އަލް-އަންފާލް · 17/75
ތަރުޖަމާ ކިޔެވުން — ސޫރަތު އަލް-އަންފާލް
فَلَمْ تَقْتُلُوهُمْ وَلَٰكِنَّ اللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ اللَّهَ رَمَىٰ ۚ وَلِيُبْلِيَ الْمُؤْمِنِينَ مِنْهُ بَلَاءً حَسَنًا ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ ۝١٧
Falam taqtuloohum wa laakinnal laaha qatalahum; wa maa ramaita iz ramaita wa laakinnal laaha ramaa; wa liyubliyal mu`mineena minhu balaaa`an hasanaa; innal laaha Samee`un Aleem
📖 ދިވެހި މާނަ
ފަހެ، ތިޔަބައިމީހުން އެ كافر ން قتل އެއް ނުކުރަމުއެވެ. އެހެނެއްކަމަކު، اللَّه، އެއުރެން قتل ކުރެއްވީއެވެ. (އެބަހީ: كافر ން قتل ވެގެންދިޔައީ ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. اللَّه ދެއްވި نصر ގެ ބާރުންނެވެ.) އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، اللَّه އެވެ. އަދި އެކަމުން ރިވެތިވެގެންވާ امتحان އަކުން مؤمن ން امتحان ކުރެއްވުމަށެވެ. ހަމަކަށަވަރުން، اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ

🎧 އަޑު އަހާ


📜 އާޔަތް 15-19 — ސޫރަތު އަލް-އަންފާލް

15يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمُ الَّذِينَ كَفَرُوا زَحْفًا فَلَا تُوَلُّوهُمُ الْأَدْبَارَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! (ހަނގުރާމައިގެ މައިދާނުގައި) ކުރިމަތިލައި އަންނަނިކޮށް، كافر ވި މީހުންނާ ތިޔަބައިމީހުން ބައްދަލުވާހިނދު، އެއުރެންނަށް ފުރަގަސްދީ ތިޔަބައިމީހުން ނުދާހުށިކަމެވެ
16وَمَن يُوَلِّهِمْ يَوْمَئِذٍ دُبُرَهُ إِلَّا مُتَحَرِّفًا لِّقِتَالٍ أَوْ مُتَحَيِّزًا إِلَىٰ فِئَةٍ فَقَدْ بَاءَ بِغَضَبٍ مِّنَ اللَّهِ وَمَأْوَاهُ جَهَنَّمُ ۖ وَبِئْسَ الْمَصِيرُ
ހަނގުރާމައަކަށް އުކުޅެއްހަދާމީހެއްގެ ގޮތުގައި، ނުވަތަ (مؤمن) އެހެން ބަޔެއްގެ ފަރާތަށް ޖެހިލާމީހެއްގެ ގޮތުގައި މެނުވީ، އެދުވަހުން ފުރަގަސްދީ ދުރަށްދާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކު اللَّه ގެ ކޯފާއާއިގެން އެނބުރި އަތުވެއްޖެކަން ކަށަވަރެވެ. އަދި އެމީހާ އުޅޭނެތަނަކީ، جهنّم އެވެ. އަދި (އެއީ) ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ
17فَلَمْ تَقْتُلُوهُمْ وَلَٰكِنَّ اللَّهَ قَتَلَهُمْ ۚ وَمَا رَمَيْتَ إِذْ رَمَيْتَ وَلَٰكِنَّ اللَّهَ رَمَىٰ ۚ وَلِيُبْلِيَ الْمُؤْمِنِينَ مِنْهُ بَلَاءً حَسَنًا ۚ إِنَّ اللَّهَ سَمِيعٌ عَلِيمٌ
ފަހެ، ތިޔަބައިމީހުން އެ كافر ން قتل އެއް ނުކުރަމުއެވެ. އެހެނެއްކަމަކު، اللَّه، އެއުރެން قتل ކުރެއްވީއެވެ. (އެބަހީ: كافر ން قتل ވެގެންދިޔައީ ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. اللَّه ދެއްވި نصر ގެ ބާރުންނެވެ.) އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވިހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއްނޫނެވެ. އެހެނެއްކަމަކު، އުއްކަވައިލެއްވީ، اللَّه އެވެ. އަދި އެކަމުން ރިވެތިވެގެންވާ امتحان އަކުން مؤمن ން امتحان ކުރެއްވުމަށެވެ. ހަމަކަށަވަރުން، اللّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ
18ذَٰلِكُمْ وَأَنَّ اللَّهَ مُوهِنُ كَيْدِ الْكَافِرِينَ
އެއީ އެކަން އޮތްގޮތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، كافر ންގެ މަކަރުވެރި ރޭވުންތައް ނިކަމެތިކުރައްވާ ރަސްކަލާނގެއެވެ
19إِن تَسْتَفْتِحُوا فَقَدْ جَاءَكُمُ الْفَتْحُ ۖ وَإِن تَنتَهُوا فَهُوَ خَيْرٌ لَّكُمْ ۖ وَإِن تَعُودُوا نَعُدْ وَلَن تُغْنِيَ عَنكُمْ فِئَتُكُمْ شَيْئًا وَلَوْ كَثُرَتْ وَأَنَّ اللَّهَ مَعَ الْمُؤْمِنِينَ
ތިޔަބައިމީހުން (އެބަހީ: كافر ން) އިންސާފަށް އެދޭނަމަ، ފަހެ، ހަމަކަށަވަރުން، ތިޔަބައިިމީހުންނާ ހަމަޔަށް ނިޔާ އަތުވެއްޖެއެވެ. އަދި ތިޔަބައިމީހުން (عداوة ތެރިވުން) ހުއްޓައިލާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން، އެނބުރި (عداوة ތެރިވުމަށް) އަންނަނަމަ، ތިމަންރަސްކަލާނގެ (مؤمن ންނަށް نصر ދެއްވުމަށް) ވޮޑިގެންވާހުށީމެވެ. އަދި ތިޔަބައިމީހުންގެ ބައިގިނަވެގެންވީ ކަމުގައިވިޔަސް، ތިޔަބައިމީހުންނަށްޓަކައި، އެއުރެންނަށް އެއްވެސްކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، مؤمن ންނާ އެކުގައެވެ
އަލް-އަންފާލްޤުރުއާން ފިހުރިސްތު
75އާޔަތް
MedinanRevelation
17އާޔަތް

ތަރުޖަމާ — އަލް-އަންފާލް 17

ސޫރަތު އަލް-އަންފާލް އާޔަތް 17 - ކިޔާ, އަޑު އަހާ, ތަރުޖަމާ, ދިވެހި : ފަހެ، ތިޔަބައިމީހުން އެ كافر ން قتل އެއް ނުކުރަމުއެވެ. އެހެނެއްކަމަކު، اللَّه،…

ސޫރަތު އާޔަތް 17/75 — ސޫރަތު އަލް-އަންފާލް الأنفال (Medinan). ކިޔާ އަޑު އަހާ ތަރުޖަމާ (ދިވެހި). އަޑު އަހާ: ސޫރަތު އަލް-އަންފާލް އަޑު އަހާ, ސޫރަތު އަލް-އަންފާލް ތަރުޖަމާ, ސޫރަތު އަލް-އަންފާލް mp3, ސޫރަތު އަލް-އަންފާލް pdf. އާޔަތް 15–19. ދިވެހި މާނަ: සිංහල.




ކީރިތި ޤުރުއާން


Monday, September 7, 2026

Don't forget us in your sincere prayers