފާލް އަޑު އަހާ, އަލް-އަންފާލް ތަރުޖަމާ, އަލް-އަންފާލް mp3, އަލް-އަންފާލް pdf. އާޔަތް 14–18. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Tuesday, August 18, 2026

Don't forget us in your sincere prayers